ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ. “އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން […]
މަންމައަށް އަހަރެންގެ މޫނު މަތިން ހާސްކަމުގެ ކުލަވަރު ފާހަގަ ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ދެނަމާދު ދޭތެރޭގައި ވަރަށް މުހިންމު ކަމެއް ދިމާވުމުން ނޫނީ އަހަރެން ގެއަށް ނާންނާނެކަން އަހަރެންގެ މަންމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ކައިވެންޏަށް ފަސްއަހަރު ވެގެން ދިޔައިރު އެކަން އަދިވެސް މިޝާ އަކަށް ނޭނގެއެވެ. އަހަރެން ކޮންމެހެންވެސް މިގަޑީގައި މަންމައާ ބައްދަލު ކުރަން މިއައީ މަޖުބޫރު ވެގެންނެވެ. މިނޫން އިތުރު ގޮތެއް އަހަރެންނަށް ނެތީމައެވެ. އަޒާން އަށް ފަސްމަހަށް އޮއްވައި މިދިމާވި […]
ވެއްޓިފައިވާ އެ ކާކުކަން ނޭނގޭ މީހާގެ މޫނު މަތިން ވެސް އޭރު ފާޅުވަމުން ދިޔައީ ހައިރާން ކަމާއި ބިރުވެރި ކަމެވެ. އޭނަގެ ނޭފަތާއި ތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އޭރު ހޯސްލައިފާ ލޭތަށް އޭނަގެ ނޭފަތުންނާއި އަނގަ އިން އަންނަމުން ދެޔެވެ. އެވަރުން ވެސް އަހަރެންގެ ހިތް ހަމަ އެއްނުޖެހުނެވެ. އަހަރެންގެ ބޯމަށްޗައް ދަމާލައިފާ ހުރި ގޮނޑި އަތަށް ބާރުލައި އެ ނުދަންނަ މީހާގެ މޫނާ ދިމާޔަށް ތިރި ކޮށްލީމެވެ. އެމީހަގެ ބޯ މަށްޗައް ގޮނޑި ތިރިވީ […]
އެހެން ނަމަވެސް ތަންކޮޅެއް އަވަހަށް އަހަރެންނަށް އާދެވުމުން އަޔާނީގެ މަންމަމެން އަދި ގޭގައި އުޅޭނެތީ އެ ގެޔާ ތަންކޮޅެއް ދުރުގައި ހުރި ފުނަ ގަހެއްގެ ކައިރީ މަޑުކޮށް ލައިގެން ހުރީމެވެ. އެހެން ހުރި އިރުވެސް އަހަރެން ހުރީ ފުރުސަތަކަށް ބަލަ ބަލަ އެވެ. މިގަޑި އަކީ އާންމުކޮން އަޔާނީގެ މަންމަ ކޮއްކޮ ގޮވައިގެން ބޭރަށްދާ ގަޑިކަން ކުރިން އަހަރެންނަށް އެނގިފައި އޮތުމުން ދެން ގޭގައި އުޅޭނީ އަޔާނީ އެކަނިކަން އަހަރެންނަށް ޔަޤީން ވާތީއެވެ. ހަވީރި ވިވީ ހެން […]
ނަމަވެސް ނުހާދު އިސް ޖަހައި ލައިގެން އެ ހުރި ގޮތަށް ހުރީ އެވެ. އެހެންވެ އަހަރެން ހީ ކުރީ ނުހާދު އަހަރެންނާ ސަމާސާ ކުރަނީ ކަމަށެވެ. ސަބަބަކީ ނުހާދަ ކީ ކޮންމެ ކަމެއް ގައި ވެސް ސަމާސާ ބޮޑު މީ ހަކަށް ވާތީ އެވެ. އެހެން ކަމުން ދެވަނަ ފަހަރަށް ނުހާދު ގާތު އަހަރެން އެދުނީމެވެ. “ނުހާދު! ވަރަށް ސީރިއަސް. މިރޭ ކޮންމެ ހެން ވެސް އަހަރެން އަޔާނީ އާ ބައްދަލު ކޮށްލަން ބޭނުން. އެކަން ވާނެ […]
ނަމަވެސް އޮފީހުން ލިބުނު ކޯ ހެއްގައި ދެ އަހަރު ދުވަހަށް އަޔާނީ އާ ދުރައް ދާން ޖެހުމުން އަހަރެން ވެސް ވަރަށް ދެރަ ވި އެވެ. އަޔާނީ ރުޔެވެ. އަހަރެން އޭނަގެ އޮމާން ޖަންބެއް ފަދަ ރީތި ކޯތާ ފަތް ތެތް މަމުން ދިޔަ ކަރުނަ ތައް އަމިއްލަ އަތުން ފޮހެ ދެމުން އަހަރެންގެ ގަޔާލައި ބޮނޑި ކޮށް ލީމެވެ. ދެރަ ނުވުމަށް ބުނަމުން ނެވެ. ދެ މީހުން ކިތައްމެ ދުރުގައި ތިބެން ޖެހުނު ކަމުގައި ވިޔަސް […]
ފުލައިޓަށް އެރުމާ އެކު އަހަރެން ހިނގައި ގަތީ އަތުގައި އޮތް ބޯރޑިން ޕާހު ގައި ޖަހާފައި އޮތް ނަންބަރު އިން ޝީޓާ ދިމާލަށެވެ. ޝީޓާ ހަމަޔަށް ދެވުމާ އެކު އަހަރެންގެ ކޮނޑު ގައި އޮތް ބެގު ޕެކު ބާލާ ކެބިނަށް ލުމަށް ފަހު އައި ޕެޑަށް ޖަހައި ފައިވާ ހެޑު ސެޓު ނަގައި ކަންފަތައް ޖަހައި ލަމުން ޝީޓު ގައި އިށީނދެ ރަނގަޅަށް ހަމަ ޖެހިލީމެވެ. އެހެނަސް ހެޑު ސެޓު ކަންފަތު ގައި ޖަހައިގެން އިން ނަމަވެސް […]
އެހެނަސް މިދުވަސް މި ގޮތަށް އަންނާނެ ކަމަކަށް ފަހަރެއްގައި ވެސް އަހަރެން ހިޔެއް ނުކުރަމެވެ. ދަރިފުޅުގެ އެ އަމަލުން ނީޝާމް ވަރަށް ދެރަ ވިއެވެ. އެ ވަގުތު އަހަރެންނަށް ވެސް ބުނާނެ އެއްޗެއް ނޭންގުނެވެ. ލިބުނު މާޔޫސް ކަމާ އެކު އަހަރެންނާ ދިމާލަށް ބަލައިލުމަށް ފަހު ނީޝާމު ހިނގައި ގަތީ ކޮޓަރިން ނުކުތުމަށެވެ. ވަގުތަކީ ޝާހިރު ވެސް އައިސް ގެޔަށް ވަތް ވަގުތެވެ. އެވަގުތު އަހަރެން ވަރަށް ހާސްވިއެވެ. ޝާހިރަށް ނީޝާމަކީ ކާކު ކަން ނޭންގި އޭނަޔަށް […]