ވަރަށް ފަޚުރުވެރި ވެލާފާ ނައިރާ ބުމައަރުވާލާފައި އަރިކަށީގައި އަތް ވިއްދާލީ ވަރަށް މޮޅު ކަމެއް ކުރެވިގެން އުޅޭ ފަދައަކުންނެވެ. އެތާނގާ އެހެން މީހަކު ބަލަން ހުރި ފަދައަކުން ނައިރާ ޙަރަކާތް ކުރަމުން ގެންދިޔައެވެ. ހިތާހިތުން ފާޑުފާޑިގެ ލަވަތައް ކިޔާ ނަގަމުން ދިޔަ އިރު ނައިރާ ހީވަނީ ދުނިޔޭގެ ފެންވަރުގެ ނޯބަލް ޕްރައިޒްއެއް ލިބިގެން އުފާފާޅު ކުރާހެންނެވެ. ނައިރާ ފާޑުފާޑުގެ ވައްތަރުތައް ޖައްސަމުން ދަނިކޮށް ކުއްލިއަކަށް މާއިޝް ފަހަތަށް ފަހަތަށް އެނބުރި ބަލައިލި ވަގުތު ނައިރާ ދިޔައީ އެއްލިގެންނެވެ. […]
އައްސަލާމު ޢަލައިކުމް. މިދުވަސްކޮޅު އަޅުގަނޑުގެ ޔުނިޓް ޓެސްޓުތައް ފެށެމުން ދާތީ އަޅުގަނޑަށް ގަވައިދުން ވާހަކަ ނުލިޔެވިދާނެއެވެ. އޭގެ އިތުރުން މެއި މަހުގެ ތޭވީހުގައި ޓަރމް ޓެސްޓުތައްވެސް ފެށޭތީ، މިހާރުއްސުރެ ޓެސްޓުތަކަށް ތައްޔާރުވުމަށް އަޅުގަނޑު ބޭނުމެވެ. ވީމާ، ކުރިން ގެނެސްދޭހެން ކޮންމެ ހަފްތާއަކު ދެ ބައި ގެނެސްދެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަމެވެ. އެހެންނަމަވެސް، ވާހަކަ ލިޔުން އެއްކޮށް ހުއްޓާލާ، ނުވަތަ މެދުކަނޑާލަން ބޭނުން ނުވާތީ، ކޮންމެ ދެހަފްތާއަކުން އެއް އެޕިސޯޑް ނަމަވެސް ނެރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. މިގޮތަށް […]
“ނައީ.. އައިމް ގޮނަ އާސްކް ޔޫ އަ ކުއެޝަން.. އެންޑް އައި ވޯންޓް ޔޫ ޓު ބީ އޮނެސްޓް..” ރައިޝާ ބުނެލީ ސީރިޔަސްކަމާއެކީއެވެ. އެވަގުތު ނައިރާގެ ހިތަށްވެސް ގޮތެއް ވެލިއެވެ. މީ ރައިޝާ ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. މިގޮތަކަށް ދުވަހަކުވެސް ސުވާލެއް ނުކުރާނެއެވެ. ދެން މިއަދު ކުއްލިއަކަށް އެހެން ބުނުމުން ސިހޭނެ ނޫންހެއްޔެވެ. “ޔާ.. ގޯ ފޯރ އިޓް..” ނައިރާ ބުނެލީ މަޑުމަޑުންނެވެ. ރައިޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “ނައީ.. ޑޫ ޔޫ ލަވް މައި […]
“ރާރާ.. ދޮންބެއަކަށް ނޭނގެ މި ވާހަކަ ބުނުމުން ރާރާގެ ރިއެކްޝަން އަންނާނެ ގޮތެއް.. ބަޓް އައި ހޭވް ޓު ޓެލް ޔޫ ބިފޯރ އިޓް ގެޓްސް ޓޫ ލޭޓް..” ރިއާޝް އަނެއްކާވެސް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ރައިޝާ އިނީ ކުޑަކޮށް ބިރުވެސް ގަނެފައެވެ. ރިއާޝް ބުނަން އެ އުޅެނީ އާދައިގެ ކުޑަކުޑަ ޖޯކެއް ނޫންކަން ރައިޝާއަށް ނަގައިގަނެވުނެވެ. “ރާރާ.. އައި.. އައި.. އައި އޭމް ލަވް ވިތް ނައިރާ……” ދެލޯ މަރާ ބާރުކޮށްލަމުން ވަރަށް ހިތްވަރުން ރައިޝާ […]
ނިދިފައި އޮތް ރައިޝާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ނައިރާކަން އެނގުުން ފޯނު ނަގާ ކަންފަތުގައި ކަންފަތުގައި ޖަހާލިއެވެ. “ބްރޯ…… ހިނގާބަލަ ބީޗަށް ހިނގާލަން ދާން… ޕްލީޒްޒްޒް……” ރައިޝާއށް ފޯނު ކަންފަތުން ދުރަށް ޖައްސާލެވުނީ ނައިރާގ ެއަޑު ބާރުކަމުންނެވެ. “ހޫމްމްމް.. އޯކޭ.. ކޮންއިރަކުން؟” ރައިޝާ އަހާލީ ނިދި އަޑަކުންނެވެ. “ނިދަނީތަ؟ ކޮބާ.. މުސްކުޅިވީ މަށެއްނޫނެއްނު.. ހަހާ.. އޭ.. ބަރާބަރު ހަތަރުގަޑި ބަޔަށް އަހަރުން ގޭދޮށަށް.. މިހާރު ހަތަރެއް ޖެހީ.. އަވަސްކުރާތި..” ނައިރާ ހީވަނީ އިންޒާރެއް ދިންހެނެވެ. ރައިޝާގެ […]
ދިވެހި ބަހަކީ އަހަރެމެން ދިވެހީންގެ މާދަރީ ބަހެވެ. ދިވެހީން މުޢާމަލާތް ކުރުމަށްޓަކައި ޢާއްމުކޮށް ބޭނުންކުރާ ބަހެވެ. ތާނަ އަކީ ދިވެހި ބަސް ލިޔުމަށްޓަކައި ބޭނުންކުރާ ފަށުވި އަކުރުތަކަކާއި، ފިލިތަކެކެވެ. ދިވެހީ ރީތި، ސާފު، އޮމާން ބަހެކެވެ. ދުނިޔޭގައި އެތައް ހާސް ބަސްތަކަކުން އެތައް ހާސް ބަޔަކު މުޢާމަލާތް ކުރާއިރު، ދިވެހި ބަހުން މުޢާމަލާތް ކުރަނީ ދިވެހީން އެކަންޏެވެ. މިއީ އަހަރެމެން ދިވެހީން ނުހަނު ފަޚުރުވެރިވާން ޖެހޭ ކަމެކެވެ. މިކަހަލަ ސާފު، ރީތި، އޮމާން، ނަލަ އަމިއްލަ މާދަރީ […]
ސްކޫލާ ހަމައަށް ދެވުމުން ރިއާޝް ސައިކަލު މަޑުކޮށްލާފައި ޕޭމަންޓާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ރުޅިއައިސް ރަތްވެފައި ހުރި ރައިޝާ ފެނުމުން ރިއާޝްއަށް ހިންދިރުވާލެވުނީ އިޚްތިޔާރަކާ ނުލައެވެ. މިއަދު އޭނަގެ ދުވަސް ދާނެއެވެ. “އައިމް ޑެޑް……” ރައިޝާ ކައިރިއަށް އަންނަން ފެށުމާއެކު މަޑުމަޑުން ރިއާޝްއަށް ބުނެވުނެވެ. ******************* “ދޮންބެ ގަނޑު… ކޮންތާކު ތެޅިތެޅިފަ ތިއައީ.. ހާދަ އިރެއް ވަންދެން ރައި މިތާނގަ ހުރެފީމޭ.. އަދި އެހާ ހޫނު ގަދަ.. ހަމަ ހުވާ މި ބުނީ ގެއަށް ދާ ގޮތަށް […]
ރިއާޝްގެ ޚިޔާލުތަކުގައި އިން ނައިރާއަށް ރައިޝާގެ އަޑު ނީވޭކަން ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭރު ރައިޝާގެ ނަޒަރު ހުއްޓިފައިވަނީ ދެންމެ ކުލާހަށް ވަދެގެން އައި، ފިރިހެން ކުއްޖަކާ ދިމާލަށެވެ.ނައިރާއަށް މިކަން އެނގުމާއެކު މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ވަގުތުން ރައިޝާއާ ދިމާކޮށްލުމަށް ތައްޔާރުވެލިއެވެ. “އެހެމް އެހެމް.. މެޑަމޫ.. ހަމަ ރަނގަޅަށްވެސް ހިތް ކިޔައިފި ދޯ… ސާބަހޭ…” ނައިރާގެ އެ ލާނެތް އަޑު ޖެހުމާއެކު ރައިޝާއަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. އަދި މި އިނދެވުނީ އެ ފިރިހެން […]
މާ ގިނަ ވަގުތު ރިތިވާން ނުހުރެ، ރައިޝާ އަވަސްއަވަހަށް ދަބަހަށް ފޮތްތައް އަޅާ ނިންމާލީ ގަޑި ޖެހެން ކައިރިވާތީއެވެ. ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު، ގަޔަށް ސެންޓުކޮޅެއް ބުރުވާލިއެވެ. ކޮޓަރިން ނުކުންނަނިކޮށް ފޯނަށް މެސެޖެއް އައުމުން ފޯނު ބަލާލި ރައިޝާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުމެ، ސިޓިންރޫމުގައި ތިބި މަންމައާއި، ބައްޕަ ގާތު ދަނީއޭ ބުނެލުމަށްފަހު ގެއިން ނުކުތެވެ. ގޭގެ ދޮރާށިން ބޭރަށް ނުކުތް ރައިޝާ އަށް ކުރިމަތީގައި ހުރި ސޫރަ ފެނުމާއެކު ހިނިގަނޑު […]