Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 5

އާރާ ދިޔަ ދިމާއަށް ބަލަން އިން ޒައުލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެންމެ އޭނާގެ ދުލުން ބޭރުވީ އެއްވެސް ލަފްޒަކީ އޭނާ އަމިއްލައަށް ބޭނުން ވެގެން ބުނި އެއްޗެއް ނޫނެވެ. އެއީ އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން ބޭނުންވާ ގޮތެވެ. ނަމަވެސް އަމިއްލަ ހިތުގެ ހާލު ޒައުލްއަށް އެނގެއެވެ. އެ ހިތް އެދެމުން ދަނީ އާރާއަށް ކަންވެސް އެނގެއެވެ. ނަމަވެސް އެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ޒައުލްއަށް އެކަން ފާޅު ކުރަން ކެރިދާނެ ހެއްޔެވެ؟ ނޫނެކެވެ. އެ ހިތްވަރެއް އޭނާއަކަށް ނުކުރެވޭނެއެވެ. އަމިއްލަ ހިތް ވިސްނައިދެމުން ދިޔަ ޙަޤީގަތުން މިންޖުވާން ޒައުލް ބޭނުން ވިއެވެ. އަމިއްލަ ނަފްސު ދެކެ އާދެވިފައި ހުރި ރުޅިން އޭނާއަށް އަތް މުއްކަވައިލެވުނެވެ. އެ އަތުން ދޮންވެލިގަނޑުގައި ތިން ފަހަރު ބާރަށް ޖެއްސެވެ. ކުޑަކޮށް ރުޅި ފިނިވެގެން ދިޔަހެން ހީވުމާއެކު ޒައުލް އެތަނުން ތެދުވެގެން ގޮސް، އަނެއްކާވެސް އެންމެންނާ ބައިވެރި ވިއެވެ.

އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު، އަނބުރާ ގެސްޓް ހައުސްއަށް މިސްރާބު ޖެހީ މެންދުރު ނަމާދަށް ބަންގިވެސް ގޮވި ފަހުންނެވެ. ފެންވަރާ، ތާޒާވެލައިގެން ނަމާދުކޮށްލެވުނު އިރު އެންމެންވެސް ތިބީ ނުހަނު ވަރުބަލި ވެފައެވެ. އެހެންކަމުން ލަސްތަކެއް ނުވެ އެންމެންގެ ލޮލަށްވެސް ނިދި ސަވާރުވީ ނިކަން އަވަހަށެވެ.

އެދުވަހުގެ ހަވީރު ވީ އިރުވެސް ޔައިނާމެންގެ ހަށިތަކުން ވަރުބަލިކަން ފިލައިގެން ނުދެއެވެ. އެހެންކަމުން ޔައިލްއާއި އަޒަލްގެ ބެލުމުގެ ދަށުން ކުދިވެރިން ބޭރަށް ފޮނުވާފައި، ޔައިނާމެން ގެސްޓްހައުސްގައި މަޑު ކުރީއެވެ.

“ހާދަ ރީތި ރަށެކޭ ދޯ މީ.. ދެން ނުވޭ މާލެ ދާ ހިތެއްވެސް..” މަގުމަތީގައި ހިނގާފައި ދަމުން އަޒަލް ބުނެލީ ހުވަފެނީ ގޮތަކަށެވެ.

“އަސްލުވެސް ދޯ.. އާރޫވެސް ބޭނުމީ ދެން މިރަށުގައި އުޅެން..” އާރާވެސް އެއްބަސްވިއެވެ.

“އާރޫއާ އަޒްދޮންތިއާ ތިހާ ބޮޑަށް މިރަށުގަ ހުންނަން ބޭނުމިއްޔާ އެބަ އޮތް ގޮތެއް.. އަވަހަށް މިރަށުން ސޮރަކު ހޯދާ.. އޭރުން އުމުރު ހުސްވަންދެންވެސް މިރަށުގަ އުޅެންވީ ހަމަ..” މަޖާވެފައި ހުރެ ޔަލީން އެހެން ބުނެލީ އެދެމީހުންނަށް ޖެއްސުމަށެވެ. އެހެންމަވެސް ޔަލީން ބުނެލި ވާހަކައިން އުނދަގޫވީ އަޒަލްއަށާއި އާރާއަކަށް ނޫނެވެ. އެ ވާހަކައިން ނުތަނަވަސްކަން ވެރިވީ ޔައިލްއާއި ޒައުލްގެ ހިތަށެވެ. އާރާ އެހެން ފިރިހެނަކާއެކު ވާ މަންޒަރު ހިތަށް އަރުވައިލެވުމުންވެސް ޒައުލްގެ ހިތަށް އުނދަގޫ ވެލިއެވެ. ޔައިލްގެ ޙާލު އަދި އެޔަށްވުރެ ބޮޑެވެ. އަތް މުއްކެވުނު އިރު ދެ ދަތްޕިލަ ޖައްސައި، ބާރުކޮށްލެވުނީ ރުޅި ކޮންޓްރޯލް ކުރުމަށެވެ.

އެންމެން އެކުގައި ހިނގަމުން ގޮސް އެރަށުގެ ސްކޫލް ހުންނަ މަގަށް އެޅުމާއެކު ޔަލީންގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. ޔަލީން ހުއްޓުނުކަން ނޭނގި ތިބެ އެހެން އެންމެން އެމީހުންގެ ވާހަކަތަކުގައި ޖެހިފައި ތިބެ، ކުރިޔަށް ދިޔައެވެ. އޭރުވެސް ޔަލީންއަށް ބެލެމުން ދިޔައީ ހަމަ ދެންމެ ސްކޫލުން ނުކުތް، ސިފައިންގެ ޔުނީފޯމު އަޅާފައި ހުރި މީހާއަށެވެ. އެއީ ހަމަ އެ ސޫރައެވެ. އެ ސޫރައެއް ދެވަނަ ފަހަރަށްވެސް ދެކިލުމަށް އެދި އެ ހިތް ބޭޤަރާރުވެފައިވީ ޝަޔާމްގެ ސޫރައެވެ. ސިފައިންގެ ޔުނީފޯމުގައި ހުރި އިރު، އެ ރީތިކަމާއި، ފިރިހެންވަނަތަކަން އެތައް ގުނައެއް އިތުރުވެފައިވާހެން ހީވެއެވެ. ޝަޔާމްގެ ހަރުދަނާކަމާއި، ވަރުގަދަ ޝަޚްސިއްޔަތު ފެންނަން ހުރީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.

އިރުކޮޅަކުން ޝަޔާމްގެ ފަހަތުން އެހެން މީހަކު އައިސް، ޝަޔާމްއާ ވާހަކަ ދައްކަން ފެށުމާއެކު އެދެމީހުންނަށް ހިލަމެއް ނުވާނޭހެން، އެދެމީހުން ދައްކާ ވާހަކަ އަޑު އިވޭހާ ކައިރިޔަށް ޔަލީން ޖެހިލިއެވެ.

“އަޅުގަނޑު ވަރަށް އުފާ ކޮށްފިން މިރަށު ސްކޫލުގެ ކެޑޭޓް ކުދިންގެ ހުވާކުރުމުގެ ރަސްމިއްޔާތް ޝަރަފްވެރި ކޮށްދެއްވުމަށްޓަކައި ޝަޔާމް ކަހަލަ މި ދާއިރާގައި ނަން ހިނގާ ޒުވާން ބޭފުޅަކު ވަޑައިގަތީމަ.. ޝަޔާމްގެ ފަރާތުން ލިބުނު ނަސޭޙަތްތަކާ ދެއްކި ނަމޫނާ މި ސްކޫލުގެ ހުރިހާ ކެޑޭޓް ދަރިވަރުންވެސް އުފަލާއެކީ ބަލައިގަންނާނެކަން ޔަޤީން.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ތިހާ ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެން ދެއްވި ދަޢުވަތު ޤަބޫލު ކުރައްވާ މި ޙަފްލާއަށް ވަޑައިގެންދެއްވީތީ..” ޝަޔާމްއާ ސަލާމް ކޮށްލަމުން އެމީހާ ބުނެލި ގޮތުން، އެއީ ރަށު ސްކޫލުގެ އިސްވެރިއެއްކަން ޔަލީންއަށް އެނގުނެވެ.

“ނޫނޭ.. ޝުކުރު އަދާކުރަން ޖެހޭނީ އަޅުގަނޑު.. މި ސްކޫލުގެ ދަރިވަރުންނާ ބައްދަލުކޮށްލަން މިފަދަ ފުރުސަތެއް އަޅުގަނޑަށް ދެއްވާ، އަދި މި ސްކޫލުން އަޅުގަނޑާ ދޭތެރޭ ބެހެއްޓެވި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.. މި ސްކޫލުގެ ކެޑޭޓް ދަރިވަރުންނަކީ ހަގީގަތުގަވެސް ވަރަށް ހިތްވަރުގަދަ، ހުނަރުވެރި ކުދީންތަކެއް.. އެކުދީންނާ ބައްދަލު ކޮށްލާ، ވާހަކަ ދައްކައިލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުމަކީވެސް އެއީ އަޅުގަނޑަށް ލިބުނު ފަޚުރެއް.. އިންޝާﷲ، ދެންވެސް މިފަދަ ފުރުސަތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ ޔަގީނުންވެސް އަންނާނަން..” ހިނިތުންވެލަމުން ޝަޔާމްވެސް އެމީހާއާ ވާހަކަ ދެއްކިއެވެ. ޝަޔާމްގެ ބަސްމަގު ހުރި ގޮތުންނާއި، އޭނާ ހުރި ވަޒީފާގެ މަޤާމުގެ ސަބަބުން ޝަޔާމަށްޓަކައި ޔަލީންގެ ހިތުގައިވީ މަޤާމު އިތުރަށް އުފުލިގެން ދިޔައެވެ. ޙަޤީގަތުގައިވެސް އެ ހިތް ޝަޔާމްގެ މައްޗަށް ލެނބިގެން ދިޔަކަމަށް ޤަބޫލު ކުރެވުނެވެ.

“ކޮން އިރަކުންތޯ ޝަޔާމް މާލެ ދާން ފުރަނީ..؟” އަނެއްކާވެސް އެމީހާ އެއްސެވެ.

“މިހާރު މި ދަނީ ދާން ހަމަ.. އަޅުގަނޑުމެންގެ ލޯންޗު ބަނދަރުގަ އެބަ އޮތް ކަމަށް ދެންމެ ކޯޕްރަލް ހިޝާން އެންގެވީ.. ނަވީންވެސް ހުންނެވީ މިހާރު އެކޮޅުގަ.. ދަނީއޭ އިނގޭތޯ.. ހިތްހެޔޮ ކުރައްވާތި..” އަނެއްކާވެސް އެމީހާއާ ސަލާމްކޮށްލުމަށްފަހު ޝަޔާން އަނެއް ފަރާތަށް އެނބުރުނީ ބަނދަރަށް ދިޔުމަށެވެ. އެވަގުތު އެތަނުގައި ހުރި ބޯގަންވިލާ ގަސްތަކާ ނިވާވެގެން ހުރި ޔަލީން ރަނގަޅަށް ޝަޔާމަށް ރަނގަޅަށް ފެނުނެވެ. އެޔާއެކު އޭނާގެ ބުމަ ގޮށްޖެހުނު ނަމަވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ތުނި ގަހާ ނިވާވެގެން ހުރި އިރު މީހަކަށް އެ ކުއްޖާ ނުފެންނާނެހެން އޭނައަށް ހީވަނީބާވައެވެ.

ނުވާ ކަމަށް ހަދަމުން ޝަޔާމް ގޮސް ހުއްޓުނީ ސީދާ ޔަލީންގެ ކުރިމަތީގައެވެ. ދެމީހުންގެ ފަރުދާއަކަށްވެފައިވީ ބޯގަންވިލާ ގަސްގަނޑު އެއްފަރާތް ކޮށްލަމުން ޝަޔާމް ކަރުކެހެލިއެވެ. ވަގުތުން ޔަލީންގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔަ ނަމަވެސް ޝަޔާމްގެ ކުރިމަތީގައި ހިތްވަރު ކުރެވޭތޯ އޭނާ ބެއްޔެވެ. މިއަދު ހެނދުނު ވީހެން ޝަޔާމަށް ފިލަން ދާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“ތިކުއްޖާ ތި ހުންނަނީ އަހަންނާ އަޅައިގަނެފަތަ؟ ފެންނަހާ ތަނަކުން އަހަންނަށް ފާރަލަމުން ތި ދުވަނީ..؟” ދެބުމަ ގޮށްޖަހައިލަމުން ޝަޔާމް ބުނެލިއެވެ.

“ތިކުއްޖާއެއް ނޫން.. ޔަލީން.. އަހަރެންގެވެސް ނަމެއް އޮވެޔޭ..” ޔަލީން ބުނެލި ގޮތުން ޝަޔާމް ގާތަށް ހިނި އައި ނަމަވެސް ހުނުން ކޮންޓްރޯލް ކޮށްލިއެވެ. ޔަލީންގެ ކުރިމަތީގައި އޭނާ ބޭނުންވީ ހަރުކަށިކަން ދައްކާށެވެ.

“އޯކޭ.. ޔަލީން.. މީހުންގެ ހުއްދައާ ނުލައި އެމީހުންގެ ފޮޓޯ ނެގުމަކީ ގޯސް ކަމެއްކަން އެނގޭތަ..؟” ޝަޔާމް އެއްސެވެ. އެޔާއެކު މޫނަށް ވައްތަރެއް ޖައްސައިލަމުން ޔަލީން ކޮނޑު އަރުވައިލީ ނޭނގޭ ބުނާ ފަދަ ގޮތަކަށެވެ.

“ކީއްވެގެން އަހަރެންގެ ފޮޓޯ ނެގީ..؟” މިފަހަރު ޝަޔާމްގެ އަޑުގައިވީ ރުޅިވެރިކަމެވެ.

“ރީތިކަމުން.. ތިހާ ރީތި މީހަކު ފެނުނީމަ ފޮޓޯއެއް ވިޔަސް ބޭނުން ނުވާނީ ކާކުތަ..؟” ޖެހިލުންވުމުގެ ކަންފުޅެއްވެސް ނެތި ޔަލީން ބުނެލި ގޮތުން ޝަޔާމްގެ ނިތަށް ރޫތައް ގިނަވެގެން ދިޔައެވެ. ޔަލީން އެ ބުނެލީ މިއަދު ނަވީންވެސް ބުނެލި ޖުމުލައެވެ. ކުރިމަތީގައި މި ހުރީ ހާދަ ގޮތެއް ނެތް އަންހެން ކުއްޖެކޭ އެވަގުތު ޝަޔާމްގެ ހިތަށް އެރިއެވެ. އެހާ ޖެހިލުންކުޑަކަމާ އެކީ އޭނާއާ ވާހަކަ ދައްކާ އިރު އެއްވެސް އެއްޗެއް ހިތަށް ނާރަނީބާވައޭ ޝަޔާމްގެ ހިތަށް އެރިއެވެ. ޔަލީންއާ މެދުގައި ހިތުގައި އުފެދުނު ފޫހިކަމެއްގެ ސަބަބުން ޝަޔާމް ވަގުތުން ގަސްގަނޑުން ދޫކޮށްލާފައި، އެތަނުން ދިޔުމަށް ހިނގައިގަތެވެ.

ޝަޔާމް ގަސްގަނޑުން ދޫކޮށްލުމާއެކު ގަހުގެ ތުނި ގޮފިތައް އައިސް ކޭއްތުނީ ޔަލީންގެ މޫނުގައެވެ. ވަގުތުން ޔަލީން ޝަޔާމް ދިޔަ ދިމާއަށް އެނބުރުނު އިރު، ޝަޔާމް އެ މަގު ނިމޭ ހިސާބުން ގޯޅި އަޅަނީއެވެ. ޝަޔާމް ދިޔަ ދިމާއަށް ހުވަފެނީ ގޮތަކަށް ބަލަހައްޓައިގެން ޔަލީންއަށް ހުރެވުނު އިރު، ޝަޔާމް ހާސިލް ކުރުމަށް އެދި އެ ހިތް ގޮވަން ފެށިއެވެ. އެންމެ ދުވަހަކު ފެނުނު މީހަކަށްޓަކައި ޔަލީންގެ ހިތް އެވަރަށް އާދޭސް ކުރަން ޖެހުނު ސަބަބެއް ޚުދު ޔަލީނަކަށްވެސް ނޭނގުނެވެ.

“ޔަލީންންން!!” ޔަލީންއަށް ސިހުމެއް ލިބުނީ އަޒަލް އޭނާގެ ނަމުން ބާރަށް ގޮވައިލި އަޑަށެވެ. އޭރު އެމީހުން ތިބީ މަގު ނިމޭ ހިސާބުގައެވެ. ވަގުތުން ޔަލީން ފަޔަށް ލެވުނުހައި ބާރެއް ލާފައި ދުއްވައިގަތީ އަވަހަށް އެމީހުންނާ ހަމަކުރުމަށެވެ.

“ދޮންބެމެން އެކޮޅަށް ގޮއްސަ ޔަލް ނެތްކަށް އެނގިގެން އަނެއްކާ މިދިމާލަށް މި އައީ.. ކީއްވެތަ އެ ގަސްގަނޑު ކައިރި ތި ހުރީ..؟” ޔައިލް އަހައިލިއެވެ.

“އެއީ.. އަމް.. އެ ގަސްގަނޑު ރީތިވީމަ އެތަނުގަ ސެލްފީއެއް ނަގަން ވެގެން..” ޔަލީން އަވަސް އަވަހަށް ވާހަކައެއް ހަދައިލިއެވެ. އެއާއެކު މާ ބޮޑު ކަމަކަށް ނުހަދާ އެންމެން އަނެއްކާވެސް ހިނގައިގަތީ ކުރިޔަށެވެ.

*** ** ***

ހުރާގައި ފަސް ދުވަސް ހޭދަކުރުމަށްފަހު އެންމެން މާލެދާން ފުރީ ބުރާސްފަތި ދުވަހުގެ މެންދުރެވެ. އާދީއްތަ ދުވަހު ޔަލީންމެން ކޮލެޖަށް ދިޔުމުގެ ކުރިންނާއި މިލާންމެން މަސައްކަތަށް ނުކުތުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތަކެއް ހުރުމުން، އޭގެ ދެ ދުވަސް ކުރިން އެމީހުން މާލެ އައީއެވެ. މާލެ އައިސް ހަމަޖެހިލުމަށްފަހު، އެ ހަފްތާ ނިމުމާއެކު އަނެއްކާވެސް އެންމެން އެމީހުންގެ ދުވަހީ ދިރިއުޅުމުގެ ތާވަލަށް ރުޖޫޢަ ވިއެވެ.

*** ** ***

މަސައްކަތް ނިންމައިލުމަށްފަހު އައިސް ގެއަށް ވަން އަޒަލް ހުރީ ހާންތިވާ ވަރު ވެފައެވެ. ކޮޓަރިއަށް ގޮސް، ފެންވަރާ ތާޒާވެލި ގޮތަށް އަޒަލް އެނދުމައްޗަށް ވެއްޓިގަތެވެ. ޒާރާ ކާން އައުމަށް ބުނުމުންވެސް އަޒަލް ދެކޮޅު ހެދީ ފަހުން ކާނޭ ކަމުގައި ބުނަމުންނެވެ. އެދުވަހު މަސައްކަތް ކުރަން އޮތް ކޭސްގެ ސަބަބުން އޭނާ ހުރީ ބޯގޮވާ ވަރު ވެފައެވެ.

ދެލޯ މެރި މެރި އޮތް އަޒަލްއަށް ދެލޯ ހުޅުވައިލަން ޖެހުނީ ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑަށެވެ. ކަންނެތްކަމާއެކީ އަޒަލް ފޯނު ނަގައި، ބަލައިލި ވަގުތު ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. ރިއާން އޭނާއަށް ފޮލޯ ރިކުއެސްޓް ކޮށްފައި އޮތް ތަން ފެނުމުން އޭނާގެ ލޮލުގައިވީ ނިދިވެސް ފިލައިގެން ދިޔަ ފަދައެވެ. ދެތިން ހަތަރު ފަހަރަށް ދެލޯ އުނގުޅައިލެވުނީވެސް އެއީ ހަމަ ރިއާން ކަން ޔަގީން ކުރުމަށެވެ. ލިބުނު އުފަލާ އެކީ އަޒަލް ވަގުތުން ރިއާންގެ ފޮލޯ އިކުއެސްޓް އެކްސެޕްޓް ކޮށްފައި، ފޮލޯބެކް ކުރިއެވެ. އޭގެ ފަހުން މިނެޓެއް ނުވެ ރިއާން އަޒަލްއަށް މެސެޖެއް ކުރިއެވެ. އެއާއެކު އަޒަލްގެ އުފާވެރިކަން ދެގުނަ ވެގެން ދިޔައެވެ.

ދެމީހުންގެ ވާހަކަ ފެށުނީ “ހައި” އަކުންނެވެ. ނިމުނީ އިރުއޮއްސެނިކޮށް ރިއާންގެ ފޯނުން ޗާޖު ހުސްވެގެންނެވެ. ރިއާން ދިޔުމާއެކު އަޒަލް އޭނާގެ ފޯނުވެސް ޗާޖަށް ޖެހުމަށްފަހު އެނދުމަތީގައި ދެމިލިއެވެ. އެ ރީތި ތުންފަތުން ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. ހިތަށް ލިބިފައިވީ އާދަޔާޚިލާފު ހިތްހަމަޖެހުމުގައި އަޒަލްގެ ރޭ އެއްކޮށް ހޭދަވީ އުފަލާ ހިނިތުންވުމުގައެވެ.

*** ** ***

އެރޭ އިޝާ ނަމާދު ކޮށްގެން ޔައިލް ގޭތެރޭގައި އެނބުރެން ފެށީ އެ ދުވަހަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ނިމުމުންނެވެ. ޔަލީނަށް ޖެއްސުން ކޮށްލަން އުޅެފައިވެސް ޔައިލް މައިތިރިވީ ޔަލީން ކޮލެޖުގެ މުހިންމު އެސައިންމެންޓެއް ނިންމަން އިނުމުންނެވެ. ޔައިނާއަށް ޖެއްސުން ކޮށްލަން އުޅެފައި އެކަންވެސް ކާމިޔާބު ނުވީ ޔައިނާ އެވަގުތު ޑިޔުޓީގައި އުޅޭތީއެވެ. ދެން ޔައިލް މިސްރާބު ޖެހީ މިލާންއާއި ޔައިނާގެ ކޮޓަރިއަށެވެ. ދެތިން ފަހަރަކު ކޮޓަރީގައި ޓަކި ޖަހައިލުމުންވެސް މީހެއްގެ ޚަބަރެއް ނުވުމުން ޔައިލް މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ޔައިލް އެތެރެޔަށް ވަނެވެ.

އެންމެ ފުރަތަމަވެސް ޔައިލްގެ ލޮލުގައި އަޅައިގަތީ އެނދުކައިރި ފާރުގައި ލައްގާލާފައި ހުރި ގިޓައެވެ. މިއިން ދުވަހަކު މީހަކު އޭގައި އަތްލާ ތަން އޭނާއަކަށް ނުފެނެއެވެ. އެވަރުންވެސް ބައްޕަ އެ ގިޓާ އެއްލައިނުލަނީ ކީއްވެގެންބާވައޭ ޔައިލްގެ ހިތަށް އެރިއެވެ. މަޑުމަޑުން އޭނާ ގޮސް އެނދުމަތީގައި އިށީނދެފައި އެ ގިޓާ އަތަށް ނެގިއެވެ. އަދި އެޔަށްފަހު އޭގައި ހުރި ހިރަފުސްތައް ފޮޅައިލިއެވެ. ގިޓާ ކުޅެން ނޭނގުނު ނަމަވެސް އޭނާ އެ ގިޓާ އަތަށް ނެގިއެވެ. އޭގެ ނަރުތަކުގައި މަޑުމަޑުން ކޮށްޓައިލަ ކޮށްޓައިލަ އިނެވެ.

ބޭރުން އައިސް ކޮޓަރިއަށް ވަން މިލާންގެ ފިޔަވަޅުތައް ހުއްޓުނީ އެނދުމަތީގައި އޭނާގެ ގިޓަޔާ ކުޅެން އިން ޔައިލް ފެނިފައެވެ. އެ ގިޓާ ހިފައިގެން ޔައިލް އިންތަން ފެނިފައި މިލާނަށް ހީވީ އޭނާގެ ޒުވާން އިރުގެ ތަސްވީރެއް އަލުން ފެނުނު ހެންނެވެ. އަބަދު އެ ގިޓާ ހިފައިގެން އުޅުނު ހަނދާން އައުވާން ފެށިއެވެ. ޔައިލްގެ އުމުރުގައި އޭނާ ހުރި ގޮތާ މިހާރު ޔައިލް ހުރި ގޮތާ އެއްވެސް ތަފާތެއް ނެތެވެ. ހިނިތުންވުމުގެ ތެރެއިން މިލާންގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ޅައިރުގެ އެ އުފާވެރި ދުވަސްތައް ރޯލު އަވަސްވެފައިވާ ފިލްމެއް ފަދައިން އޭނާގެ ލޯ ކުރިމަތީގައި ތަކުރާރު ވަމުން ދިޔައެވެ. ޔައިނާއާ އެކުގައި ހޭދަވީ ލޯބީގެ އުފާވެރި ދުވަސްތަކެވެ. ޒާރާއާއި އަފާންގެ ޒުވާބުތަކެވެ. އެ ވަރަށް ދެމީހުން ދެމީހުންނަށް ނަފްރަތު ކޮށްފައިވެސް އެންމެ ފަހުން ލޯބިވީ ގޮތެވެ. ލައުރާއާ އަޒާންގެ ލޯބީގެ ވާހަކަ ފެށުނު ގޮތެވެ. ސްކޫލު ދައުރުގެ އުފާވެރި، މަޖާ ހަނދާންތަކެވެ. އަލުން އަނބުރާ އެ ދިރިއުޅުމަށް އެންމެ ފަހަރަކު ނަމަވެސް ދެވޭނެ ނަމައޭ މިލާންގެ ހިތަށް އެރިއެވެ. މިހާރުގެ ދިރިއުޅުން ކިތަންމެ އުފާވެރިވެފައި، ފާގަތިވެފައިވީ ނަމަވެސް، ޅަ އިރުގެ އެ މަޖާ ދުވަސްތައް އަލުން އަނބުރާ އަދި އެއް ފަހަރު އިޔާދަވާނެ ނަމައޭ މިލާންގެ ހިތަށް އެރިއެވެ.

“އަނހަ ދަރިފުޅު ގިޓާ ކުޅެން ދަސްކުރަނީތަ..؟” ހިނިތުންވަމުން މިލާން ޔައިލް ކުރެން އެއްސެވެ.

“ބައްޕަ ދަސްކޮށްދޭންވީނު.. އަފާންބެއާ ޒާއްތައާ މަންމަވެސް ވަރަށް ގިނައިން ކިޔާނެ ބައްޕަ ވަރަށް މޮޅުވާނެޔޯ ގިޓާ ކުޅެން.. ޔައިލްމެން އުމުރުގަ ބައްޕަ ވަރަށް ގިނައިން ގިޓާ ކުޅޭނެޔޯ.. އަދި ވަރަށް ރީތިކޮށް ލަވަވެސް ކިޔާނެޔޯ.. މަންމަ ބުނި މަންމައަށް ވަރަށް ގިނައިން ލަވަ ކިޔައިދޭނެޔޯ.. ޔައިލް ކުޑަ އިރުވެސް ބައްޕަ ވަރަށް ގިނައިން ލަވަ ކިޔައިދެމެއްނު..” ޔައިލް ހިނިތުންވަމުން ބުނެލިއެވެ.

“ބައްޕަވެސް ވަރަށް ދުވަސް ވެއްޖެ ނުކުޅޭތާ.. މިހާރު ހުންނާނީ ޓަޗް ގެއްލިފަ..” ޔައިލް ގާތު އެނދުމަތީ އިށީންނަމުން މިލާން ބުނެލިއެވެ.

“އެޔެއްވެސް އެނގޭނީ ޓްރައި ކުރީމައެއްނު.. އެއްފަހަރު ކުޅެލަބަ ބައްޕާ..” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ޔަލީން ބުނެލިއެވެ. ޔައިލްވެސް މިލާންގެ އަތަށް ގިޓާ ލައިދީފައި އެއްފަހަރު ގިޓާ ކުޅެލުމަށް އެދުނެވެ. އެޔަށްފަހު ޔަލީން ކައިރީގައި މިލާންގެ ކުރިމައްޗަށް ވާ ގޮތަށް ޓައިލްސްތަކުގެ މަތީގައި ޔައިލްވެސް އިށީނެވެ.

ކިޔާނެ ލަވައަކާ ދޭތެރޭ ވިސްނަމުން މިލާން ބަލައިލީ ޔައިލްއާއި ޔަލީންގެ މޫނަށެވެ. ފުރާނަ ފަދައިން ލޯބިވާ، އޭނާގެ ދެ ކުދީންނަށްޓަކައި އެވަގުތުވެސް މިލާންގެ ހިތް ލޯބިން ފުރުނީ އެންމެ ފުރަތަމަ އެ ދެކުދީން އުފަންވީ ދުވަހެކޭވެސް އެއްގޮތަށެވެ. ނިކަން ފަރިތަކޮށް ގިޓާގެ ނަރުތަކާ ކުޅެލަމުން މިލާން ކިޔަން ފެށި ލަވަ ޚާއްސަ ކުރެވުނީ ހިތާ ފުރާނައިން އޭނާ ލޯބިވާ، އޭނާގެ ދެ ދަރީންނަށެވެ.

ނިކަން ލޯބިން ތިޔޭ ކުރެވޭ

އުފާ އުންމީދަކީ

މި ބައްޕަގެ ރޫޙޫގައި ރަސްކަން

ކުރާ އުންމީދަކީ

ލިބުން ދުނިޔޭން ހުރިހާ ލޯތްބާ

އުފާ އުންމީދަކީ

ލިބުން ދުނިޔޭން ހުރިހާ ލޯތްބާ

އުފާ އުންމީދަކީ

މި ބައްޕަގެ ހިތް އެޔާ ގުޅުވާ

ތިޔޭ އުންމީދަކީ

ހްމްމްމްމްމްމް

ނަސީބާ ނަސްރު ދެ ޙަޔާތުންމެ

ލިބިދާ ޢިލްމު ހޯދައްޗޭ

ހްމްމްމްމްމްމް

ނަސީބާ ނަޞްރު ދެ ޙަޔާތުންމެ

ލިބިދާ ޢިލްމު ހޯދައްޗޭ

ވިދާނޭހެން އަދަބު އަޚްލާޤު

ދުނިޔޭގައި މި ހޯދައްޗޭ

ނުވީދޭ ބަދަހި ތަޤުވާގެ

ފޭޭރާމުން ނިވާވައްޗޭ

ނިކަން ލޯބިން މިޔޭ ކުރަމުން

މިދާ އުންމީދަކީ

ލިބުން ދުނިޔޭން ހުރިހާ ލޯތްބާ

އުފާ އުންމީދަކީ

މި ބައްޕަގެ ހިތް އެޔާ ގުޅުވާ

ތިޔޭ އުންމީދަކީ

މިލާން ލަވަކިޔާ ނިމުނު އިރު އެ ދެލޯ ވީ ފެންކަޅި ވެފައެވެ. ބައްޕަ އެދެކުދިން ދެކެ ވާ ލޯބި އިހުސާސް ކުރެވުމުން ޔައިލްއާއި ޔަލީން އެކުގައި ގޮސް މިލާންގެ ގައިގައި އޮޅުލައިގަތް އިރު އެ ދެލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. ބައްޕަ އަބަދުމެ ދޭ އެފަދަ ނަސޭޙަތްތައް ކަނުލައި އަޑު އަހައި، އެޔާ އެއްގޮތަށް ޢަމަލު ކުރުމަށް ހިތާހިތުން ދެކުދީންވެސް ވަޢުދުވިއެވެ. ބައްޕަ ފަޚުރުވެރިވާ، ބައްޕަގެ ބަސްއަހާ ދަރީންތަކަކަށް އަބަދުމެ ވުމަށް ޢަޒުމް ކަނޑައެޅިއެވެ.

“އެންމެން ރޮނީތަ..؟” އެވަގުތު ކޮޓަރިއަށް ވަން ޔައިނާގެ އަޑަށް ޔަލީންއާ ޔައިލް މިލާންއާ ދުރުވެލިއެވެ. އެންމެން ތިބި ގޮތުން ޔައިނާއަށް ފުރަތަމަ ހީކުރެވުނީ ބޮޑު ކަމެއް ހިނގީ ކަމަށެވެ. ނަމަވެސް މިލާންގެ އަތުގައި އޮތް ގިޓާ ފެނުމުން ޔައިނާއަށް ހުރިހާ ކަމެއް ނަގައިގަނެވުނެވެ.

“ބައްޕަ މާ އިމޯޝަނަލް ލަވައެއް ކިޔައިދިނީ ދޯ..” މިލާންގެ ކައިރީގައި އިށީންނަމުން ޔައިނާ ބުނެލިއެވެ. އެޔާއެކު ނޭފަތް ދަައިލަމުން ޔަލީން ބޯޖަހައިލިއެވެ.

“އޯކޭ.. ބައްޕާ އެހެން ލަވައެއް.. މިފަހަރު މަންމައަށް ހާއްސަކޮށް..” ތަނުގެ މޫޑު ބަދަލުކޮށްލަން އެހެން ބުނެފައި ޔައިލް އަނެއްކާވެސް ތިރީގައި އިށީނެވެ. ޔައިލް ކައިރީގައި ޔަލީންވެސް އިށީނުމުން މިލާން ޔައިނާއާ ދިމާއަށް ބަލައިލިއެވެ. މިލާން ބަލައިލި ގޮތުން ޔައިނާގެ މޫނަށް ވަގުތުން ޖަންބުކުލަ ވެރިވިއެވެ. ޔައިނާގެ މޫނަށް ބަލަން އިނދެ މިލާން ގިޓާގެ ނަރުތަކާ ކުޅެލީ ރީތި މިޔުޒިކީ އަޑެއް އިއްވައިލަމުންނެވެ. އެއާއެކު ދެން އެތަނުގައި ގުގުމައިލީ މިލާންގެ އަސަރުގަދަ، ރީތި އަޑެވެ.

ލޯބިވާއަށްޓަކައި ހިތް ހުޅުވައިލަމޭ

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ

ލޯބިން ކަލާ މިހިތާ ކުޅެން

އުމުރަށް މަ ދޭނަމޭ

ދާކަށް ވަޔާ އަހަރެންގެ ހިތް

ދޫކޮށްނުލާމަޭ

މަންޒިލެއް ދާން އެދޭ ނެތް

ކަލާޔާ ނުލާ

މަންޒިލެއް ދާން އެދޭ ނެތް

ކަލާޔާ ނުލާ

ބޭނުމީ ދާއިމީ ލޯތްބެއް ދިނުން ހަމަ ކަލާ

ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ

ބީވެގެން ލޯމަތިން ދާން

މަ ނޭދެން ކަލާ

ހިތް އުފާ ވާނެހޭ

ދެން ކަލާޔާ ނުލާ

ހައްގަކަށް ތީ މަގޭ ވުން

ނިކަން ބޭނުމޭ

ލޯބިވެރިއެއް ތިނޫނީ

މަށެއް ނޭދެމޭ

ހިތްހެޔޮކަމާ ލޯތްބާ އުފާ

ބޭނުންވެފައި ވަމޭ

ލޯތްބަށްޓަކައި އަހަރެން ހުވާ

މަރުވެސް ވެދާނަމޭ

ދިރިއުޅެން އުނދަގު ވާނޭ

ކަލާޔާ ނުލާ

ދިރިއުޅެން އުނދަގު ވާނޭ

ކަލާޔާ ނުލާ

ބޭނުމީ ދާއިމީ ލޯތްބެއް ދިނުން ހަމަ ކަލާ

ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ

ބީވެގެން ލޯމަތިން ދާން

މަ ނޭދެން ކަލާ

ހިތް އުފާ ވާނެހޭ

ދެން ކަލާޔާ ނުލާ

މިލާން ލަވަ ކިޔައި ނިމުމާއެކު ޔައިނާ މިލާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެޔާއެކު މިލާން އެއްއަތުން ގިޓާގައި ހިފަހައްޓައިގެން އިނދެ، އަނެއް އަތުން ޔައިނާގެ ގައިގައި ހިފަހައްޓާލާފައި، އެ ނިތަށް ބޮސް ދިނެވެ. އެ މަންޒަރު ބަލަން އިން ޔަލީން ފެންކަޅިވެފައި އިނދެ، ލޯބިވާ ބޭބެގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެޔާއެކު ޔައިލްވެސް ޔަލީންގެ ބޮލުގައި ބޯ ޖައްސައިލަމުން، އެއް އަތުން ޔަލީންގެ ކޮނޑުގައި ވަށައިލިއެވެ. މަންމައާއި ބައްޕަގެ ލޯބިވެތި ޙަރަކާތްތަކަށް ބަލަން ތިބި ދެބެންގެވެސް ދުޢާއަކަށްވީ ޢުމުރަށްވެސް މަންމައާއި ބައްޕަ އެ ގޮތުގައި، އެ އުފާވެރިކަން މަތީ ލެހެއްޓެވުމެވެ. އެފަދަ ތެދުވެރި، ވަފާތެރި ޙަޤީޤީ ލޯތްބެއް ލިބުމުގެ ނަސީބު، އެ ދެމީހުންނަށްވެސް މިންވަރު ކުރެއްވުމެވެ.

“އަދިވެސް ބައްޕަ ބުނާނެ ޓަޗް ގެއްލިފައޭ.. ބަލާބަ މިހާރުވެސް މޮޅުކަން..” ޔައިލްއާ ދުރުވެލަމުން ޔަލީން ބުނެލިއެވެ.

“އައި ނޯ ރައިޓް.. ބައްޕަ އެއްވެސް ކަމަކުން ޓަޗެއް ނުގެއްލޭ.. ގިޓާ ކުޅުމުންވެސް ރޮމޭންސް ކުރުމުންވެސް..” ޔައިލް ހިނިއައިސްފައި އިނދެ މިލާންއާ ދިމާކޮށްލިއެވެ.

“އޯއެމްޖީ.. ބައްޕައާ މަންމަގެ ލަވް ސްޓޯރީ ކިޔައިދީބަ..” ޔަލީން ކުއްލިއަކަށް އެހެން ބުނެލުމާއެކު މިލާންއާ ޔައިނާ އެކަކުއަނެކަކާ ދިމާއަށް ބަލައިލިއެވެ. މިލާން އެ ވާހަކަ ކިޔައިދެމުން ދިޔަ އިރު ޔަލީންއާއި ޔައިލްވެސް ޝައުގުވެރިކަމާ އެކީ އަޑު އަހަމުން ދިޔައެވެ.

“އޯ މައި ގޯޑް.. ތި ކިޔާ މީހަކު ހާދަ ގޯހޭ ދޯ..” މިލާންގެ ޝިޔަލްގެ ވާހަކަ ބުނުމާއެކު ޔަލީންއަށް ދަތްކުނޑި ވިކައިލެވުނެވެ. ލޯބިވާ މަންމައަށް އެފަދަ އިހާނެތި ގޮތެއް ހެދި ފިރިހެނާއަށްޓަކައި ޔައިލްގެ ހިތްވެސް ނަފްރަތުން ފުރިގެން އައެވެ. އެމީހަކު އޭނާ ކުރިމައްޗަށް އަރާ ދުވަހަކުން އޭނާގެ އަތުން ފައިން ގޯހެއް ހެދޭނެކަން ކަށަވަރެވެ.

“އޯވްން ހާދަ ލޯތްބޭ އަސްލު މަންމައާ ބައްޕަގެ ލަވް ސްޓޯރީ.. ހީވަނީ ހަމަ އަސްލުވެސް ފިލްމެކޭ.. އަޅެ ޔަލްވެސް ބޭނުން އެކަހަލަ ލަވް ސްޓޯރީއެއް..” ޔަލީން ކުސްތަޅައިލަމުން ގޮސް ޔައިނާގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

“އިރާދަ ކުރެއްވިއްޔާ ޔަލްގެ ލަވް ސްޓޯރީ އަދި މާ ސަޅި ވާނެ.. މަންމަމެންގެ ޖަރނީއަށްވުރެ މާ ފަސޭހަވެސް ވާނެ..” ޔަލީންގެ ކޮލުގައި ހިފައިލަމުން ޔައިނާ ބުނެލިއެވެ.

“ބައްޕައަށް އެންމެ ފުރަތަމަ މަންމަ ދެކެ ލޯބިވެވުނު ކަން އެނގުނީ ކިހިނެއް..؟” ޔައިލްގެ ސުވާލުތައް އަދިވެސް ހުހެއް ނުވެއެވެ. ޔައިލްގެ ސުވާލާއެެކީ މިލާން ގާތަށް ހިނި އައެވެ.

“އަސްލު ނޭނގެ.. އެއީ ބައްޕަމެން ސްކޫލްގަ އުޅުނު އިރު.. އޭގެ ކުރިންވެސް ބައްޕައަށް މަންމަ ފެނޭ.. އެކަމް ފަހުން ފަހުން އައިސް މަންމައާ މެދު ދެކެވޭ ގޮތް ބަދަލުވާން ފެށީ.. އަބަދު މަންމަ ދެކޭ ހިތްވޭ.. ގިނަ ދުވަސްދުވަހު ސްކޫލަށްވެސް ދަނީ އެ ބޭނުމުގަ.. މަންމަ ނުފެނި ދާ ދުވަހެއް ވެއްޖެއްޔާ މޫޑު އެއްކޮށް ޙަރާބުވާނެ.. ގިނަ ދުވަސްދުވަހު މަންމަ ދާނެ އޭރު ޒާއްތައާ އެކީ ތުނޑިއަށް.. ދެން ބައްޕަވެސް އޭރު ދާނެ ކޮންމެ ދުވަހަކު ފުޓުބޯޅަ ކުޅެން.. ކުޅެން ދިޔުމުގެ ކުރިން ތުނޑިމައްޗަށް ގޮސް މަންމަ އެތަނުގަ ހުރިތޯ ބަލާފަ ކުޅެން ދާނީ.. މަންމަ ނުފެންނަނީސް އެރޭ ދެން ބައްޕައަކަށް ނުއެއް ނިދޭނެ.. މަންމަ އެހެން ފިރިހެން ކުއްޖަކާ އެއްކޮށް ހުރި ތަން ފެނުނަސް ބައްޕަ ގާތަށް ރުޅި އަންނާނެ.. މަންމައަށް ގޮތެއް ވެދާނެތީ އެހާ ބިރު ގަންނާނެ..” މިލާންގެ ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ޔައިލްއަށް ވިސްނުނީ އަޒަލްއާ މެދުގައެވެ. އެއީ އޭނާވެސް އަޒަލްއާއި މެދު ދެކޭ ގޮތެވެ. އަޒަލްއަށް ކަމެއް ވެދާނެތީ ބިރު ގަނެވެ. އަޒަލް އެހެން މީހަކާ މާ ގާތްކޮށް އުޅެންޏާ ރުޅި އާދެވެއެވެ. އަޒަލް ނުފެނި ދާ ދުވަހެއް ވެއްޖެއްޔާ ޔައިލްއަށް އުނދަގޫ ވެއެވެ.

ބައްޕައަށް މަންމައާއި މެދު ކުރެވުނު ހުރިހާ އިހުސާސްތަކެއް އޭނާއަށް އަޒަލްއާއި މެދު މި ކުރެވެނީ ކީއްވެ ކަމާއި މެދު ޔައިލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އެއީ ހަމަ ގައިމުވެސް އެއް އެކުވެރިޔަކު އަނެއް އެކުވެރިޔަކާ މެދު ދެކޭނޭ ގޮތެއް ނޫންކަން ޔައިލްއަށް މިރޭ އިހުސާސް ކުރެވިއްޖެއެވެ. ހަގީގަތުގައިވެސް ޔައިލްއަށް އަޒަލް ދެކެ ލޯބި ވެވުނީ ބާވައެވެ؟ ކުޑަ އިރުއްސުރެ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ހުރި އަންހެން ކުއްޖާއަށް އެ ހިތް ދެވުނީ ބާވައެވެ؟ ދުވަހަކުވެސް އެ މީހަކު ދެކެ ލޯބި ނުވުމަށް ހުވާ ކޮށްގެން ހުރި ފަރާތަށްޓަކައި އެ ހިތުގައި އިހުސާސްތަކެއް އުފެދެން ފެށީ ބާވައެވެ؟

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Yail ah eulheni azal dheke loabi vevigen
    Yail and azal gulhuvachey
    I appreciate your hard work
    You’re my fav author
    Love you ❤️

    1. Nayaa
      Cutie girl

      Thank you so muchh Cutie girl
      Ahaha let’s see dhw dhenn yail and azal gulheythoa
      Awwwn thats sooooo sweet of youuu 🥹
      Vrh vrh ufaa vejje
      Love you more 🤍

  2. Cutie girl

    Yaleen and shayaam ves eulheni Loabi vevigen
    E kudhin gulhuvachey
    They are made for each other

    1. Nayaa
      Cutie girl

      Aw hehe let’s see dhww

  3. 🌹🌹🌹 Vempire girl 🌹🌹🌹

    Hey nayaa
    Shayaam eii shiyal ge dhari thr?
    Mi part varah varah reethi

    1. Nayaa
      🌹🌹🌹 Vempire girl 🌹🌹🌹

      Heyy girl
      Hehe hama egothakah ves neynge nayaa akah.. thihen ves vedhaane hama 😉
      Thank you so much 💗

  4. Someone

    Eyyyy Vampire girl mashah vx heevany hama thihen dhen Nayaa nubunaane viyya dhimaa viyas

  5. Reem

    Awwn this part is really nice. Masha Allah. Reem exam dhuvas kolhu veema varah nubeley story up vefa intho. Ehnve comment eh ves varah kohnulevey. Really sorry for that darling. Btw Your writing evokes so much emotion. Thats really nice. I love the way you develop the characters. And the ending was so unexpected and satisfying cox yail and yalyn knew their parents love story. The ending was really nice my one of favourite part. Really love this and Can’t wait to see more of your works dear. Hope we will see next part soon 🥹🫶🏻
    Much loves!!

    1. Nayaa
      Reem

      Omggg heyyy reem.. vrh vrh miss vey reem ge comments mathin 😭😭
      Aw hehe it’s totally finee dear.. good luck with your exams darl 🩷
      Alheyyyy thank youuu soooo muchhhh darlingggg.. means a lot to me 🥹💗
      Hehe I was really excited too e thankolhu liyunu iru hehee
      Much lovesss!! 💗

  6. Dream gurll

    Awww.. So cute haadha fahkaa love story ekeyy dhww.. Hama aslah ves yail ah e ulheny azal dheke loabi vevigen kahnney sry… But these is my opinion dhn balamaa dhw i cant wait for the next part. Love you nayaa☺️☺️❤️❤️
    @nayaa

    1. Nayaa
      Dream gurll

      Ahaha dhww.. they’re so cute
      Hehe let’s see dhww dhennn
      Next part liye nimunuhaa avahakah submit kohlaanan hama
      Love you too 💗

  7. Aish Azal

    Hi naya. My first comment dho. Anyways, Mi story hama v v reethi. Azal ah mi story ge enme nice than kolhakee mi story hama huriyaa feel akah fethey. Like fun, emotions, love and everything is included. Masha Allah. Mi story ge part 1 ves kiyaalin meege week eh kurin it was hama awesome. Neiy hama bunaane ehcheh. And one thing i would like to mention mi story ga ulhey azal and yail ge character varah gulhey. Hope yail ah yail ge loabi libeyne kamah. And Varah unmeedh kurevey next part ah. Nayaa ge thi ufedhun theri kamah hama saabas.
    Thankyou dear for sharing and showing us your unique talents and works. ❤️

    1. Nayaa
      Aish Azal

      Heyyy azal.. omg mi story ga ulhey yail ge azal tha mi ulheny?? Hehe..🤭
      Awww you’re sooo sweet 🥹💗..
      Thank you sooo muchhh darling.. truly means a lot to me..
      Noo thank YOU for supporting me through out.. your love and support is what makes me keep going love 🥹💗

  8. Kokki

    Heyyy Nayaa
    Story is awesome i love it…
    Curiously waiting for the next episode….

    1. Nayaa
      Kokki

      heyyy kokki
      aww tysm dearr.. means a lot <3

  9. Nau

    Omg……. this story is so perfect.. I really appreciate your work darling…. This is my first comment dhww.. Ekam Nayaa ge hurihaa vaahk eh vx baraabarah kiyan engey…. I’m a big fan of you.
    When are you going to upload next part…

    1. Dream gurll
      Nau

      Yuhh mee too….
      Love you nayaa😘😘😘😘

    2. Nayaa
      Nau

      awww tysm for this sweet comment Nau <3
      comment nukuriyas vhk kiyaalaakan enguneema hama vrh vrh happy
      aww thats soo sweet of youuu allahumma barik
      next part saturday ga in sha allah

  10. Anonymous

    Next part

    1. Nayaa
      Anonymous

      soon in sha allah

  11. Someone

    v reethi

    1. Nayaa
      Someone

      shukuriyyaa <3

  12. Isha

    Maashaa allah vvv reethi i can’t wait for the next part ☺️☺️☺️☺️

  13. Ya Leen ❤

    Alhe Nayaaaa
    kon irakun tha saturday annany…. Curiously waiting for the next episode…. aslah vx haadha inthizaareh kureveyey eba… neynge keevve kameh….
    Dhn nubunyas engey dhw vaahk reethi veema kan inthizaaru kuraany.. ekam vx dhn bunelan vaahk vrh vrh vrh reethi….

Comments are closed.