ޔައިލް: ޔައިލްއަކީ މިލާންއާއި ޔައިނާގެ ދޮށީ ދަރިފުޅެވެ. ޒުވާން ޢުމުރުގައި އޭނާގެ ބައްޕަ ފަދައިން ޔައިލްވެސް ވެގެން ދަނީ ހުނަރުވެރި ސޮފްޓްވެއަރ އިންޖިނީއަރަކަށެވެ. އުމުރުން ސައްބީސް އަހަރުގައި ބައްޕަގެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރަކަށް ޔައިލް ވެއެވެ. މަސައްކަތުގެ މައިދާނުގައި ގިނަ ބައެއްގެ ލޯބި ޔައިލް ޙާސިލް ކުރެއެވެ. އެހެނަސް، އެފަރާތެއްގެ ލޯބި އެންމެ ބޭނުންވީ ފަރާތުގެ ލޯބި ހޯދުމަށް ޔައިލް ނުކުޅެދެއެވެ. ކުޑަ އިރުއްސުރެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ހުރި ފަރާތަށްޓަކައި އެ ހިތުގައި ޚާއްސަ ވިންދެއް ޖަހައިލަނީ ނުވެސް އެނގި ހުއްޓައެވެ.
އަޒަލް: އަޒަލް އަކީ އަފާންއާއި ޒާރާގެ ދޮށީ ދަރިފުޅެވެ. އަޒަލްއަކީ ޒިންމާދާރު ވަކީލެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ހިތްވަރު ގަދަ, ޢަޒުމް ވަރުގަދަ އަންހެން ކުއްޖެކެވެ. އަބަދުވެސް ހުރިހާ ކަމަކަށްވުރެ ބޮޑަށް މަސައްކަތަށް އިސްކަންދޭ އަޒަލްގެ ހިތް ރިއާންގެ މައްޗަށް ލެނބިގެން ދަނީ ހީވެސް ނުކޮށް ހުއްޓައެވެ. އެހެނަސް، ރިއާންގެ ލޯބި އަޒަލްއަށް ވެގެން ދަނީ ޒަހަރެއް ފަދަ ހިތި އެއްޗަކަށެވެ. އަބަދުވެސް ދިރިއުޅުމުގެ ހުރިހާ ކަމެއް އަމިއްލައަށް ނިންމަން ބޭނުންވާ އަޒަލް، އޭނާގެ ދިރިއުޅުމުގެ ހުންގާނު ރިއާންގެ އަތް މައްޗަށް ދޫކޮށްލަނީ އެއްވެސް ފަސްޖެހުމަކައި ނުލައެވެ. ރިއާންގެ ސަބަބުން އަޒަލްގެ މުޅި މިޒާޖު ބަދަލު ވެގެން ދެއެވެ. ރިއާންގެ އަނިޔާވެރި ލޯބީގައި ކަނުބަނދެވިފައި ހުރި އަޒަލްއަށް، އޭނާ ދެކެ ތެދުވެރި ހިތަކުން، ޙަޤީޤީ ލޯބިވާ ފަރާތެއް ހުރިކަން ހޯދުމަށް ނުކުޅެދެއެވެ.
ޒައުލް: ޒައުލްއަކީ އަޒާންއާއި ލައުރާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން މަންމައާއި ބައްޕަގެ ލޯބި އޭނާއަށް އަބަދުވެސް ލިބެމުން ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. ލިބިފައިވީ ރީތިކަމާއި، މުއްސަނދި ދިރިއުޅުމުގެ ސަބަބުން އޭނާގެ މައްޗަށް ހިތް ނުލެނބޭ އަންހެން ކުއްޖަކު މަދު ވާނެއެވެ. އެކަމުގެ ފައިދާ ޒައުލް ނަގަނީ އޭގެ އެންމެ ހިތި ގޮތުގައެވެ. ޢުމުރުގައި ވީހާ ދުވަހަކަށްވުރެ ގިނަ ލޯބިވެރިން ޒައުލް ގެންގުޅުނެވެ. އެހެނަސް، އޭނާއަށް ޙަޤީޤީ ލޯބި ވެވެނީ އޭނާ އެންމެ ހީނުކުރާ ކުއްޖާ ދެކެއެވެ.
އާރާ: އާރާއަކީ އަފާންއާއި ޒާރާގެ ހަގު ދަރިފުޅެވެ. އާރާގެ އަބަދުގެވެސް ހުވަފެނަކަށްވީ މަންމަ ފަދައިން، ހިތްހެޔޮ ނަރުހަކަށް ވުމެވެ. އޭނާގެ ދައްތަ އަޒަލްއާ ޚިލާފަށް އާރާއަކީ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ލޯބިވެރިޔަކު ނުގެންގުޅުނުތާ، އަމިއްލަޔަށް އިސްވެ މީހަކާ އަނގައިންވެސް ނުބުނާނެއެވެ. އަބަދުވެސް ކިޔެވުމަށް އިސްކަންދެމުން ދިޔަ އާރާގެ ހިތުގައި އައު ވިންދެއް ޖަހައިލަނީ، އެމީހަކު ދެކެ ލޯބިވާން އެންމެ ބޭނުން ނުވާ މީހާއަށް ޓަކައެވެ.
ޝަޔާމް: ޝަޔާމްއަކީ އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވީ، ވިސްނުން ތޫނު ޒުވާނެކެވެ. މާ ފޯރުންތެރި ނުވިޔަސް، ރިވެތި އަޚްލާޤެއްގެ ވެރި، މަޑުމައިތިރި ޒުވާނެކެވެ. ޝަޔާމްގެ ޢުމުރުން އެންމެ ތިން އަހަރުގައި އޭނާގެ މަންމަ ނިޔާވުމާއެކު ބައްޕަ އޭނާ ބަލާ ބޮޑު ކުރީ އެކަނިމާއެކަންޏެވެ. ބައްޕަ ފަޚުރުވެރިވާ ފަދަ ދަރިޔަކަށް ވުމަށްޓަކައި ޝަޔާމް ދިޔައީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ޝަޔާމް ކުޑަ އިރުއްސުރެ ދެކެމުން ދިޔަ ހުވަފެން ކަމުގައިވާ ސިފައިންގެއަށް ވަނުމުގެ ހުވަފެން އޭނާ ކާމިޔާބު ކުރެއެވެ. ޝަޔާމްގެ ކޮންމެ މަސައްކަތެއްގައި އޭނާއަށް އެންމެ ގާތުން ހިތްވަރު ދެނީ އޭނާގެ އަލަތު ލޯތްބެވެ. އޭނާގެ އަނދިރި ޙަޔާތުގައި ވީ ހަމައެކަނި އުފާވެރިކަމެވެ. އެހެނަސް، އެ އުފާވެރިކަންވެސް އޭނާގެ އަތުން ބީވެގެން ދެއެވެ. އެ ޒުވާން ހިތް ލެއިން ކަޅިކޮށްލަމުންނެވެ.
ޔަލީން: ޔަލީންއަކީ މިލާންއާއި ޔައިނާގެ ހަގު ދަރިފުޅެވެ. ޔަލީންއަކީ ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބު ހޯދަން ފައިވިއްދައިލާފައި ހުންނަ ކުއްޖެކެވެ. އަޒަލް ފަދައިން, ހިތްވަރު ގަދަ، ކެރޭ އަންހެން ކުއްޖެކެވެ. އޭނާގެ ހުރި މިޒާޖާ އެކީ ޔަލީން ވާން ބޭނުންވީ ނޫސްވެރިޔަކަށެވެ. އެކަމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ޔަލީންއަށް މީހަކު ދެކެ ލޯބިވެވެއެވެ. އެ ފަރާތާއެކު ލޯބީގެ އެތައް ހުވަފެންތަކެއް ދެކެއެވެ. ލޯބީގެ އެތައް އަހުދާއި ވައުދެއް ވެއެވެ. އެހެނަސް، ކުއްލިއަކަށް އެ ގުޅުމަށް ލޮޅުމެއް އަރައިގެން ދަނީ ޔަލީން ހީވެސް ނުކޮށް ހުއްޓައެވެ.
*** ** ***
އައްސަލާމު ޢަލައިކުމް.. ފުދޭވަރެއްގެ ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ކިޔުންތެރީންނާ ބައްދަލު ވީތީ ވަރަށް އުފާ ކުރަން.. މިއީ އަޅުގަނޑު ޖޫން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ވާހަކަ “ތިޔަ ލޯތްބަށް އެދެވޭތީ…”ގެ މައިގަނޑު ޝަޚްސިއްޔަތުތަކުގެ ތަޢާރަފް.. މި ވާހަކަ އަކީ އަޅުގަނޑު ކުރިން ލިޔުނު ވާހަކަ، “ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން”ގެ ސީޒަން 2.. ވަރަށް އަވަހަށް މި ވާހަކައިގެ ޓްރެއިލަރވެސް ކިޔައިލަން ލިބޭނެ، އިންޝާﷲ.. އިންތިޒާރު ކޮށްލައްވާ!
8 Comments!
Comments are closed.







OH MY GOD. Vrh ufaavejje nayaa ge vhk eh kiyaalan libeythy. Curiously Waitinggg for the story. And best of luck exams ahh. 💞
thank youu sm Reader
means a lot <3
Mi vaahaka vx heevany varah reethi vaanehen. Dhn emme inthizaaru kureveyny nayaa ge mi vaahaka ah. Curiously waitng…… keep it up nayaa
Good luck for your exams
insha allah, mi vhk ves vegen dhaany vrh furihama vhk akah.. shukuriyyaa darla <333
thank you <3
Vaahaka ge inthizaaru ga hama dhen hurevey ni.mi vaahaka vx mi nayaa ge thafaathu vaahaka akah vaane kan yageen.alhey July mahu dho kiyaalan libeyni.
Lysm nayaa💞💞
insha’allah mi vhk vrh thafaathu vaane.. eii mi vhk ah vrh gina dhuvahu plan kurevijje.. hehe
nooney june ga kiyaalan libeyne.. mihaaru 3 vana episode mi liyany.. madu madun vhk liyun kuriyah eba dhey mhr ves.. hehe.. so hama exams nimumuge kurin ves kiyaalan libumakee ekasheegen vaa kameh
thank you sm Rifoo <333
lysm darla <3
an rifoo ge vhk ves vrh vrh rvh reethi masha allah.. comment nukurevunas gavaidhun kiyan
KALOOOOOOOOOOOOO🤤🤤🤤🤤🤤🤤😍😍😍😍😍😍😯😯😯😯
BROOOOOOOOOOO😍😍😍😍😍😍😍😍
AMAAAAYYYYYYAAAAAAIIIIIII🔥🔥🔥🔥🔥🔥🔥
ASTHAQ FIRU ALLAAAAAHHHHHH😚😚😚😚😚
MAGEYYYYYYYYY DHIGUUUU INTHIZAAAARUGEEEE NIMUNNNNN.. OAHON FESHUNNNNN😍😍😍🔥🔥🔥🔥🔥🔥🔥
KALOOOOO HAMA AH NEYVAA VES NULEVEYYYYYYYYYYYYYYYY.. HAAADHA UFALEH VEHJJJEYYYYYYYYY
AISSTHOOOOOOOO 😍😍😍😍😍
saabahey thi neyvaa laabala ihah.. 😭😭
Ma ves he’s kiyaafa ufaleh vejje manje ge comment eh libuneema
Ufalun gos maru nuvahchey ekammm
Shukuru mannn 💋💋💋