Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…23

Mysterious Woman Level 310 Stories100 Comments
May 9, 2026 2 Mins Read
2 Comments

“ދާން އެއީ ތެދެއްތަ؟…..މަންމަ އެކިޔަނީ ކީކޭ؟….” ޝަރުއާނު އަހާލިއެވެ. “އެއީ ތެދެއް ބައްޕާ…..” ފައިނާ ބުނެލިއެވެ. ޝަރުއާނާއި ދެން ތިބި މީހުން ވެސް ފައިނާއަށް ބަލާލިއެވެ. ފައިނާ ދެން ބަލާލީ ދުރުގައި ހުރި މެހެކަށްށެވެ. މެހެކު ހުރި ގޮތުން ފައިނާ ވެސް ދެރަވިއެވެ. ނަމަވެސް މިއީ ހަގީގަތް ކިޔައިދޭންވީ ވަގުތުކަން އޭނާއަށް އެނގެއެވެ. ނޫނީ ވަގުތު ފާއިތުވެދާނެއެވެ.

ފައިނާ މަޑުމަޑުން މެހެކު ކައިރިއަށް ދިޔައެވެ. މެހެކު ފައިނާއަށް ބަލާލިއެވެ. “މެހެކު….އައި އެމް ސޯ ސޮރީ……އެކުޗުއަލީ….ނަވީން…ނަވީން އިޒް ނޮޓް ގުޑް…ހީ ހޭޒް ބީން މެނިޕިއުލޭޓިން ޔޫ…..” ފައިނާ ބުނެލިއެވެ. “ވަޓް؟…” މެހެކު ބުނެލިއެވެ. “ތެދެއް އެއީ މެހެކު..ނަވީން ފަސް އަހަރުވަންދެން ކުޑޭގެ ބޮލުގައި ހުރިހާ ކަމެއް އަޅުވައިގެން އުޅުނީ….” ޝާއިންގެ އަޑަށް އެ ދިމާލަށް މެހެކު ބަލާލިއެވެ. ފައިނާ ބޯ ޖަހާލީ އެއީ ތެދެކޭ ބުނާ ފަދައިންނެވެ.

“ކީކޭ…ތި ބުނީ މަގޭ ދަރި މީއްކޮގެ އަސްލު ގާތިލަކީ ނަވީންހޭތަ؟….” ޝެހެނާޒު އެންމެންގެ ކުށްހީ ސާފުކޮށްދިން ފަދައެވެ. ޝާއިން އާއި ފައިނާ އެއްފަހަރާ ބޯ ޖަހާލީ ތެދެކޭ ބުނާ ފަދައިންނެވެ. އެއާއިއެކު މެހެކުގެ ވަށައިގެން އެނބުރެމުންދިޔައީ އެ ދުވަހު ނަވީން އޭނާގެ ގާތުގައި ބުނި ވާހަކަތަކެވެ. އަދި ބަލި އެނދުގައި އޮތް ޝިމާލު ބުނި ވާހަކަ ވެސް މެއެވެ. ފައިނާމެން އެ ދުވަހު އޭނާއަށް ހަގީގަތް އަންގަދޭން ކުރި މަސައްކަތެވެ. މެހެކުގެ ބޮލުގައި ރިއްސައިގަތީ އެނައަށް ކުށެއް ކުރެވިއްޖެ ކަމުގެ އިހުސާސު ކުރެވުނީމައެވެ.

“އެނގޭތަ މީއްކޮ ލޯބިވީ ކާކު ދެކެކަން….” ޝަދާން ބުނެލިއެވެ. ނަޒަރު ސީދާވެފައި ހުރީ ޝެހެނާޒަށްށެވެ. ޝެހެނާޒު ޝަދާންއަށް ބަލާލިއެވެ. ޝަދާން ދެން އޭނާގެ ކޮޓަރިއަށް ވަދެފައި އިރުކޮޅެއްނުވެ ނިކުތީ ކުޑަ ނޯޓު ފޮތެއް ހިފައިގެންނެވެ. އެންމެން ސުވާލުގެ ނަޒަރަކުން ޝަދާނަށް ބަލާލިއެވެ. އެންމެންނަށް ބަލާލުމަށްފަހު އެ ނަޒަރު ދެން ގޮސް ހުއްޓުނީ ދުރުގައި ހުރި މެހެކަށްށެވެ. ޝަދާން ގޮސް މެހެކުގެ ކުރިމަތީގައި ހުއްޓުނެވެ. އަދި އަތުގައި އޮތް ކުޑަ ފޮތް މެހެކަށް ދިއްކޮށްލިއެވެ.

މެހެކު އެއްފަހަރު ޝަދާންއަށް އަނެއްފަހަރު އެ އަތުގައި އޮތް ކުޑަ ފޮތަށް ބަލާލައެވެ. “މީ މީއްކޮގެ ޑައިރީ…މީތި ކިޔާލަބަ އެއިރަށް އެނގޭނެ ވަރަށް ބޮޑު ސިއްރެއް….” ޝަދާން ބުނެލިއެވެ. މެހެކު ފޮތް ހުޅުވަން އުޅުމުން ޝަދާން ހުއްޓުވިއެވެ. މެހެކު ސުވާލުގެ ނަޒަރަކުން ޝަދާނަށް ބަލާލީ މިހާރު ކިހިނެއްވީހޭ އަހާފަދައިންނެވެ. “މިހާރަކު ނޫން…މެހެކު ކޮޓަރިއަށް ގޮސް މި ފޮތް ކިޔާލާ….” ޝަދާން ހަމައެކަނި ބުނެލި އެހެންނެވެ.

މެހެކު އެ ފޮތް ތިރިކޮށްލާފައި އެތާ ތިބި މީހުންނަށް ބަލާލާފައި އެތަނުން ނުކުމެގެން ގޮސް އެނާގެ އެޕާޓުމަންޓަށް ވަދެއްޖެއެވެ. އަދި ތަޅުލާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދަބަހާއި ދެން ހުރި ސާމާނު ވެސް އެކި ތަންތަނަށް އުކާލާފައި ގޮސް އެނދުގައި ބަންޑުން އޮށޯވެލިއެވެ. ދެން އަތުގައި އޮތް ފޮތް ހުޅުވާލިއެވެ. ހަމަޖެހިލައިގެން ފުރަތަމަ ޞަފުހާ ކިޔަން ފެށިއެވެ.

މީސަމްގެ ޑައިރީ (ސިއްރު ހިފަހައްޓައިދޭ އެކުވެރިޔާ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

މީރު މީރު އަލަނާސި ފުރައިޑް ރައީސް

Next

ގޮތް ހުސްވެފައި ހުރީމޭ..13

Next
May 10, 2026

ގޮތް ހުސްވެފައި ހުރީމޭ..13

Previews
May 9, 2026

މީރު މީރު އަލަނާސި ފުރައިޑް ރައީސް

2 Comments!

  1. Sena says:
    May 10, 2026 at 10:02 am

    Ehaa ginadhuvas koffa genesdhin iru haadha kurey

  2. Mysterious Woman says:
    May 10, 2026 at 1:21 pm

    Mi part v kuru kan ingey…time vaa varakun liyamun midhany….

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…24←


All Right Reserved!