ދިވެހި ބަހަށް ދޭންވާ އިސްކަން އަހަރެމެންނަށް ދެވޭބާ؟
ދިވެހި ބަހަކީ އަހަރެމެން ދިވެހީންގެ މާދަރީ ބަހެވެ. ދިވެހީން މުޢާމަލާތް ކުރުމަށްޓަކައި ޢާއްމުކޮށް ބޭނުންކުރާ ބަހެވެ. ތާނަ އަކީ ދިވެހި ބަސް ލިޔުމަށްޓަކައި ބޭނުންކުރާ ފަށުވި އަކުރުތަކަކާއި، ފިލިތަކެކެވެ. ދިވެހީ ރީތި، ސާފު، އޮމާން ބަހެކެވެ. ދުނިޔޭގައި އެތައް ހާސް ބަސްތަކަކުން އެތައް ހާސް ބަޔަކު މުޢާމަލާތް ކުރާއިރު، ދިވެހި ބަހުން މުޢާމަލާތް ކުރަނީ ދިވެހީން އެކަންޏެވެ. މިއީ އަހަރެމެން ދިވެހީން ނުހަނު ފަޚުރުވެރިވާން ޖެހޭ ކަމެކެވެ. މިކަހަލަ ސާފު، ރީތި، އޮމާން، ނަލަ އަމިއްލަ މާދަރީ ބަހެއް ލިބިފައި އޮތުމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. ނަމަވެސް، އަޅުގަނޑުމެންނަށް ލިބިފައި މިވާ ނިޢުމަތުގެ ބޭނުން އެބަ ހިފޭހެއްޔެވެ؟ ދިވެހި ބަހަށް ދޭން ޖެހޭ ސަމާލުކަން ދެވޭބާއެވެ؟
އަޅުގަނޑުގެ ހިތަށް އަރައެވެ. ބޮޑެތި ސްޓޭޖުތަކަށް އެރުމަށްފަހު ދިވެހި ކިޔަވާ ކުދިންނާއި، ބޮޑެތި ނުފޫޒުގަދަ މީހުން ވަރަށް ފަޚުރުވެރިވެލާފައި، މޭގައި އަތްތަޅާލާފައި، މިއީ ދިވެހި ދަރިއެކޭ ބުނާއިރު، އެއީ ނަމަކަށް ނުވަތަ ކަންދެއްކުމަށް ކުރާ ކަމެއްބާވައެވެ؟ މިހެން މި ބުނެވެނީ އެމީހުން ދިވެހި ޤައުމުދެކެ ލޯބިވާ ވާހަކަ ބުނާއިރު، ޤައުމުގެ މާދަރީ ބަސް ދިރުވާ، އާލާ ކުރަން އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނާތީއެވެ. މިސާލެއް ދަންނަވާލާނަމެވެ. މާލެއާ ރާއްޖެތެރޭ ރަށްތަކުގައި ކިޔަވައިދޭއިރު ބޮޑަށް އިސްކަންދެނީ ކޮން ބަހަކަށްތޯއެވެ؟ ޝައްކެއްވެސް ނެތެވެ. އެއީ މިހާރު މުޅި ދުނިޔޭގައި ރަސްކަން ކުރަމުން ގެންދާ ނުފޫޒުގަދަ އިނގިރޭސި ބަހެވެ. ދިވެހި ރާއްޖޭގެ މަދަރުސާތަކުގައި ދަރިވަރުން ދިވެހި މާއްދާތަކުގައިވެސް ބޭނުންކުރަނީ އިނގިރޭސި ބަހެވެ. ޙަފްލާއެއްގައި އެއްޗެއް ބުނެލިޔަސް އިނގިރޭސި ބަހުންނެވެ. އިނގިރޭސި ބަހުން ވާހަކަ ދެއްކުމަކީ ތިމާގެ މޮޅުކަން ނުވަތަ ޚާއްސަކަން އެހެން މީހުންނަށް ދެއްކުމަށްޓަކައި ކުރާ ކަމެކޭވެސް އަޅުގަނޑުގެ ހިތަށް އަރައެވެ. ސަބަބަކީ، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހި ލޭ ހިނގާ، ޙަޤީޤީ ދިވެހި ދަރިޔަކަށް ވެވޭނީ، ދިވެހި ބަސްވެސް ޙިމާޔަތްކުރަން މަސައްކަތް ކުރުމުން ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީއެވެ.
މިހާރު މި އުފަންވާ ޅަދަރީންނަށް ނަޒަރު ހިންގާލަމާތޯއެވެ. ކިރިޔާ އަނގައިން ބަހެއް ކިޔާލެވޭ ވަރަށް ދަމާލުމާއެކު މައިންބަފައިން ދަސްކޮށްދޭނީ އިނގިރޭސި ބަހެވެ. ދިވެހި ބަހުން އެންމެ ލަފްޒެއްވެސް ބުނެދިނުމަކީ ނާދިރު ކަމެއް ފަދައެވެ. މަމީ ޑެޑީގެ ބަދަލުގައި މަންމަ ބައްޕަ ކިޔަން ދަސްކޮށްނުދެވެންވީ ކީއްވެތޯއެވެ؟ އެއީ ލަދުގަންނަން ޖެހޭ ޒާތުގެ ކަމެއްކަމަށްވެސް ބައެއް މައިންބަފައިން ދެކެއެވެ. މިއީ ކޮންކަހަލަ ވިސްނުމެއްތޯއެވެ؟ އަޅުގަނޑުމެން ދިވެހީންނަށް ވެތިބެ، އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ބަސް އުނގަންނައިދިނުމަށް ނުކުޅެދެނީ ކީއްވެތޯއެވެ؟ ދިވެހި ޤައުމަށް އިސްކަންދޭ، މި ދީބުދެކެ ލޯބިވާ ދިވެހި ދަރީންތަކެއް ތަރުބިއްޔަތު ކޮށްދިނުމަށް އަދުގެ މައިންބަފައިން ނުކުޅެދެނީ ކީއްވެތޯއެވެ؟ މިއީ ނުހަނު ހިތާމަހުރި ކަމެކެވެ.
ދިވެހިބަހުގެ ކުރީގެ ޅެންވެރިކަމުގެ ބާވަތްތައްވެސް މިހާރު މި ވަނީ މި ޤައުމުން ފަނޑުވާން ފަށާފައެވެ. ދިވެހި އަދަބީ ބަހާއި، މުސްކުޅި ބަސް ނޭނގޭއިރު، އިނގިރޭސި “އިޑިއަމްސް” ދަސްކުރުމުގައި ދަރިވަރުން ނުހަނު ފަރިތައެވެ. ވާނީވެސް އެހެންނޫންތޯއެވެ؟ މަންމަގެ އުނގުއްސުރެ، މިއަދާ ހަމައަށްވެސް ގޭތެރެއިންނާއި، މަގުމަތިންނާއި، މަދަރުސާތަކުންވެސް އިވެމުންދަނީ އިނގިރޭސި ބަހެވެ. ދިވެހި ބަހުން މަޒުމޫނެއް ނުވަތަ ވާހަކައެއް ލިޔެލުމަކީވެސް މިއަދުގެ ދަރީންނަށް ބޮޑު ބުރައެކެވެ. ދެން މި ދަންނަވަނީ އިނގިރޭސި ބަހުން ވާހަކަ ނުދައްކާށެކޭ ނޫނެވެ. އިނގިރޭސި ބަހުން ވާހަކަ ދެއްކިޔަސް، ވަކި ހައްދެއް އޮންނަންވާނެ ނޫންތޯއެވެ؟ ދިވެހި ބަހަށްވުރެ ބޮޑަށް އިނގިރޭސި ބަހަށް އިސްކަން ދެވެނީ ކީއްވެތޯއެވެ؟
ދިވެހި ބަހަކީ އަޅުގަނޑުމެން ދިވެހީންގެ މާދަރީ ބަހެވެ. އަޅުގަނޑުމެން ޚާއްސަ ސަމާލުމަކެއް ދީގެން ކުރިއަރުވަން ޖެހޭ ބަހެވެ. ފަޚުރުވެރިކަމާއެކު ދަސްކުރަންވީ ބަހެވެ. އަޅުގަނޑުމެންގެ ޅަދަރީންނަށް އުނގަންނައިދޭން ޖެހޭ ބަހެވެ. އެހެން ބަސްބަހަށްވުރެ ޚާއްސަ ސަމާލުކަމެއް ދީގެން ދިވެހި ބަސް ރައްކާތެރި ކުރަމާތޯއެވެ. ދިވެހި ޤައުމުދެކެ ލޯބިވާ، ޙަޤީޤީ ދިވެހި ދަރިޔަކަށް ވެވޭނީ ދިވެހި ބަހާއި، ދިވެހި ސަޤާފަތާއި، ދިވެހި ދީނާއި، އަދިވެސް މި ވަޒަނާ ގުޅުން ހުރި އިތުރު ކަންތައްތަކަށްވެސް އިސްކަން ދިނީމައެވެ. ކާބަފައިން އަޅުގަނޑުމެންގެ އަތްމައްޗަށް ދޫކޮށްފައި ދިޔަ އަމާނާތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން މަސައްކަތް ކުރަމާތޯއެވެ. ފަޚުރުވެރި ދިވެހި ދަރިޔަކަށް ވެވޭނީ އޭރުންނެވެ.
ނިމުނީ
ލިޔުންތެރިޔާގެ ބަސް: މިއީ އަޅުގަނޑު މި ސައިޓަށް އަޕްލޯޑު ކުރާ ފުރަތަމަ މަޒުމޫނެވެ. މިއީ ދިވެހި ބަހުގެ ދުވަހަށް ޚާއްސަކޮށް އަޅުގަނޑު ލިޔެފައިވާ މަޒުމޫނެކެވެ. އަޅުގަނޑުގެ އުއްމީދަކީ، މި މަޒުމޫނުން ވީހާވެސް ގިނަ ބަޔަކަށް ޢިބްރަތެއް ލިބި، ދިވެހި ބަސް ކުރިއަރުވަން މަސައްކަތް ކުރުމެވެ. ކިޔުންތެރިންގެ ޚިޔާލާ ފާޑުކިޔުންތަކަކީ ލިޔުންތެރިކަމުން ކުރިޔަށް ދާން އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. ވީމާ، ރަނގަޅު ކުރަންވީ ކަންތައްތައް ފާހަގަ ކޮށްދެއްވާ، ކޮމެންޓު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. ކިޔުންތެރިންގެ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
ހުރިހާ ކިޔުންތެރިންނަށްވެސް ރަމަޟާން މުބާރަކް…
9 Comments!
Comments are closed.







Helloo nayu❤️❤️❤️
Masha Allah haadha moley naayuuu❤️❤️❤️❤️❤️❤️❤️
Vrh faidhaakuranivi liyumeh meee Hama❤️❤️❤️❤️❤️❤️❤️❤️
Mikahala ehn mazumooneh kiyaalan libeyne❤️❤️❤️❤️ kama unmeedukuran❤️❤️
Lysssmmmm❤️❤️❤️
Stay Safe and tvgc♥️❤️❤️
hello ril sisoooo
shukran shukran shukran dhahthaa
faidhaa kuraanee meehunnah ehcheh visnigenthaa dhww.. ehehn nayaa vx mi ummeedhu kuranee
adhivx kiyaalan libeyne insha allah
lymmmmmmm
SH
SS
TVGC
ނުދެވޭ ނުދެވޭ ނުދެވޭ! އެއްގޮތަކަށް ވެސް ނުދެވޭ… ނަޔާ ތި ދެއްކީ ދިވެހި ދަރިޔަކު ދަށްކާނެ އެންމެ ފުރިހަމަ މިސާލު… ދިވެހި ބަހަށް އިސްކަންދޭ ދިވެހި ބަސް ދެކެ ލޯބިވާ ކުއްޖަކު އިނގިލިން ގުނާލެވޭހާ މަދު… ދޮގެއް ނޫން ތި ބުނީ… ތެދެއް ތި ބުނީ… އާން މިހިރަ މާލޭގެ ބޮޑެތި ސުކޫލު ތަކުގަ ވެސް ކުދި ކުދީން އަރާފައި ކިޔާނެ މަމީ ޑެޑީ ނުކިޔާށޭ މަންމަ ބައްޕަ ކިޔަމާހޭ… މިހެން… އާން! އަނގައިން ދެއްކެން ބުނެލާ ބަހެއް… ތީ ގެ ދެވަނަ އެއް ނުވާ މިސާލެއް އުޅޭނެ ރީޝް ރަށުގަ ވެސް އެކަމު ނުއެއް ބުނާނަން… އޭރު އަހަރެމެން ދަސްކުރީ އަލިފު މަތީ ނުކުތާއެއް ނެތް ބާ ތިރީ އެއް ނުކުތާ ތާ މަތީ ދެ ނުކުތާ! އާން! މިހެން… އެކަމު މިހާރު! އަލިފް ހޭވް ނޯ ޑޮޓް ބާ ބިލޯ ވަން ޑޮޓް ތާ އެބޯވް ޓޫ ޑޮޓް… މި ދެން ކޯއްޗެއް!!! މި ސައިޓު ތަކުގަ ވެސް ކޮމެންޓު ކުރާ ބައެއް މީހުން ކޮމެންޓު ކޮއްލާނެ އިނގިރޭސި ބަހާ ދިވެހި ބަހާ ފަރަންޖީ ބަހާ ފިޔައާ ލޮނުމެދާ ދެން ކިޔާނެ ކަމެއް ނެތް އޭތި މީތި އެއް ކޮށްގެން… އެހެންވެ އަހަރުމެން ވެސް ކޮމެޑީ ލޭންޑްގަ ދިވެހި ބަހަށް ބާރު އަޅާ ޅެމާ ލަވައާ ބަންޖާ ހަދަ ހަދައިގެން މި ކިޔަނީ… ދެން އަދި މާލޭގަ މި އުޅޭ ކުދިން ވާހަކަ ދައްކާނީ އިވޭ މީހާ ކަންފަތަށް ކުކުޅު ފަތެއް ކޮއްޕާ ހެން… އާން އެހެންޏަ! ފުރަތަމަ ވެސް ހާއީ ޔޫ ކިހިނެއްތަ؟އައި އިއްޔެ އިވްނިންގ ގަ ދިޔައިމޭ… ޔޫ ނުނަގަމެއްނު ފޯން އެއް… އައި ކޯލް ޔޫ ހަވީރުގަ! މީ.. އޭން.! ހުވާ މަ މިބުނީ މަ އެވާހަކަ އަޑު އަހާ އިރަށް ރުޅިއައިސްގެން ހިތަށް އަރާ ބުރީގަ ސައްޕެއް އަޅުވާލާ ފާނަމޭ ??????ހާދަ ރުޅިއެއް އާދޭ…
އަދި އިނގޭތަ އަހަރުން ރައްޓެއްސެއްގެ ދަރިއެއް… ނާޔާ ކިޔާނީ… ހާމަ ވިލާތު މަންޖެ އެއް… ޑެޑީ މަމީ އޭނަގެ އެއްޗަކީ…
އަދި މިހާރު މި ދިވެހިން ވާހަކަ ދަށްކާ އިރު މުޅީން ވެސް ކިޔާނީ އެއްޗިސް… މަ ހާދަ ނައްޓަޔޭ ????އެއްޗެހި ލިޔަންވީ ކަލޯ މެނޭ… ބަސް ދަސްވާނެ ކޮންމެ ހުކުރު ދުވަހަކު ޓީވީއެމް ބަލާބަލަ އެއްގަޑި ބައި ގަ… އޭގެން އަންނާނެ ދިވެހި ބަހުގެ ސެގްމެންޓް… ކޮންމެ ދުވަހެއްގެ ބައިގަ އަޝްރަފް ސާރ އަގު ހުރި ފިލާވަޅެއް ނަގައިދޭނެ!
ނަޔާ ދަރިފުޅާ ދޫންޏާ މަޒުމޫނު ހަބޭސް ????????????ވަރަށް މޮޅޭ ދޯ އާންޓީ ވެސް…. މާޝާ ﷲ…. އޭ ސޭލް ސޭލް ބަލައްޗޭ ނޮންނި އަށް ގުޅާފާނެ އިނގޭ… އެސް އެމް އެސް ކުރަން ކޮންމެ ދުވަހަކު
ވަރަށް ލޯބިވޭ ❣️❣️❣️❣️❣️❣️
ތިގޮތުގައި ކުރިއަށް ????????
Nayoo . Dhoonee❤️❤️❤️❤️vrh salhi ingey mi mazumoonu ❤️❤️❤️hope to see other writings like this ❤️❤️❤️asluvs meehun dh bahah iskn nudhey thee i vss vrh dheravey??? nayoo. If u wanna dm me u can msg to my mail ingey. I ge mail hunnanee last ep ge link ga. u saw dhw…stay safe ???
shukuriyya lailac baby… insha allah adhivx mikahala liyunthah fennaane… stay safe
ސުއްބޫހުން ގުއްދޫސުން ރައްބުލް މަލާއިކަތި ވައްރޫޙު… ކަލޯ ގަޔާ މަ ކިހިނެއް މިވަގުތުކޮޅު ތެރޭގަ މިއޮށް ދިގު ކޮމެންޓަށް ރިޕްލައި ދޭނީ؟؟ އަސްލުވެސް ރީޝް ތިބުނީ ހަމަ ވަރަށް ބޮޑު ތެދެއް… މިހާރު މި ރާއްޖޭގަ ނެތް ދިވެހި ބަހަށް އިސްކަންދޭ ކުއްޖަކު މަދު ބަޔަކު ފިޔަވާ… ނަޔާ ވެސް ވަރަށް ވަރަށް ވަރަށް ދެރަވޭ… ކީއްކުރާނީ؟ މަޒުމޫނެއް ލިޔުނަސް، އެނެމްނެ އަބަދުވެސް ލިޔާނީ ދިވެހި ބަހަށް އިސްކަން ދޭށޭ.. އެކަމް ނަޔާ މިފަހަރު މި ހުރީ ހެއްކާ އެއްކޮށް ހުރިހާ މިސާލުތަކެއް ދައްކާފަ… ދެން މީހަކު މި ކިޔައިގެން އެއްޗެއް ވިސްނައިފިއްޔާ ރަނގަޅު…ރީޝް ތިބުނީ ހަމަ ހެޔޮކޮށް… ހޫމްމް ކޮމެޑީ ލޭންޑްގަވެސް އެހެންވެޔޭ އަހަރުން އެކަހަލަ ލިޔުންތައް ގިނަގިނައިން ލިޔަނީ ދޯ… އެކަމް މިއިން ދަރިޔަކަށް ޅެމުގެ ޞަދުރާ ޢަޖުޒާ ބަނޑުވައް އަކުރާ ކާފިޔާ އަކުރު އެނގޭނެކަމާމެދުވެސް މަށަށް ޝައްކު…
ހޫމްމް ނާޔާ ދޯ؟؟ މަށަށްވެސް އެނގޭ.. މަ މިހާރު ގުޅާ ކޮންމެ ފަހަރަކު ނާއްކޮއަށް ދިވެހި ބަސް ދަސްކޮށްގެން… ދެން އެކުއްޖާފުޅަށް ދަސްވާނީ އަމަޔާ ބަފަޔާ ދަސްކޮށްދިން އެއްޗެއްނު ދޯ… ހަމަ ހުވާ އެ ތަކަހޮޅިގަނޑަށްވެސް އެއްޗެއް ވިސްނޭނީ ކޮން ދުވަހަކުންބާވައޭ މަގޭ ހިތަށް އަރާ…
އާނއެކޭ ކުދިންނޭ އެއްޗެހި… އެއްޗެހި… އެއްޗެއްސް އެއް ނުކިޔާނޭ ދަރިންނޭ… ހޫމްމް އެބުނާހެން އެ ގަޑީގަ ޓީވީ ބަލާބަ…. އެކަމް މަ ނުޖެހޭނެ އެގަޑީގަ ޓީވީ ބަލާކަށް… މަ މިހާރު އަޝްރަފް ސަރ ގެ ދިވެހި ބަހުގެ ބަގީޗާގެ އޮންލައިން ކްލާހުގައި ބައިވެރިވެގެން ޖަލްސާތައް ހުށައަޅައިދީވެސް ނިންމައިފިން… އަޝްރަފް ސަރ އަށް އެނގޭނެ މަގޭ ނަން ބުނީމަ މިހާރު މީ ކާކުކަންވެސް… ހެހެހެ…
ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދޫނީ… ހެހެ ރީޝްވެސް ވަރަށް މޮޅޭ އިނގޭ ލޯބިކޮޅޫ… ހޫމްމް ދެން ބަލާނަން އިނގޭ ކޮންމެ ދުވަހަކުވެސް… ނޮންނިއަށް ލިބޭ އެއްޗަކުން ދެބައިކުޅަ އެއްބައި ޖެހޭނެ މަށަށް ދޭން… ހެހެ
އޭ ކޮމެޑީ ލޭންޑް ދެން ކިޔާލެވޭނީ ކޮންއިރަކުންތަ؟ އަދިވެސް ކަވަރ ޕިކް ނުހެދޭތަ؟ ރަނގަޅުވާނެ ރީޝް ހަމަ ހަމަޖެހިގެން ހަދާލާފަ ހެދުނީމަ ފޮނުވާ އިނގޭ… އެންމެ ރަނގަޅުތަ؟؟
ނަޔާވެސް ވަރަށް ވަރަށް ވަރަށް ބޮޑަށް ބޮޑަށް ލޯބިވޭ…
ވަރަށް ހަނދާންވޭ…
އިންޝާ ﷲ އަބަދުވެސް މިގޮތުގައި ކުރިޔަށް ދާނަން…
mee reesh ge cmmnt ge rahdheh ingey
ވަރަށް ރަނގަޅު ފުރިހަމަ މަޒުމޫނު ލިއުމެއް މި އިނގޭ
ވަރަށް ރަނގަޅު ފުރިހަމަ މަޒުމޫނު ލިއުމެއް މި އިނގޭ