Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 7

Nadhoo
Nadhoo Level 1
February 10, 2024 3 Mins Read
7 Comments

ކޯޓުން ނިކުމެގެން ޒަކްވާން މެހެރީން ގޮވައިގެން ދިޔައީ ރެސްޓޯރެންޓަކަށެވެ. ” ރީން ކީއްވެ އަނގައިން ވެސް ނުބެނެ ތިޔަ އިނީ” ޒަކްވާން އަހާލިއެވެ. ” ޒެކް އަހަރެން މިހިރީ ހަމަ އަޖާއިބު ވެފަ އަމަން އެ ނޫނީ ދުވަހަކުވެސް އައިލަވް ޔޫ އެކޭ ނުބުނޭ” މެހެރީންއަށް ބުނެވުނެވެ. ” އަހަރެންނަށް ހީވަނީ އަމަން އަށް އެހެރީ އަސްލުވެސް މިހާރު ވިސްނިފަހެން އޭނާގެ ލޮލުން އައި ކަރުނަ އަކީ އެކަމުގެ ހެކި ” ޒަކްވާން ބުނެލިއެވެ. ” ދެން އެވާހަކަ ނުދައްކާ އަހަރެން ވަރަށް އުފާވެއްޖެ ވަރިކޮށްދިނީމަ ދެން އުޅެވޭނެ އަހަރެން ބޭނުން ގޮތަކަށް ” މެހެރީން އަށް ބުނެވުނީ ވަރަށް ހެވިފައެވެ. ” އޯ ހެލޯ ބޭނުން ހާ ގޮތަކަށް ނޫޅެވޭނެ އިނގޭ ދެނެއް ކުރިންވެސް ބޭނުން ހާ ގޮތަކަށް އުޅެން ދޫކުރީމާ ތިހެން ތިވީ” ޒަކްވާން މަޖާވެލާފައި ބުނި ގޮތުން މެހެރީން އަށް ހެވުނެވެ. ރީން މާދަމާ ޑޮކްޓަރަށް ދާން ޖެހޭ ދޯ ސްކޭން ހަދަން އަހަރެން ގެންދާނަންތަ؟ ޒަކްވާން އަހާލީ ޖެހިލުންވެ އިނދެއެވެ. ” ޒެކް ދާނަން ތަ؟ އަހަރެން ވަރަށް އުފާވާނެ ” ޒަކްވާން ބޯ ޖަހާލިއެވެ. ދެމީހުން އެއްކޮށް ކައިގެން ގެޔަށް ދިޔައެވެ.

ހޮސްޕިޓަލުގައި ތިބި އެހެން މާބަނޑު ކުދިން އެމީހުންގެ ފިރިންނާ އެކީ އުޅޭ ލޯބި ގޮތް ފެނުމުން މެހެރީންގެ ހިތުގައި ޖެހުނެވެ. ނަމްބަރު ޖެހުމުން ޒަކްވާން މެހެރީންގެ އަތުގައި ހިފައިގެން ގޮސް އެތެރެޔަށް ވެނެވެ. ސްކޭން ކުރަންވެގެން މެހެރީންގެ ބަނޑު ހާމަ ކުރަން އުޅުމުން ޒަކްވާން ލޯ މަރާލިއެވެ. އެތަން ފެނުމުން މެހެރީން އަށް ހެވުނެވެ. ޑޮކްޓަރު ހުރިހާ އެއްޗެއް ޒަކްވާންއަށް ކިޔާ ދިނީ މެހެރީންގެ ފިރިމީހާ ކަމަށް ހީކޮށެވެ. ބަސްއަހައިގެން ޒަކްވާން ހުރިހާ އެއްޗެއްވެސް އަޑުއަހަން އިނެވެ. ” ޒެކް ތެންކިޔު ތީ ހަމަ ބެސްޓް ” މެހެރިން ބުނެލިއެވެ. ހޮސްޕިޓަލުން ނިމިގެން ޒަކްވާން ދިޔައީ މެހެރީން ގޮވައިގެން ހުޅުމާލެ ގޮސް ދުއްވާ ވެސް ލާފައެވެ.

މެހެރީންގެ ހުރިހާކަމެއްވެސް ޒަކްވާން ކޮށްދެމުން ދިޔައެވެ. ބަނޑަށް 9 މަސް ފުރުނު އިރު ވިހަން ބޭނުންވާނެ ހުރިހާ އެއްޗެއް ޒަކްވާން ހޯދިއެވެ. ކުޑައެނދާ ކުޑަ ކުޑަ ކަބަޑް ތައްވެސް ބަޔަކު ލައްވާ ހެދުވީ ޒަކްވާންގެ އަމިއްލަ އަށް ޑިޒައިން ތަކަށެވެ. މެހެރީންއަށް ވެސް އެހާ ކެޔާ ކުރެއެވެ. ބަރާބަރާށް ޑޮކްޓަރަށް ދިޔުމާ މީރުވެގެން ކާހިތިން އުޅުނު ކޮންމެ އެއްޗެއް ހޯދާ ދިނުމަކީ ޒަކްވާން ކުރާހިތުން ކުރި ކަމެކެވެ. ފުރަތަމަ ކޮޅުގަ ކުޑަކޮށް ކަޑަވެފަ ހުއްޓަސް މެހެރީންވެސް ފަހުން ހަމަ ޒަކްވާން އާ ކުރީގެ ގޮތައް ކޮންފޯރޓަބަލް ވިއެވެ. ” ރީން ބަޔަކު އެބަތިބި ރީން އާ ބައްދަލުކޮށްލަން އައިސް ” ޒަކްވާން ބުނެލިއެވެ. މެހެރިން ބޭރަށް ނިކުތްއިރު ތިބި މީހުން ފެނިފައި މެހެރީންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. އަމަން ގެ މަންމަ މެން މިހާރު މެހެރީން އާއި ބައްދަލުކުރަން އަންނަން ވީ ކީއްވެ ބާ؟ މެހެރީންގެ ހިތަށް އެރިއެވެ. ” މެހެރީން އަހަރެމެން މިއައީ އަހަރެމެންގެ އަމަންގެ ދަރިފުޅު އަހަރެމެން ބޭނުން ވާ ވާހަކަ ބުނަން ވެގެން މެހެރީން އެކަނި އެ ކުއްޖާ ނުބެލޭނެ ދަރިފުޅަށް 3 މަސް ވުމުން އަހަރެމެން ކޯޓު މެދުވެރިކޮށް ނަގާނަން އެ ވާހަކަ ބުނަން ވެގެން މިއައީ” އެހެން ބުނެފައި އެމީހުން ނިކުމެގެން ދިޔައެވެ. މެހެރީން އަށް ސޯފާއަށް ތިރިވެވުނެވެ. ހަމަ އެކަނި ލިބެން އުޅޭ އުފާކޮޅުވެސް ޖަހައިގަންނަން ތަ އެމީހުން އެ އުޅެނީ އެހާ ކުޑައިރު އަހަރެންގެ ދަރިފުޅު އަހަރެންނާ ވަކި ކުރަން އެއުޅެނީ ކީއްވެތަ؟ މެހެރީން ރޮމުން ވާހަކަ ދެއްކަމުން ދިޔައެވެ. ބޭރަށް ނިކުމެގެން އައި ޒަކްވާން އަށް މެހެރީން ރޯން އިނުމުން ސުވާލުކުރުމުން މެހެރީން ބުނި ވާހަކައިން ޒަކްވާންވެސް ދެރަވިއެވެ. ޒަކްވާން ވަގުތުން އޭނާގެ އެކުވެރި ލޯޔަރަކަށް ގުޅާލިއެވެ. ގަޑިއެއްހާއިރު ފަހުން އެމީހާ އައުމުން ޒަކްވާން މެހެރީންގެ ހުރިހާ ވާހަކައެއް ކިޔާދިނެވެ. ” ޒަކްވާން ތީ އަސްލު ވަރަށް ފަސޭހައިން މެހެރީންގެ ކޮޅަށް ނިމޭނެ ކޭސްއެއް އެމީހުން ދައްކާނީ މެހެރީން އަކީ އެކަނިވެރި މައެއްކަން އެކަނި ދެން މެހެރީން އަށް ބުނެވޭނެ އެމީހުންގެ އުފަންދަރި އެމީހުންގެ ތަރުބީއްޔަތުގެ ސަބަބުން މަގު އޮޅުނު ވާހަކަ ވެސް މެހެރީން މީހަކާ އިނދެފިނަމަ އެމީހުންނަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ” ޒަހީން ބުނެލިއެވެ. ” ތެންކިޔު ސޯ މަޗް ތި ވެދިން ހެލްޕަށް އަހަރެމެން ވިސްނާނަން ” ޒަކްވާން އާއި ސަލާމްކޮށްލާފައި ޒަހީން ނިކުމެގެން ދިޔައެވެ.

އޭގެ ދެދުވަސްފަހުން މެހެރީން ލޯބި ލޯބި އަންހެންކުއްޖަކު މި ދުނިޔެއަށް އުފަންކުރިއެވެ. އެދަރިފުޅު ފެނުނު ވަގުތު މެހެރީންގެ ދެ ލޯ ކަރުނުން ފުރުނެވެ. އެކަނި މާ އެކަނި މެހެރީންގެ ހުރިހާކަމެއްވެސް ޒަކްވާންކުރީ ވަރަށް ކުރާހިތުންނެވެ. ގެޔަށް އައުމުންވެސް މީހަކު ގެނައީވެސް މެހެރީންއަށް އެހީވުމަށެވެ. އޮފީހުން ޗުއްޓީނަގައިގެން ޒަކްވާން ހުރީ މެހެރީންގެ ހިދުމަތުގައެވެ. 7 ދުވަސް ވީ އިރު މެހެރީންއަށް އަމިއްލަޔަށް އުޅެވޭ ވަރު ވިއެވެ. ނަމަވެސް ގިނަފަހަރު ދަރިފުޅުގެ ކަންތައް ކުރަނީ ޒަކްވާންއެވެ. މިހާރު ބޭބީ ފެންވަރުވާ ނެޕީ ޖަހަން ވެސް ޒަކްވާން ވަރަށް މޮޅެވެ. ފަރިތަކަމާއެކު ދަރިފުޅު ރީތި ކުރަމުން ދިޔަ ޒަކްވާންގެ ހަރަކާތްތަކަށް ބަލަން މެހެރީން ހެވިފައި އިނެވެ. މެހެރީންގެ ހިތުގައި މިހާރު ވަނީ ޒަކްވާންއަށް ހާއްސަ މަގާމެއް ދެވިފައެވެ. އެކަމަކުވެސް މެހެރީންއަށް ބުނާކަށް ނުކެރެއެވެ. ” ރީން ބޭބީޔަށް ކިޔަން ނަމެއް ބެލިން ތަ؟ ” ޒަކްވާން އަހާލިއެވެ. ” ޒިވާ” ލޯބިން “ޒިވީ” މެހެރީންއަށް ބުނެވުނެވެ. މެހެރީން ހަމަ ބޭނުންވީ ޒަކްވާން އާއި ގުޅޭ ނަމެއް ކިޔާށެވެ. ” މާދަމާ 7 ދުވަސް ވަނީއޭ ބޭބީއަށް އަހަރެން ތަނަކަށް އޯޑާރ ކުރިން ކައްކާފަ ބަހަން އަދި ވާނީ އަގީގާ ވެސް ކަތިލައްވަން ބުނެފައި” ޒަކްވާން ބޭބީ ގެ ކޮލުގައި ލޯބިކޮށްލަމުން އެހެން ބުނެލިއެވެ.

” ޒެކް ތިހާ ރަގަޅީ ކީއްވެތަ؟ ތި ކަހަލަ ބެސްޓް ފްރެންޑެއް ލިބުން އެއީ އަހަރެންގެ ނަސީބު ހަމަ” މެހެރީން ބުނެލިއެވެ.

” ހޫން! ދެން މާ ސެންޓީ ނުވޭ ބޭބީ ހާދަ ލޯތްބޭ ހީވަނީ ހަމަ ރީން ކުޑައިރުހެން އަބަދުވެސް ކާރީގަ ބާއްވަން ބޭނުން ވަނީ” ޒަކްވާން ބުނެލިއެވެ. ” ބޭބީ އެކަނިތަ؟” މެހެރީން އެހެން އަހާލީ ތުން އޫ ކޮށްލަމުންނެވެ. ” ދެމީހުންވެސް ” ޒަކްވާންއަށް ބުނެވުނެވެ. ދެމީހުން އެހެން ސަކަރާތް ޖަހަން ތިއްބާ އަމަންގެ މަންމަމެން އައެވެ. އެމީހުން ދިޔުމުން މެހެރީންއަށް ރޮވުނެވެ. ” ރީން އަހަރެން މިހުރިހާ ކަމެއް މިކުރަނީ ރީން އުފާކޮށްދެވޭތޯ އެކަމަކުވެސް ރީންގެ އޮތީ ހުސް ރުއިން” ޒަކްވާން ބުނީ ދެރަވެލާފައެވެ. “ސޮރީ ޒެކް އެކަމަކު އަހަރެން ގެ ދިރިއުޅުމުގައި ލިބުނު ހަމައެކަނި އުފަލަކީ ދަރިފުޅު އެމީހުން އެއުޅެނީ އެ އުފާވެސް ފޭރިގަންނަންވެގެން ” މެހެރީން އަށް އިތުރަށް ރޮވުނެވެ. ” ރީން އަހަރެންނަށް އިތުބާރުކުރަންތަ؟ ޒަކްވާން އަހާލީއެވެ. ” އަމިއްލަ ނަފްސަށް ވުރެންވެސް ބޮޑަށް ” މެހެރީންގެ ޖަވާބު އަހާފައި ޒަކްވާންއަށް ބަލަން ހުރެވުނެވެ. ” ސޯ އަހަރެން މި ދަރިފުޅު ރީން އަކާ ވަކި ވިޔަކަ ނުދޭނަން ” ޒަކްވާން ބުނެލިއެވެ. އެވަގުތު ގޭގެ ބެލް އަޅާލި އަޑަށް މެހެރީން ދިޔައީ ސިއްސައިގެންނެވެ. ” ރީން ހާސްނުވެބަލަ  އެމީހުންނެއް ނޫން އެ އައީ ހިންގާބަލަ ބޭރަށް ” ޒަކްވާން މެހެރީންގެ އަތުގައި ހިފާލައިގެން ބޭރަށް ގޮސް ސޯފާގައި ބެހެއްޓިއެވެ. ދޮރުހުޅުވާލާފައި ވަދެގެން އައި މީހުން ފެނިފައި މެހެރީން ލޮލުން ކަރުނަ އަންނަން ފެށިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އުމިރުގާ ކަލާޔާ އެކު-8

Next

ވެވުނީ ލޮތްބޭ – 7

Next
February 10, 2024

ވެވުނީ ލޮތްބޭ – 7

Previews
February 6, 2024

އުމިރުގާ ކަލާޔާ އެކު-8

7 Comments!

  1. Isha says:
    February 11, 2024 at 6:11 am

    Vvv reethi

    1. Nadhoo Nadhoo says:
      February 13, 2024 at 2:27 pm

      Hi Isha
      mi ishage furathama comment dho Nadhooge vaahakayakah. Thank You. Next part submitted

  2. imko 💕💕 says:
    February 11, 2024 at 6:10 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama

    1. Nadhoo Nadhoo says:
      February 13, 2024 at 2:29 pm

      imko men thihen umeedhuga thibeythi ey nadho men kahala kudhinna mi liyeveni
      submited part 8

  3. ifoo says:
    February 11, 2024 at 9:06 pm

    vv reethi mi part vs maasha allah..when next part kiyaalan libeynee??cant wait igey..next part v avahah kiyaalan beynun

    1. Nadhoo Nadhoo says:
      February 13, 2024 at 2:30 pm

      ifoo aki hama Nadhooge emmen faahanga kohlevey eh reader ey varah ufaavey thihen hunaathi part 8 submited

  4. Reem says:
    February 15, 2024 at 11:04 pm

    I guess this is my first comment nadhoo ge story akah. ekam kurin nadhoo up kohfa huri story thah ves kiyaalin hama varah interesting aa ekeu. And this story is aslo just awsome. next part up kuraa dhuvahakah varah inthizaaru kurevey.
    Lots of love reem 🫶🏻

Comments are closed.

Next Episodeއުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 8←


All Right Reserved!