Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 9

Nadhoo
Nadhoo Level 1
February 21, 2024 3 Mins Read
6 Comments

ކޮންމެ ދުވަހަކުވެސް މެހެރީންގެ ބައްޕަމެން އައިސް ދަރިފުޅާއެކީ ކުޅެ މަޖާކޮށް ހަދައެވެ. މައްސަރެއް ފާއިތުވެގެން ދިޔައިރު މެހެރީން ކުޑަކޮށް ގޭތެރޭ ކަންތައް ކޮށްލާ އުޅެންފެށިއެވެ. ނަމަވެސް ޒަކްވާންއަށް ފެނިއްޖެނަމަ ވަގުތުން ހުއްޓުވައެވެ. ޒަކްވާން މެހެރީން ކާރީގައި ގޭގެ ޓެރަސްއަށް ރޭގަނޑު 8 ޖަހާއިރު އައުމަށް އެދުނެވެ. ޒިވާ ނިންދަވާލާފައި ގޭގައި އުޅޭ މަންޖެ ބަހައްޓާފައި މެހެރީން ކުޑަކޮށް ރީތި ވެލިއެވެ. ހުދުކުލައިގެ ކުރުތާއަކާއި ކަޅު ޖީންސެއް ލައިގެން ކުޑަކޮށް މޭކަޕް ވެސް ކޮށްލިއެވެ. މެހެރީން ސިޑިން އަރައިގެން ގޮސް ޓެރަސްއަށް އެރި އިރު ވަރަށް އަނދިރިއެވެ. އެގޭގައި އުޅުނަސް ދުވަހަކުވެސް އަދި ޓެރަސް އަށް ނުދާތީ މެހެރިން އިނީ އެއްޗެއްގައި އަޅައިގެންފާނެތީ ޖެހިލުންވެފައެވެ.

” ޒެކް! މެހެރީން ދެތިން ފަހަރަކު ގޮވާލިއެވެ. އިރުކޮޅަކުން މުޅިތަން އެއްކޮށް ފެއަރީ ލައިޓުން ދިއްލުނެވެ. ސްވިމިން ޕޫލްގައި ހުދުކުލައިގެ ފިނިފެން މަލުން ފުރާލާފަ މަތީގައި ރަތްކުލައިގެ ފިނިފެންމާ ފިޔައިން ވިލް ޔޫ މެރީ މީ އަޅާފައި އިނެވެ. މެހެރިންއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ” ރީން ވިލް ޔޫ މެރީ މީ” ފަހަތުން އިވުމު ޒަކްވާންގެ އަޑުން މެހެރީން ބަލާލިއެވެ. އެއްފައި މައްޗަށް ތިރިވެގެން ރިންގެއް ދިއްކޮއްގެން އިން ޒަކްވާން ފެނިފައި މެހެރީން އަތް ދިށްކޮށްލުމުން ޒަކްވާން އެ ރިންގު މެހެރީންގެ އިނގިލީގައި އަޅުވާލިއެވެ. ޒެކް ޖަހާފައި އިން އެ އަނގޮޓި ވަރަށް ވެސް ފުރިހަމައެވެ. ” އަދިވެސް ޖަވާބެއް ނުދެމެއް ނު ” ޒަކްވާން އަހާލިއެވެ. “ޒެކް އަހަރެން އަދިވެސް މިހިރީ ޝޮކުގައޭ އައިލަވް ދިސް ސޯމަޗް އެންޑް ޔޭސް އައިވިލް މެރީ ޔޫ ” މެހެރީން ބުނެލިއެވެ. “ދެން ހިނގާ ތިރިޔަށް ދާން ރީން ބަލިވެދާނެ މިތަން ކިހާ ފިނި ” ޒަކްވާން އެހެން ބުނެލާފއި ދާން ހިނގައިގަތެވެ.

” ޒެކް” މެހެރީން ގޮވާލުމުން ޒަކްވާން ފަހަތަށް އެނބުރުނެވެ. ” ޒެކް ކޭން އައި ހަގްޔޫ ” މެހެރީން އަހާލުމުން ޒަކްވާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒަކްވާންގެ ފަރާތުން ޖަވާބެއް ނުލިބުމުން މެހެރީން ހިންގައިގަތެވެ. މެހެރީން ގޮސް ރޫމަށް ވަނެވެ. މެހެރީން ހެދުން ބަދަލުކޮށްގެން ފާހާނާއިން ނިކުތް ތަނުން ޒިވާ ރޯންފެށުމުން ނަގާ އުރާލިއެވެ. ފީޑް ކޮށްލާފަ ބޭއްވުމުން ޒިވާ ރުއިން ހުއްޓާނުލުމުން މެހެރީން ތެދުވެ ހިނގަން ފެށުމުންވެސް ހުއްޓައެއްނުލިއެވެ. އިރު ކޮޅަކުން ޒަކަވާން އައިސް ރޫމަށް ވަނެވެ. “ރީން ކިހިނެތް ވީ ޒިވާ ރޮނީ؟ ” ޒަކްވާން އަހާލިއެވެ. އެހެން ބުނެލާފައި ޒިވާ ނަގާ އުރާލިއެވެ. ޒަކްވާން އުރާލުމާއެކު ޒިވާ ރުއިން ހުއްޓާލިއެވެ. އެތަން ފެނުމުން މެހެރީންއަށް ބަލަން ހުރެވުނީ ހައިރާންވެފައެވެ. ” ބައްޕި މަތިން މިސްވެގެންނޭ ޒިވާ އަށް ރޮވުނީ ދޯ މަންމި ކީއްވާނީ ބައްޕި އަށް ގޮވާލި ނަމަ” ޒަކްވާން ޒިވާގެ ކޮލުގައި ބޮސްދިނެވެ.

އެތަން ބަލަން މެހެރީން އަށް ހުރެވުނީ ރޮވިފައެވެ. އިރުކޮޅަކުން ޒިވާ ނިދާލުމުން ޒަކްވާން ޒިވާ އެނދުގައި ބާއްވާލިއެވެ. ” ޒެކް އަހަރެންގެ ދަރިފުޅު ލައްވާ ބައްޕި ކިޔުއްވާނަންތަ؟ ” މެހެރީން އަށް އަހާލެވުނެވެ. “ރީން ޒިވާ އަކީ އަހަރެންގެ ވެސް ބޭބީއެއްނު އަހަރެން ވަރަށް ލޯބިވޭ ޒިވާދެކެ ” ޒަކްވާން ބުނެލިއެވެ. ޒަކްވާން މަޑުމަޑުން ގޮސް މެހެރީންގެ ކަރުނަ ފޮހެލާދިނެވެ. މެހެރީންއަށް ޒަކްވާންގެ އަތުގައި ހިފާލާފައި ބޮސް ދެވުނީ އިހްތިޔާރަކާ ނުލައެވެ. މެހެރީންގެ އެ އަމަލުން ޒަކްވާންގެ މުޅި ވުޖޫދަށްވެސް ސިހުންގެނުވިއެވެ. ޒަކްވާންއަށް އިރު އިރުކޮޅާ އަތުގައި ފިރުމާލައެވެ. ނިދަން އުޅުމުންވެސް ޒަކްވާންގެ ހިތަށް އަންނަނީ މެހެރީން ގެ އެ ލޯބިވެތި އަމަލެވެ.

ދުވަހަކަށް ފަހު ދުވަހެއް އަންނަމުން ގޮސް ޒިވާއަށް ދެމަސް ފުރުނެވެ. ތިން މަސް ފުރުމުން ކާވެނި ކުރަން ނިންމާފައި ވާތީ އެކަމަށް ތައްޔާރު ވަމުން ޒަކްވާން އަދި މެހެރީންގެ އާއިލާ އިން ދިޔައެވެ. މާއިޒް އަބަދުވެސް އޭނާގެ ކޮއްކޮގެ ކައިވެނި ޕާރޓީ ކުލަގަދަކޮށް ބާއްވަން ބޭނުން ވީމަ މި ފަހަރު އޭނާގެ އެދުން ފުރިހަމަ ކުރަން ތެޅި ފޮޅެމުން ދިޔައެވެ. ޒަކްވާންވެސް ބިޒީކޮށް އުޅެމުން ދިޔައެވެ. މެހެރީން ގޮސް ޖޫސް ތައްޓެއް ދިއްކޮށްލުމުން ޒަކްވާން އޭގާއި ހިފާލިއެވެ ” ޒެކް އަހަރެން ކުޑަ ފައިސާގެ އެހީއެއް ބޭނުން” މެހެރީން ބުނެލީ ވަރަށް ލަދުން ހުރެއެވެ. ” ކިހާ ވަރެއް ބޭނުމީ؟ ކައިވެނީ ޕާރޓިގެ ކަމަކަށް ތަ؟” ޒަކްވާން އަހާލިއެވެ. “ނޫން އަހަރެންގެ ޕާރސަނަލް ކަމެއްގަ” މެހެރީން ޖަވާބު ދިނެވެ. “ރީން އަހަރެން ވަރަށް އުފާވެއްޖެ ރީންގެ ބޭބޭމެންނާއި ބައްޕަވެސް ހުއްޓާ އަހަރެންގެ ކާރިން ހެލްޕަކު އެދުނީމާ” ޒަކްވާން ބުނެލީ އުފާވެލާފައެވެ. ޖީބުން ވޮލެޓް ނަގާ ކޭޝްކާރޑް ނަގާފަ ދިނެވެ. ” މި ބާއްވާ ރީން އަތުގައި ރީން ބޭނުން ވާ އެއްޗެއް ނަމަ ގަނޭ އަބަދު އަހަރެން ކާރީ ނުބުނެވެސް ވާނެ އެއްނު ”  ތެންކިޔު ޒެކް” ބުނެލާފައި މެހެރީން ދާން ހިންގައިގަތެވެ. ” ރީން ޕިން އިނގޭތަ؟ ޒަކްވާން ދިމާކޮށްލިއެވެ. ” ޔޭސް އިނގޭ! އެހެން ވީމައެއްނު ނާހާ މި ދަނީ ކާރޑް ދިނީމާ ” މެހެރީން ބުނި އެއްޗަކުން ޒަކްވާންގެ ހައިރާންވެގެން ބަލަން އިނެވެ. ” ޒެކް ޑޯންޓް ވޮރީ އައިއެމް ޔޯ ބެސްޓީ އެއްނު ކުޑައިރުން ފެށިގެން އައި ނޯ ޒެކްގެ ހުރިހާ އެއްޗެއްގެ ފާސްވޯޑް ގަ އިންނަނީ އަހަރެންގެ ބާރްތްޑޭ ކަން ” މެހެރީން މަޖާވެލާފައި ބުނެލުމުން ޒަކްވާން ގެ ބަސް ހުއްޓުނެވެ. ” ބިރު ބޮޑެއް ނު ” ދެރަ ނުވާން ވެގެން ޒަކްވާންވެސް ބުނެލިއެވެ.

މެހެރީން ފިހާރަޔަށް ގޮސް ފޮތި ގަނެގެން ތަނަކަށް ފަހަން ދީފައި ގެޔަށް އައެވެ. ” ހާދަ ލަސްވީ ޒަކްވާން އެބައިން ދަރިފުޅު ނައިސްގެން ނުވެސް ކައި ” މެހެރީންގެ ބައްޕަ ބުނެލިއެވެ. މެހެރީން ވަދެގެން ދިޔަ ގޮތަށް ސިޓިން ރޫމްގައި އިން ޒަކްވާންގެ އަތުގައި ހިފާ ދަމައިގެން ގޮސް ކާމޭޒު ކާރީ ބޭންދިއެވެ ” ޒެކް ބަލަ އަހަރެން ނެތަސް ކައިގެން ހުރެ ބަލަ ” މެހެރީން ބުނެލީ ނުރުހިފައެވެ. ” ނުކާނަން ހަމަ ރީން އާ އެކީ ކާނީ ” ޒަކްވާން ބުނެލި ގޮތުން މެހެރީން ގާތަށް ވަރަށް ހިނިއައެވެ.

” ރީން ކިތަށް ރުފިޔާއަށްތަ ރަން ކިޔާނީ؟ ކުރީ ބާގަ ރެޑީކުރަން އެނގޭނީ އޭރުންނެއްނު” ޒަކްވާން އަހާލިއެވެ. ” ޒެކް އެއްލައްކަ އަށް ކިޔަން މި ވިސްނަނީ ” މެހެރީން ބުނެލިއެވެ. ” އެއް ލައްކަ ދޯ އޯކޭ އަހަރެން ރެޑީ ކުރާނަން” ޒަކްވާން ބުނެލިއެވެ. ” ޒެކް ސާބަސް އަހަރެން މަޖަލަކަށޭ އެހެން ބުނީ  މިފަހަރު ރަންކިޔާނީ ޒެކްގެ ބާރތް ޑޭޓަށް މި ބުނީ އަހަރު ނުލާ 2002 އަށް” މެހެރީން ބުނުމުން ޒަކްވާން އަށް ހެވުނެވެ. ދެމީހުން އެހެން ވާހަކަ ދައްކަން ތިބެ ކައި ނިންމާލިއެވެ. ” ރީން ތަށިތައް ނަގަން އުޅެނިކޮށް ޒަކްވާން އައިސް ރީން ގެ އަތުގައި ހިފާލއިގެން ގޮސް ސޯފާގައި ބޭންދިއެވެ. ” މީ އަހަރެން ރިން އަށް ދޭން ގަތް ފޯނެއް” ޒަކްވާން ދިއްކުރި ފޯނުގައި މެހެރީން ހިފާލިއެވެ. ” މި ޔޯ؟ ” އަހަރެން ކީއްކުރާ ފޯނެއް އަބަދު ގޭގަ އެއް ނު މި އުޅެނީ؟” މެހެރިން އަހާލިއެވެ. ” މިއަދުވެސް ބޭރަށް ގޮސް ލަސްވެގެން ހަބަރު ނުވެގެން އަހަރެން ހާސް ވިޔޭ އެހެންވެ ދެން ފަހަރަކުން ގުޅާފަ ބެލެނެއެއްނު” ޒަކްވާން ޖަވާބު ދިނެވެ. މެހެރީން ފޯނު ހުޅުވާލިއެވެ. ވޯލްޕޭޕާރގައި އިން ކެން ޔަމަންގެ ފޮޓޯ ފެނުމުން މެހެރީންއަށް ހެވުނެވެ. އަދި ފޯނުން ޒަކްވާންގެ ފޮޓޯއެއް ނަގާލިއެވެ. އަދި ނެގި ފޮޓޯ ވޯލްޕޭޕާރ އަށްލާފައި ޒަކްވާންއަށް ދައްކާލުމުން ޒަކްވާން އަށް ހިނިތުން ވެވުނެވެ. ” ޒެކްގެ މަގާމު ނުދެވޭނެ ކެން ޔަމަން އަށް ވެސް ” ދެމީހުންނަށްވެސް ހެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އާބާދުވި ޙަޔާތް

Next

ލެއިން ކަޅިވެފާ

Next
February 21, 2024

ލެއިން ކަޅިވެފާ

Previews
February 20, 2024

އާބާދުވި ޙަޔާތް

6 Comments!

  1. imko 💕💕 says:
    February 22, 2024 at 6:55 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney

  2. ifoo says:
    February 23, 2024 at 5:31 pm

    vv reethi mi part vs maasha allah ..when next part kiyaalan libeynee??

  3. Isha says:
    February 23, 2024 at 7:01 pm

    Vvv reethi
    Kon dhuhukun next part kiyaalan libeyni??

  4. Anonymous says:
    February 24, 2024 at 1:52 am

    Bunan tha vhk eh?
    Akah gaih phone eh noon tha aee..
    Allah gaiy phone eh ga Zack ge photo hama nuhunnaane…
    Kamunudhoiyaee Kee noon ingey anehka. Vhk aai dheytherey visnaa varu e ingeny😂😂
    Vhk reethi story ekam maa kuru..
    Waiting for next part

    1. Anonymous says:
      February 24, 2024 at 1:53 am

      I mean alah .
      Spelling mistakes e hery

    2. Nadhoo says:
      February 25, 2024 at 2:12 pm

      Fonun vaguthun foto eh nagaafa wall paper ah li vaahaka iny…Thank you for the love hama

Comments are closed.

Next Episodeއުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 10←


All Right Reserved!