
އެދިގެން ކަލާ ލިބޭތޯ 11

(11 ވަނަ ބައި)
“މިއީވެސް އަދި އަމާ އުޅޭހެން އުޅެން ދިމާކޮށްފައި ހުރި އެއްޗެކޭ… މަގޭ އަތުން މަރުނުވެގެންތަ ތި ތެޅެނީ؟” އަތުގައި އޮތް ބޫޓުކިބަ ހޫރާލިގޮތަށް ރީހާން ޔުމްނުއާއި ދިމާލަށް ދިޔައީ ވައިރޯޅިއެއްގެ ހަލުވި ކަމުގައެވެ. އަވަސްހަރަކާތަކާއިއެކު އޭނަ ޔުމްނުގެ ކޯތާފަތަށް އަރުވާލި ބާރުއެތިފަހަރުގެ އަޑު ގޭތެރޭގައި ހިނދުކޮޅަކަށް ގުގުމައިގެންދިޔައެވެ. އެއެތިފަހަރުގެ ބާރުގަަދަކަމުން ބޮލަށް އެނބުރައިގެންދިޔަ ޔުމްނުއަށް ބިންމައްޗަށް ތިރިވެވުނުއިރު އޭނައަށް ރީހާންގެ މޫނަށް ބަލާލެވުނީ ބިރުވެރިކަމުން ފުރިގެންވީ ނަޒަރަކުން ނެވެ. އެވަގުތު ރީހާން ވަށައިގެން ކަޅި ހިންގާލިގޮތަށް ފާރުގައި ލައްކޮށްލާފައި ހުރި އިލޮފަތި ނަގައި އަތަށް ހެޔޮވަރުކޮށްލުމާއިއެކު ޔުމްނުގެ ނޭވާތައްވެސް މެދުކެނޑިގެންދިޔަފަދައެވެ.
“މަންމާ….” ބިންމަތީގައި ދެކަކޫ ޖެެހިގޮތަށް ފަހަތަށް ލޫދިގަންނަން އުޅުމާއިއެކު ބުރައްކައްޓަށް އަރައިގެންދިޔަ ދިލަ އެތި ފަހަރަށް ކެތްނުކުރެވިގެން ޔުމްނުއަށް ހަޅޭލަވައިގަނެވުނެވެ. ވިދިވިގެން އެތަށް އެތިފަހަރެއް އަރައިގެން ދިޔުމާއިއެކު ހިފަހެއްޓުމެއްނެތި އެ ހަށިގަނޑު ބިމަށް ތިރިވެގެން ދިޔައިރުވެސް ރީހާންގެ ދެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.