Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 37

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 3, 2023 8 Mins Read
29 Comments

ހެނދުނު ހަތެއް ނުޖަހަނީސް ލައުރާ ލެޕްޓޮޕް ހިފައިގެން ކާމޭޒު ދޮށުގައި އިނީ އޮފީހުގެ މަސައްކަތެއް ނިންމާށެވެ. އަޒާންގެ ޚިޔާލުތަކާ ދުރުވުމަށް ލައުރާ ބޭނުންކުރާ އުކުޅަކީ އެޔެވެ.

ކުރަން އިން މަސައްކަތް ހުއްޓައިލަން ލައުރާއަށް ޖެހުނީ ބެލްގެ އަޑު އިވުމުންނެވެ. ތެދުވެގެން ގޮސް، ދޮރު ހުޅުވައިލި އިރު ބޭރުގައި ޒާރާ ހުރި ތަން ފެނުނެނެވެ. ހިނިތުންވެލުމާއި އެކު، ޒާރާއަށް ވަނުމަށް ތަންދެއްކިއެވެ. ޒާރާ އެތެރެއަށް ވަނުމާއި އެކު ލައުރާ ދޮރު ލައްޕައިލިއެވެ.

“ހާދަ ނުގަޑިއެއްގަ.. ސައިބޯން ހިނގާ..” ލައުރާ ބުނެލިއެވެ. “ނޫނޭ.. ހަމަ ދެންމެ މި އައީ ސައި ބޮއެގެން.. އަސްލު އަހަރެން މި އައީ ލައުރާއާ ވަރަށް ބޮޑު ވާހަކައެއް ދައްކައިލަން ވެގެން..” ޒާރާ ބޭނުންވީ ސީދާ މަޢުޟޫއަށް ދާށެވެ. “ބުނެބަ..” ލައުރާ ބުނެލިއެވެ.

“ލައުރާ އަޒާން ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭތަ..؟” ޒާރާގެ ސުވާލުން ލައުރާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ހިތުގެ ވިންދު އަވަސްވާހެން ހީވިއެވެ. އޭނާއާއި އަޒާންގެ ވާހަކަ ޒާރާއަށް އެނގުނު ގޮތާއި މެދުގައި ސުވާލު އުފެދުނެވެ.

“ކިހިނެއް.. ޒާއަށް-” ލައުރާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ޒާރާ ވާހަކަ ދައްކަން ފެށުމުންނެވެ. “އަފާންއަށް އިއްޔެ އެކަން އިނގުނީ.. އެދެމީހުން އެ ވާހަކަ ދެއްކި ގަޑީގަ އަހަންނަށް އަޑު އިވުނީ..” ޒާރާ ޖަވާބު ދިނުމާއި އެކު، ބުނާނެ އެއްޗެއް ނޭނގި، ލައުރާއަށް އިސްޖަހައިލެވުނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ފޭބިޔަ ނުދިނުމަށްޓަކައި ލައުރާ ތިރީ ތުންފަތުގައި ދަތްއަޅައި ބާރުކޮށްލިއެވެ.

“ލައު.. ތިހެން ނުހަަބަލަ.. އިނގޭތަ މި ދެ ހަފްތާ ނިމިގެން ދިޔަ އިރު އަޒާން އުޅުނު ހާލު.. އޭނަ އެއްޗެއް ކަނީކީ ނޫން.. ބޭރަށް ނުކުންނަނީކީ ނޫން.. މީހަކާ ވާހަކަ ދައްކަނީކީ ނޫން.. އަސްލު ފަސް އަހަރު ވަންދެން ލައުއަށް އޭނަ އިންތިޒާރު ކުރާނީ ލައު ދެކެ ހާދަ ލޯތްބެއް ވާތީއޭ.. އަޒާން ވަރަށް ލޯބިވޭ ލައު ދެކެ.. ލައުއަށްޓަކައި އޭނަ ހާދަ ބަދަލު ވެއްޖޭ.. ޕްލީޒް ލައު.. އަޒާންއަށް ތިހެން ނުހަދާ.. އޭނަގެ ލޯބި ޤަބޫލު ކޮށްބަލަ..” އާދޭހުން ފުރިގެންވާ ރާގެއްގައި ޒާރާ ބުނެލި ވާހަކައިން ލައުރާއަށް އިތުރަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. އަނެއް ފަރާތަށް އޭނާ އެނބުރުނީ އެހެންވެއެވެ.

“އެކަމަކު އަޒާންއާ އަހަރެންގެ އުމުރުގެ ތަފާތު ބަލާބަ.. އަނެއްކޮޅުން ޒާއާ އަފާން ތީ އަހަރެން އެންމެ ގާތް އެކުވެރީންގެ ތެރެއިން ދެމީހުން.. ވީއިރު އަފާންގެ ކޮއްކޮއަކާ އަހަރެން ލޯބީގެ ގޮތުން ގުޅުނީމަ ވާނީ ކިހިނެއް..؟ އޭރުން މުޅި ދުނިޔެވެސް އަހަންނަށް މަލާމަތް ކުރާނެ..” ލައުރާ ބުނެލިއެވެ.

“ލައު ތި ވިސްނަނީ އުމުރުގެ ތަފާތާއި މެދުގަތަ..؟ އުމުރުގެ ތަފާތޭ ބުނާ ވަރުގެ ތަފާތެއް ނުވެސް ނެތް ތި ދެމީހުންގެ މެދުގައެއް.. އޭނަ ލައުއަށްވުރެ ކުޑައީ އެންމެ ދެ އަހަރޭ.. ދެ އަހަރު އެއީ ދެން ކޯއްޗެއް؟ އެހެން ނޫނަސް އުމުރު މައްސަލައަކަށް ވާންވީ ލައު އަޒާންއަށްވުރެ ބޮޑުވީމަތަ..؟ އޭގެ ބަދަލުގަ އަޒާން ލައުއަށްވުރެ ދެއަހަރު ބޮޑުވި ނަމަ ނުބުނާނަން ދޯ އެއްވެސް އެއްޗެކޭ..؟ ކަމޯން ލައު.. ހާދަ ކުރީގެ ވިސްނުމެކޭ ތި ގެންގުޅެނީ.. އެހެންނޫނަސް އަފާންގެ ކޮއްކޮއަކަށް އަޒާން ވުމަކުން ކޮބާތަ މައްސަލަ އަކީ..؟ އެކަމުގަ އަފާންގެވެސް އަދި އަހަރެންގެވެސް ނެތް އެއްވެސް މައްސަލައެއް.. ދެން ކީއްވެތަ ލައުގެ މައްސަލައެއް އޮންނަންވީ..؟؟” ޒާރާގެ ވާހަކަތަކާއި މެދުގައި ލައުރާއަށް ވިސްނައިލެވުނެވެ. ޒާރާ އެ ބުނީވެސް ތެދެކެވެ. އެހެންނަމަވެސް، އަދިވެސް ލައުރާގެ ހިތް އަޒާންއާ ގުޅުމަށް އިންކާރު ކުރަމުން ދިޔައެވެ.

“އަޒާން ލައު ދެކެ ހާދަ ލޯތްބެއް ވެޔޭ.. އަޒާންގެ ކުށަކީ ލައުއަށްވުރެ ދެ އަހަރު ކުޑަވުން ކަމުގަ ވަނީނަމަ އޭނައަށް އެ ލިބޭ އަނިޔާ އޭނައަށް ހައްގެއް ނޫން.. ނޫނީ އަޒާންގެ ކުށަކީ އަފާންގެ ކޮއްކޮއަކަށް ވުން ކަމުގަ ވަނީ ނަމަ އެއީވެސް އޭނައަށް ހައްގުވާ އަނިޔާއެއް ނޫން.. ނޫނީ އަޒާންގެ ކުށަކީ ތެދުވެރި ހިތަކުން ލައު ދެކެ ލޯބިވުންތަ..؟ މުޅި ޢުމުރަށް ލައު އަށް ލޯބި ދީގެން ލައުއަށް ވަފާތެރިވުމާއެކު ދެމިހުރުމަށް ބޭނުން ވުންތަ..؟ އެހެންކަމަށް ވަނީ ނަމަ ލައު އަޒާންއަށް ތި ދެނީ ވަރަށް ބޮޑު އަނިޔާއެއް.. ޕްލީޒް ލައޫ.. ވިސްނާލަބަލަ..” ޒާރާ ގޮސް ލައުރާގެ ކުރިމައްޗަށް އަރައި، ލައުރާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. އެއާއެކު، ލައުރާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ފެނި، ޒާރާއަށް ލައުރާގެ ހިތުގައިވާ އެއްޗެއްވެސް ސާފުކޮށް އެނގުނު ކަހަލައެވެ.

“ޔޫ ލަވް ހިމް.. ޑޯންޓް ޔޫ..؟” ޒާރާ އަހައިލީ މަޑުމަޑުންނެވެ. ލައުރާއަށް ކެތްވީ އެހިސާބަށެވެ. އަޑުންއަޑުނަގައި ރޮވެން ފެށި އިރު މޫނުމަތީގައި ދެއަތް އެޅުނެވެ. ދެފައިން ވާގި ދޫވެގެން ދެކަކޫ މައްޗަށް ތިރިވެވުނު އިރުވެސް ލައުރާ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ.

“އާނ.. އަހަންނަށް އަޒާން ދެކެ ލޯބި ވެވިއްޖެ.. ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. އެކަމަކު އެކަން އެގޮތަށް ވާކަށް އަހަންނެއް ބޭނުމެއް ނޫން..” ލައުރާއަށް ބުނެވުނީ އެހިސާބަށެވެ. އެއާއެކު ޒާރާވެސް ލައުރާއާ އެއްވަރަށް ތިރިވެލިއެވެ. “އެ ކީއްވެ..؟” ޒާރާ އެއްސެވެ. “މިވީ ފަސް އަހަރު ތެރޭ ނުވި ލޯތްބެއް މިހާރު އަހަރެން އަޒާން ދެކެ ވާންވީ ކީއްވެތަ..؟ އެންޑް.. ވައި އަޒާން..؟ ކީއްވެތަ އަޒާން ދެކެ ލޯބި ވެވެންވީ..؟ އެނޫން މީހަކު އަހަންނަށް ހަމަ ނުފެނުނީތަ..؟” ލައުރާއަށް ދިޔައީ އަދިވެސް ގިސްލެވެމުންނެވެ.

“ލޯތްބަކީ ބުނެފަ ވާ އެއްޗެއް ނޫނޭ ލައު.. އެއީ އިޚްތިޔާރެއް ނެތި ވެވޭ އެއްޗެއް.. ހީވެސް ނުކޮށް ހުއްޓާ ހަމަ ކޮންމެ ފަދަ އިރަކުވެސް ތި ހިތުގަ މީހަކާ ދޭތެރޭ އިހުސާސްތަކެއް އުފެދެން ފަށާފާނެ.. ލޯތްބަކީ އެއީޔޭ.. ލައުއަށް މިހާރު އިހުސާސް ވެއްޖެ އެއްނު ލައު އަޒާން ދެކެ ލޯބިވާ މިންވަރު.. އަދިވެސް ލައު އަޒާންއާ އެކީ އުޅޭކަށް ބޭނުމެއް ނޫންތަ..؟” ލައުރާގެ ކޮނޑުގައި ހިފަހައްޓައިލަމުން ޒާރާ އަދިވެސް ބެލީ ލައުރާއަށް ވިސްނައިދެވޭތޯއެވެ. ޒާރާ އެހެން ބުނުމާއެކު ލައުރާއަށް ވިސްނައިލެވުނެވެ.

ޒާރާ އެބުނީވެސް ތެދެކެވެ. ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. އޭނާއަށް އެންމެ ފުރަތަމަ މިލާން ދެކެވެސް ލޯބި ވެވުނީ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. މިލާން ދެކެ ވީ ލޯބީގެ ޙައްޤުގައި އޮހޮރި ކަރުނަތަކާއެކު އެތައް އަހަރުތަކެއް ވޭތުވެގެން ދިޔަ އިރުވެސް ލައުރާގެ ހިތަށް އެއްވެސް ބަދަލެއް ނައެވެ. ކިތަންމެ ފިރިހެން ކުދީންތަކެއް އޭނާގެ ފަހަތުން އުޅުނު ނަމަވެސް މިލާން ނޫން ފަރާތަކަށް އެ ހިތެއް ނުދެވުނެވެ. އެ ހިތް ބަދަލުވީ މީގެ މަހެއްހާ ދުވަސް ކުރިން އަޒާން އެނބުރި ރާއްޖެ އައުމުންނެވެ. އެތައް އަހަރެއް ވާންދެން ހިތުގައި ކަފުންކޮށްގެން އުޅުނު މިލާންގެ ލޯބީގެ މައްޗަށް އަޒާން ކުރި ހޯދަމުން ދިޔައީ ލައުރާ ހީވެސް ނުކޮށް ހުއްޓައެވެ. މިއަދު ލައުރާއަށް ޔަޤީންވާ އެއް ކަމެއް އެބަ ވެއެވެ. މިލާން ފެނުނަސްވެސް، މިއަދު އެ ހިތަށް އެނގުން ވެލައިގެނެއް ނުދެއެވެ. މިލާން ހަނދާންތަކުން މުޅީން މިންޖު ނުވެވުނު ނަމަވެސް، އެ ހިތުގައި އަޒާންގެ ލޯތްބަށް ޖާގައެއް ދެވިފައިވާ ކަމެވެ. ވީއިރު، މިއަދު ލައުރާއަށް އަޒާންގެ ލޯތްބަށް ފުރަގަސްދޭން މަސައްކަތްކުރެވެނީ ކީއްވެހެއްޔެވެ؟ އޭނާގެ އަތުން މިލާންގެ ލޯބި ބީވެގެން ދިޔަ ގޮތަށް އަޒާންގެ ލޯބިވެސް ބީވެގެން ދާން ދެން އެ ހުރެވެނީ ކީއްވެ ހެއްޔެވެ؟ ހިތާމައަކަށްފަހު ހިތާމައެއް ކުރަން ލައުރާ ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަޒާން ހިތާ ފުރާނައިން ލައުރާ ދެކެ ލޯބިވާ އިރު، އަޒާންގެ ހިތަށް އެހާ ބޮޑު އަނިޔާއެއް ދިނުމަށް ލައުރާއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

ވަރަށް ވިސްނުމަށްފަހު ލައުރާ ގޮތެއް ނިންމިއެވެ. އިތުރަށް ދެން އޭނާ ހިތާމަ ކުރާކަށް ބޭނުމެއް ނޫނެވެ. އިތުރަށް އަޒާންގެ ހިތަށް އަނިޔާ ދޭކަށް ބޭނުމެއް ނޫނެވެ. ޙާސިލްވުން ނެތް ލޯތްބެއްގައި ބެހިގެން ދާކަށް ދެން އޭނާ ބޭނުމެއް ނުވެއެވެ. މިހާރު ލައުރާ ބޭނުން ވަނީ އަޒާންއެވެ. އެ ހިތުގެ ހަމަޖެހުމެވެ. އެ ހިތުގެ ރާޖާއެވެ. ހަމައެކަނި އަޒާންއެވެ.

“ޒާ.. އަޒާން ކޮބާ؟” ކޮޅަށް ތެދުވެލަމުން، ލައުރާ އެއްސެވެ. އެއާއެކު، ޒާރާގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. “އަޒާން އެބަ އުޅޭ ފުރަން ވެގެން.. އަހަރެން އައި އިރު އަފާންއާ ދެމީހުން އެއާޕޯޓަށް ދާން ވެގެން ނުކުންނަނީ.. ލައު.. ވަރަށް އަވަހަށް ހިނގާ.. މިހާރު ނުގޮއްސިއްޔާ ލައުއަށް މުޅި އުމުރަށް އަޒާން ގެއްލިދާނެ..” ޒާރާ ބުނެލި ވާހަކަތަކުން ލައުރާގެ ހިތް ހީވީ ފޮތިފޮއްޗަށް ކޮށައިލެވިގެން ދިޔަ ހެންނެވެ. އެހެނެއް ނުވާނެއެވެ. އޭނާ އަޒާން ދިޔަކަ ނުދޭނެއެވެ. އެއްފަހަރު އަމިއްލަ މޮޔަކަމުން އެ ލޯތްބާ ދުރަށް ދާން ލައުރާ މަސައްކަތް ކޮށްފިއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރު ވާކަށް އޭނާ ފުރުސަތެއް ނުދޭނެއެވެ.

“ހިނގަ ދާން ޒާ.. ވަރަށް އަވަސް..” އެހެން ބުނުމަށްފަހު، މޭޒުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ހިފައިގެން، ޒާރާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ލައުރާ އެޕާރޓްމެންޓުން ނުކުތެވެ. ލިފްޓަށް އެރި އިރުވެސް ލައުރާގެ ހިތް ހީވަނީ ނެގިނެގިފައި ޖެހޭ ހެންނެވެ. އެންމެ ސިކުންތެއް ލަސްވިޔަސްވެސް މުޅި ޢުމުރަށް އަޒާން ގެއްލިދާނެ ކަމުގެ ބިރު އެ ހިތަށް ވެރިވަމުން ދިޔައީ އިންތިހާއަށެވެ. ލިފްޓުން ފޭބުމާއެކު، ލައުރާ ބިލްޑިންއިން ނުކުންނަން ދިޔައީ ދުވެފައެވެ. ދިޔަ ގޮތަށް ގޮސް، ސައިކަލަށް އެރީ، ނިކަން ހަލުވި ފިޔަވަޅުތަކެއްގައެވެ. ޒާރާ އައިސް އޭނާގެ ސައިކަލު ފަހަތަށް އެރުމާއެކު، ލައުރާ ވަގުތުން ސައިކަލު ދުއްވައިލިއެވެ. ހިތް އަވަސްވެފައި ހުރި ވަރުން ލައުރާއަށް ސައިކަލު ދުއްވުނީވެސް ދުއްވުމަށް އެކަށީގެންވާ ސްޕީޑަށްވުރެ ބާރަށެވެ. ލައުރާގެ ޢަމަލުތައް ހުރި ގޮތުން، ތަންކޮޅެއް މަޑުން ދުއްވާށޭ ޒާރާއަށް ބުނެވުނީ، ގޯހެއް ވެދާނެތީއެވެ. ނަމަވެސް، ލައުރާއަށް އެ އަޑު އިވުނުހެންނެއް ހިޔެއް ނުވެއެވެ. އެޔަށްވުރެ ބޮޑަށް އަޒާން ލޯމަތިން ގެއްލިދާނެ ކަމުގެ ބިރު ވަނީ، އެ ހިތް ވަށައިލާފައެވެ.

އެއާޕޯޓާ ހަމައަށް ދެވުމާއެކު، ސައިކަލުން ފޭބި ގޮތަށް ލައުރާ އެއާޕޯޓަށް ވަންނަން ދުއްވައިގަތެވެ. ފަހަތުން ޒާރާވެސް އައެވެ. ނަމަވެސް، ޒާރާއަށް ބެލުމެއް ނެތި ލައުރާ އެއާޕޯޓުގެ އެތަން މިތަނުގައި ދުވަމުން ދިޔައީ، އޭނާ ހިތް އެދެމުން ދާ ސޫރަ ފެނޭތޯއެވެ. އޭނާ އުޅުނު ގޮތުން ބަލަމުން ދިޔަ މީހުންނަށްވެސް މިވަގުތު އޭނާގެ ފަރުވާލެއް ނެތެވެ.

ލައުރާއަށް ހޭވެރިކަމެއްވީ ޒާރާ އައިސް އޭނާގެ އަތުގައި ހިފުމުންނެވެ. މެލޭޝިޔާއަށް އެންމެ އަވަހަށް ފުރުމަށް އޮތް ފްލައިޓަށް އެރުމަށް ތައްޔާރު ވުމަށް ގޮވައިލީ އެވަގުތެވެ. ސިހިފައި ލައުރާއާ ދިމާއަށް ބަލައިލެވުނެވެ. ލައުރާގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ޒާރާ ހަމައެކަނި ބޯ ޖަހައިލީއެވެ. އެއާއެކު، ލައުރާ ޒާރާގެ އަތް ފޮޅުވާލާފައި، ދުއްވައިގަތެވެ. ޑިޕާޗަރ އަށް ގޮސް ތިބި މީހުންތަކުގެ ތެރެއިން ފުރޭނެމުން، އެތަން މިތަން މިތަން ހޯދަމުން ލައުރާ ދިޔައީ، އަޒާން ފެނޭތޯއެވެ.

އަފާންގެ ގައިގައި ބައްދައިލަމުން ވަދާޢީ ސަލާމް ކުރި އަޒާން ލައުރާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. އަފާންއާ ދުރުވެލަމުން ފޮށި ހިފައިގެން އަޒާން ފްލައިޓަށް އަރަން ދިޔުމާއެކީ، ލައުރާއަށް ވީ ގޮތްވެސް ނޭނގުނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުން ގޮސް، އަޒާންގެ ގައިގައި އޮޅުލައިގަތީ ވަށައިގެން ވީ އެއްވެސް މީހަކަށް ބެލުމެއް ނެތިއެވެ. އަޒާންގެ ބުރަކަށީގައި މޫނު ފޮރުވައިލެވުމާއެކު، ލައުރާއަށް ގިސްލެވެން ފެށުނީ ކުއްލިއަކަށެވެ.

އައި ނައި ތަނެއް ނޭނގި، މީހަކު އައިސް އޭނާގެ ގައިގައި ބައްދައިގަތުމުން އަޒާން ދިޔައީ ސިއްސައިގެންނެވެ. އެއާއެކު، އިވެން ފެށި ގިސްލުމުގެ އަޑުން، އަޒާންގެ ހިތް ވަގުތުން ވިރިގެން ފޭބި ކަހަލައެވެ. އެއީ ހަމަ އެ އަޑެވެ. އޭނާ ހިތާ ފުރާނައިން ލޯބިވާ ލައުރާގެ އަޑެވެ. ނަމަވެސް، ލައުރާ މިތާ އެ ކުރަނީ ކީއްހެއްޔެވެ؟ ލައުރާ އޭނާއާ އެހާ ކައިރީގައި އެ ހުރީ ކީއްވެ ހެއްޔެވެ؟

މަޑުމަޑުން އަޒާން އޭނާގެ މެދުހަށީގައި ވަށައިލެވިފައިވީ ލައުރާގެ އަތް ނައްޓައިލުމަށްފަހު، ލައުރާއާ ދިމާއަށް އެނބުރުނެވެ. އަދި ލައުރާގެ މޫނުގައި ދެ އަތުން ހިފަހައްޓައިލަމުން އޭނާއާ ހަތަރުކަޅި ހަމަކުރުވިއެވެ. އެވަގުތު އެ ދެލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފެނި، އަޒާންގެ ހިތަށް ތަދުވީ އިންތިހާއަށެވެ.

“ލާރާ މިތާ ކީއް-” އަޒާން ކުރަން އުޅުނު ސުވާލު ފުރިހަމަ ކުރާނޭ ފުރުސަތެއް ވެސް ލައުރާ ނުދިނެވެ.

“އަޒާން.. އައިމް ސޮރީ.. ވަރަށް ވަރަށް ބޮޑަށް ސޮރީ.. މި ހުރިހާ ދުވަހު އަޒާންއަށް ހަރޓް ކުރެވުނީތީ ވަރަށް ބޮޑަށް ސޮރީ.. އެއްކަލަ ދުވަހު އަޒާންއާ ދިމާލަށް ކިޔުނު ހުރިހާ އެއްޗަކަށް ވަރަށް ބޮޑަށް ސޮރީ.. އެއީ އަހަރެން ގަސްތުގަ ކީ އެއްޗެއްސެއް ނޫން.. ޕްލީޒް.. އަހަންނަށް މަޢާފް ކޮށްދީ..” އަޒާންގެ އަތުގައި ހިފަހައްޓައިލަމުން ލައުރާ ބުނެލިއެވެ.

“އިތްސް އޯކޭއޭ.. ލާރާ ނުޖެހޭނެ އަހަރެން ކިބައިން މަޢާފަށް އެދޭކަށް..” ހިނިތުންވެލުމާއެކު، ލައުރާގެ ކަރުނަތައް ފުހެދެމުން، އަޒާން ބުނެލިއެވެ. އެއަށްފަހު، ލައުރާގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު، އެނބުރި ދިޔުމަށް ހިނގައިގަތެވެ. އަޒާން ހިނގައިގަތުމާއެކު، ލައުރާއަށް ވީ ގޮތްވެސް ނޭނގުނެވެ. އެ ހިތް ހީވީ ސިކުންތެއްގެ ތެރޭ އެތައް ހާސް ފަހަރަކު ތެޅިގަތް ހެންނެވެ. “އައި ލަވް ޔޫ އަޒާން..!” އިތުރަށް ހިތަށް ކެތް ނުވުމުން ލައުރާއަށް ބުނެވުނެވެ.

ހިނގަ ހިނގާ ހުރި އަޒާންގެ ފިޔަވަޅުތައް މަޑު ޖެހުނީ ކުއްލިއަކަށެވެ. އެ އިވުނު އަޑާ މެދު، ޝައްކުވެފައި ހުރެ އަޒާން ފަހަތް ބަލައިލެވުނެވެ. ހުއްޓުމެއް ނެތި ދެލޮލުން ކަރުނަ ފައިބަމުން ދިޔަ ލައުރާ ފެނި އަޒާނައަށް ވަގުތުން އެދިމާއަށް ދެވުނެވެ.

“އަދި އެއްފަހަރު ތިހެން ބުނެބަލަ..” ލައުރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އަޒާން އެދުނީ، ޔަޤީން ނުވެފައި ހުރެއެވެ. “އައި ލަވް ޔޫ އަޒާން.. އައި ލަވް ޔޫ.. ދުވަހަކުވެސް މީހަކު ދެކެ ލޯބި ނުވާ ވަރަށް އަޒާން ދެކެ ލޯބި ވެވިއްޖެ.. ވަރަށް ވަރަށް ލޯބިވޭ އަޒާން ދެކެ..” އިތުރަށް ކެތް ނުވުމުން، އަޒާންގެ މޭގައި މޫނު ފޮރުވައިލަމުން، ލައުރާ ބުނެލިއެވެ. އެއާއެކު، އަޒާންގެ ހިތް ހީވީ އޭގެ މަޤާމު ދޫކޮށް ފޭބި ހެންނެވެ. ދެއަތުން ލައުރާގެ ހަށިގަނޑުގައި ވަށައިލެވުނު އިރު، ހެއްދެވި ފަރާތަށް އެތައް ފަހަރަކު ޙަމްދު ކުރެވުނެވެ.

“ލާރާއަކަށް ނޭނގޭނެ ލާރާ ތިހެން ބުނޭތޯ ކިހާ ވަރަކަށް އަހަރެން ދުޢާ ކުރިކަމެއް.. ކިހާ އިންތިޒާރެއް އަހަރެން ކުރި ކަމެއް..” ލައުރާގެ ގައިގައި ވަށައިލެވިފައިވީ ދެއަތް އިތުރަށް ބާރުކޮށްލީ، ދުވަހަކުވެސް ދޫ ނުކުރާނަމޭ ބުނާ ފަދައިންނެވެ. “ޕްލީޒް އަޒާން.. އަހަރެން ދޫކޮށްލާފަ ނުދައްޗޭ.. އަޒާންއާ ނުލާ އުޅެން ވެއްޖެއްޔާ އަހަރެން މަރުވެދާނެ..” ލައުރާއަށް ދިޔައީ އަދިވެސް ގިސްލެވެމުންނެވެ. “އައި ޕްރޮމިޒް.. ދުވަހަކުވެސް ލާރާއާ ވަތްކެއް ނުވާނަން.. އުމުރަށްވެސް އަހަރެން ވާނީ ހަމައެކަނި ލާރާގެ މީހަކަށް.. ދުވަހަކުވެސް އެހެން މީހެއްގެ ފަރާތުން ލޯތްބަށް އެދެން ނުޖެހޭ ވަރަށް ލާރާއަށް ލޯބިދޭނަން..” އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް އެކަކު އަނެކަކުގެ ހިތް ދެމީހުންނަށް ހަދިޔާކޮށް ނިންމައިލި ކަހަލައެވެ.

“އަޒާން.. ފްލައިޓް ނައްޓާލަން އެ އުޅެނީ..” އެކަކު އަނެކަކާ ދުރުވާން ނޭނގިފައި ތިބި ލައުރާއާ އަޒާންއަށް އަމިއްލަ ދުނިޔެއިން ބޭރުވާން އެނގުނީ އަފާންގެ އަޑަށެވެ. އެކަކު އަނެކަކާ ހަތަރު ކަޅި ކޮށްލި ވަގުތު ދެލޮލަށްވެސް ކަރުނަ ޖަމާވިއެވެ.

“އަހަރެން ވައުދުވަން.. މުޅި އުމުރަށްވެސް ލާރާއަށް ވަފާތެރިވާނަން.. ކިތަންމެ ދުރުގަ ހުއްޓަސް އަހަރެން ދުރުގަ ހުރިކަމުގެ އިހުސާސް ލާރާއަށް ކުރެވުނަކަ ނުދޭނަން.. އަހަންނަށް އިންތިޒާރު ކުރައްޗޭ.. ކިޔަވާ ނިމުނުހާ އަވަހަކަށް އަހަރެން އެނބުރި ލާރާ ކައިރިޔަށް އަންނާނަން..” އަޒާންގެ ވާހަކަތަކުން ލައުރާގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ވީ އިތުރެވެ. އެހެނަސް، އޭނާ ހިނިތުންވާން މަސައްކަތް ކުރީ އަޒާން ދިޔުމުގެ ކުރިން އަޒާންގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ހޯދައިދެވޭތޯއެވެ.

“އައިލް މިސް ޔޫ ސޯ މަޗް..” ލައުރާއަށް ބުނެވުނެވެ. “ޓްރަސްޓް މީ ޑާލިން، އައިލް މިސް ޔޫ މޯރ..” ލައުރާގެ ނިތުގައި ތުންފަތް ޖައްސައިލަމުން އަޒާން ޔަޤީންކަން ދިނެވެ. އަޒާންގެ ތުންފަތުގެ ބީހުން އިޙުސާސްވުމާއެކު، ލައުރާއަށް އިޚްތިޔާރަކައި ނުލައި ދެލޯ މަރައިލެވުނީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ.

“ވަރަށް ލޯބިވޭ…” ލައުރާގެ ގައިން ދޫކޮށްލަމުން އަޒާން ބުނެލީ، ކަރުނައިގެ ތެރެއިން ހިނިތުންވަމުންނެވެ. “އަހަރެންވެސް..” ލައުރާވެސް ބުނެލީ، ހިނިތުންވަމުންނެވެ. އެއާއެކު، ފަހު ފަހަރަށް ފްލައިޓަށް އަރަން ދިޔުމަށް ގޮވައިލި އަޑު އިވުނެވެ. އެންމެ ފަހު ފަހަރަށް ލައުރާއާ ދިމާއަށް ބަލައިލުމަށްފަހު، އަޒާން ފްލައިޓަށް އަރަން ހިނގައިގަތެވެ. އެނބުރި ބަލައިލަން ކިތަންމެ ބޭނުންވި ނަމަވެސް، އަޒާންއަށް އެ ހިތްވަރެއް ނުލިބުނެވެ. ލައުރާއާ އެކީ ހޭދަވީ ލޯބީގެ ކުޑަ ވަގުތުކޮޅަށްފަހު، އެހާ ގިނަ ދުވަހަށް ވަކިވާން ޖެހުމުން އަޒާންގެ ހިތަށް ދިޔައީ އިންތިހާއަށް ތަދުވަމުންނެވެ.

ފްލައިޓް ރަންވޭއިން ނައްޓައިލުމާއެކު، ލައުރާއަށް ގިސްލެވެން ފެށުނެވެ. ގިސްލުމުގެ އަޑު ބާރުވާހެން ހީވާން ފެށުމާއެކު، އަނގަމަތީގައި އަތް އަޅައިލަމުން ލައުރާ އިސްޖަހައިލިއެވެ. އެއާއެކު، ޒާރާ އައިސް ލައުރާގެ ގައިގައި ބައްދައިލީ، ލައުރާ މަސަލަސް ކުރުމުގެ ގޮތުންނެވެ.

“ލައޫ.. ދެން ހުއްޓައިލާ.. އަޒާން ކިޔަވާ ނިމުނުހާ އަވަހަކަށް ލައުގެ ކައިރިޔަށް އަންނާނެ.. އެހާ ދުވަސް ވަންދެން އަޒާންއަށް އިންތިޒާރު ކުރޭ..” ޒާރާގެ ވާހަކަޔާ އެއްބަސް ވުމުގެ ގޮތުން ލައުރާ ބޯ ޖަހައިލިއެވެ. އަދި ދެލޯ ފުހެލަމުން، ހަމަޖެހެން މަސައްކަތް ކުރިއެވެ. “އަޒާން ކިތަންމެ ދުރުގަ ހުއްޓަސް އަހަންނަށް ޔަގީން ލައުއަށް އެކަނިވެރިކަން އިހުސާސްވިޔަ ނުދޭނެކަން.. ކޮންމެ ދުވަހަކުވެސް ލައުއަށް ގުޅާނެ.. ސޯ އެހާ ދެރަ ވާނެ ކަމެއް ނެތް..” ހިނިތުންވެލަމުން، އަފާންވެސް ލައުރާއަށް ހިތްވަރު ދިނެވެ. އަފާންގެ ވާހަކަތަކަށް ބޯ ޖަހައިލަމުން ލައުރާ ހިނިތުންވެލީ، ހީކުރި ގޮތާ ޚިލާފަށް، އޭނާއާ އަޒާންގެ ގުޅުމަށް އަފާން އުފަލާއެކު މަރުޙަބާ ކީތީއެވެ.

“ހިނގާ ގެޔަށް ދާން ދޯ..؟” ޒާރާ ބުނުމާއެކު، ލައުރާ ބޯ ޖަހާލާފައި، ޒާރާއާ އެކު ހިނގައިގަތެވެ. ލޯމަތިން އޮބައިލަމުން ދިޔަ ފްލައިޓަށް ނަޒަރު ހުއްޓާލައިގެން ހުރެފައި، އަފާންވެސް އެދެމީހުން ފަހަތުން ހިނގައިގަތެވެ.

*** ** ***

ލޯގަނޑު ކުރިމަތީގައި ހުރެ، ޔައިނާ އެންމެ ފަހު ޕިން އޭނާގެ ޝޯލްއަށް ޖަހައިލިއެވެ. ޔައިނާ ލައިގެން ހުރި ހުދުކުލައިގެ ގަމީސް، ތިރިން ލައިގެން ހުރި ގަދަ މުށި ކުލައިގެ ސްކިނީ ބެލްސްގެ ދަށަށް ޖަހައިލާފައި ހުރި އިރު، ވަރަށް ޕްރޮފެޝަނަލް ކަމަށް ދައްކައެވެ. އަޅައިގެން ހުރި ބޭބީޕިންކް ކުލައިގެ ޝޯލް އެ ދޮން މޫނާއި ނުހަނު ގުޅެއެވެ. ލުއި މޭކަޕެއް ކޮށްފައިވާ އިރު، އެ މޫނު އިތުރަށް ވިދުން ގަދަހެން ހީވެއެވެ.

އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލައިލާފައި، ޔައިނާ ގަޔަށް ސެންޓުކޮޅެއް ބުރުވައިލިއެވެ. އެއަށްފަހު، ޑްރެސިން ޓޭބަލްގެ މަތީގައި އޮތް ރިހި ކުލައިގެ އަތުކުރީ ގަޑި އަޅައިިއެވެ. އެނދުމަތީގައި އޮތް ދަބަހާއި، ފައިލް އަދި ފޯނު ހިފައިގެން، ޔައިނާ ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައި ހުރި ފައިވާން ހަރުގަނޑުން ފިޔާތޮށި ކުލައިގެ އުސް ކަށްޓެއް ލީ ސާދާ ބޫޓެއް ނެގިއެވެ. ބޫޓަށް އަރައި ތައްޔާރުވެލާފައި، އެންމެ ފަހު ފަހަރަށް ހުރިހާ އެއްޗެއް ހަމަތޯ ބަލައިލިއެވެ.

އޮފީހުގައި އުޅެފައި، މިލާން ގެޔަށް ވަނީ އެވަގުތެވެ. ފުރަތަމަވެސް، މިލާންގެ ލޮލުގައި އަޅައިގަތީ، ސިޓިންރޫމުގައި ހުރި ޔައިނާއެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް، ހިތާހިތުން ޔައިނާގެ ރީތިކަމަށް މިލާނަށް އެތައް ފަހަރަކު ތަޢުރީފު ކުރެވުނެވެ. ކައިވެނީގެ ފަހުން ޔައިނާ އެހާ ރީތިވެގެން ހުއްޓައި، މިލާނަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

“ތާކަށް ދާންތަ ތި އުޅެނީ..؟” އަހަން ނާހަން ހުރެފައިވެސް، މިލާންއަށް އަހައިލެވުނެވެ. އެއާއެކު، ޔައިނާއަށް ކުއްލި ސިހުމެއް ލިބުނެވެ. ކައިވެނީގެ ފަހުން މިލާން އެކަހަލަ ގޮތަކަށް އޭނަޔާ ސުވާލެއް ކޮށްފައިވެސް، އަދި ޔައިނާގެ ކަމަކާ ބެހިފައިވެސް ނެތުމުންނެވެ.

“ޖޮބް އިންޓަރވިއުއަށް.. ރޭގަ ބުނީމެއްނު..” ޔައިނާ ބުނެލީ، އިސްދަށަށް ޖަހައިލަމުންނެވެ. ޖަވާބުގައި މިލާން އެއްވެސް އެއްޗެއް ނުބުނެ، ހަމައެކަނި ބޯ ޖަހާލައިފައި، ދިޔަ ގޮތަށް ވަނީ ކޮޓަރިއަށެވެ. އެއާއެކު، ޔައިނާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިގެން އައެވެ. ކުޑަމިނުން ޔައިނާއަށް ކާމިޔާބަށް އެދިނުލީތީ އެ ހިތް އިންތިހާއަށް ޝަކުވާ ކޮށްލިއެވެ. ނުވިތާކަށް، ޔައިނާ ލައިދޭން ދަންތޯވެސް މިލާން ނޭހީ، ޔައިނާއާ ދޭތެރޭ އެއްވެސް ވަރަކަށް އަޅައިނުލާތީ ތާއެވެ. މިލާން ޔައިނާއަށް ނަފްރަތު ކުރާ ވަރު، އެވަގުތުވެސް ޔައިނާއަށް އިހުސާސް ކޮށްލެވުނެވެ.

ހިތަށް ކިތަންމެ ތަދުވީ ނަމަވެސް، ނުރޮއެ ވޭތޯ ޔައިނާ ހިތްވަރު ކުރިއެވެ. ކައިވެނީގެ ފަހުން މި ހޭދަވީ ދެ މަހެއްހާ ދުވަސްތެރޭ މިލާންގެ އެ ފިނިކަމާއި ރުޅިވެރިކަމަށް އޭނާ އާދަވެފައިވާ ކަހަލައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، ޔައިނާ ގޮސް ގެއިން ނުކުތެވެ. ހޮސްޕިޓަލާ ގެޔާ އެހާ ދުރު ނޫން ކަމުން، ޓެކްސީއަކަށް ނުގުޅައި، ޔައިނާ ބޭނުންވީ ހިނގާލާފައި ދާށެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލޯބި ހަމަހަމަ ކުރުން

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ނުވަވަނަ ބައި)

Next
December 4, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ނުވަވަނަ ބައި)

Previews
December 3, 2023

ލޯބި ހަމަހަމަ ކުރުން

29 Comments!

  1. Nayaa says:
    December 3, 2023 at 11:00 am

    Salaam dear readers..
    Mi episode aky alhuganduge term test ge kuran upload kuran enme fahu episode kamugai dhannavan.. ehen namaves test thah nimunu a avahakah gavaaidhu vhk upload kuraane kamuga yageen kan aruvan.. Alhugandu mi masakkaiy kurany alhugandu ge mock exam ge Kurin vhk ekkoh ninmaaleveythoa
    Kiyuntheringe faraathun libemundhaa nimumeh neh ebbaarulevvumah nihaayathah shukuru dhannavan❤️

    1. Nadhoo says:
      December 4, 2023 at 9:45 am

      test ah ready vumah thihaa buxxy koh ulhemunves vaahaka up kohla dhineethee thank you.
      test in nayaa aha ragalhu natheejaa eh libeytho dhuva kohalaanan

    2. Gonul says:
      December 20, 2023 at 11:26 am

      Alhey dhoonya exam nunimey tha vaahaka kiyaa hithun ney😭😭😭😭 thursday ga report foi ves dheyne…..adhives vaahaka up nuvey dhoonya kameh vias update kohlabaa kiyun therin mi thibeny inthizaaru ga vaahaka varah rythi ekm mihen las lahun update vaathy gina faharu part thaku vaa goi hadhaaneh ves nuhurey anehkaa enme last ah upload kohfa ihna part kiyan jeheny rankolhaa ehn nuhadhaa avaha up kohla dhy…. i hope you pass with highest marks in exam and always succeed in your life may allah make your all wish come true ❤️❤️❤️❤️❤️❤️

  2. Ian says:
    December 3, 2023 at 12:14 pm

    Yainaa men ge part ehme kiyaahithu. Abadhuves huhannee… haadha dhera ey mifaharu ves kuda fukeh mi libunee kiyaalan… alheys… heart breaks..hama…. any way od best exam ah..

    1. Nayaa says:
      December 3, 2023 at 3:14 pm

      Insha Allah, dhen vhk ge bodu bai reserve vaany Milan and yaina ah.. Kury part ga vs alhugandu dhennevin Laura ge kanthah vaki gothakah nimumah fahu dhen Annaanee Mulhin hen yaina and Milan ge baey.. insha Allah, dhen hurt part thakuga Milan and yaina ge Bai fenigen dhaane.. shukuriyyaa Ian 💗

  3. Reader says:
    December 3, 2023 at 1:28 pm

    Ma Sha Allah. As always mi part Vs hama vrh vrh furihama. Dhen Inn part Vs test nimun haa avahakah kiyaalan libeyne kamah unmeedhu kuran. all the best exam ah 💗
    Milaan and yaina ge relationship rangalhu vaane dhuvahakah vrh inzithaaru kureveyy.

    1. Nayaa says:
      December 3, 2023 at 3:31 pm

      Varah bodacious shukuriyyaa Reader 💗
      Dhen oiy part hamam exam nimunuhaa avahakah liyan fashaanan.. thankss💗
      Dhen let’s see dhw e relationship rangalhu veythoa🥰

  4. love imko 💕💕 says:
    December 3, 2023 at 3:04 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Best of luck for your exam
    I also have exam

    1. Nayaa says:
      December 3, 2023 at 3:35 pm

      Tyyyy imko💗
      Next part kiyaalan libeyne kamaa medhu shakkeh nethennu.. hehe
      Thankss💗
      Good luckkk for ur exams as well dear 💗💗

  5. vempire girl says:
    December 3, 2023 at 4:04 pm

    Maasha Allah mi part vx varah varah reethi. Yaina and milaan ge bain kyhve nimmaaly I like milaan and yaina ge part dhn ok dhw. Dhn kon dhuvahakun thr milaan ah haqeeqaii ingeyny. Mihaaru inthizaaru kureveny evdhuvahakah. Mi vaahaka ga innany kithah part kan bunedhevi dhaane thr??. Once again mi part vx varah varah reethi. dhn vaahaka kiyaalan libeyne dhuvahakah inthizaaru kuran..
    GOOD LUCK FOR YOU’RE EXAMS DEAR ✍️👍
    💞💞LYSM💞💞

    1. Nayaa says:
      December 4, 2023 at 11:42 am

      Shukuriyyaa vempire girl💗
      Milaan and yaina ge bain mi episode nimifa iniyyaa eyga maana aky next episode fesheyny milaan and yaina ge bainney 😊💗
      Adhi neynge part innaane vareh bunaakah anehhen but gaimuves 40 ah vure gina vaane..
      Thank youuu💗💗💗
      Lym💗💗

  6. Ifoo says:
    December 3, 2023 at 8:35 pm

    Aww 😍..vv reethi mi part vs maasha Allah ❤️.vv ufaa vehje mi part kiyaalan libuneema.. unmeedhu kuran next part vs avahah kiyaalan libeyne kamah🥰..
    Gud luck for your exam dear👍❤️

    1. Nayaa says:
      December 5, 2023 at 4:07 am

      Awww tysm ifoo 💗💗
      Next part hamam test nimunuhaa avahakah liyan fashaanan
      Thanksss dear💗💗

  7. Reem says:
    December 3, 2023 at 11:49 pm

    Masha Allah mi part ves varah reethi hama.😍 Final exam dhuvas kolhu veema ehaavarah nubeley up vefa intho, but miadhu beli iru up vefa iny. Thankyou so much up kolla dhineethee Hey darling you’ve been an inspiration to me. And your work really inspires me. Hope i can meet you one day IA. Really appreciate for your hard works. And best of luck for your exam.. ❤️❤️

    1. Nayaa says:
      December 5, 2023 at 4:10 am

      Awww this comment made my day😍
      Tysssssm Reem💗💗
      Insha Allah dhimaa vaane adhi eh dhuvahakun 🥰
      Thank youuu💗💗

  8. Eeeevs says:
    December 4, 2023 at 11:19 am

    Mi part vexx vrhh reethi maasha allah 💞 Nayaa thi hama emme bestt 🥰 vhk ge nxt part vrh avahah kiyaalan libeyne kamah unmeedhu kuran..
    BEST OF LUCK ON YOUR EXAM DEAR 🤍

    1. Nayaa says:
      December 5, 2023 at 4:13 am

      Awwww thank youuu darlingg💗💗
      Insha Allah hamam test nimunuhaa avahakah nereynan vhk
      Thankss💗💗💗

  9. Rifoo says:
    December 4, 2023 at 1:21 pm

    Wow mi bai vx varah reethi Masha Allah 💗

    1. Nayaa says:
      December 5, 2023 at 4:05 am

      Thank you Rifoo 💗💗

  10. bulbul says:
    December 4, 2023 at 8:38 pm

    Maasha allah vrh rythi mi episode vs finally azaan ah vs laura haasil v dhww btw you mi faharu gaumee vhk mubaaraathah vhk liyunin thr

    1. Nayaa says:
      December 5, 2023 at 4:04 am

      Thankyouu💗💗
      Yes finally Azaan ah ves Laura haasil vee
      Yes I wrote vhk gaumee mubaaraathah last year and mi year ga ves.. last year ga vana eh ves libun.. but idk mifaharu vaane gotheh cuz vaahakaige bodu Bai liyefa innaany fansoorun.. galan kuraane vaguthu nuvy😭.. I was devastated 😭

  11. bulbul says:
    December 5, 2023 at 10:58 am

    I vs midhiya faharu vs mifaharu vs liyunin vhk ekm vana eh nulibe n congrates 🎉 btw mifaharu dhn vrh dhera kn dhww e dhimaavy ekm dhn I dua kohdheynan you ah vana eh libey thww 😂😅
    gud luck for your exams ❤

  12. Dhaitha says:
    December 15, 2023 at 7:12 am

    Dharifulhaa eve. Dharifulhuge test nimenee kon dhuvahaku hehyeve. Dhaitha fakeeru vaahaka kiyan inthizaaru kohkoh balivehje eve. Abadhu mi site heyuvenee. Eve… update vaane dhuvahheh namaves buneladhee mi hithah luikameh genesdheebalaasheve…

  13. Nadhoo says:
    December 19, 2023 at 3:14 pm

    naaya mihaaru test ves nimmijje eh nu dho kon irakun tho next part kiyaalan libeyni varah inthizaar kurevey

  14. Lily says:
    December 19, 2023 at 11:00 pm

    Wowwww!! vrh reeethi inge mi part vess… Hama vrh interesting.. You are soo talented.. Masha Allah.. Keep going dearr… And im so sorry mihaa lahun cmnt kurevunyma.. Lily ah ves test thah ninmaafa adhi kiyaalevey varu mi v… Siiissss I’m so curious to read the next parttt… Vrh vrh avahah kiayaalan beynun ekam i knoww it’s really hard to do ithuru kameh kiyevumah samaalukan dhemunn.. Ekmves vrh vrh inthizaaru eba kurevey inge..

  15. Sunflower says:
    December 21, 2023 at 12:48 pm

    Mi part vs vrh reethi. Ma sha allah. Mihaaru school bandhehnu. So kommes varakah hus vaguthu libeyne ehnu. Avahah upload kohdheeba. Mi bandhugai vhk vrh bodah kuriah dhaane kamah ummeedhu kuran. Kuriah oiyy thanugai medhukendumeh nethi kiyaalan libeyne kamah ummeedhu kuran.

  16. Sunflower says:
    December 21, 2023 at 12:53 pm

    Pls avahah up kohdheeba. Ma maruvedhaane.😵😵😵😵😵

  17. Bodudhaitha says:
    December 21, 2023 at 12:55 pm

    Alhe vrh curious vey eba. Avas kohba.

  18. Bodudhaitha says:
    December 21, 2023 at 1:12 pm

    Dhaitha mi umuru huskuranee ekoe ge mi vhk ah takai. Adhives thi hunnanee dhaitha maruvandhen tha. Dhaitha inthizaaru kohkoh mihaaru dhefaikolhun vaagi dhoo vejje. Dhn vs avas kohbala.

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 38←


All Right Reserved!