އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 12
މެހެރީން ޒަކްވާންގެ އަނގަމަތީގައި އަތް އެޅިއެވެ. ” ޒެކް އަމަން ސުވާލު ކުރީ އަހަރެންނާ އެއްނު ޖަވާބު ދޭނީ ވެސް އަހަރެން ” މެހެރީން ބުނެލިއެވެ. މެހެރީން އަމަން އާއި ކުރިމަތި ލިއެވެ. ” އަމަން އަހަރެންގެ ދިރިއުޅުމުން އަމަން އަކަށް ނެތް އެއްވެސް ޖާގައެއް އަހަރެން އަހަރެންގެ ހުވަފެންތަކާ މައިންބަފައިން އެއްބަނޑު މީހުން ކުޑައިރުއްސުރެން އެންމެ ގާތް އެކުވެރިޔާ ވެސް އަމަން ގެ ބަހަށް ހެއްލިގެން ދޫކޮށްލާފަ އަހަރެން ދިރިއުޅުމެއް ފެށީ އަމަން އާއެކީ ދިރިއުޅެން ނަމަވެސް އަމަން އަހަރެންގެ ދިރިއުޅުން ކަށި ޖަންގައްޔަކަށް ހެދި އަހަރެންގެ ހަށިގަނޑުގައި ނެތް އަނިޔާ ނުދޭ އެންމެ ތަންކޮޅެއްވެސް އަމަން ހަނދާން ނެތުނަސް އަހަރެން އުޅުނު ހާލު އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ! ޒެކް ކަހަލަ ރަގަޅު ކެއާރކުރާ ފިރިޔަކު ދުކޮށްލާފަ ދަރިފުޅު ބައްޕައޭ ބުނެ ތި އަމަން އާ އެކީ ދާން އަހަރެން މީ މޮޔައެއް ނޫން! އެއްފަހަރު އަނިޔާ ދެވިއްޖެ އެވަރުން ފުދިއްޖެ. އެކަމަކު އަހަރެން އަމަން އަށް ހިތުން ރުހުމުން މާފުކޮށްފިން އަމަން ބޭނުން އިރަކު އާދޭ ޒިވީ އާ މީޓް ކުރެވޭނެ” މެހެރީން ބުނެލާފައި ޒަކްވާން އާއި ކުރިމަތި ލިއެވެ.
” ޒެކް މޮޔަވީތަ އަހަރެން ބުނީމެއްނު މެރީ ކުރުމުގެ ކުރިންވެސް އަހަރެން ޒެކް އާ މެރީ ކުރަނީ އަހަރެން އުފާވެރި ލައިފެއް ބޭނުންވާތީ އޭ އަމަން އެއީ ނިމިފަ އޮތް ބާބެކޭ އެކަމަކުވެސް މިއަދު ކީއް ކުރަން ތި އުޅުނީ؟ ޒެކް އަހަރެން ބޭނުން ނުވިޔަސް އަހަރެން ޒެކް ބޭނުމޭ!” މެހެރީންއަށް ރޮވެން ފެށުމުން ދުވެފައި ރޫމަށް ދިޔައެވެ. ” މިލީ! ޒިވީ އަށް ބަލައްޗޭ! އަމަން ދިޔުމުން ނިންދާވަލާތި އަދި ބޭބީގެ ރޫމްގަ ބާއްވާލަދީ އެސީ އެހާ ފިނި ނުކުރާތި! ”
ޒަކްވާން ގޮސް ރޫމުގެ ދޮރު ހުޅުވާލި ތަން ފެނިފައި މެހެރީން ބޭރަށް ނިކުންނަން ދިޔައެވެ. ޒަކްވާން ރޫމުގެ ދޮރު ލައްޕާލާފައި ތަޅުލިއެވެ. ” އަހަރެން ދިޔަދީ އަހަރެން ބޭނުމެއް ނޫން ޒެކް އާ އެއްވެސް ވާހަކަ އެއް ދައްކާކަށް” މެހެރީން ބުނެލުމުން ޒަކްވާން އަށް ހެވުނެވެ. ” ޒެކް އަށް ވަރަށް މަޖާ ދޯ އަހަރެންގެ ލައިފް އާ ކުޅެން ބޭނުންވީމަ ކައިވެނި ކޮށްފަ ބޭނުން ވީމާ އަހަރެން ދޫކޮށްލަން އެވެސް އަމަން އަށްޓަކާ ގުރުބާން ވާން؟ ޒެކް މޮޔަވީތަ؟ ” މެހެރީން ޒެކްގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. ޒަކްވާން ދެން ވެސް މެހެރީންގެ ކާރިޔަށް ދިޔައެވެ. އަނެއްކާވެސް ޒަކްވާން ކޮށްޕާލަންވެގެން މެހެރީން އުފުލާލި ދެއަތުގައި ޒަކްވާން ހިފާލިއެވެ. މެހެރީން ދޫކުރެވޭތޯ އުޅުނުނެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ” ދޫކުރޭ ޒެކް އަހަރެން ނޫޅެން ޒެކް އާ ވާހަކަ ދައްކާކަށް” މެހެރީން އަށް ބުނެވުނީ އެހާވަރަށެވެ ޒަކްވާން މެހެރީންގެ ދެ އަތުގައި ހިފާ ދަމާ ކާރިޔަށް ގެނެސް ބައްދާލިއެވެ. ޒަކްވާން ކުއްލިޔަކަށް މެހެރީންގެ ބުރުގާ ބާލާފައި އެއްލާލައި އިސްތަށިގަނޑުވެސް މޮހާލިއެވެ. މެހެރީން ދުރަށް ޖެހިލިއެވެ. ޒަކްވާން މެހެރީންގެ އުނަގަނޑުގައި ހިފާ ގެނެސް ޒަކްވާންގެ ގައިގަ ޖައްސާ ބާރުކޮށްލާފައި މެހެރީންގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. މެހެރީން އަކަށް ދެކޮޅެއް ނުހެދި ޒަކްވާންގެ އެ އަމަލުގައި ބައިވެރިވެވުނެވެ. ފުރަތަމަ ފަހަރަށް ޒަކްވާންގެ ހޫނު ތުންފަތުގެ ބީހުން ލިބުމުން މެހެރީންގެ ހިއްސުތައް ހޭލަން ފެށިއެވެ. ޒަކްވާން މެހެރީން އުރާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. މެހެރީން ޒަކްވާންގެ އަތުގައި ހިފާލިއެވެ. ” ރީން އަހަރެން މިރޭ ނު ހުއްޓުވާ އަހަރެންގެ ހާދަ ދިގު އިންތިޒާރެއްގެ ނިމުމޭ މީ ދެން ރީން އާ ދުރުގަ ކެތެއް ނުކުރެވޭނެ! ޔޫ އާރ މައިން” ޒަކްވާން އަށް ބުނެވުނީ އެވަރަށެވެ. މެހެރީން ޒަކްވާންގެ ތުންފަތުގައި ބޮސްދިނެވެ. ޒަކްވާންގެ އަމަލުތައް ހަލުވިވެފައި އަވަހެވެ. ޒަކްވާންގެ އަމްލުތައް ހުރީ ކަރުހިއްކައިގެން ފައިވާ މީހަކަށް ފެން ފޮދެއް ލިބުނީމަ އުޅޭ ކަހަލަ ގޮތަކަށެވެ. ޒަކްވާންގެ ކޮންމެ ބީހިލުމަކަށް މެހެރީންގެ ހިތާއި ހަށިގަނޑުވެސް އިޖާބަދެމުން ދިޔައެވެ.
އިރުކޮޅެއް ފަހުން ” ޒެކް އަހަރެން އެބަ އަންނަން ޒިވީ ކޮބައިތޯ ބަލާފައި ” މެހެރީން ބުނެލިއެވެ. ” މިލީ އާ ހަވާލުކޮށްފަ އައީ ނިންދަވަން ” ޒަކްވާން ބުނެލިއެވެ.
“ރީން ވަރަށް ބޭނުން ވެގެން އުޅުނީމެއްނު އަހަރެންގެ ލޯބިވެރިޔާގެ ފޮޓޯ ބަލަން އަން މި އޮތީ ޑްރޯވާރްގެ ކީ ގޮސް ބަލާބަލަ” ޖެހިލުންވެ ހުރެވެސް މެހެރީން ތަޅުދަނޑި ހިފައިގެން ގޮސް ހުޅުވާލިއެވެ. ވަކަރު ފޮއްޓެއްގެ މަތީގައި ބަންޑުން އޮތް ފްރޭމް ނަގާފައި މެހެރީން ނަގާފައި ބަލާލިއެވެ. އޭގައި އިނީ މެހެރީންގެ ފޮޓޯއެކެވެ. މެހެރީން އެ ފްރޭމް ބަހައްޓާފައި އެ ފޮށި ނަގާ ބަލާލިއެވެ. އޭގައި ހުރީ އެކި ދުވަސް ދުވަހު މެހެރީން ދީފައި ވާ ހަދިޔާ ތަކާ އެއްޗިއްސެވެ. ޒަކްވާން އައިސް ފަހަތުން މެހެރީންގެ ގައިގަ ބައްދާލިއެވެ. ” އައި ލަވް ޔޫ ރީން އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން ލޯބިވީ ރީން ދެކެ ” ޒަކްވާން ބުނެލީ ވަރަށް ލޯބިންނެވެ. މެހެރީން އަށް ހައިރާންވެގެން ޒަކްވާން އަށް ބަލާލެވުނެވެ. ” ދެން ކީއްވެ އަހަރެން އެހާ ދުރު ކުރީ މީގެ ކުރިން ކީއްވެ ނުބުނީ؟ މެހެރީން އަށް ޝަކުވާކޮށްލެވުނެވެ. ” ޒަކްވާން އިސްޖަހާލިއެވެ. ” ޒެކް ހީކުރީ އަހަރެން އަމަން އައިމަ ދާނެ ކަމަށް ދޯ ޒެކް ދޫކޮށްލާފައި ޒިވީގެ ބައްޕަ އަކީ އަމަން ވީމާ އެހެންވެ އެހާ ލޯބި ވާއިރުވެސް ދުރުގަ ހުރީ؟ ” ޒަކްވާން ބޯ ޖަހާލިއެވެ. ” އެހެންވާނީ ކިހިނެތް އަހަރެންނަށް ވެސް ޒެކް ދެކެ ލޯބި ވެވުނު ކައިވެނި ކުރަން އެއްބަސް ވީ ވެސް ލޯބި ވާތީ! ” މެހެރީން ބުނި ވާހަކައިން ޒަކްވާން މެހެރީން އާއި ދިމާލަށް ބަލާލީ އިވުނު އަޑު ގަބޫލު ނުކުރެވުނު ކަހަލަ ގޮތަކަށެވެ. “ޒެކް ހަނދާންވޭތަ ޒެކް އައީމެއްނު އަހަރެންގެ ރޫމަށް ފުރާ ވާހަކަ ބުނަން އެރޭ އަހަރެން ޒެކް އާ ހަގް ކުރީމެއްނު އަދި ޒެކް އަހަރެންގެ ނިތްކުރީގައި ބޮސްވެސް ދިނީމެއްނު. އެރޭ އަހަރެންގެ ހިތުގައި ތަފާތު އިހްސާސެއްވި އަހަރެން އަމަން އަށް ވެސް ނުދެން ހަގްއެއް އޭނާ ވަރަށް ކިޔާނެ އޭރު އަމަން ކާރި ވިޔަސް އަހަރެން އަމަން ދުރުކުރިން ބަޓް ވިތް ޔޫ އައިފެލްޓް އެރޭ ސަމްތިން ވެރީ ސްޓްރޭންޖް ފަހުން އެނގުނީ އަހަރެން ގެ ހިތުގައި ކުރިންވެސް ވީ ހަމައެކަނި ޒެކް ކަން އަމަން އަހަރެންނަށް ލޯބި ހުށަހެޅިމާ އަމަން އާ ރައްޓެހި ވެވުނީ އެއީ މައި މިސްޓޭކް ” މެހެރީން ބުނެލިއެވެ. ” ކީއްވެ ކުރިން ނުބުނީ ލޯބިވާ ވަހަކަ ” ޒަކްވާން އަހަލިއެވެ. ” ޒެކްގެ އަމަލްހުރި ގޮތުން ނުކެރުނީ މެރީ ކުރި ރޭ ބުނަން އުޅުނީ އެކަމަކު އެރޭ ޒެކް އަހަރެން އެހާ ދުރުކޮށްލީމާ ނުކެރުނީ” މެހެރީން އިސްޖާހާލިއެވެ. ” އެކަމަކު ޒެކް ހާދަ ކެތްތެރިއޭ އަހަރެން އެހާ ކާރިވާން ޓްރައި ކުރިއިރުވެސް ރުޅި އައިސްގެން ވާހަކަ ދެއްކުން ހުއްޓާލީމާވެސް ކެތްކުރި ” މެހެރީންއަށް އުފަލުން ޒެކްގެ ގައިގަ ބައްދާލެވުނެވެ. “އަދި ކިރިޔާ ދިރި އުޅުމުގަ ހިތް ހަމަ ޖެހުމެއް މި ލިބުނީ ދިރިއުޅޭ ހިތްވެސް ވީ މީގެ ކުރިން އަހަރެން ދިރިއުޅުން ކަޑައްތު ކުރީ” މެހެރީން ބުނެލިއެވެ. “ރީން އަހަރެންގެ ކެތްތެރިކަން ކޮޅުންލި ފަހަރެއްވެސް އައި އެރޭ ޔޮޓްގަ ބޭބީ ހޭލީ ހަމަ އެންމެ ރަގަޅު ގަޑިޔަށް އެނޫންނަމަ އަހަރެންނަށް ލިމިޓް ކްރޮސް ކުރެވޭނެ އެރޭ ” ޒަކްވާން ބުނި އެއްޗަކުން މެހެރީންއަށް ހީލެވުނެވެ. ” އެބަ އަންނަން ޒިވީ ގޮވައިގެން ” އެހެން ބުނެލާފައި ދާން ނިކުންނަމުން އަނެއްކާވެސް މެހެރީން އާއި ދިމާލަށް ޒަކްވާން ލޯބިން ބަލާލިއެވެ. “ރީން ބޭބީޔަށް ނަންދިނީ އަހަރެންގެ ނަމާ ގުޅުވާފަތަ؟ ” ” އާން އަހަރެން ބެލިން ޒެކްގެ ނަމާ ގުޅޭ ނަމެއް ކިޔޭތޯ ” މެހެރިން ބުނެލީ އެނދުގައި އޮށޯވެލަމުންނެވެ. ޒަކްވާން ގޮސް ނިދާފައި އޮތް ޒިވީ އުރާލައިގެން އައިސް ކުޑަ އެނދުގައި ބާއްވާލިއެވެ. އަދި އައިސް އެނދުގައި އޮށޯތެވެ. ” ރީން ކާރިޔަށް އާދެބަލަ ” ޒަކްވާން ބުނެލިއެވެ. ” އެހެން ރޭ ވެސް ނިދާގޮތަށް ނިދާބަލަ ” މެހެރީން ވެސް ބުނެލިއެވެ. ” އަހަރެން މިރޭ ނިދާކަށް ބޭނުމެއް ނޫން އަހަރެން ބޭނުމީ މިރޭ ރީން އާ ވާހަކަ ދައްކަން އިރުއަރަން ދެން ” ޒަކްވާން އެހެން ބުނެލާފައި މެހެރީންގެ ގައިގަ ބައްދާލިއެވެ. ” ރީން ބުރަކަށިގައި ހުރީ އަމަން ދިން އަނިޔާތަކުގެ ލަކުނުތައް ދޯ ” ޒަކްވާން އަހާލިއެވެ.” ހޫމް މިހާރު ގިނަ ލަކުނުތައް ފިލައިފި އެވަރު މީހަކާ އެކު އަހަރެން ފޮނުވަންށޭ މިއަދު އުޅުނީ!” މެހެރީން ބުނީ ދެރަވެލާފައެވެ. ” ރީން ދެން މާޒީގެ ވާހަކަ ބާއްވާ އަހަރެން ނިންމާފައި ހުރި ކަންތައް ބުނަންތަ އަހަރެން ބޭނުންވަނީ ރީން ކިޔަވަން ފަށަން އޮންލައިންކޮށް ރީންއަށް ކިޔެވޭނެ އަހަރެން އިންނާނީ އެޕްލައި ކޮށްފައި ނެކްސްޓް ވީކްގަ ފެށޭނެ ކިޔެވުން އަހަރެންގެ ލެޕުންވެސް ކިޔެވޭނެ ރީން ބޭނުމިއްޔާ ލެޕެއް ގަނެވެސް ދިފާނަން އަހަރެން ޒިވީ ބަލާނަން ރީން ކިޔަވާ ގަޑީގަޔާ ޓެސްޓް ދުވަސްކޮޅު. އަހަރެންގެ އަނަހެނުންގެ ހުރިހާ ހުވަފެއް ހަގީގަތަކަށް ހަދައިދޭނަން މިހާރު އަހަރެންގެ ފެންވަރު އެބަހުރި ” ޒަކްވާން ބުނެލީ މެހެރީން އިތުރަށް ގަޔާލާ ބޮނޑިކޮށްލާފައެވެ. “ޒެކް އައި ލަވް ޔޫ ” އަދި އެއްފަހަރު ބުނެބަލަ ތިހެން ޒަކްވާން އަށް ބުނެވުނެވެ ” އައި ލަވް ޔޫ ، އައި ލަވްޔޫ ސޯ މަޗް ” މެހެރީން ބުނެލިއެވެ. މެހެރީން ކުއްލިޔަކަށް ތެދުވެ ސައިޑް ޓޭބަލްގެ ވަތްގަނޑުން އެއްޗެއް ނެގިއެވެ. ” ޒެކް މީ ޒެކް ވަރަށް ލޯބިން ގަތް ފަށެއް ނު އަހަރެންނަށް ދޭން މީހެއްގެ އަނބަކަށް ވީ މާ ނުދިނީ މީ މިހާރު ޒެކްގެ އަނބިމީހާ މި ފަށް ތި ދެއަތުން އަޅުވާލަ ދީބަލަ ދެން ” ޒަކްވާން އެ ފަށް މެހެރިންގެ ކަރުގައި އަޅުވަލާ ދިނެވެ. ދެމީހުން އެހެން ވާހަކަދައްކަން ތިއްބާ ނިދުނެވެ.
މެހެރީންގެ ކިޔެވުން ފެށުމުން ގިނަ ވަގުތު ޒިވީ ގޮވައިގެން އުޅެނީ ޒަކްވާންއެވެ. އެހެންވީމާ ޒިވީ ހުންނަނީ ޒަކްވާން އާހެދި މޮޔަވެފައެވެ. އަމަން ދޭތެރެޔަކުން އަޔަސް ޒަކްވާން ފެންނަން ހުރި ނަމަ އަމަން ކާރިކަށް ޒިވީ ނުވެސް ދެއެވެ. ” މެހެރީން އަހަރެން މާދަމާ ފުރަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްލަނީ މިދަނީ ހުރިހާ ވިޔާނުދާ ކަމެއް ދުކޮށްލާފަ ސާލިހް ވެވޭތޯ! ޒަކްވާން އާ މެހެރީން ތިހެން ތިބީއްޔާ އަހަރެންގެ ދަރިފުޅު ބޮޑުވާނީ ވަރަށް ރަގަޅު ތަރުބީއްޔަތެއް ލިބިގެންކަން ޔަގީން ދިޔުމުގެ ކުރިން އޮތީ އެންމެ އެދުމެއް އަހަރެންގެ ދަރިފުޅު މީހަކާ ކާވެނި ކުރާ ދުވަހަކުން އަހަރެންނަށް އަނގާލަދޭތި އަހަރެންގެ ނަމްބަރު އެކޮޅަށް ގޮއްސަ ފޮނުވާލާނަން! އަހަރެން މިހާރު ހަމަ ހަގީގަތުގައިވެސް މެހެރީން ދެކެ ވަރަށް ލޯބިވޭ އެކަމަކު އައި ޑޯން ޑެޒާވް ޔޫ. ބާއި އަހަރެން ދެން ދަނީ” އަމަން ބުނެލިއެވެ. ” ބެސްޓް އޮފް ލަކް އަމަން ” މެހެރީން ބުނެލުމުން އަމަން ނިކުމެގެން ދިޔައެވެ. ޒަކްވާން އައިސް މެހެރީން އާއި ޒިވީ ގެ ގައިގަ ބައްދާލިއެވެ.
” ރީން މައި ލަވް ހޭ ލަ ބަލަ! ” ޒަކްވާން އައިސް ލޯބިން މެހެރީން އަށް ގޮވާލިއެވެ. ” ޒެކް ކިހިނެތްވީތަ ؟ ” މެހެރީން ދެލޯ އުނގުޅަމުން އަހާލިއެވެ. ” ނޭންގޭ ބޭރުން ކޮންމެވެސް އަޑެއް އެބައިވޭ ” ޒަކްވާން ބުނެލުމުން މެހެރީން އަވަހަށް ނިކުންނަން ދިޔައެވެ. މެހެރިން ގޮސް ސިޓިންރުމަށް ވަނުމުން އެތަން އެއްކޮށް ދިއްލުނެވެ. މުޅި ސިޓިންރޫމް ސީލިންގައިވަނީ ބޭލޫން ތައްކޮށްފައެވެ. ފާރުގައި ހެޕީބާރތްޑޭ ލަވް އަޅާފައިނެވެ. ” ހެޕީބާރތްޑޭ ލަވް ” ޒަކްވާން ބުނެލީ ފުރަގަހުން އައިސް ބައްދާލަމުންނެވެ. ” ޒެކް އައިއެމް ސޯ ހެޕީ އައިލަވް ޔޫ ” މެހެރީންވެސް ބުނެލިއެވެ. ޒަކްވާން ގިޓާ ނެގުމަށްފަހު އޭނާ އަބަދުވެސް މެހެރީންގެ ހަނދާނުގައި ކިޔާ ލަވަ އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ ކިޔަންފެށިއެވެ.
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ
ލޯބީގެ ނަޒަރުން ކާލާ އޭ ދެކޭނީ
ޒަކްވާންގެ ލަވަ ނިމުމުން ޒަކްވާންގެ އަތުން ގިޓާ އަތުލުމަށްފަހު މެހެރީން ވެސް އޭނާގެ ރީތި އަޑުން ލަވައެއް ކިޔަން ފެށިއެވެ.
ލޯބިވާޔާ ނުލާ ނޫޅޭވޭނޭ އިނގޭ
ތީ މަގޭ ހިތްއެދޭ ލޯބިވެރިޔާ އިނގޭ
ބޭނުމީގާތުގާ ލޯބިވާ ވުން އިނގޭ
ހިތްވަނީ އަދު ތި ލޯބީގަ ބެދިފާ އިނގޭ
ދަންނަހާ އެންމެނާ މާތަފާތޭ ކަލާ
ހާދަ ކުޅަދާނައޭ ލޯބި އަތުލަން ކަލާ
ގާތް ވެލާގޮތް އަހަންނާ މޮޅީ އޭ ކަލާ
ލަންބުވާލީ މިހިތް ނޭންގި ހުއްޓާ ކަލާ
މާނަ ލޯބީގެ ސިއްރުން ކިޔާ ދީބަލާ
މަޑުމަޑުން ހާއްސަވެއްޖޭ މިހިތުގާ ކަލާ….
“ވާވް ރީން ހާދަ ޒަމާނެއް ފަހުންނޭ ލަވައެއް ކިޔާލި އަޑު މި އިވުނީ ހާދަ އަސަރު ގަދައޭ އަހަރެން ދީވާނާކޮށްލަންތަ ތި އުޅެނީ” ޒަކްވާން ބުނެލިއެވެ. ” އެއީ ހަމަ އަހަރެންގެ އިހްސާސްތަށް ޒެކްއަށް ލަވައެއްގެ ސިފައިގަ މި ކިޔާ ދިނީ ބައިދަވޭ ކޮބާ މަގޭ ގިފްޓް؟ ” މެހެރީން އަހާލިއެވެ. ” އަދި ގިފްޓްވެސް ދޭންޖެހޭތަ ؟ ” މި ހުރިހާކަމެއް މި ކުރީ އަހަރެން އެކަނި މާއެކަނި ހިނގާބަލަ ކޭކު ފަޅަން ” ޒަކްވާން ބުނެލިއެވެ. ” ގިފްޓު ޖެހޭނީ ދޭން ހިނަގާ ދޯ ކޭކު ފަޅަމާ ” މެހެރީން ކޭކު ފަޅާލާފައި ޒަކްވާންއަށް ލެއްވިއެވެ. ޒަކްވާންވެސް މެހެރީންއަށް ލައްވާދިނެވެ. ” ރީން މީ އަހަރެންގެ ފަރާތުން ދޭ ކުޑަކުޑަ ގިފްޓެއް” ޒަކްވާން ދިއްކުރި ފޮށި މެހެރީން ހޯދާ ކަނޑާލިއެވެ. އޭގައި އޮތީ މެހެރީން އާއި ޒިވީ އަށް އެއްވައްތަރެއްގެ ފޮތިން އޮތް ދެހެދުމެވެ. ހެދުމުގެ ތަފާތަކީ ހަމަ އެކަނި މެހެރީންގެ އިނީ މެކްސީއެއް ޒިވީގެ އަށް އިނީ ކަކުލާހަމަޔަށް ދާހެދުމެއް މެހެރީންގެ ހެދުމާ ގުޅޭ ޝޯލްއެއްވެސް އޭގައި އޮތެވެ. “ޒެކް އައި ލަވް އިޓް ” މެހެރީންބުނެލީ ހިނިތުން ވެލާފައެވެ. ” އޯހް ރީން ތި ހިނިތުން ވުމަށްޓަކާ އުމުރަށްވެސް ތިޔަ ނަމުގާ ފިދާވުން ހަމަ އެދެނީ” ޒަކްވާން ބުނެލި ގޮތުން މެހެރީން އަށް ބޮޑަށް ހެވުނެވެ.
-ނުނިމޭ-
މި ފާރޓް ލިޔެވުނީމަ ހަމަ ސަބްމީތް ކޮށްލީ މީ….ނެކްސްޓް ޕާރޓް ވެސް ލިޔެވުނީމަ ސަބްމިޓް ކުރާނަން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Maasha allah m part vx varah varah reethi. Next part kiyaalan
Ibeyny koniraku?
Masha allah mi part vx v Reethi
Waiting for next part
Thanks nadhoo avahah upload kohla dhinyma.mi part vx varah reethi Masha Allah 💗❤️.rifoo hury Tuesday ge inthizaaru ga vaahaka upload vaane ireh balabala.mihaaru mi nimeny dho vaahaka.ehen heevaathi hama buneli ingey 😉
Once again mi part vx varah reethi
Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
vv reethi mi part vs maasha allah..when next part kiyaalan libeynee??i think dhn ihnaanee last part dhw?
ޅެންބަހުރުވަޔަށް ވެސް ނަދޫ ހަމަ މޮޅޭ