
“ނައީ.. އައިމް ގޮނަ އާސްކް ޔޫ އަ ކުއެޝަން.. އެންޑް އައި ވޯންޓް ޔޫ ޓު ބީ އޮނެސްޓް..” ރައިޝާ ބުނެލީ ސީރިޔަސްކަމާއެކީއެވެ. އެވަގުތު ނައިރާގެ ހިތަށްވެސް ގޮތެއް ވެލިއެވެ. މީ ރައިޝާ ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. މިގޮތަކަށް ދުވަހަކުވެސް ސުވާލެއް ނުކުރާނެއެވެ. ދެން މިއަދު ކުއްލިއަކަށް އެހެން ބުނުމުން ސިހޭނެ ނޫންހެއްޔެވެ. “ޔާ.. ގޯ ފޯރ އިޓް..” ނައިރާ ބުނެލީ މަޑުމަޑުންނެވެ. ރައިޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “ނައީ.. ޑޫ ޔޫ ލަވް މައި ބްރަދަރ؟” އެންމެ ފަހުން ރައިޝާ އަހާލިއެވެ. އެއާއެކު ނައިރާއަށް ލިބުނު ސިހުމަކުން ހުއްޓުން އެރިއެވެ.
***********************
“ވަޓް ދަ…. ވަޓް ކައިންޑް އޮފް އަ ކުއެޝަން އިޒް ދެޓް؟ ހަހާ ޔޫ އާރ ސޯ ފަނީ ރައީ.. ހަހާ..” ނުވާ ކަމަށް ހަދާލާފައި ނައިރާ އަވަހަށް ދުރު ބަލައިލީ ރައިޝާއަށް ޖަވާބު ދޭނެހާ ހިތްވަރެއް އެ ހިތުގައި ނެތީމައެވެ. އެވަގުތު ނައިރާގެ ދެލޯ ފެންކަޅިވީ އިޚްތިޔާރަކާ ނުލައެވެ. ރިއާޝް ދެކެ ލޯބި ނުވެޔޭ ބުނުމަކީ އޭނާއަށް އެއްވެސް ޙާލެއްގައި ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން އެންމެ ގާތް އެކުވެރިޔާއަށް ދޮގު ހެދުމަކީވެސް އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. އެއީ ދުވަހަކުވެސް ނުވާނޭ ކަމެކެވެ. އެހާ ދެރަވީ އެހެންވެއެވެ. ދޮގެއް ހަދާ ޙަޤީގަތާ ދެބަސްވާން ޖެހިދާނެތީއެވެ.
“ނައީ.. ވަރަށް ސީރިޔަސްކޮށް އިނގޭ މި އަހަނީ.. ރައި ނޫޅެމޭ މަޖަލަކަށް ހަދައިގެންނެއް.. ރައިއަށް އެނގޭ ހުރިހާ ކަމެއްވެސް.. ހީނުކުރާތި ނޭނގިގެންނޭ މި އަހަނީ.. ހުރިހާ ކަމެއްވެސް އެނގިހުރެ ރައި ބޭނުންވަނީ ނައިގެ އަނގައިން ތެދު ބުނުވަން.. ދޮގު ހެދުމުގެ ކުރިން ހަނދާން ކުރާތި.. އައިމް ޔުއަރ ބެސްޓީ.. އެންޑް އިޓް މައިޓް އެފެކްޓް ޔޫ ބޭޑްލީ އިފް ޔޫ ލައި.. ސޯ ޖަސްޓް ޓެލް މީ ދަ ޓްރުތް..” ރައިޝާ ބުނެލީ ހަރުކަށިކަމާއެކީއެވެ. ނައިރާއަށް ހިންދިރުވާލެވުނެވެ. ދެން ސަލާމަތެއް ނެތްކަން އެނގުނެވެ. ދޮގު ހެދިޔަސް ރައިޝާ އަށް އެނގޭނެކަން މާ ކުރިންވެސް އޭނައަށް އެނގެއެވެ. އޭނާގެ ހިތުގައިވާ ޝަކުވާތަކަށް ކުޑަވެސް ލުޔެއް ހޯދޭނީ ހިތުގެ ޝަކުވާތަކާއި، އުދާސްތައް އެހެން މީހަކާ ހިއްސާކުރީމައެވެ. ދެލޯ މަރާ ބާރުކޮށްލުމަށްފަހު ހުރިހާ ކަމެއް ރައިޝާއާ ހިއްސާ ކުރުމަށް ނިންމީ އެހެންވެއެވެ.
“ޔެސް ޔެސް ޔެސް.. އައި ލަވް ހިމް.. އައި ލަވް ހިމް އަ ލޮޓް.. އައި ލަވް ހިމް މޯރ ދޭން އެނީތިންގ އެލްސް އިން ދިސް ވޯރލްޑް.. އައި ޑޯންޓް އީވެން ނޯ ވެން، ވެއަރ، އޯރ ހައު އައި ފެލް ފޯރ ހިމް.. އޯލް އައި ނޯ އިޒް ދެޓް އައި ލަވް ހިމް.. އެކަމް އެއީ ނައި ގަސްތުގަ ކުރި ކަމެއް ނޫން.. އައި ޕްރޮމިޒް.. ނައިއަކަށްވެސް ނޭނގެ ކިހިނެއް ވީ ކަމެއް ކަމެއް.. ބަޓް އައި ލަވް ހިމް ފްރޮމް ދި ބޮޓޮމް އޮފް މައި ހަރޓް.. ޕްލީޒް ޑޯންޓް މިސްއަންޑަރސްޓޭންޑް މީ ރައި.. އައި ނޯ ޔޫ ވޯންޓެޑް އަ ބެޓަރ ގަރލް ފޯރ ރިއާޝް.. ސަމްވަން ހޫ އިޒް މަޗް މޯރ ރިޗް އެންޑް މޭޗަރޑް ދޭން މީ.. ބަޓް ޕްލީޒް ޑޯންޓް ގެޓް އެންގްރީ ވިތް މީ.. އައިމް ނޮޓް އަ ގޯލްޑްޑިގަރ.. އައި ޕްރޮމިޒް.. ނައި ރިއާޝް ދެކެ ވަނީ ހަގީގީ ލޯބި.. ޕްލީޒް ރައީ.. ޓްރައި ޓު އަންޑަރސްޓޭންޑް..” ރައިޝާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިންމާލެވުނުއިރު ނައިރާގެ ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. އެ މަންޒަރު ބަލަން ރައިޝާއަކަށް ކެތެއް ނުވިއެވެ. އަވަސްއަވަހަށް ނައިރާގެ ގައިގައި ބައްދާލިއެވެ.
“އައި ނޯ ނައީ އައި ނޯ.. ހައު އޮން އަރތް ޑިޑް ޔޫ ތިންކް ދެޓް އައި ވުޑް ތިންކް ސޯ ޗީޕް އޮފް ޔޫ ނައި؟؟ އަ ގޯލްޑްޑިގަރ؟؟ ސީރިޔަސްލީ؟؟ ނޯ ވޭ ނައީ.. އައި ނޯ ދެޓް ޔޫ އާރ ނޮޓް ލައިކް ދެޓް.. އައި ޓްރަސްޓް ޔޫ.. އައިވް ނޯވން ޔޫ ފޯރ އިޔަރޒް.. ހައު ކޭން އައި މިސްއަންޑަރސްޓޭންޑް ޔޫ؟؟ އައިޑް ނެވަރ.. އެންޑް ޓު ބީ އޮނެސްޓް، އައި ވޯންޓް ފައިންޑް އަ ބެޓަރ ގަރލް ފޯރ ހިމް ދޭން ޔޫ.. ދޯސް ގަރލްސް އޯވަރ ދެއަރ އާރ ނަތިންގ ކޮމްޕެއާރޑް ޓު ޔޫ.. ޔޫ އާރ ބިއުޓިފުލް، އޮނެސްޓް، ލަވިންގ، ކައިންޑް، ކެއަރިންގ، އެންޑް ފަނީ.. ހޫ ވުޑުންޓް ފޯލް ފޯރ އަ ގަރލް ލައިކް ޔޫ؟؟ މުއްސަނދިކަމާއި ތަނަވަސްކަމަކީ މި ދުނިޔޭގައިވާ ވަގުތީ އުފަލެއް.. މަރުވެގެން ދާއިރު އެ މުއްސަނދިކަމުން އެއްވެސް އެއްޗެއް ނުގެންދެވޭނެ.. ހަމައެކަނި ގެންދެވޭނެ އެއްޗަކީ އެމީހަކު ކޮށްފައިވާ ހެޔޮ ޢަމަލްތައް.. ﷲ ގެ ޙަޟްރަތުގައި މުއްސަނދިންނާ ފަގީރުން ވާނީ ހަމަހަމަ.. ސޯ ޑޯންޓް އެވަރ ތިން ޕޫރ އޮފް ޔުއަރސެލްފް.. ރައިގެ ދޮންބެއަކީ އެކަހަލަ މީހެއް ނޫން.. ހީ ޑޯންޓް ކެއަރ ހޫ އިޒް ރިޗް އޯރ ޕޫރ.. ސޯ، ޕްލީޒް.. ދެއަރ އިޒް ނޯ ރީޒަން ފޯރ ޔޫ ޓު ފީލް އިންސެކިޔުރ އޮފް ޔުއަރސެލްފް. ބިކޯޒް މައި ބްރޯ އޯލްސޯ ލަވްސް ޔޫ..” ނައިރާ މަސަލަސް ކުރުމުގެ ގޮތުން ރައިޝާ އެތައް ވާހަކައެއް ދެއްކިއެވެ. އެ ހުރިހާއިރަކުވެސް ރައިޝާގެ ވާހަކަތައް އަޑުއަހަން ނައިރާ އޮތީ ރައިޝާގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ރައިޝާގެ ވާހަކަތަކުން ނައިރާއަށް ބުނަން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް، އެންމެ ފަހުން ރައިޝާ ބުނެލި ޖުމުލައިން ނައިރާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. އަވަސްއަވަހަށް ރައިޝާގެ ކޮނޑުމަތިން ތެދުވެ ތެދަށް އިށީނދެލިއެވެ.
“ވަޓް ދަ… ވަޓް ޑިޑް ޔޫ ޖަސްޓް ސޭ؟؟ ހީ ލަވްސް މީ؟؟ ނޯ ވޭ ރައީ.. ޕްލީޒް ޑޮންޓް ލައި ޓު މީ.. ޔޫ ނޯ ދެޓް އައި ޑޯންޓް ލައިކް ދީސް ޓައިޕްސް އޮފް ޖޯކްސް..” ނައިރާގެ އަޑުގައިވީ ޝަކުވާއެވެ. ނައިރާއަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. ރިއާޝް އޭނަދެކެ ލޯބިވާކަން ގަބޫލުކުރަން އުނދަގޫވަނީއެވެ. “ވަޓް ދަ ހެލް؟؟ އޮފްކޯރޒް ނޮޓް.. އައިމް ނޮޓް ލައިންގ ޓު ޔޫ.. ހީ ރިއަލީ ލަވްސް ޔޫ ނައީ.. ޑޯންޓް ޔޫ ޓްރަސްޓް މީ؟ ރޭގަ އައިއްސަ ރައި ކައިރި ބުނީ ނައި ދެކެ ލޯބިވާ ވާހަކަ.. އެންޑް އިފް ޔޫ ސްޓިލް ކާންޓް ބިލީވް، ދެން ހިއަރ ދިސް..” ރައިޝާ ސްކާރޓްގެ ޖީބުން ނެގި ފޯނުގަ އިން ރިކޯރޑިންގ އެއް ޕްލޭ ކޮށްލިއެވެ. އޭގައިވަނީ ރޭގަ ރިއާޝް އައިއްސަ ނައިރާ ދެކެ ލޯބިވެޔޭ ކިޔާ ދައްކާފައިވާ ވާހަކަތަކެވެ. އެއީ ރޭގައި ރިއާޝް ނައިރާގެ ވާހަކަ ފެށުމުން ބާލިސް ދަށުގައި ފޯނު ބާއްވައިގެން އޭނާ ކޮށްފައިވާ ރެކޯޑެކެވެ. ރައިޝާގެ ސިޔާސަކަމާއި، މޮޅު ރޭވުމަށްވެސް ސާބަސް ދޭވަރު ވެއެވެ.
އެ ރެކޯޑިންގ އަޑުއަހަމުން ދިޔަ ނައިރާގެ ހިތަށް ލިބެމުން ދިޔައީ އުފަލެވެ. ކުރިން އެތަކެއް ޝަކުވާތަކަކުން ފުރިފައިވާ އެ ހިތް މިހާރު ދަނީ އުފަލުން ނަށަމުންނެވެ. އެންމެ ފަހުން އޭނާގެ ލޯބި އޭނާއަށް ލިބެން އުޅޭ ކަހަލަ އިހުސާސްތައް ކުރެވެން ފެށިއެވެ. ހުރިހާ ޝުކުރެއް ރައިޝާއަށެވެ. އެކަމާ އުފަލުން ގޮސް އެތައް ފަހަރަކު ރައިޝާ ގައިގައި ބައްދަ ބައްދާފައި ޝުކުރު އަދާކުރަން ފެށި އިރު ވަގުތު ދިޔަ ގޮތްވެސް ދެކުދިންނަކަށް ނޭނގުނެވެ. އެންމެ ފަހުން ބެލް އެޅި އަޑު އިވުމާއެކު ދެކުުދިން އެކީ ކްލާހަށް ދިޔައެވެ. އޭރު ޓީޗަރުވެސް އައިސް ކްލާހަށް ވަންނަނީއެވެ.
ކްލާހަށް ވަދެ އެންމެ ފުރަތަމަވެސް ރައިޝާއަށް ބަލައިލެވުނީ މާއިޝްގެ މޭޒާ ދިމާއަށެވެ. އެހެންނަމަވެސް، މާއިޝް ނެތްކަން އެނގުމުން އެހިތަށް މާޔޫސްކަން ވެރިވިއެވެ. މާއިޝްގެ ހިތްގައިމު ސޫރަ ދެކިނުލާ އެންމެ ދުވަހެއް ވޭތުކޮށްލުމަކީވެސް ރައިޝާއަށް ނުހަނު ދަތި ކަމެކެވެ. މާއިޝްއަށް ކަމެއް ވީބާއޭ ހިތަށް އަރާ ހިތްބިރުގަންނަ ފެށީވެސް ވަކި ވަރެއް ބަލާފަކާ ނޫނެވެ. ނައިރާ ގާތު އަހާލަން އުޅެފައިވެސް ނޭހީ ނައިރާ ދިމާކުރާނެކަން އެނގޭތީއެވެ. މާއިޝްގެ ޚަބަރެއް ނުވެގެން ބިރު ގަނެފައި އިން ރައިޝާއަށް ދޮރާ ދިމާއަށް ބަލައިލެވުނީ މީހަކު ސަލާމް ގޮވާލި އަޑަށެވެ. އެވަގުތު އޭނާއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދޮރުން ވަދެގެން އެ އައީ އޭނާގެ މާއިޝް ނޫން ދެވަނަ މީހެއް ނޫނެވެ. ރައިޝާގެ އެ ފިޔާތޮށި ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ.
ރައިޝާގެ ކޮންމެ ޢަމަލެއް ބަލަމުން ދިޔަ ނައިރާ ދިޔައީ ރައިޝާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. މާއިޝް ނެތްކަން އެނގުމުން އެ މޫނުމައްޗަށް ވެރިވި މާޔޫސް ކަމާއި، މާއިޝް ފެނުމުން އެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ފެނި ނައިރާއަށްވެސް ހިނިތުންވެވުނެވެ. އަބަދާ އަބަދު އެކުވެރިޔާގެ މޫނުމަތީގައި އެފަދަ ނުފިލާފަދަ ހިނިތުންވުމެއް ލެއްވުމަށް އެދި ދުޢާ ކުރެވުނެވެ. ރައިޝާގެ މި ކުދިކުދިި ޢަމަލުތަކުންވެސް ހާމަވަނީ މާއިޝް ދެކެ ވާ ޙަޤީޤީ ލޯބިކަން ނައިރާއަށް ދެނެގަނެވުނެވެ. ރައިޝާ ލައްވާ އެކަމަށް އެއްބަސް ނުކުރެވުނަސް ނައިރާ މާއިޝްގެ ފަރާތުން ނަމަވެސް ހުރިހާ ޙަޤީޤަތެއް ހޯދާނީ ވިސްނުންތެރިކަމާ އެކީއެވެ. އޭނާގެ ލޯބި ހޯދަން ރައިޝާ ވެދިން އެހީ، ރައިޝާ އެންމެ ބޭނުންވި ވަގުތު، ރައިޝާއަށްވެސް ވެދިނުމަށް ނައިރާ ބޭނުންވެއެވެ. އެކުވެރިޔާގެ އުފަލަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ނައިރާ ޢަޒުމު ކަނޑައެޅިއެވެ. ރައިޝާއާއި މާއިޝް ގުޅުވުމުގެ ރޭވުމެއް އެ މޮޅު ސިކުނޑީގައި ރާވާލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
*******
ބްރޭކް ގަޑި ޖެހުމުން ރައިޝާ ތެދުވެ ނައިރާއާ ދިމާއަށް ބަލައިލީ ދާން ހިނގާށޭ ބުނުމުގެ ގޮތުންނެވެ. އެހެންނަމަވެސް، ނައިރާއަށް ނިދިފައި އޮތް ތަން ފެނި، ދެތިން ފަހަރަކު ގޮވާލަން ޖެހުނީ ނައިރާ ނުތެދުވުމުންނެވެ. “ރައި ދޭ.. އިހަށް ރެސްޓް ކޮށްލަން ބޭނުމީ.. ކުޑަކޮށް ބޮލުގަ ރިއްސާ އެބަ.. ރޭގަ ނުވެސް ނިދުނު ރަނގަޅަކަށް..” ނައިރާ ބުނެލީ ނިދި އަޑަކުންނެވެ. “ދެން.. އެކަމް ކާން ޖެހޭނު..” ރައިޝާ ބުނެލިއެވެ. “މިއަދު ހެނދުނު ބޮޑު ރޮށިތަށްޓެއް ކައިގެން މިއައީ.. ނެތް ކާ ހިތެއް..” ނައިރާ އަދިވެސް އޮތީ ލޯމަރައިގެންނެވެ. “ވަޓް ދަ ހެލް އިޒް ރޯންގ ވިތް ޔޫ ނައި؟؟ ދިސް އިޒް ދި ފަރސްޓް ޓައިމް އެވަރ ޔޫ ރިފިޔުޒްޑް ޓު އީޓް.. ވިއަރޑް..” ކްލާހުން ބޭރަށް ނުކުންނަށް ދިޔަ ވަގުތު އެ ބަސްތައް ވީ ރައިޝާގެ ހިތުތެރޭގައެވެ. ނައިރާޢަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު އަވަހަށް ކެންޓީނާ ދިމާއަށް މިސްރާބު ޖެހީ ބަނޑުހައިވެފަ ހުރިލެއް ބޮޑުކަމުންނެވެ.
ލޯމަރައިގެން ނިދާފައި ކަމަށް ހެދިގެން އޮތް ނައިރާ ލޯ ހުޅުވާލީ ރައިޝާ ދިޔުމުންނެވެ. “ހަހާ.. ފަރސްޓް ސްޓެޕް އޮފް ދި ޕްލޭން އިޒް ސަކްސެސްފުލް.. ނައު އައި ހޭވް ޓު ކޮމްޕްލީޓް ދި ސެކަންޑް ސްޓެޕް.. ދިސް އިޒް އަ ވެރީ ސީރިޔަސް މިޝަން..” ހިތާހިތުން އެ ބަސްތައް ކިޔަމުން ދިޔަ ނައިރާ ދޔައީ އަމިއްލައަށް އިނދެ ހެވެމުންނެވެ. ދެން އޭނާ ޖެހޭނީ މި ވަގުތުކޮޅު ތެރޭ މާއިޝް ކްލާހުގައި އެކަނި އިނދެ ކުރާ ކަމަކަށް ފާރަލާށެވެ. މާއިޝް އެހެން ދިމާއަކަށް ނުބަލަންޏާ އަދި އޭނާ ކްލާހުގައި އިން ކަމެއް ނޭނގޭނެތާއެވެ. އެ ފުރުސަތުގެ ބޭނުން ވީ އެންމެ ފުރިހަމައަށް ހިފަން ނައިރާ ބޭނުންވެއެވެ.
ސިއްރު ސިއްރުން ނައިރާ ދެފައިގެ އިނގިލިތަކުގެ ކުރި ޖައްގައިގެން ހިނގާފައި ގޮސް، މާއިޝްއަށް ނުފެންނާނެހެން މާއިޝްގެ މޭޒުގެ ފަހަތުގައި ހުއްޓި ހުރެ، މާއިޝް ކުރާ ކަމެއް ބަލަން ފެށިއެވެ. ނައިރާގެ ސަމާލުކަން އެންމެ ފުރަތަމަވެސް ދަމައިގަތީ މާއިޝް ބަޔޮލޮޖީ ނޯޓްތައް ލިޔަމުން ގެންދިޔަ އޭނާގެ ނޯޓްފޮތުގެ ގަނޑުތަކެވެ. އޭނާ ހަނދާންވީ އިއްޔެ ރައިޝާ އެ ނޯޓްކޮޅުގެ ވާހަކަ ދެއްކި އިރު، އޭގެ ކުލައަކީ މަޑު ރީނދޫ ކުލައޭ ބުނި ހަނދާނެވެ. އެ ނޯޓް ފޮތުގެ ގަނޑުތައްވެސް ހުރީ މަޑު ރީނދޫ ކުލައިގައެވެ. އެހެންވީމާ، އެ ގަނޑު ކަނޑާފައިވަނީ މާއިޝްގެ ނޯޓް ފޮތުންތާއެވެ. މިހާރު ރައިޝާއަށް އެ ނޯޓްކޮޅު ދިނީ މާއިިޝްކަން ނައިރާއަށް ޔަގީންވެއްޖެއެވެ.
ވަރަށް ފަޚުރުވެލި ވެލާފައި ނައިރާ ބުމައަރުވާލާފައި އަރިކަށީގައި އަތް ވިއްދާލީ ވަރަށް މޮޅު ކަމެއް ކުރެވިގެން އުޅޭ ފަދައަކުންނެވެ. އެތާނގައި އެހެން މީހަކު ހުރި ފަދައަކުން ނައިރާ ހަރަކާތް ކުރަމުން ދިޔައެވެ. ހިތާހިތުން ފާޑުފާޑުގެ ލަވަތައް ކިޔާ ނަގަމުން ދިޔަ އިރު ނައިރާ ހީވަނީ ދުނިޔޭގެ ފެންވަރުގެ ނޯބަލް ޕްރައިޒްއެއް ލިބިގެން އުފާފާޅު ކުރާހެންނެވެ. ނައިރާ ފާޑުފާޑުގެ ވައްތަރުތައްޖައްސަމުން ދަނިކޮށް ކުއްލިއަކަށް މާއިޝް ފަހަތަށް އެނބުރި ބަލައިލި ވަގުތު ނައިރާ ދިޔައީ އެއްލިގެންނެވެ. ދެލޯ މުދުނަށް އަރާފައި ހުރި އިރު އަތްފައި ތުރުތުރު އަޅަމުން ދިޔައީ އޭނާ މާއިޝްއަށް ފާރަލާކަން ފަޅާއެރީއޭ ހިތަށް އަރާފައެވެ. އެއްޗެކޭ ބުނަން ނައިރާގެ ތުންފަތް ޙަރަކާތް ކޮށްލި ނަމަވެސް އަޑެއް ނުނުކުތެވެ. މާއިޝް ގޮނޑިން ތެދުވުމުން ނައިރާއަށް ފަހަތަށް ޖެހިލެވުނެވެ. “އޯހ ޝިޓް..” އެވަގުތު ނައިރާގެ އަނގައިން ނުކުތީ ވައި އަޑެވެ.
ނުނިމޭ…
10 Comments!
Comments are closed.
mi bai vex varah reethi….keep it up..tc…stay safe…lysm
Salaam dear readers… hope u all will love this part as well… tysm for ur kind support.. love u guys… stay safe…
In reply to crazy idiot…
tysm dear… u 2 stay safe nd take care… lym
Hello naayooo❤️❤️❤️
Wow Hama wow vrh Sali mi part vxx❤️❤️❤️❤️❤️❤️❤️
Masha Allah❤️❤️❤️
Keep it up doonee ❤️❤️❤️
Mihaaru Ril ah vxx vrh heevaan fashaafi ❤️❤️❤️maaish hen Rai ah note liyuny dhw neyge dhn dhw bunaakah ❤️❤️❤️❤️???❤️❤️
Aleyyy wow so cuteee nai ah inguny dhw ❤️❤️❤️❤️❤️❤️Riaash vxx eyna deke love vaan Kan I am so so happy . ❤️❤️❤️❤️??☺️??❤️❤️❤️❤️
Thank uuu soo much naayuu❤️❤️❤️❤️ for giving us to read this beautiful stry I love it so much ingeyy❤️❤️❤️❤️?????
Omg dhn kihineh baaavaany ale so curious❤️❤️❤️❤️❤️??????❤️❤️❤️
Waiting for the next part❤️❤️
Love uu sooo much ❤️❤️
Stay safe❤️❤️ and tvgc ❤️❤️
In reply to ril sis…
awwwwnn tysssm dear sisoooo… hehe yess eii hama maaish ey dhww… alhe dhen hingaab dhw next prt ga vaanii kihinehthw balaalan… once again tysssm sisyyyy… migadiiga nei maa dhigu cmmnt eh liyeveykah ingey… so sorry abt that… stay safe nd take care my lovely darling… lymmmmmmmmmmmmmmmm
Masha Allah vrh reethi mi part vx I luv it!! Naira emme fahun ebbas vehje dhw Riaash dheke lwbi vaa kamah…. Naira haadha molhey act kuran.. Hehe.. hama aslu vx Maaish kanneynge Raisha ah note fonuvyy e… vrh majaa ingey.. Naira is busted.. hehe …. dhen vaany kihiney baa…. very curious.. sifa kurunthah vrh rangalhu hama heevanyy vaahakaiga ulheveyhen…. keep up the good work
lots of love from me
In reply to lulu…
awwwwnnn tyssssssmm dearr… hehe yess nai ebbas vejje dhw.. hmm naira akee ye rishta kya kehla tha hai ga vx act kohfa huri kujjeh V ma molhuvaanu dhw 😉 hahahah lol… yess mihaaru nayaa ah vx heevey maaish ey rai ah e note kolhu fonuvee… ehetha? vrh majaa tha?? happy to know.. hehe.. nayaa liyaa ehchehi abadhuvx majaa vaane konmes hisaabakun… hehe… dhen vaa goi balaalan hingaa dhw next part ah wait kohlamaa… asluvxtha?? story hama ehaa reethi tha?? but this is my first time writing such a story… hehe.. ehenveema aslu readers reehchey buneema gaboolu nukurvenee… hehe… awwwnn really?? so happy to know… vvvv happy vejje dear ah mi story kamudhiyaeema… story thereyga ulheveyhen heevaanama eyge maana akee nayaa ah vrh rangalhah sifa kurunthakaa ibaarai kurunthah genesdhevifa eba huttey… once again tyssssssssssmm lulu darling… yess will keep it up insha allah…
lots of love from me too
stay safe nd take care dear
Alhey nayoo haadha reethi hisabakun ney thi nimmaalee. Vrh curious vejje. What eill happen next ????alhe maish ah inguneeba nai ah ingunu kn??btw i love riash nd nairas couple ❤️❤️❤️❤️❤️
When is next part?????
Waiting for next part ❤️❤️❤️❤️
Tvgc
Lyssssmmm
Ss
In reply to Lailac baby…
hehe reethi hisaabakun ninmaaleema dhen oi part vx reethi vaanee dhw… eheve e hisaabun ninmaalee… vedhaane dhw maaisha ah ingunee kamah vx… maaish ah fenijje thaa nai ethaa huri than… yes me too… i also love them… next part thankolheh las vedhaane nereveyleh… iulaaneh nerefa mihaaru innaanee story aa beheygothun… adhi publish eh nuvey…
keep waiing darl.. won’t dissapoint u for sure darl…
lymmmm
stay safe nd take cere
Yhh. Nayaa thibunee vrh bodu thedheh. Reethi hisaabakun nimmaleema dhw aneh bai kiyaa hih vaanee. Issokee dear. I know test dhuvas kolhu veema dhw ❤️❤️❤️will wat fr the next ep❤️❤️❤️❤️nd gud luck in the exams ❤️❤️❤️❤️
Lysssssssssssmmmmmm❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Tvgc