Skip to content
އެސްފިޔަ
PRO · MVR 2.00

އެދިގެން ކަލާ ލިބޭތޯ 13

(13 ވަނަ ބައި)
“ޔޫލީންއަކީ އައިޝަމްގެ ދަރިއެއް… އައިޝަމްގެ ހަނގު އަންހެންދަރިފުޅު… ޔޫލީންގެ ހަޤީގަތާއިމެދު އެކަކުވެސް ސުވާލު އުފައްދާކަށް ނުޖެހޭނެ…” ޝެރީންގެ މޫނުގައި ވިދަމުންދިޔަ ދާތިކިތައް އަތުން ފުހެލަމުން ނުހަނު ސާބިތުކަމާއިއެކު ބުނެލަން މަސައްކަތްކުރި ގޮތުން ރީހާންއަށް އެއްމިޔަކަނިން ހިނިތުންވެވުނެވެ. ޝެރީންގެ ސިއްރުވެރި އަމަލުތަކުން ކަންކަން މޭރުންނުވާހާ ބޮޑަށް އޭނަ ސިކުނޑި ކޮށިވެދާނެކަމަށް ހީކުރުމަކީ ޝެރީންއަށް ހެދުނު އެންމެ ބޮޑު ގޯހެވެ.
“އަހަރެންގެ ދަރިފުޅުގެ ނަމުގެ ފަހަަތަށް އައިޝަމްގެ ނަން ގެނެސްގެން އެއްވެސް ކަމެއް ބަދަލުކުރެވިދާނެކަމަށް ހީކުރުމަކީ ޝެރީންގެ މޮޔަކަން… އަހަންނަށް އިނގޭ އެރޭ މަތިން ޝެރީ އެހާ ފަސޭހައިން ހަނދާންނުނެތޭނެކަން…” ތެމިފައިވީ ޝެރީންގެ މޫނުގައި ފިރުމާލަމުން ރީހާން ބުނެލި ބަަސްތައް ޝެރީންގެ މޫނުމަތީގައި ވީއްލާލި އެތިފަހަރަކަށްވިއެވެ. ސިކުންތުކޮޅެއްގެތެރޭގައި އެ ދޮންމޫނު މައްޗަށް އެތައް ކުލައެއް އަރާ ފައިބައިގެންދިޔައެވެ.
ހަށިގަނޑު ފިނިވެ، ނޭވާ ހާސްވެގެން ހިނގައިދާނެހެން ހީވި ވަގުތުކޮޅު އޭނައަށް ރީހާންގެ އަތްފޮޅު ވާލެވުނު ގޮތަށް ބާރު ފިޔަވަޅުތަކެއްގައި ރ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. shynyx inax

    Mi part vx v reethi

Comments are closed.