
އެދިގެން ކަލާ ލިބޭތޯ 17

(17 ވަނަ ބައި)
ޒެލްއަށް ވަގުތުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އައިލީގެ އެންމެ ޖުމްލައެއްވެސް އޭނަގެ އަނގަ ހިމޭންކޮށްލަން ފުދެއެވެ. މިވީހާތަނަށް އޭނައަށް ދިމާވި ހުރީ އަންހެންކުދިންހެން އޭނަގެ ކޮންމެ އަދާއަކަށް ޤުރުބާންވާން ތައްޔާރަށް ތިއްބަސް އައިލީ މުޅިން ތަފާތެވެ. ދޫމައްޗަށް އަންނަ ކޮންމެ ބަހެއް އެއްވެސް ފަސްޖެހުމަކާއިނުލާ ބޭރުކޮށްލަން ކެރޭފަދަ ޖެހިލުންކުޑަ އަންހެންކުއްޖެކެވެ.
“ކާރުން ފައިބައިގެން ވާރޭތެރޭގައި ހިނގާލާފައި ދާން ބޭނުން؟” އައިލީގެ ބަސްތަކުން އަނގަ ސަކަރާތްވާގޮތްވިޔަސް އެކަން ފާޅުކުރާކަށް ޒެލް ބޭނުމެއްނުވިއެވެ. ކާރުގެ ހުންގާނުގައި އަތްއަޅުވާލަމުން ނުހަނު ހިތްގައިމު ގޮތަަކަށް އައިލީގެ މޫނަށް ބަލާލަމުން އޭނަ ވާހަކަދެއްކިއިރު އެއީ ޒެލް ދިން އިންޒާރެއްކަން އައިލީ ނަގައިގަތެވެ. ދޫމަތީގައި ހުރި ބަސްތައް ދިރުވާލަމުން އޭނައަށް ތުންފަތް ހަފައިގަނެވުނެވެ. މި ވަގުތު ޒެލްއާއި ޒުވާބުކުރުމަށްވުރެ ކުރުން މޮޔަކަމެއް ނޯންނާނެއެވެ. މި ބޯ ވިއްސާރައިގެތެރޭގައި އޭނަ މަގުމައްޗަށް އެކަނި ދޫކޮށްލާފައިދާންވެސް މިފިރިހެނާ ފަސްނުޖެހޭނެކަން ޔަގީނެވެ. ރީތިކަމާއި އެއްވަރަށް ނުސިޔާނުކަންވެސް ދެއްވާފ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.