
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 5
ފަތިސް ނަމާދުގެ ބަންގިޔާއެކު މެހެރީން ތެދުވެ ނަމާދުކޮށްލިއެވެ. މެހެރީން އޭނާ ނިންމާފައި ވާ ގޮތައް އަމަން ރޭގައި ލައިގެން އިން ޖިންސް ޖީބުގައި އޮތް ގޭގެ ތަޅުދަނޑި ފަތި ނަގައިގެން ދޮރުހުޅުވާލާފައި އަނެއްކާވެސް ތަޅުދަނޑިފަތޮ އޮތް ތަނުގައި ބާއްވާލާފައި ގެއިން ނިކުމެލިއެވެ. މެހެރީން ރޭގައި އެހެން އުޅެންޖެހުނީ އަމަންގެ ގައިން ވަކި ނުކުރާ ތަޅުދަނޑިފަތި މެހެރީންގެ އަތުގައި ޖެއްސުމަށެވެ. މެހެރީން ނިކުތީ އަމަންގެ ފޯނު އަދި އަމަންގެ ވޮލެޓުގައި ހުރި ހުރިހާ ލާރިވެސް ވެސް ހިފައިގެންނެވެ. އަމަންމެންގޭ ކެމެރާއަށް ނާރާ ހިސާބަށް ދެވުނު އިރު މެހެރީންގެ އިންތިޒާރުގައި ސައިކަލެއްގައި މިހަކު ހުއްޓެވެ. މެހެރީން އަރުވައިގެން ސައިކަލުގައި ގޮސް މަޑުކޮށްލީ ބަނދަރުމައްޗަށެވެ. އިރުކޮޅަކުން ލޯންޗަށް އެރުމުން ލޯންޗް ނައްޓާލިއެވެ. ލޯންޗަށް އެރުމުގެ ކުރިން އަމަންގެ ފޯނު މެހެރީން ނިއްވާލިއެވެ. ” ތެންކިޔު ރާއިމްބެ އަހަރެންނަށް ތިކޮށްދިން ކަންތައް އުމުރަށް ހަނދާން ބަހައްޓާނަން” މެހެރީން ބުނެލީ މާލޭގެ ބަނދަރު މަތީގައި ހުރެއެވެ. ” ނޫން މެހެރީން މާއިޒްގެ އަކީ އަހަރެންގެ ބެސްޓް ފްރެންޑް މާއިޒްގެ ކޮއްކޮޔަށް އެހީއެއް ވެ ދެވުނީތީ އަހަރެން އުފާކުރަން ކަމެއް ބޭނުންވެއްޖެއްޔާ ގުޅާތި އިނގޭ ” ރާއިމް ވެސް ބުނެލިއެވެ. މެހެރީން ގޮސް އޭނާ ހިފި ކޮޓަރިޔަށް އެއްޗިހި ލާފައި ކާރަކަށް ގުޅާލައިގެން ޕޮލިސްޓޭޝަނަށް ދިޔައެވެ. މެހެރީންގެ އަތުގައި އޮތް އަމަންގެ ފޯނު ހަވާލުކުރިއެވެ. އެ ފޯނުން އަމަންގެ ހުރިހާ ނުބައި އަމަލާއި އެކަމުގައި ބައިވެރިންގެ މައުލޫމާތު ލިބުނެވެ. އަދި އަމަންގެ ގޭ ކެމެރާތައް ފޯނާ ކަނެކްޓް ކޮށްފައި ހުރުމުން އެގޭ ތެރޭ ކުރި ހުރިހާ ޖަރީމާއެއްގެ ހެކި ވެސް ލިބުނެވެ. ޕޮލިހުން ނިކުމެގެން ކޯޓަށް ގޮސް ވަރިވާން ފޯމުވެސްލިއެވެ.
ދެދުވަސް ފަހުން ޓީވީ އިން އަމަން އާއި އޭނާގެ ގްރޫޕް ނެގި ހަބަރު ފެނުމުން މެހެރީންއަށް ހަމަ ނޭވާލެވުނެވެ. މެހެރީން ޖޮބެއް ލިބޭތޯ އުޅެ އުޅެވެސް ނުލިބުނެވެ. މެހެރީން 12 ނިންމި ނަމަވެސް ސްކޫލު ލީވިން ސެޓިފިކެޓް އެއްވެސް އަތުގައި ނެތުމުން ޖޮބެއް ހޯދަން އުނދަގުލީއެވެ. މައްސަރެއް ވީ އިރު މެހެރިން އަތުގައި ހުރި ހުރިހާ ލާރިއެއް ހުސްވިއެވެ. ރޫމުގެ ކުލި ދެއްކޭނެ ގޮތެއް ނެތުމުން ވެރި މިހާ މެހެރީން ނެރުނެވެ. އާދޭސް ކޮށްކޮށްވެސް ނުބެހެއްޓިއެވެ. އިތުރު ގޮތެއް ނެތުމުން މެހެރީން ބެކްޕެކް އަޅައިގެން ނިކުމެގެން ގޮސް ރަސްފަންނުގައި ހުރި ބެންޗެއްގައި އިށީނދެގެން ހުއްޓެވެ. އިރު އޮއްސުނު އިރު ވެސް އެހެން ހުރީ ދާނެ ތަނެއް ނެތީމައެވެ. ކާނެ ލާރިއެއްވެސް އެފަކީރު އަތަކު ނެތެވެ. 10 ޖަހަން އުޅެނިކޮށް ވާރޭ ވެހެން ފެށުމުން ތެދުވެގެން ގޮސް މަގު މައްޗަށް ނިކުތީ ހިޔާކޮޅެއް ލިބޭތޯ އެވެ. ނަމަވެސް ހެނދުނުއްސުރެ ނުކައި ހުރުމުން ބޮލަށްއެބުރުން އަރާފައި ވެއްޓުނެވެ.
ޑިޔުޓީ ނިންމާލާފައި ގެޔަށް ދިޔަ ރާއްޖޭގެ ނަން މަޝްހޫރު ބިޒްނަސްމޭންގެ ލޮލުގައި މަގުމަތީގައި ވެއްޓިފައި އޮތް އަންހެން ކުއްޖާ އަޅައިގަތެވެ. ފެނުމުން ކާރުންފައިބައިގެން ކާރިޔަށް ދިޔައެވެ. ގޮސް އެ ކުއްޖާގެ މޫނު ފެނުމުން އެ ޒުވާނެ ހިތުގެ ވިންދު އަވަސް ވިއެވެ. ކާރަށް އަރުވައިގެން އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ.
” ޑޮކްޓަރު އަޅުގަނޑު މިތަނަށް ގެނައި ކާކު އަޅުގަނޑުގެ ބޭބީ ކިހިނެތް ތަ؟ ” ހޭ އެރުމުން މެހެރީން އަށް އަހާލެވުނެވެ. ” ބޭބީ ރަގަޅު އެކަމަކު ބޭބީ މަންމަގެ ހާލު ރަގަޅެއް ނޫން ! އެބަ ގޮވާލަން މިތަނައްގެނައި ޒުވާނާއަށް އެހެން ބުނެލާފައި ޑޮކްޓަރު ނިކުމެ އެ ޒުވާނާ އާއި ވާހަކަ ދައްކާލިއެވެ. ” ޕޭޝަންޓުގެ ހާލު ރަގަޅެއް ނޫން ހެނދުނުއްސުރެން އެއްވެސް އެއްޗެއް ނުކައި އެހެރީ ބަނޑުބޮޑު އިރު ވަރަށް ބަލައިގެން އުޅެންވާނީ؟ ” ޑޮކްޓަރު ދިޔުމުން އެ ޒުވާނާ އެތެރެޔަށް ވަނެވެ. ” ދޮރު ހުޅުވުނު އަޑަށް ދޮރާ ދިމާލަށް ބަލާލި މެހެރީން އަށް ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި ކޮޅަށް ތެދުވެވުނެވެ. ލަދުން އިސްޖަހާލެވުނެވެ. ލަސް ހިނގުމެއްގައި އައިސް އެ ޒުވާނާ އައިސް މެހެރީންގެ ކާރީގައި ހުއްޓުނެވެ. “ރީން” އެ ޒުވާނާއަށް ބުނެވުނީ އެހާ ވަރަށެވެ. މެހެރީން އެ ޒުވާނާގެ ގައިގަ ބައްދާލިއެވެ. ” ޒެކް ކީއްވެ އަހަރެން ދުކޮށްލާފަ ދިޔައީ އެއްފަހަރުވެސް އަހަރެން ދިރި ހުރިތޯވެސް ބަލާ ނުލީ ކީއްވެ؟ ޒެކް އަހަރެން ހާދާ ހާލުގައޭ މި އުޅެނީ ؟ މެހެރީންގެ ކަރުނައިން ޒަކްވާންގެ ގަމީސް ތެމެމުން ދިޔައެވެ. ” ރީން ދެން ހުއްޓާލަބަލަ! ” ޒަކްވާން މެހެރީންގެ ބުރަކަށިގައި ފިރުމާލިއެވެ. ” ކޮބާ އަމަން؟ ހިންގާ ގެޔަށް ލައި ދޭނަން ” ޒަކްވާން އަހާލިއެވެ. “އަހަރެން ވަންނާނެ ތަނެއް ނެތް އަހަރެން އަތުގައި ލާރި ނެތުމުން ރޫމުން ވެސް ނެރެލީ ޒެކް ޕްލީޒް ހެލްޕް މީ ޖޮބެއް ލިބެންދެން ޒެކް އުޅޭ ތާކު ބަހައްޓާލަ ދެވިދާނެތަ؟ އަހަރެން ޕްރެގް ނޫން ނަމަ މަގުމަތީވެސް އުޅެފާނަން” މެހެރީން ބުންޏެވެ. މެހެރީންގެ ވާހަކަ އަޑުއަހާފައި ޒަކްވާންގެ ލޮލުން ކަރުނަ ހިލުނެވެ. “ރީން ހިންގާ އަހަރެންނާ އެކީ އަހަރެންގެ ގޭގައި އުޅެވޭނެ ” ޒަކްވާން ބުނެލިއެވެ. ” އަނެއްކާ ޒެކްގެ ވައިފް އޯކޭ ވާނެތަ؟ މެހެރީން އަހާލި ކަންބޮޑުވެފައެވެ. ” ރީން އަހަރެން ސިންގަލް ނޯ ވައިފް ނޯ ގާރލްފަރެންޑް ” ޒަކްވާން ބުނެލިއެވެ. ޒަކްވާން ފުރަތަމަ ދިޔައީ ރެސްޓޯރެންޓަކަށެވެ. ޒަކްވާން ޗިކަން ނޫޑްލީސް އަކަށް އޯޑަރު ކޮށްލިއެވެ. ” ޒެކް އަދިވެސް އަހަރެންގެ ފެވަރިޓް ޑިޝް ހަނދާން އެބަހުރި ދޯ؟ ” މެހެރީން ސުވާލުކޮށްލިއެވެ.
” ރީން އަހަރެން މަތިން ހަނދާން ނައްތާލިޔަސް ރީން އާއި ގުޅުން ހުރި ކުޑަ ކުޑަކަމެއްވެސް އަހަރެން ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ! ” ޒަކްވާން ބުނެލީ ރީން އާއި ދިމާލަށް ލޯބިން ބަލާލަމުންނެވެ.
” ނޫން ޒެކް ތިހެން ނުބުނޭ މި ފާއިތުވެގެން ދިޔަ އެއް އަހަރު ތެރޭ އަހަރެން ޒެކް މަތިން ހަނދާންވެ ދެރަވެގެން ނުރޯ އެންމެ ރެއެއް ވެސް ނުދާނެ” އެހެން ބުނެވުނު އިރު މެހެރީން ގެ ދެލޯ ކަރުނުން ފުރުނެވެ. މެހެރީންގެ ލޮލުން ކަރުނަ އައިތަން ދެކެފައި ޒަކްވާންގެ ހިތުގައި ޖެހުނެވެ. ” ސޮރީ ރީން ދެރަ ކުރުވަން ބުނި އެއްޗެއް ނޫން ” ޒަކްވާން ބުނެލިއެވެ. ކާއެއްޗިހި އައުމުން މެހެރީން ވަރަށް ހަމަޖެހިގެން ކާލިއެވެ. ޒަކްވާން ހަމައެކަނި ކޮފިއެއް ބޯލީއެވެ. ކައި ނިމުނީމަ ޒަކްވާން މެހެރީންގެ ބޭސް ކޮތަޅުން ބޭސް ނަގާފަ ދިނުމުން މެހެރީން ބޭސްވެސް ކާލިއެވެ. ދެމީހުން އެކީ ގޮސް ޒަކްވާންގެ ގެޔަށް ވަނެވެ. ހަތަރު ކޮޓަރީގެ ރީތި ބޮޑު އެޕާރޓްމެންޓެކެވެ. މުޅިގެ ޒީނަތް ތެރި ކުރެވިފައިވަނީ ހުދު ކުލައިންނެވެ. ހުސް ހުދު ކުލައިން ހުރުމުން ވަރަށް ޝާހީ ގޮތެއް ހުއްޓެވެ. ޒަކްވާން އެތަނުން ރޫމެއްގެ ދޮރު ހުޅުވާލިއެވެ. ” ރީން މިތާ ރީން ބޭނުންހާ ދުވަހަކު ހުރެވޭނެ! ” ޒަކްވާން އެހެން ބުނުމުން މެހެރީން ރޫމްގެ އެތެރެޔަށް ވަނެވެ. އެ ރޫމް ގެ އެތެރޭގައިވާ ހުރިހާ ފަރުނީޗަރެއް އަދި ރޫމްގެ ކުލައަކީވެސް ފިޔާތޮށިކުލައެވެ. ގަދަ ފިޔާތޮށްޓަކާއި މަޑު ފިޔާ ތޮއްޓެކެވެ. ވަރަށް ހިތްގައިމު ރޫމެކެވެ. އެނދު ފެނުމުން ވެސް މެހެރީންގެ ވަރުބަލިކަން އިތުރުވިއެވެ. ބޮޑު ރޫމެއް ކަމަކު އެކަނި ނިދަން ވުމުން މެހެރީން ބިރުގަންނަށް ފެށިއެވެ އެކަމަކުވެސް ޒަކްވާން ކާރިޔަކު ނުބުނެއެވެ. މެހެރީން ރޫމަށް ވަނުމުން ޒަކްވާން އޭނާގެ ރޫމަށް ގޮސް ފެންވަރާލައިގެން އައިސް ބޭރު ސޯފާ ގައި ޖައްސާލީ މިރޭ އޭނަޔަށް ނުނިދޭނެކަން ޔަގީން ވާތީއެވެ. ރީން އެކަނި މަ އެކަނި ބަނޑުބޮޑު އިރު މާލޭގައި އެހެރީ ކީއްވެ؟ އަމަން ކޮބާތަ؟ ރީން ހެނދުނުއްސުރެން ނުކައި ހުރީ ކީއްވެ؟ ރީން އެހާ ހިކި އަނަރުފަވެފައި ވަނި ކީއްވެބާ؟ އެ މޫނުން އެއްވެސް އުފާވެރިކަމެއް ނެތީ ކީއްވެ ތަ؟ މިކަހަލަ އެތަށް ސުވާލުތަކެއް ޒަކްވާންގެ ހިތުގައި ވިއެވެ. އެކަމަކުވެސް ރީން އަމިއްލައަށް ކިޔާ ނުދެނީސް އަހާކަށް ޒަކްވާން ބޭނުމެއް ނޫނެވެ.
-ނުނިމޭ-
4 Comments!
Comments are closed.
vv reethi mi part vs maasha allah..when next part ????
Mi part vx varah reethi Masha Allah
Kon irakun next part kiyaalan libeyni..
Lysm nadhoo
Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
hei my lovely readers,
mehereen kantha kuri goi ragalhutha?