އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. އެއީ ދެ މީހެއްގެ ދޭތެރޭގައި، ނުވަތަ ބައެއްގެ މެދުގައި އުފެދޭ ވަރަށް ވަރުގަދަ ގުޅުމެކެވެ. ޒަމާންވީ އެކުވެރިކަމުގެ ތެރެއިން ޔައިލްއަށް އަޒަލް ދެކެ ލޯބިވެވެއެވެ. އެ ހިތުން އަޒަލްއަށް ޚާއްސަ މަޤާމެއް ދެވެނީ ނުވެސް އެނގިހުއްޓައެވެ. އެހެނަސް، އޭރު އަޒަލްގެ ހިތުގައި ރިއާންގެ ނަން ވަނީ ރަން އަކުރުން ފެވިފައެވެ. މި ޚަބަރު ޔައިލްގެ ކަންފަތާ ހަމައަށް ފޯރަނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އެ ޒުވާން ހިތުގެ ފުރަތަމަ ލޯބި ބީވެގެން ދިޔުމާއެކު، ޔައިލްގެ ހިތް ލެއިން ކަޅިވެގެން ދެއެވެ. އެހެނަސް އެންމެ ގާތް އެކުވެރިޔާ އަޒަލްގެ އުފަލަށްޓަކައި، އަޒަލްއާއި ރިއާންގެ ގުޅުމަށް ޔައިލް މަރުޙަބާ ކިޔެވެ. އަޒަލްގެ ހިތުން ހަމައެކަނި ރަޙުމަތްތެރިއެއްގެ ޖާގަ ލިބުނުކަމަށް ޓަކައިވެސް ޝުކުރު ކުރިއެވެ. އެހެނަސް، އެއީ ކުޑަ ދުވަސްކޮޅަކަށެވެ. ރިއާން އަޒަލްއާ ދޭތެރޭގައި ކަންތައް ކުރަމުން ދިޔަ ގޮތް ޔައިލްއަށް އެނގުމާއެކު، އަޒަލްއަށް ވިސްނައިދޭން ޔައިލް މަސައްކަތް ކުރެއެވެ. އެހެނަސް، އެކަމުން ހީނަރުވެގެން ދަނީ އަޒަލްއާއި ޔައިލްގެ އެކުވެރިކަމެވެ.
ޒައުލްއާއި އާރާގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ލޯބި އުފެދެން ފަށަނީ ނުވެސް އެނގި ތިއްބައެވެ. ހިތުގައިވާ ލޯބި ފާޅު ކުރަން ދެމީހުންވެސް ފަސްޖެހެނީ އެ ދެމެދުގައިވާ ދެބެންގެދެދަރި ކަމުގެ ގުޅުމުގެ ސަބަބުންނެވެ. ދެފަރާތުގެ ޢާއިލާ އެ ގުޅުމަށް ނުރުހިދާނެ ކަމުގެ ބިރަށެވެ. އެހެންނަމަވެސް، އެކަކު އަނެކަކު ދޫކޮށްލުމަށްވުރެ، އެ ޒުވާން ދެހިތުގައި ވިންދު ޖަހަމުން ދިޔަ ލޯބި މާ ވަރުގަދައެވެ. އާރާގެ ލޯބި ޙާސިލް ކުރުމަށް ޒައުލް ގަދައަޅައި މަސައްކަތް ކުރެއެވެ. އަދި އެ ކުރެވޭ މަސައްކަތުގެ ތެރެއިން، އެންމެންގެ ލޯމައްޗަށް ފަރުދާ ކުރެވިފައިވާ ހިތި ޙަޤީގަތެއް ޒައުލްއަށް ކަޝްފުވެގެން ދެއެވެ.
ފުރާވަރުގައި ވެވުނު ފުރަތަމަ ލޯބި ޔަލީންއަށް ވެގެން ދަނީ ޒަހަރެއް ފަދަ ހިތި އެއްޗަކަށެވެ. އެންމެ ލޯބިވާ ޝަޔާމްގެ ލޯބިން އެ ހިތް ތާއަބަދު ފުރެމުން ދިޔަ ނަމަވެސް، ޔަލީންގެ ހިތް ކުދިކުދިވީ އެ ގުޅުން ކައިވެންޏާ ހަމައަށް ދިޔުމުގެ ކުރިން ޢާއިލާގެ ނުރުހުން އަމާޒު ވުމުންނެވެ. ޔަލީންއާއި ޝަޔާމްގެ ގުޅުމަށް ޔަލީންގެ ބައްޕަ ފުރަތަމަ ރުހުން ދިން ނަމަވެސް، ފަހުން ކުއްލިއަކަށް ނުރުހުމުގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ސަބަބެއް އޮވެދާނެ ކަމަކަށް ޔަލީންއަށް ހީކުރެވިފައިވެސް ނެތެވެ. ނަމަވެސް، ޝަޔާމް ދެކެ ވެވުނު މާތް، މަތިވެރި ލޯބީގެ ސަބަބުން ޔަލީން ހުރީ އެހާ ފަސޭހައިން ދޫކުރާ ގޮތަކަށް ނޫނެވެ. އެ ގުޅުމަށް އޭނާގެ ބައްޕަ ކުއްލިއަކަށް ނުރުހެންވީ ސަބަބެއް ނޭނގި ހުރެ، އޭނާއާއި ޝަޔާމްގެ ގުޅުމަށް ބައްޕަގެ އާނ ބަސް ލިބޭތޯ ޔަލީން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބައްޕަ އެ ގުޅުމަށް އެހާ ނުރުހެންވީ ސަބަބެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. ހުރިހާ ކަމެއް ޔަލީންއަށް އެނގި ހާމަވާއިރު، ޢާއިލާގެ ބޮޑު ސިއްރު ފަޅާ އަރައެވެ. ޝަޔާމްގެ އަނދިރި ޙަޔާތުގެ ހިތި ޞަފްޙާތައް ޔަލީންގެ ކުރިމަތީގައި ނިއުޅިގެން ދެއެވެ. ޝަޔާމްއާއި މެދު ބައްޕަ ނުރުހޭ ސަބަބު އެނގުމާއެކު، ޔަލީންގެ ހިތް ކުދިކުދިވެގެން ދެއެވެ.
އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، ޒުވާންކަމުގެ އުފާވެރި ދުވަސްތައް ގުނަމުން ދިޔަ، މި ހަ ޒުވާނުންގެ ދިރިއުޅުމަށް ބުރޫ އަރަނީ ލޯތްބޭ މި ކިޔައި އިޙުސާސުގެ ސަބަބުންނެވެ. ޔައިލްއަށް އަޒަލްގެ ލޯބި ކާމިޔާބު ކުރެވިދާނެ ބާވައެވެ؟ އަޒަލްއަށް ރިއާންގެ އަނިޔާވެރިކަން ވިސްނި، ރިއާންއާއި ދުރުވާނެ ބާވައެވެ؟ ޒައުލްއާއި އާރާގެ ލޯބީގެ ވާހަކަ ނިމޭނީ ކިހިނަކުން ބާވައެވެ؟ ޒައުލްއަށް އެނގުނީ ކޮން ޙަޤީގަތެއް ބާވައެވެ؟ ޝަޔާމްއަށް ޔަލީންގެ ލޯބި ކާމިޔާބު ކުރެވޭނެ ބާވައެވެ؟ ޔަލީންއަށް އޭނާގެ ބައްޕަގެ ރުހުން ހޯދޭނެ ބާވައެވެ؟ ޔަލީންގެ ބައްޕަގެ ނުރުހުން ޝަޔާމްއަށް އަމާޒުވާންވީ ސަބަބަކީ ކޮބައި ބާވައެވެ؟ ޔަލީންއަށް ފަޅާއަރަނީ ކޮން ޙަޤީގަތެއް ބާވައެވެ؟ ލޯބީގެ ތޫފާނުގައި ޖެހި، މި ހަ ޒުވާނުންގެ ދިރިއުޅުން ބަދަލުވެގެން ދާ ގޮތް މި ވާހަކައިން ވިދާޅުވެލައްވާށެވެ.
*** ** ***
އައްސަލާމުޢަލައިކުމް.. މިއީ އަޅުގަނޑުގެ އައު ވާހަކަ “ތިޔަ ލޯތްބަށް އެދެވޭތީ…”ގެ ޓްރެއިލަރ.. އިންޝާﷲ، މި ވާހަކަ ވެގެން ދާނީ އަޅުގަނޑު ކުރިން ލިޔުނު ވާހަކަތަކަށް ވުރެވެސް މާ ރީތި، މާ ފުރިހަމަ ވާހަކައަކަށް.. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑު ކުރިން ލިޔުނު ވާހަކަތަކަށް ލިބުނު ސަޕޯޓު ހަމަ މި ވާހަކައަށްވެސް ލިބިގެން ދާނެ ކަމަށް.. މި ވާހަކައިގެ ފުރަތަމަ އެޕިސޯޑް، ޖޫން މަހުގެ މެދުތެރޭގައި ކިޔައިލަން ލިބިގެން ދާނެ، އިންޝާ ﷲ.. އިންތިޒާރު ކޮށްލައްވާ!
14 Comments!
Comments are closed.







Alhe mi vaahaka haadha reethi vaane hen heevey.cant wait.ehen noonas nayaa ge vaahaka eh viyya reethi vaane kan ingey 😉
Dhen june mahah enme inthizaaru kureveynee.
Konme dhuvaku vx dhen beleyne kanneynge upload vefa in tho.
Once again trailer ah balaafa hama story Varah reethi vaane hen heevey.masha allah
Nayaa thi kuraa bura masaikathah hama saabas dhen
Lysm nayaa 💞💞
Good luck in your exam nayaa 💞💞
Awwwhh hehe thank you dear💕
Ahaha June maru indha allah upload kuran fashaanan..
Thanks a lot Rifoo..means a lot to me inge.. 🥰
Lym darla 💋
Maasha allah trailer in vx vaahakaige reethi kan fenigen gohssi… nayaa ehn vaahaka thakekey ehfadhain mi vaahaka vx varah varah reethi vaane kamah ummeedhu kuran 🥰 dhn mihaaru emme inthizaaru kureveyny nayaa ge mi vaahaka ah.
Keep it up nayaa
Good luck for your exams
Aww thankiu sm darl 💕
Insha allah mi vhk ves hama vrh reethi vaane kamah nayaa ves mi unmeedhu kurany
Thanks dear 💋
Hey naya darling finally your back dho. Its nice to hear that you are going to write season 2 of “Hoadhan neydhen loaibeh thiyanoon”. Read the trailer Masha Allah, it was so awesome. Wish this story will be no1 story. Curiously waiting for this. And Really appreciate The heard works you put into writing. Don’t give up. Insha Allah you will reach to the top!
Best wishes and good luck for your studies darling ❤️
Heyyy Reem 💕
Missed you so much 😭💕
Awwhh thank youuu 💕
Nayaa ves vrh appreciate kuran Reem ge support ingey 💕
Insha allah
Thanksss 💋
Trailer vs vrh furihama. Ma Sha Allah 💞
Mi Story vrh reethivaane hen heevany
And story liyaane dhuvahakah vrh Inthizaaru kurevey.
Thank you sm Reader 💕
Insha’Allah mi story ves vrh reethi vaane 💕
Hiii nayaa
Vrh lahun dhw comment kohlevuney mi😭
This is maash ingey
I’m so happy 2nd season eh gennaathy the trailer is soooo goooddd…
Goodluck with your O levels❤
Curiously waiting for this story..
Naaya ge hurihaa story ehvs vrh reethi and different hope mi story vx ehaa reethi vaane kamah❤
Lyssm dear💕
Heii maash 💕
Ahaha nooney adhi nuveynu laheh.. better to be late then never dhww.. hehe
Ahaha thanks maash 💕
Insha’Allah mi story adhi maa reethi vaane
Lym darla.. 💋
Wowwwwwww! This trailer is amazing.. Masha Allah.. I’m sure this story would be more beautiful than the previous one.. Keep it up dear! Lyyy!! 💕💞
Awww thankss Lily dear 💕
Insha allah nayaa ves mi unmeedhu kurany thihen
Lym dear 💕
wow!! trailer vrh salhi! can’t wait to read this story 😍
maasha allah mi vhk ge trailer vrh reethi vhk kiyaalan libeyne dhuvahakah inthizaaru kurevey