Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 8

Nadhoo
Nadhoo Level 1
February 18, 2024 5 Mins Read
6 Comments

ކުޑަކޮށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް މެހެރީންއަށް އޭނާގެ ބައްޕަގެ ގައިގަ ބައްދާލެވުނެވެ. އެމަންޒަރު ބަލަން ތިބި ނައުފް އާއި މާއިޒްގެ އިތުރުން މާއިޒްގެ އަންހެނުން ރީނާ އަށް ވެސް ރޮވުނެވެ. ” ބައްޕާ އަހަރެންނަށް މާފު ކުރޭ! އަހަރެން މީ ވަރަށް ބަސް ނާހާ ދަރިއެއް ” ރޮމުން ރޮމުން މެހެރީން ބުނެލިއެވެ. “ނުރޮއެ ހުއްޓާލާ!” މެހެރީންގެ ބުރަކަށީގައި ފިރުމާލަމުން މެހެރީންގެ ބައްޕަ ބުނެލިއެވެ. މެހެރީން އޭނާގެ އާއިލާ އާއެކު އުފާވެފައި ހުރިތަން ފެނުމުން ޒަކްވާން ވެސް އުފާވިއެވެ. ޒަކްވާން މެހެރީންގެ އާއިލާ މީހުން ގާތު އަމަންގެ މަންމަމެން ބޭނުން ވާ ގޮތުގެ ވާހަކަ ބުނިއެވެ. އެމީހުން އެކަމާ ވަރަށް ދެރަވިއެވެ. ” ބައްޕާ އަޅުގަނޑަށް ބައްޕަގެ ދަރިފުޅު ދޭންވީއެއް ނު” ޒަކްވާން ބުނެލިއެވެ. ” މިހާރުވެސް ދަރިފުޅެއް ނު ތި ބަލަނީ؟ ދެން ކިހިނެތް ދޭން ވީ؟ މެހެރިންގެ ބައްޕަ ސުވާލު ކުރިއެވެ. ” ރީން އާއި ކާވެނި ކުރަން ބޭނުން ރީންގެ ދަރިފުޅު ރީން އާ ވަކިވާކަށް ބޭނުމެއް ނޫން! އަޅުގަނޑު ވަރަށް އުފަލުގައި އެ ދެމައިން ގެންގުޅޭނަން  ” ޒަކްވާން ބުނެލިއެވެ. ” ބައްޕަ ވަރަށް އުފާވެއްޖެ ތީ ބައްޕަ އަބަދުވެސް ދެކެމުން އައި ހުވަފެންކީ މެހެރީންގެ ކައިވެނި ދަރިފުޅާ ކުރެވުން ” އުފާވެފައި މާހިރު ބުނެލިއެވެ. “ދަރިފުޅާ މެހެރީން ގަބޫލު ތަ؟ މާހިރު އަހާލިއެވެ. ” ޒެކް! ބައްޕާ ! އަހަރެން ވިސްނަން ވަގުތުކޮޅެއް ބޭނުން” މެހެރީން ބުނެލިއެވެ. އެންމެންވެސް އެކަމާ އުފާވިއެވެ.

ކުޑަކުޑަ ޒިވާއަށް ނަން ކިޔުމުގެ އުފަލުގައި މާއިޒް ސާ ވެސް ހެދިއެވެ. ރައްޓެހިންނަށް ވެސް ދައިވަތު ދިނެވެ. ވަދެގެން އައި ރާއިމް ފެނިފައި މެހެރީންގެ ދެ ލޯ އުފާވެރި ކަމުގެ ކަރުނުން ފުރުނެވެ. ” މެހެރީން އަށް ރާއިމް ބަލާލިއެވެ. އަދި މެހެރީންގެ ބޮލުގައި އަދި ދަރިފުޅުގެ ކޮލުގައި ވެސް ފިރުމާލިއެވެ. އެތަން ބަލަން ހައިރާންވެގެން މާއިޒް ހުއްޓެވެ. ” ރާއިމް ތީ އަހަރެންގެ ބެސްޓް ފްރެންޑް އެކަމަކު މިހާރު ހީވަނީ މެހެރީން އާއި މާ ގާތްހެން ވަޓްސް ގޮއިން އޮން ” މާއިޒް ސުވާލުކުރިއެވެ.

” ދޮންބޭ! އަމަންގެ އަތްދަށުން އަހަރެން ސަލާމަތްވާން ވެގެން ދޮންބެ އާއި ތިއްތި އަދި ޒެކްއަކަށްވެސް ނުގުޅުމުން ދެން އަހަރެން ގުޅީ ރާއިމްބެޔަށް އަހަރެން އެ ނަރަކައިން ސަލާމަތްވާން އެހީވި މީހަކީ ރާއިމްބެ. އަހަރެން މާލެޔާ ހަމަޔަށް ގެނެސްދިނީ ރާއިމްބެ ” މެހެރީންއަށް ބުނެވުނީ އެހާވަރަށެވެ. މާއިޒް އާއި ނައުފް އައިސް ރާއިމްގެ ގައިގަ ބައްދާލިއެވެ.

” ތެންކިޔު ސޯމަޗް ” މާއިޒަށް ބުނެވުނެވެ.

” އަހަރެން ތެންކިޔު ބޭނުމެއް ނޫން” ރާއިމް ބުނެލިއެވެ

” ކޯއްޗެއް ބޭނުމީ ” މާއިޒް އަހާލިއެވެ

” މާއިޒް ބަފާބެގެ ރުހުން ހޯދަ ދީ ރީމް އާ މެރީ ކުރަން” ރާއިމް ބުނެލީ ލާނެތް ކަމާއެކުގައެވެ.

” ވަޓް ރާއިމް އަކީތަ އެހާ ފޮރުވައިގެން އުޅޭ ރީމްގެ ބޯއިފްރެންޑް ” އަހާލެވުނީ ރީނާ އާއި މާއިޒް އަށް އެކުއެކީގައެވެ.

” ކަމުދޭތަ ؟ ދޮންތަ އެންޑް ދޮންތަބޭ ” ވަދެގެން އައި ރީމާ އަހާލިއެވެ.

” ހަމަ ބެސްޓް ޗޮއިސް ” މާއިޒް ބުނެލިއެވެ.

” ދޮންބެ އާ ރާއިމްބެ ތީ ހަމަ ނަމޫނާ ބެސްޓް ފްރެންޑްސް އެގެޔަކަށް ވީއްޔާ ތި ވަނީވެސް ” މެހެރީންވެސް ހިލާފައި ބުންޏެވެ.

“އަސްލު ވީގޮތް އެނގޭތަ ތި މީހުންނަށް މާއިޒް އެގެޔަށް ދާނީ މަ ގޮވައިގެން މަ ޖެހެނީ އެ ދެމީހުން މާފޮޅުވަން ބައިތިއްބާފަ ރީމް އާއެކީ ޓީވީ ބަލަން ހުންނަން ބޭރަށް ދިޔަސް އަހަރެމެން ދެމީހުން ތިބޭނީ މި ދެމީހުން މާފޮޅުވާތަން ބަލަން ދެން ރީމް އަކީ ނުލާހިކު ރީތި ކުއްޖެއް މަށަކީވެސް ޒުވާން ރީތި ފިރިހެނެއް ވީމާ އަހަރެންގެ ހިތުގައިވެސް ރީމް އެޅީ ރީމް ވެސް އަހަރެންދެކެ ލޯބިވީ!” ރާއިމް ބުނެލިއެވެ.

” އަހަރެންވެސް އިންނަން މިހަކު ހޯދާލަ ދީބަލަ ” ނައުފް ވެސް މަޖާވެލިއެވެ.

” އާރާ ކާއިރީގަ ބުނަންވީ ތަ؟ ނައުފް މިހާރު މެރީ ކުރާ ހިތުންނޭ އުޅެނީ؟ ” ޒަކްވާން އަހާލި އެއްޗަކުން ނައުފްގެ ދެ ލޯ ބޮޑުވިއެވެ.

” ހައު ޑޫ ޔޫ ނޯ އާރާ ” ނައުފް އަހާލިއެވެ.

” އާރާ އަކީ އަހަރެންގެ ޕީ އޭ އެއްދުވަހަކު ފެނުނީ ވީޑިޔޯ ކޯލް އިން ނައުފް އާ ވާހަކަ ދައްކަން ހުއްޓާ! ނައުފްގެ ނަމްބަރުވެސް ހޯދި އާރާ އަތުން ” ޒަކްވާން ބުނެލިއެވެ.

“ބައްޕާ އަހަރެމެންގެ ނައު ވެސް ބޮޑު ވީއޭ އެންމެން ނައުފް އާ ދިމާ ކުރިއެވެ. ފަހަރަކު މީހަކު ބޭބީ ނަގާ ލޯބިކުރަމުން ދިޔަ މަންޒަރު ބަލަން ރޮވިފައި ހުރި މެހެރީންއަށް ޒަކްވާން ޓިޝޫއެއް ދިއްކޮށްލިއެވެ. ޒަކްވާންގެ އެ އަމަލުން މެހެރީންގެ ހިތް ފުރިގެން ބަންޑުން ވިއެވެ.

” ޒަކްވާން އަހަރެމެން ދެން ދަނީ ގެޔަށް މާދަމާވެސް އަންނާނަން ” މާހިރު އެހެން ބުނެލާފައި ނިކުމެގެން ދިޔައެވެ. އެހެން މީހުންވެސް ދިޔައެވެ.

މެހެރީން 12 ޖަހަން އުޅެނިކޮށް ބޭރަށް ނިކުތީ ކޮންމެވެސް އެއްޗެއް ކާންވެގެންނެވެ. ސޯފާގައި ޒަކްވާން ހަމަޖެހިގެން އިނެވެ. ” ރީން ނުނިދަންތަ އަދިވެސް؟” ނުނޭ ނިދާލާފައި މިއައީ ބަނޑުހައިވާތީ ޒެކް ނުވޭތަ ބަނޑުހައެއް؟ ” މެހެރީން އަހާލިއެވެ. “އެހާ އެއް ނުވޭ އެކަމަކު ރީން ދީފި ނަމަ ކާނަން” ހީލާފައި ޒަކްވާން ބުނެލިއެވެ. ” މެހެރީންގެ ފަހަތުން ޒަކްވާން ވެސްބަދިގެޔަށް ވަނެވެ. ” ރީން އަހަރެން އެއްޗިހި ކޮށާލާނަން ރީން ބޭބީ ވެސް ނަގަން ޖެހޭނެ މިރުހުގަ އަތް ނުލާ ” ޒަކްވާން ބުނެލިއެވެ. ” އެހެން ވިއްޔާ ޒެކްވެސް ނުވާނެ ދޯ އަތްލައިގެން ޒިވާ އެންމެ ބޭނުންވާނީ ޒެކްގެ އުނގުގައި ނިދަން ވީއްޔާ” މެހެރީންވެސް ބުނެލިއެވެ. ޒަކްވާން އެއްޗިހި ކޮށުމުން މެހެރީން ޕާސްތާ ކައްކާލިއެވެ. ” ވާވް ރީން ހާދަ މީރޭ” ޒަކްވާން ބުނެލިއެވެ. ކައި ނިމިގެން މެހެރީން ދިޔުމުން ޒަކްވާންގޮސް އޭނާގެ ކޮޓަރިޔަށް ވަދެލިއެވެ.

ކުޑަ އިރުކޮޅަކުން ޓަކި ޖަހާލުމުން ޒަކްވާން ދޮރު ހުޅުވާލި އިރު ކުރިމަތީގައި މެހެރީން ހުރީ ބޭބި ވެސް އުރާލައިގެންނެވެ. ” ނު ވައްދާނަން ތަ؟ ޒެކް ކިތަށް ފަހަރު އަހަރެންގެ ރޫމަށް ވަނިންތަ؟” މެހެރީން ބުނެލީ ޒަކްވާން ދޮރުމަތިން ދުރުނުވެ ބަލަން ހުރުމުންނެވެ. އެހެން ބުނުމުން ޒަކްވާން ދުރެވެލުމުން މެހެރީން އެތެރެޔަށް ވަނެވެ. މިއީ މެހެރީން ޒަކްވާންގެ ރޫމަށް އައި ފުރަތަމަ ފަހަރު ކަމުން ވަރަށް ފަރުވާތެރި ކަމާ އެކުބަލާލިއެވެ ރަތާ ކަޅުކުލައިން ހަދާފައިވާ ފަރުނީޗަރުން އެ ރޫމުގެ ރީތިކަން އިތުރުވެފައިވިއެވެ. އެހެން ރޫމް ތަކަށް ވުރެން ބޮޑުވެފައި ފުރިހަމައެވެ. މެހެރީން ގޮސް އެނދުގައި ބޭބީ ބާއްވާލިއެވ. ބޭބީ ކުޑަކޮށް ކުކުރާލިއެވެ. “ރީން ކިހިނެތް ވީ މި ރޫމަށް ތި އައީ ” ޒަކްވާން އަހާލިއެވެ. ” ޒެކް ހިތްހަމަ ނުޖެހުނީތަ” މެހެރީން އަހާލިއެވެ. “ނޫން! އަހަރެން ހިތްހަމަ ނުޖެހެން ވީ ކިއްވެތަ؟” ޒަކްވާން ބުނެލިއެވެ. ” ޒެކް ކީއްވެ އަހަރެންނާ މެރީ ކުރަން ތި އުޅެނީ ” މެހެރީން އަހާލިއެވެ. ” ރީން އަށްޓަކާ ރީން އާ ރީންގެ ބޭބީ ވަކިވުމަށް ނޭދޭތީ އަމަން ރަގަޅުވެގެން އައިސް ރީން އާ ބޭބީ ގެންދަން ބޭނުން ވެއްޖެއްޔާ އަހަރެން ރީން ފޮނުވާ ގޮތަށް ވިޔަސް އޯކޭ މިހާރު މެރީ ކުރަން ހިންގާ” ޒަކްވާން ބުނެލިއެވެ. ” ނޫން! ޒެކް އަހަރެން ތި ގޮތެއް ބޭނުމެއް ނޫން އަހަރެން މެރީ ކުރާނީ އުމުރަށް ވެސް ޒެކް އާ އެކީ އުޅެން އުފާވެރި ދިރި އުޅުމެއް އަހަރެންވެސް ބޭނުން އަމަން އެއި ނިމިފަ އޮތް ބާބެއް އަލުން ނުފެށޭނެ ” މެހެރީން ބުނެލިއެވެ. ” ތި ބުނީ އާއެކޭތަ؟” ޒަކްވާންއަށް އަހާލެވުނެވެ. ” ނުބުނަމެއް އަދިއެއް އެ ނޫނަސް ތީ މީހުން ޕްރޮޕޯޒް ކުރާ ގޮތްތަ އަހަރެންވެސް ބޭނުންވޭ ވަރަށް ފިލްމީ ކޮށް މީހަކު މަށަށް ޕޮރޮޕޯޒް ކުރަން” މެހެރީން ބުނެލީ ހީލާފައެވެ. ” އެހެންތަ ވަނީ؟ ބީ ރެޑީ ފޯރ ދެޓް ” ޒަކްވާންވެސް ހީލާފައި ބުނެލިއެވެ. ” ޒެކްގެ ރޫމް މަށަށް ވަރަށް ރީތިވެއްޖެ ހުރިހާ އެއްޗެއްވެސް މިހިރީ އަހަރެން އެންމެ ލައިކް ވާ ގޮތަށް ބިގް ބެޑް އެއް ރެޑް އެންޑް ބްލެކް އެންޑް މި އިސްކޮޅު ފެންނަވަރުގެ މޫނު ބަލާ ލޯގަނޑު ” މެހެރީން ބުނެލިއެވެ. ” ލޯގަނޑު ބޭނުންތަ؟ ޒަކްވާން އަހާލިއެވެ. “އުންހު ބަހައްޓާ އަހަރެން އަތުވެދާނަން މި ރޫމަށް” މެހެރީން ބުނެލިއެވެ. “ދެންމެ ބުނީ އާއެކޭ ނުބުނަމޭ” ޒަކްވާން ދިމާކޮށްލިއެވެ. “ނުބުނަމެއް ނު ޒެކްގެ ހިތްވަރެއް އޮތީ އާން ބަސް ބުނުވަން” މެހެރީން އާއި ދިމާލަށް ބަލަން ހެވިފައި ޒަކްވާން އިނެވެ. ހަމަ އަސްލުވެސް އޭނާއަށް އޭނާގެ ހިތުގެ މަލިކާ ލިބެނީ ހެއްޔެވެ. ކުޑައިރުއްސުރެން ވީ ލޯބި ކާމިޔާބު ވަނީ ހެއްޔެވެ. ޒަކްވާން އަށް ހިތާހިތުން ބުނެވުނެވެ. “ޒެކް އަހަރެން މިހާރު ވަރަށް ފަލަވެއްޖެ ދޯ” މެހެރީން އަހާލިއެވެ. ” ނޫން ފަލައެއް ނޫން އެކަމަކު މިހާރު އާދަޔާ ހިލާފަށް ރީތި ބަލާ ފޫހި ނުވާހާ ރީތި ކުރީގަ ވެސް ރީތީ މިހާރު މާ ރީތި ” ޒަކްވާން ބުނެލި ގޮތުން މެހެރީން އަށް ލަދުން އިސްޖަހާލެވުނެވެ. ” ޒެކް ދެން ދަނީ އިނގޭ މި ރޫމަށް ފުރަތަމަ ފަހަރު އައިމަވެސް ގިފްޓެއް ވެސް ލިބުނީއެއް ނޫން ވިއްޔާ؟ ” މެހެރީން އެހެން ބުނެލާފައި ދާންތެދުވިއެވެ. ” މި ރޫމް އިން ކޯޗެއް ރީން ބޭނުމީ ” ޒަކްވާން އަހާލިއެވެ. ” ޒެކް އަށްދޯ އިނގޭނީ ދޭނެ އެއްޗެއް ކޮންމެ އެއްޗެއް ދިނަސް އަހަރެން ހިތުން ރުހުމުން ގަބޫލުކުރާނަން ” މެހެރީންގެ ޖަވާބު އަހާފައި ޒަކްވާން ގޮސް ކަބަޑު ހުޅުވާލާފައި އޭގައި އިން ކުޑަކުޑަ ފޮއްޓެއް ނެގިއެވެ. އަދި އެހިފައިގެން އައިސް މެހެރިންގެ އަތަށް ދިނެވެ. މެހެރީން އެ ފޮށި ހުޅުވާލިއެވެ. ކަރުގައި އަޅާ ވަރަށް ލޯބި ރިހި ފަށެކެވެ. ” މީ އަސްލު ކާކަށް ދޭން ގަތް އެއްޗެއް ؟” މެހެރީން އަހާލީ ޖެހިލުންވެ ހުރެއެވެ. ” އަހަރެން ގިފްޓް ދޭން ޖެހޭ އިތުރު މީހެއް ނުހުންނާނެ ރީން ނޫނީ ހަމަ ރީން އަށް ދޭން ވެގެން ގަތް އެއްޗެއް 18 ވަނަ އުފަން ދުވަހު ދޭން ވަރަށް ގިނަ ދުވަހުން މަންމަ އެހެން ދޭތެރެޔަކުން ދޭ ލާރި ސޭވް ކޮށްގެން ގަތީ އެކަމަކު މީހެއްގެ އަންބަކަށް ނުދޭންވެގެން ނުދިނީ ” ޒަކްވާން ހަމަޖެހިލާފައި ޖަވާބު ދިނެވެ. ” އަޅޭ ޒެކް” މެހެރީންގެ ދެ ލޯ ކަރުނުން ފުރުނެވެ. ” ރީން ރޮނީ އެއް ނު ފަށް ގެނޭ ” ޒަކްވާން ބުނެލިއެވެ. ” އުފަލުން ގޮސް ރޮވުނީ” މެހެރީން ބުނެލިއެވެ. “ސާބަސް ރީން މިހާރު ކިހާ އިރެއް ތިހެން ކޮޅަށް ހުންނަތާ ދެން ދޭ ރޫމަށް އަދި ވިހައިގެން ކިރިޔާ 7 ދުވަސް ތިވީ ޔޫ ނީޑް ރެސްޓް ” ޒަކްވާންގެ ވާހަކަ އަހާފައި ބޭބީ އުރާލައިގެން މެހެރީން ނިކުމެގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ކުށަކީ ކޮބާ

Next

ޝަކުވާ

Next
February 18, 2024

ޝަކުވާ

Previews
February 11, 2024

ކުށަކީ ކޮބާ

6 Comments!

  1. Reem says:
    February 18, 2024 at 2:11 pm

    me first dho. next part kon irakun? varah inthizaaru kurevey next part ah.

    1. Nadhoo Nadhoo says:
      February 20, 2024 at 3:48 pm

      aan dho first…. Thank You for the love .submit kohfin next part

  2. imko 💕💕 says:
    February 19, 2024 at 5:58 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama unmeedhu

    1. Nadhoo Nadhoo says:
      February 20, 2024 at 3:49 pm

      Thank U imko . submited 9 th part

  3. ifoo says:
    February 21, 2024 at 5:29 pm

    vv reethi mi part vs maasha allah..aslu v bxy koh ulheythee vhk kiyaalan vs vagui nuvanee kuree hen..but next part vs avahah kiyaalan libeyne kamah unmeedhu kuran ”-”

  4. Anonymous says:
    February 23, 2024 at 3:48 am

    nice read

Comments are closed.

Next Episodeއުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 9←


All Right Reserved!