އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 13
ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
ފާހާނާއިން ނިކުމެގެން އައިގޮތަށް އައިސް މެހެރީން ބައްދާލީ މަސްޓޭންކު ކުރިމަތީ އިން އޭނާގެ ލޯބިވާ ފިރިމީހާގެ ގައިގައެވެ. ” ރީން ލޯބީ ކިހިނެތް ވީ ކުއްލިޔަކަށް ލޯބި އުތުރި އަރައިގަތީ؟ ” ޒެކް ބައްޕައަކަށް ވަނީ އެއް ނު” މެހެރީން ބުނެލިއެވެ. ” ރީން އަހަރެން މީ ބައްޕައެއަކަން އިނގެޔޭ އަހަރެންގެ ދަރިފުޅަށް މިހާރު 5 އަހަރު އެވީ” ޒަކްވާން ބުނެލިއެވެ. ” ޒެކް ސާބަސް އަހަރެން ޕްރެގް އޭ” މެހެރީން ބުނެލުމުން ޒަކްވާން އުފަލުން މެހެރީން އުރާލިއެވެ. “ޒެކް އަށް އަދި އަލަށް ދޯ ބޭބީއެއް ލިބެނީ؟” މެހެރީން ބުނެލުމުން ޒަކްވާންގެ ހިނިތުންވުން ފަނޑުވިއެވެ. “ރީން ދެން ދުވަހަކުވެސް ތިހެން ނުބުނާތި ޒިވީ އެއީ ހަމަ އަހަރެންގެ ދަރިއެއް އަހަރެން ވަރަށް ލޯބިވޭ ޒިވީ ދެކެ އިތުރު ބޭބީ އެއް ލިބުނަސް ޒިވީ އަށް ލިބޭ ލޯތްބަކަށް ބަދަލެއް ނާންނާނެ” ޒަކްވާން ބުނެލީ ދެރަވެލާފައެވެ. ” ޒެކް އަހަރެން އެހެން ބުނީ ތި މާނައިގައެއް ނޫން! އަހަރެންނަށް އިނގޭ ޒެކް ޒިވީ ދެކެ ލޯބިވާ ވަރު އެކަމަކު ޒިވީގެ ބައްޕަ އަކީ އަމަން ކަން އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް އަހަރެމެން ޖެހޭނޭ ޒިވީއަށް ވިސްނޭ ވަރުވީމާ ބުނެދޭން ޒިވީގެ ބައްޕަ އަކީ އަމަން ކަން ނުބުންޏަސް ސުވާލުކުރާނެ އައިޑީކާރޑް އާ އެއްޗިހި ފެނުނީމާ މެހެރީން އަށް ބުނެވުނީ ހާސްވެފައެވެ. “ރީން އަހަރެމެން ޒިވީ އަކަށް އަމަންގެ އެއްވެސް ގޯސް ވާހަކައެއް ކިޔާ ނުދޭނަން ކިޔާ ދީފި ނަމަ ޒިވީ އަމަން އަށް ނަފްރަތު ކުރާނެ އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް ބުނާނީ އުޅެވެން ނެތީމާ ވަކި ވީ އޭ” ޒަކްވާންގެ ވާހަކަ އަހާފައި މެހެރީން ބޯ ޖަހާލިއެވެ.
ޒެކް ތީ ބެސްޓް ފްރެންޑްއެއް، ބެސްޓު ހަޒްބެންޑެއް،ބެސްޓް ބައްޕައެއް އިރާދަކުރެއްވިއްޔާ އަހަރެމެން ދެކުދިންވެސް ގެންގުޅޭނީ ވަރަށް ލޯބިން ޒަކްވާން އޭނާގެ މޭތެރޭގައި މެހެރީން ފިއްތާލިއެވެ. ” އައި ލަވްޔޫ ޒެކް” މެހެރީން ބުނެލީ އިތުރަށް ބޮނޑިވެލަމުންނެވެ.
20 އަހަރު ފަސް
ލޮނުޒިޔާރަތްކޮޅު ޕާރކުގައި ތިބީ އެންމެންވެސް ތައްޔާރުވަމުން ދިޔައީ ކައިވެނިކުރެވޭ ޖޯޑު އަންނާނެ ވަގުތަކަށެވެ. ހުދުކުލައިގެ ވެޑިންޑްރެސްގައި ކާރުން ފައިބައިގެން އައި ޒިވީ ފެނިފައި ޒަކްވާންގެ ލޯ ކަރުނުން ފުރުނެވެ. ” ބައްޕިގެ ދަރިފުޅު ” ޒަކްވާން އަށް ޒިވީ އޭނާގެ މެޔާލާ ބޮނޑިކޮށްލެވުނެވެ. ޒަކްވާން ޒިވީ ދެކެ ލޯބިވަނީ އޭގެ އިންތިހާ އަށެވެ. ” ބައްޕީ ކޮބާތަ މަންމި އަދިވެސް ނާދޭތަ ” ޒިވީ އަހާލިއެވެ. ” ޒިވާން ވީ މަންމަ ބަލާ ގޮސް މިހާރު އަންނާނެ” ޒަކްވާން އަށް ބުނެވުނީ އެހާ ވަރަށެވެ. ކުރިމަތިން އައި މެހެރީން ފެނުމުން ޒަކްވާންގެ ބަސް ހުއްޓުނެވެ. ” ރަތްކުލައިގެ މެކްސީގައި މެހެރީންގެ ރީތިކަން އިތުރުވެފައި ވިއެވެ. ” ބައްޕީ ހާދަ ވަރަކަށް ތި ބަލަނީ އެއީ ހަމަ މަންމި އޭ” ޒިވީ ދިމާކޮށްލިއެވެ. ހުދުކުލައިގެ ގަމީހަކާއި އަޅި ފަޓްލޫނުގައި ހުރި ޒަކްވާން ގެ ކައިރީގައި އައިސް މެހެރީން މަޑުކޮށްލިއެވެ. “މަންމިގެ ދަރިފުޅު ހާދަ ރީއްޗޭ ” މެހެރީން އަށް ބުނެވުނެވެ. ” އެންމެންވެސް ލޯބިވަނީ ދޮންތި ދެކެ” 20 އަހަރުގެ ޒިވާން ކުސްތަޅާލިއެވެ. ” ސާބަހޭ ދޫނީ ދޮންތި ވަރަށް ލޯބިވެޔޭ ވާން ދެކެ” ޒިވީ ބުނެލިއެވެ. ” ޒިވީ ހިންގާ އަވަހަށް މިހާރު ރަޔަން ވެސް އަންނާނެ. ޒިވީ ގޮވެއިގެން ގޮސް ޒަކްވާން އާއި މެހެރީން އޭނާއަށް ހާއްސަކުރެވިފައިވާ ބްރައިޑްގެ ގޮނޑީގައި ބޭންދިއެވެ. އިރުކޮޅެއް ފަހުން ކަޅުކުލައިގެ ކޯޓުފަޓްލޫނުގައި ވަދެގެން އައީ ރަޔަންއެވެ. ޒިވީގެ ލޯބިވެރިޔާއެވެ. ރަޔަން އަކީ މިހާރު ރާއްޖޭގައި ނަން މަޝްހޫރު ހަމުގެ ޑޮކްޓާރެކެވެ. ޒިވީ އަކީ އަންހެނުންގެ ޑޮކްޓަރެކެވެ.އެދެމީހުން ދިމާވީ ކިޔަވަން އުޅުނު އިރު މެލޭޝިޔާއިންނެވެ. ދެމީހުން ކިޔެވީ ދެ ކޮލެޖުން ކަމުގައި ވިޔަސް ބައެއް ކްލާސްތައް ދެމީހުން އެއްކޮށް ބައިވެރި ވުމުގެ ފުރުސަތު ލިބުމުން ދެމިހުން ދިމާވެ ލޯބި ވެވުނީއެވެ. ” އައްސަލާމް އަލައިކުމް ” އެންމެންނަށް ފަހަތައް ބަލާލެވުނީ އެއްކޮށްނެވެ. ކުރިމަތީގައި ހުދުކުލައިގެ ގަމީހަކާއި އަލި ކުލައިގެ ފަޓްލޫނެއްގައި ނަމްބަރު އައިނެއް އަޅާފައި ހުރި އަމަން ފެނިފައި ޒިވީ އަށް ބަލާލެވުނީ ޒަކްވާން އާއި ދިމާލަށެވެ. ޒަކްވާން ބޯޖަހާލުމުން ޒިވީ ގޮސް އަމަން ގެ ކުރިމަތީ ހުއްޓުނެވެ. ” ބައްޕާ ” ޒިވީ އަށް ބުނެވުނީ އެހާވަރަށެވެ އަމަންއަށް ޒިވީ އޭނާގެ މެޔާލާ ބޮނޑިކޮށްލެވުނެވެ. “ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ ” އަމަން އަށް ބުނެވުނެވެ. ” ބައްޕާ އަޅުގަނޑަށް އިނގޭ މަންމަ އާއި ބައްޕަ ވަކިވީ އެކުގައި އުޅެވުން ނެތުމުން ކަމުގައި ވިޔަސް އަޅުގަނޑު ދެކެ ބައްޕަ ލޯބިވާ ކަން އަޅުގަނޑުވެސް ބައްޕަދެކެ ވަރަށް ލޯބިވޭ ” ޒިވީ އަމަންގެގައިން ދޫކޮށްލިއެވެ. އަމަން އަށް މެހެރީން އާ ދިމާލަށް ބަލާލެވުނީ ޝުކުރުގެ ނަޒަރުންނެވެ. ” ޑޮކްޓަރު އަމަން އަކީ ތޯ އަޅުގަނޑުގެ ބަފާބެ ” ރަޔަން އަށް ބުނެވުނެވެ. ރަޔަން އަށް ކިހިނެތް ބައްޕަ އެނގުނީ؟ ” ޒިވީ އަހަރެން ބުނީމެއްނު އަހަރެން ކްލިނިކްއަކަށް ޕިޒިކަލް އަށް ދާ ވާހަކަ އެއީ އަމަން ސާރގެ ކްލިނިކް އޭ” ރަޔަން ބުނެލިއެވެ. ” ސާރ އެއް ނޫން ބައްޕަ ކިޔާ ޒިވީ ބުނުމުން ރަޔަން ލަދުގަތެވެ. ރަޔަން އަމަން އާއި ޒިވީ ގޮވައިގެން ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މޭޒުކާރިޔަށް އައުމުން ޒަކްވާން އިންތަނުން ތެދުވިއެވެ. ޒިވީ ޒަކްވާންގެ އަތުގައި ހިފާލިއެވެ. ” ބައްޕީ އަޅުގަނޑުގެ ބައްޕަ ހުއްޓަސް ބައްޕިވެސް ބޭނުން ދެމީހުން ދެކެ ވެސް ވަރަށް ލޯބިވޭ އަޅުގަނޑުގެ ކައިވެނީ މަޖިލީހުގައި ދެމިހުންވެސް ޖެހޭނީ ތިބެން ޒިވީ އަށް އެވަރަށް ބުނެވުނު އިރު ޒިވާން އިތުރު ގޮނޑިއެއް ގެނެސްދިނެވެ. އަމަން އެ ގޮޑިގައި އިށީނެވެ. ކައިވެނީގެ މަޖިލިސް ފެށިގެން ކުރިޔަށް ދިޔައެވެ. އެންމެންގެ މޫނުމަތިނަވެސް ފެނިގެން ދިޔައީ އުފާވެރި ކަމެވެ. ޕާރޓީގައި ތިބި މެހެރީން ގެ ބައްޕަމެން ފެނިފައި އަމަން އެމީހުން ކާރިން މާފަށްއެދުނެވެ. އެމީހުން އަމަން އަށް ވިސްނި ރަގަޅު މަގު ހިޔާރުކޮށްފައި ވުމުން މާފުކުރިއެވެ. ” ހާއި މީ ޒިވާން! ޒިވީގެ ދޮންތިގެ ކޮއްކޮ! ޒިވީ ދޮންތި ދެކެ ބައްޕި އެންމެ ލޯބިވާނީ އަޅުގަނޑަށް އަބދުވެސް ދެވަނަ ލިބޭނީ ” ޒިވާން ގެ ވާހަކަ އަހާފައި އަމަންއަށް ހެވުނެވެ. ” ޒިވާން ލޯތްބެއް ނުވޭތަ ދޮންތި ދެކެ ؟” އަމަން އަހާލިއެވެ. ” ވަރަށް ލޯބިވޭ ޒިވާން ބުނެލިއެވެ” ޒިވާންގެ ޖަވާބު އަހާފައި އަމަން އަށް އިތުރަށް ހެވުނެވެ. ” ދޮންތި އަޅުގަނޑުގެ ބައްޕިޔަށް ބައްޕި ކިޔާހެން އަޅުގަނޑުވެސް ދޮންތިގެ ބައްޕަޔަށް ބައްޕަކިޔަސް އޯކޭތަ ؟ ” ޒިވާން އަހާލިއެވެ. ” އާން ހަމަ ކިޔަންވީ އޭރުން ފިރިހެން ދަރިޔެއް ލިބުނީއެއްނު ދޯ އަމަން އެހެން ބުނުމުން ޒިވާން އުފަލުން އަމަންގެ ގައިގަ ބައްދާލިއެވެ. އެކަނި އިށީނދެގެން އިން މެހެރީން ފެނުމުން އަމަން އަށް އެތަނަށް ދެވުނީ އިހްތިޔާރަކާ ނުލައެވެ.
-ނުނިމޭ-
ދެން އިންނާނީ ފަހުބައި
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
Vv reethi mi part vs maasha allah..unmeedhu kuran last part vs avahah kiyaalan libeyne kamah♥️