
އެދިގެން ކަލާ ލިބޭތޯޯ 14

(14 ވަނަ ބައި)
“އާޙް…” ހިޒްޔާންގެ މުށުން ބާރުކޮށްލެވިފައިވާ ހިސާބުގައި އުފެދެމުންއައި ތޫނު ރިހުމާއިއެކު ޔުމްނުގެ އަރުތެރެއިން ބޭރުވެގެންދިޔަ ވޭނީ ޢާހާއިއެކު ހިޒްޔާންއަށް ހަމަހޭވެރިކަމަށް އާދެވުނުފަދައެވެ. އޭނައަށް ޔުމްނުގެ އަތްތިލައިން ދޫކޮށްލެވުނުގޮތަށް ދުރަށް މޫނު އަނބުރާލެވުނެވެ. ހިނދުކޮޅަކަށްވެސް ލޮލަށް ފެނިގެންދިޔަ ކުލަރީތިކަމަށް ނުހެއްލެވުނީތީ އޭނައަށް ޝުކުރުވެރިވެވުނެވެ.
“ސޮރީ…” ލަދުގެ އިހުސާސާއިއެކު ޔުމްނުއާއި ކުރިމަތިލާން ނުކެރިހުރެފައިހުރެ ހިޒްޔާންއަށް ލޯމަރާލެވުނެވެ. އިރުކޮޅެއް ފަހުން އޭނަ ލަސްލަހުން އެސްފިޔަތައް ހުޅުވާލަމުން ބަލާލުމާއިއެކު ޔުމްނުގެ ހުދުވެފައިވީ މޫނާއި ނަަޒަރުހަމަވިއެވެ. އޭރު ވެސް ޔުމްނު ދެލޯބޮޑުކޮށްލައިގެން ހުރިގޮތުން ނޭވާވެސްނުލާ ފަދައެވެ. ލަސްލަހުން ފަހަތަށް ޖެހެމުންދިޔައިރު އެދެލޮލުގައި ކަރުނަތައް ބޮޑިވެފައިވިއެވެ. ހިޒްޔާން އެވަގުތު ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޔުމްނުއާއި ދިމާލަށް އަތްދިއްކޮށްލުމާއިއެކު ޔުމްނު ދުރަށް ދުއްވައިގަތްއިރު އެ ތުނި ތުންފަތުގެ ދޭތެރެެއިން ބޭރުވެގެންދިޔަ މަޑު ގިސްލުމުގެ އަޑު ހިޒްޔާންގެ ކަންފަތާއި ހަމަޔަށްވެސް ފޯރިއެވެ. އެ ވޭނީ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (1)
Comments are closed.
Login nuveveythee kiyaanulevifa😩