Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…18

Mysterious Woman Level 310 Stories100 Comments
April 17, 2026 4 Mins Read
0 Comments

މަޑުމަޑުން މާހައުލު ތެރެ ހަލަބޮލިވަމުންދެއެވެ. ބައެއް މެހެމާނުން އައިސް ބައެއް މޭޒުތައް ފަޅުފިލާފައިވެއެވެ. އެކަކު އަނެކަކާ ވާހަކަދައްކަމުންދާ މަންޒަރު ވެސް ފެނެއެވެ. ހީލާ ސަލާމުކޮށްލާ ހަދާ ތަން ވެސް ފެނެއެވެ. މިއީ އަހަރުމެންގެ ތެރޭގައި މަދުން ނަމަވެސް ފެންނަ ރީތި އާދައެކެވެ. މި އާދަ މިގޮތުގައި ދެމިގެންދާކަމީ ވެސް ނަސީބެކެވެ.

ބަންކުއެޓް ހޯލަށް ވަތް ޝަދާން ފެނުމުން ހުރިހާ މެހެމާނުން ވެސް އަވަސްވެގަތީ ޝަދާން އާއި ސަލާމްކޮށްލާ ވާހަކަދައްކަންށެވެ. ގާތުގައި އާރާ ވެސް ނަލަވެލައިގެން ހުއްޓެވެ. އެއީ ޝަދާންގެ ޕީއޭ ކަން ވެސް އެތަނުގައި ތިބި މީހުންނަށް އެނގޭނެއެވެ. މިރޭ ޝަދާން ވެސް ފެންނަނީ މީހުން ޖެހިލުންވާފަދަ ވެރިއެއްގެ ގޮތުގައިއެވެ. ކަޅު ކޯޓު ފަޓުލޫނުގައި ޝަދާންގެ ރީތިކަން އިތުރުވެފައިވެއެވެ. އެތެރެއިން ހުދު ގަމީސް ލާފައިވާއިރު ނޭވީ ބްލޫ ޓައިއެއް އަޅާފައި ހުރުމުން ވަރަށް ވެސް ފުރިހަމައެވެ. މެހެމާނުންނާއި ސަލާމްކޮށް ހީލާ ހަދާއިރު ޝަދާންގެ އެ ފިރިހެންވަންތަ ކަމަށް ގެއްލިފައި އާރާއަށް ހުރެވުނެވެ. އާރާ ނޫނަސް ޙަފުލާއަށް އައިސް ތިބި މެހެމާނުންގެ ދަރިންގެ ހިތުން ވެސް ޝަދާން މިރޭ ޖާގައެއް ކަށަވަރުކޮށްފިކަމާއިމެދު ޝައްކެއްނެތެވެ. އެމީހުން ތިބީ ޝަދާންގެ ލޮލުގައި އެއިން މީހަކު އަޅައިގަންނާނެ ކަމަށް އުއްމީދުގައެވެ.

“ދަރިފުޅާ ދާން…..” ޝަދާން ފަސް އެނބުރި ބަލާލީ އާލިޔާގެ އަޑު އިވުމުންނެވެ. އަދި މޫނުން ހިނިތުންވުން ފެނިލިއެވެ. އާލިޔާ އާއި ޝެހެނާޒު އަދި އާއިލާގެ ދެންތިބި އެންމެން ވެސް ފެނުމުން އުފާވިއެވެ. ކޮންމެއަކަސް މިރެއަކީ އެ އާއިލާއަށް ވަރަށް ޚާއްސަ ރެއަކަށްވާނެއެވެ. ޝިމާލުގެ މަތިން މިރޭ ވަރަށް ބޮޑަށް އާލިޔާ ހަނދާންވިއެވެ. އޭނާގެ ފިރިމީހާ ދާ އޮހޮރުވައިގެން ބިނާ ކުރި ކުންފުންޏަށް ސާޅީސް އަހަރުވީއެވެ. އަދި ވެސް އެ ހަނދާންތައް އާވެ އާވެ ހުރެއެވެ.

މަންމަގެ ހަމަހިމޭންކަން ޝެހެނާޒަށް ފާހަގަވިއެވެ. އަދި އެއީ ކީއްވެކަން ވެސްމެއެވެ. އާލިޔާގެ އަތަށް މަޑުމަޑުން ފިތާލީ ދެރަނުވާށޭ ބުނުމުގެ ގޮތުންނެވެ. އާލިޔާގެ މޫނުން ފަނޑު ހިނިތުންވުމެއް ފެނިލިއެވެ. ޝަދާން އައިސް އާލިޔާގެ އަތުގައި ހިފާ ބޮސްދިނެވެ. އަދި އަތުގައި ފިރުމާލިއެވެ. “މާމާ ދެރަނުވޭ…ކާފާ ނެތުމުގެ އިހުސާސުވިޔަކަ ނުދޭނަން…..” ޝަދާން ބުނެލިއެވެ. އާލިޔާ ހީލަމުން ޝަދާންއަށް ބަލާލިއެވެ. މިރޭ އޭނާގެ ފިރިމީހާގެ މަގާމުގައި އެހެރީ ކާފަ ދަރިފުޅެވެ.

 ޝަދާން އާލިޔާގެ އަތުގައި ހިފައިގެން އެމީހުންގެ މޭޒާއި ހަމައަށް ގެންގޮސްދިނެވެ. “ދަރިފުޅު މިރޭ ވަރަށް ރީތި….” އާލިޔާ ބުނެލީ ސަމާސާކޮށްލުމަށްށެވެ. “ހެއްހެއްހެއް….މާމަ ވެސް ވަކި ދުލެއް ނުކުރެ އެއްނުން….މި ތިބަ އަންހެން ކުދިންނަށް ވުރެ ވެސް މާމަގެ ރީތިކަން މާ ބޮޑު….” ޝަދާން ވެސް އާލިޔާގެ ސަމާސާގައި ބައިވެރިވިއެވެ. “ބައްޕަ މިރޭ ވަރަށް އުފާވެއްޖެ….އައިމް ސޯ ޕްރައުޣް އޮފް ޔޫ….” ޝަރުއާނު ވެސް ޝަދާންއަށް ތަޢުރީފުކުރިއެވެ.

“ޑޭމް މެހެކަށް ގުޅާބަލަ…މިހާރު އެއޮށް ގަޑި ޖެހެނީ…..” ފައިނާ ހާސްވެގެން އުޅެނީ މެހެކު ނައިސްގެންނެވެ. “ފައިއްކޯ ހަމަޖެހިބަލަ…ޝީ ވިލް ކަމް އިން އަ ވައިލް….” ނޫރާ ބުނެލިއެވެ. ފައިނާ އާއި ނޫރާ ހޯލަށް ނުވަދެ ބޭރުގައި މަޑުކޮށްގެން ތިބީ މެހެކު އަންނަންދެނެވެ. މިއަންނަނީ ބުނި މީހާ މިހާރު ބައި ގަޑިއިރުވީއެވެ. މިރޭގެ ޙަފުލާއަށް މެހެކު އައުން ވެސް ވަރަށް މުހިއްމުވާނެއެވެ. މިފަދަ ޙިޔާލުތަކެއްގައި ތިބި ދެމީހުންގެ މޫނުން އުފާވެރިކަން ފެނުނީ މަޑު ހިނގުމެއްގައި އަންނަމުންދިޔަ މެހެކު ފެނުމުންނެވެ. ދެ މީހުން ވެސް ދުވެފައި ގޮސް މެހެކުގެ ދެ ފަރާތުގައި ހުއްޓުނެވެ. “ވަރަށް ލަސްވެއްޖެ ދޯ…އައިމް ސޯ ސޮރީ…ކުޑަ ކމަެއް ދިމާވެގެން ލަސްވީ…” މެހެކު ވީ ގޮތް ބުނެދިނެވެ. “އެ އޯކޭ ވާނެ ލެޓްސް ގޯ ނައު…” ފައިނާ ބުނެލިއެވެ.

އޮލަ ވާހަކައިގައި ތިބި އާލިޔާމެންގެ ސަމާލުކަން މެހެކުމެންނަށް ހުއްޓުނެވެ. މެހެކު ހިނގާފައި އަންނަމުންދިޔަވަރަކަށް އެ އެންމެންގެ ލޯތައް ކަރުނުން ފުރެން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ޚާއްސަކޮށް ޝެހެނާޒުގެއެވެ. އެމީހުންގެ ދުރު ހަނދާންތަށް މެހެމުން ގޮސް ގުޅުނީ ފަސް އަހަރު ކުރީގެ މާޒީއަށްށެވެ. އެ އާއިލާގެ ދިރުމަށްށެވެ. މެހެކު ފެންނަ ކޮންމެ ފަހަރަކު ޝެހެނާޒަށް މީސަމް މަތިން ހަނދާންވެއެވެ. މެހެކަކީ މީސަމްގެ ކޮޕީއެއްފަދައެވެ. މިހާ ފާޅުކަން ބޮޑު ގޮތެއްގައި މެހެކާއި ދިމާލަށް ޝެހެނާޒަށް އެ ބެލުނީ އަދި ކިރިއާއެވެ.

އާލިޔާމެންނާއި ހަމައަށް ހުއްޓުނު އިރު މެހެކު ހުރީ އިސްޖަހައިގެންނެވެ. އޭނާ ނޫން ކަމަށް ހެދިގެން ހުއްޓަސް އެންމެން ވެސް އޭނާ އާއި ދިމާލަށް ބަލާކަން އެނގެއެވެ. ޚާއްސަކޮށް މަންމަގެ ބެލުން މިރޭ ތަފާތުހެން ވެސް ހީވެއެވެ. “މާމާ…މަންމާ…ވެ އާ ޑޫ ވީ ސިޓް؟…” ފައިނާ އައިސް ބުނެލިއެވެ. “ދަރިފުޅުމެންނަށް ވަކިން މޭޒެއް ހުރި ވާހަކަ ދާން ބުނި….” އާލިޔާ ބުނެލިއެވެ.

“ފައިއްކޯ…” ޝަދާން ފައިނާއަށް ގޮވާލިއެވެ. “ކުޑޭ….ވަރަށް ސަޅި އިނގޭ ޑެކަރޭޝަންސް…” ފައިނާ ތަނުގެ ރީތިކަމަށް ތަޢުރީފުކޮށްލިއެވެ. “ހެއްހެއް އެހެންތަ..ދެން އަވަހަށް ދޭ އެންމެ ކުރީގެ މޭޒުތަކުން ވާތް ފަޅިއަށް ހުރި މޭޒުގައި ގޮސް ތިބޭ އިނގޭ…..އެކޮޅުގައި ތިބޭނެ ޝާއިން އާއި ޝާފިއު ވެސް….ދޮންބެމެން ވެސް ތިބޭނެ…” ޝަދާން ތަފްސީލުކޮށްދިނެވެ. ޝަދާން އެތަނުން ދިޔައީ މެހެކަށް ވެސް ކަޅިއެއް އެއްލާފައެވެ.

ކުއްލިއަކަށް ތަން ހިމޭން ވެގެން ދިޔައެވެ. މެހެމާނުން ކޮޅަށް ތެދުވާތަން ވެސް ފެނެއެވެ. މެހެކުމެން ވެސް ސުވާލު އުފެދިފައި ތިބެ ކޮޅަށް ތެދުވިއެވެ. ޝެހެނާޒު ފަހަތަށް ބަލާލީ ދޮރުން ވަދެގެން އަންނަނީ ކޮން ބައެއްތޯ ބަލާލުމަށްށެވެ. ޝެހެނާޒުގެ ދެ ލޯ ބޮޑުވެ މީހާގެ ނިތުން ދާ ހިތްލަން ފެށިއެވެ. އާލިޔާމެންނަށް ވެސް ވީ އެވަރެވެ.

ދޮރުން ވަދެގެން އައީ ސަރުކާރުގެ އިސް ބޭބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއެވެ. އަދި ނައިބު ރައީސް ނަބީހުގެ އާއިލާވެސްމެއެވެ. ނަބީހު ފެނުމުން ޝެހެނާޒުގެ ތަބީއަތު ރަނގަޅެއްނޫނެވެ. ނަބީހަކީ ޝެހެނާޒުގެ ކާކު ހެއްޔެވެ؟ ނަބީހުއަށް ވެސް ޝެހެނާޒު ފެނުނެވެ. އެއްމިޔަކަނުން ހީލީ މަލާމާތްކުރާފަދައިންނެވެ. ޝެހެނާޒަށް އެ ވިހަ ހިނިތުންވުން އޮޅުވައެއްނުލެވޭނެއެވެ. އެއީ އޭނާގެ މާޒީގައި ވެސް ދެކުނު ހިނިތުންވުމެކެވެ.

ނަބީހުމެން ގޮސް ތިބީ އެންމެ ކުރީގައި ހުރި މޭޒުގައެވެ. ނަވީންއަށް މެހެކު ފެނުމުން ހަނާ އަޅާލިއެވެ. ނުހައިކު ވެސް މާނަފުން ގޮތަކަށް މެހެކުމެންގެ މޭޒަށް ބަލާލިއެވެ. މެހެކު ރީތި ހީލކުމެއް ނަވީނަސް ރައްދުކުރިއެވެ. މިތަން ފެނުނު ޝަދާންގެ ހިތުގައި ހަސަދާއިގެ ހުޅުކޮޅެއް ދިއްލުނީ ނުވެސް އެނގި ހުއްޓައެވެ. ނަބީހުމެނަށް އޭނާ ދަޢުވަތު ދިނީ އޭނާ ބޭނުންވާތީކީ ނޫނެވެ. ނަމަވެސް ކާފައަށް ޓަކައެވެ. ކާފަގެ ޙައްގުގައެވެ. އެ ކުންފުނީގެ ނަން ކިލަނބުވާން ބޭނުން ނުވާތީއެވެ. ނޫން ނަމަ އެމީހުންނަށް މި ތަނަކީ މަނާތަނެކެވެ.

ދައުވަތު ދެވުނު އެންމެން އައިސް ހަމަޖެހުމުން ޙަފުލާ ފެށިގެންދިޔައެވެ. ޙަފުލާ ފެށީ ތަނުގެ މުވައްޒަފެއްގެ ރީތި ކިޔެވުމަކުންނެވެ. މޫރިތި އާޔަތްތަކުގެ ފަށުވިކަމާއި ސާދާކަން ކިޔެވިދިޔަ ރާގުން އިހުސާސުވެއެވެ. އެއަށްފަހު ކިޔެވިދިޔަ އާޔަތްތަކުގެ ތަރުޖަމާ އިއްވުނެވެ. ދެން ސްޓޭޖަށް އެރީ މައިޝާއެވެ. އެއީ މިރޭގެ ޙަފުލާގެ ހުށަހެޅުންތެރިޔާއެވެ. ޝާއިންއަށް މައިޝާ ފެނުމުން ހީލެވުނެވެ. ދީވާނާއެއްހެން ބަލަން އިނދެވުނެވެ. އޭނާގެ ހިތުގެ މައުޝޫގާ ކުރިމަތިން ފެންނަން ހުރުމުން ނުބަލާ ނީނދެވޭނެތާއެވެ.

މައިޝާ ޙަފުލާގެ އެޖެންޑާ ކިޔައިދެމުން ދިޔައެވެ. ދެން އޮތީ ކުންފުންޏާ ގުޅޭ ޚާއްސަ ރިޕޯޓެއް ގެނެސްދިނުމެވެ. ސްކްރީނިން ކުންފުންޏާއި ގުޅޭ ރިޕޯޓު ދައްކަމުންދިޔައެވެ. މީގެ ދިހަ އަހަރު ކުރިން އެޅުނު ބިންގާގެމަތީގައި މިއަދު ފިޔަޖަމުންދާ އާރް ސީ ކުންފުންޏަކީ ނަން މަޝްހޫރު ކުންފުންޏެކެވެ. ޝިމާލުގެ މަސައްކަތުގެ ނަތީޖާއެވެ.

ރިޕޯޓު ގެނެސްދެމުން ދިޔަ އިރު އާލިޔާގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ޝިމާލުގެ އެކި އެކި ހަނދާންތައް ވަށާ އެނބުރެމުންދިޔައެވެ. ޝަރުއާނުމެން ވެސް ތިބީ ފެންކަޅިވެފައެވެ. ބޯޑުމެމްބަރުންނާއިއެކު އިން ޝަދާން ވެސް އިނީ އިސްޖެހިފައެވެ. ކާފަގެ ސަބަބުން މިއަދު އެ އާއިލާ އެ ތިބީ ރާއްޖޭގެ އެންމެ ކުރީގައި ފައިތިލަ ސާބިތުކޮށްގެންނެވެ. އާރް ސީ ކުންފުންޏަކީ މިއަދު ރާއްޖޭގެ ނަމްބަރ ވަންއެވެ.

ރިޕޯޓު ގެނެސްދީ ނިމުމުން އެންމެން ވެސް އަތްތިލަބަޑި ޖަހަން ފެށިއެވެ. އަދި ތަޢުރީފުގެ ބަސްތައް އޮއްސަން ފެށިއެވެ. ދެން އޮތީ ޝިމާލުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އެރުވުމެވެ. މައިޝާ ޝަދާންއަށް ގޮވާލީ ހަނދާނީ ފިލާ ރައްދުކޮށްދިނުމަށްށެވެ. އަދި މި ފިލާ އާއި ހަވާލު ވުމަށް އާލިޔާއަށް ގޮވާލިއެވެ. އެއީ މިއަދު އެ އާއިލާގެ ރޫޙެވެ. ދިރުމެވެ. އުފަލެވެ. ޝިމާލު ވަކިވެދިޔަކަމުގައި ވިޔަސް އާލިޔާ ހުރިހާ ކުދިންނަށް ވެސް ހިތްވަރުދެއެވެ. ކެތްތެރިވުމަށް ނަސޭހަތްދެއެވެ. މިރޭ ހަނދާނީ ފިލާ އާއި ހަވާލުވުމަށް އާލިޔާ ނޫން އެހެން މީހަކު އެ މަގާމަކަށް ނުފުދޭނެއެވެ. އެއީ ހުރިހާ ކުދިންގެ މަންމައެވެ. މާމައެވެ. އަދި ހުވަފަތްވެފައިވާ އަނބިމީހާއެވެ.

އާލިޔާގެ ގައިގައި މިއަދު އާރާއި ބާރެއް ނެތެވެ. ސްޓޭޖެއްގެ މައްޗަށް އަރާނެހާ ވަރު ވެސް އެ ދެފަޔަކު ނެތެވެ. ވީމާ، އާލިޔާ އާއި އެކު ޝެހެނާޒު ދިޔައީ މަންމަގެ ގައިގައި ހިފަހައްޓައިގެންނެވެ. ޝަދާން ކުރިއަށް ޖެހިލާ އަތްދިއްކޮށްލީ މާމައަށް އެހީވުމުގެ ގޮތުންނެވެ. ޝަދާންގެ ދެއަތުން އާލިޔާއަށް އެ ހަނދާނީ ފިލާ އެރުވުނެވެ. އިސާހިތަކު ތަނުގެ ތެރެއިން އިވެންފެށީ އަތްތިލަބަޑީގެ އަޑުތަކެވެ. މިރޭ އެ އެންމެން ވެސް އެމީހުންގެ އުފަލުގައި ބައިވެރިވާފަދައެވެ.

ދެން އޮތީ ވެރިޔާގެ ވާހަކަދެއްކުމެވެ. ޝަދާންގެ ވާހަކަދެއްކުމެވެ. ޝަދާން ޕޯޑިއަމްގައި ހުރެ ފަށުވިކަމާއިއެކު ވާހަކަދައްކަމުންދިޔައެވެ. ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާ ކުރީ ދަޢުވަތު ގަބޫލުކޮށް ޙަފުލާއަށް އައިސްދިނީތިއެވެ. އަދި ތަން މިހާ ފުރިހަމައަށް ގެންދެވޭނީ މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމުގައި ބުނެ ހުރިހާ މުވައްޒަފުންނަށް ވެސް ޙައްގު ޝުކުރު އަދާކުރިއެވެ. ޝަދާންގެ ވާހަކަ ކުރުކޮށްލީ ދެން ހުރި ބައިތަކަށް ފުރުސަތު ދެމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 35

Next

ވާނަން އުމުރަށް 02

Next
April 17, 2026

ވާނަން އުމުރަށް 02

Previews
April 17, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 35



All Right Reserved!