Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…20

Mysterious Woman Level 310 Stories100 Comments
April 22, 2026 3 Mins Read
0 Comments

“އައި ޑޯންޓު ކެއާރ އެއިން މީހަކަށް ފެނުނަސް….” ނުހައިކު ސީރިޔަސްވެފައި ބުނެލިއެވެ. “ނުކް…މަންމަ އާއި ކުޑޭއަށް އަހަރުމެންގެ ގުޅުން އެނގިއްޖެއްޔާ ވަރަށް ގޯސްވާނެ….” ފައިނާ ހާސްވާ ސަބަބު ހާމަކުރިއެވެ. “ނާނާ….ލެޓްސް މީޓް ދެމް ޓުނައިޓު؟…” ނުހައިކު އޭނާގެ އެދުން ހާމަކުރިއެވެ. “ސީރިޔަސްލީ ނުކް….މަށަކަށް ނުކެރޭނެ….” ފައިނާ ބުނެލިއެވެ. “ނާނާ…އަހަރެން ދެކެ ލޯބި ނުވަނީ ތަ؟….މީހެއް ކުރި ކަމެއްގެ ސަބަބުން ކީއްވެ އަހަރުމެން ދެ މީހުންގެ އުފަލަށް ހުރަސް އެޅެންވީ؟….” ނުހައިކު ހިތްހަމަނުޖެހުން ފައުޅުކުރިއެވެ. “މީހެއްގެ ސަބަބުންނޭ؟…..އިޓްސް ޔޯރ ބްރާދާރގެ ސަބަބުން…..ހީ ބްލޭމްޑް މައި ބްރާދާރ ފޯރ ދެޓު…” ފައިނާ ނުހައިކާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“ހަމަހުރެފަ އެއް ނަވީން ވެސް ޝަދާން ބްލޭމް ނުކުރާނެ ދޯ؟….” ނުހައިކު ތެދުވީ ނަވީންގެ ދިފާއުގައެވެ. ފައިނާ އިރުކޮޅަކަށް ނުހައިކާއި ދިމާލަށް ބަލަން ހުއްޓެވެ. “ނުކް…އައި ތިންކް ވީ ޓޯކްޑް އެބައުޓް ދިސް ކުރިން ވެސް…..އައި ވޯޒް ދެ އާރ ދެޓް ނައިޓު…ނަވީންގެ ސަބަބުން މީއްކޮ ވެސް ދިޔައީ….” ފައިނާގެ އަރު ބެދުނެވެ. ނުހައިކު ފައިނާ އާއި ދިމާލަށް ބަލަން ހުއްޓެވެ.

އޭނާ ވެސް ފައިނާއަށް ބައެއް ކަންކަން ވަނީ ސިއްރުކޮށްފައިއެވެ. ކޮންމެ ގޮތެއްވިޔަސް ލޭގެ ގުޅުމެއް ނުކެނޑޭނެތާއެވެ. “ނާނާ…ލެޓްސް އެސްކޭޕް ހިޔާރ…މީހަކަށް ނުފެންނާނެހާ ދުރަށް…ގޭ މީހުންނަށް ފިލައިގެން ވިޔަސް….” ނުހައިކު ބުނެލިއެވެ. ފައިނާ ކުއްލިއަކަށް ބަލާލީ އެފަދަ އެއްޗެއް ނުހައިކު ބުނުމުންނެވެ. “ނުކް..ކީކޭ ތިކިޔަނީ….ފެމިލީއަށް ފިލައިގެން ނުކް އާއި އެކީ ދާށޭ ތަ؟…މަންމަ އާއި އެންމެން ރޮއްވާފައި ދާށޭތަ ތިބުނީ…ނޯ ނެވާރ….” ނުހައިކު އެހެން ބުނެފާނެ ކަމަށް ފައިނާއަށް ގަބޫލެއްނުކުރެވުނެވެ. ހިތްހަމަނުޖެހުނުވަރުން އެތަނުން ފައިނާ ދިޔައެވެ. މަޑު އާހެއް ބޭރުކުރުމަށްފަހު ނުހައިކު ވެސް ފައިނާގެ ފަހަތުން ނިކުތެވެ. ތަން ހަމަހިމޭންވުމުން ފާހަނައިގެ ދޮރު ހުޅުވާފައި މަޑުމަޑުން މީހަކު ނިކުތެވެ. އެ ދެމީހުން ދެއްކި ހުރިހާ ވާހަކައެއް ފަރުހާއަށް އަޑު އިވުނެވެ.

ޙަފުލާ ނިމުމާއިއެކު މެހެމާނުން މަޑުމަޑުން ނިކުމެ މާހައުލު ހަމަ ހިމޭންވިއެވެ. މުވައްޒަފުންގެ މަސައްކަތް އެހިސާބުން އަނެއްކާ ވެސް ފެށުނެވެ. ހަފުލާ ނިމިގެންދިޔައީ ބައެއް މީހުންގެ ހިތްތަށް އުފަލުން އުދުއްސާލަމުންނެވެ. ބައެއް މީހުންގެ ހިތް ނުތަނަވަސްކުރުވަމުންނެވެ. އަދި ހަމައެހެންމެ އެއްބައެއްގެ ހިތުގައި ސުވާލު އުފައްދަމުންނެވެ. މި ދުނިޔޭގެ އުސޫލުކަން ގައިމެވެ. އެންމެންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އޭރުން ދެރަވެ މާޔޫސްވާނެ ބަޔަކު ނުތިބޭނެތާއެވެ.

ބަންކުއެޓު ހޯލުގެ ބޭރު ބެލްކަނީގައި އުޑުގައި ރާނީގެ މަގާމުގައި އިން ހަނދަށް ބަލަން ހުރި މެހެކުގެ ޚިޔާލުގައި އެތައް ކަމެއްވެއެވެ. ފުރިހަމަ ވެގެންވާ އެ ހަނދު ވެސް ކިހާ ފުރިހަމަ ކަމާއި މިނިވަން ކަމާއިއެކު އޭތީގެ މަގާމުގައި އެބަ އިން ހެއްޔެވެ؟ އޭނާގެ ދިރިއުޅުން ވެސް އެފަދައިން ވާނެ ނަމައެވެ. މިނިވަން ޙިޔަލެއްގައި އޭނާއަށް ވެސް އުޅެވޭނެ ނަމަ ހާދަހާ ހިތަށް ފަސޭހަ ވާނެއެވެ. ނަމަވެސް އެ ދުވަސްވީ އޭނާ އާއި މާ ދުރުގައެވެ. އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އެއަށްވުރެ ބޮޑެވެ. އިސާހިތަކު މެހެކުގެ ލޮލުން ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ދެމިލިއެވެ.

“މީއްކޯ..ދޮންތި މިސް ޔޫ ސޯ މަޗް…” މަޑު އާހަކާއި އެކު މެހެކުގެ އަނގައިން ނިކުތީ އެ ހަ ލަފުޒެވެ. މީސަމްގެ މަތިން މިރޭ ވަރަށް ބޮޑަށް ހަނދާންވެއެވެ. އޭނާގެ ކޮއްކޮ އެންމެ ފަހުން ހުރި ތަނަކީ މިހާރު ވެސް އޭނާ އެ ހުރި ތަނެވެ. މަޑުމަޑުން ބެލްކަނިން ތިރި މެހެކު ބަލައިލިއެވެ. އެހާ އުސްތަނަކުން އޭނާގެ ކޮއްކޮ ވެއްޓި މި ކެހިވެރި ދުނިޔެ އާއި އަލްވަދާޢުކީ ފަހެ ކޮއްކޮގެ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ މީހެއްގެ ޝިކާރައަކަށް މީސަމްވީ ފަހެ ކީއްވެ ހެއްޔެވެ؟

މެހެކުގެ މި ހުރިހާ އާދައަކަށް ބަލަން ހުރި ޝަދާންގެ މޫނުމަތިން ވެސް ފެންނަނީ އެފަދަ ޝުޢޫރެކެވެ. ފަސް އަހަރު އޭނާ ކެތްކުރިއެވެ. އޭނާގެ ސިކުނޑި މެހެކު މަތިން ހަނދާން ނައްތާލަން ކިތައްމެ ބާރެއް އެޅިޔަސް އޭނާގެ ހިތާއި ޒަމީރު އެކަމަށް ތަނެއްނުދެއެވެ. މެހެކު ފެންނަ ކޮންމެ ފަހަރު އޭނާގެ ހިތް އަދި ވެސް ރޭސް ޖަހާހެން ހީވެއެވެ. ނަމަވެސް އޭނާ ހުންނަން ބޭނުން ވަނީ އެއްވެސް އިހުސާސެއް ނެތް މީހެއްގެ ގޮތުގައިއެވެ. “އައި ވިލް ގެޓް ރިވެންޖު ފޯރ ޔޫ މީއްކޯ..” ބުރުހަމަ ހަނދަށް ބަލަން ހުރެ ޝަދާން މަޑުމަޑުން ބުނެލިއެވެ.

އުނދަރެސްމަތި ބައްދާލާފައި ވަނީ ކަޅު ވިލާތަކުންނެވެ. ވައި ވެސް އެހާ ބާރެވެ. އެއްވެސް އިންޒާރަކާއި ނުލާ ބޯ ކެރިގަނޑު އޮއްސާލިއެވެ. އިއްޔެ މޫސުން ރީތިކޮށް އޮވެފައި މިއަދު ކުއްލިއަކަށް މޫސުން ގޯސްވީއެވެ. އަނެއްކާ ވެސް ހޫނު މޫސަމަށް ފަހު ހުޅަނގު މޫސުން ކުރިމަތިވީއެވެ.

މޫސުން ބަދަލުވިއެކޭ ކިޔާފައި މަގުމަތިން މީހުން މަދެއްނުވެއެވެ. އެމީހުންގެ މިސްރާބު ހުރީ ގަޑި ނުޖެހި މަންޒިލާއި ހަމައަށް ދިޔުމެވެ. ދުއްވާ އުޅަނދުތަކުގެ ބަރުގޮނުގެ އަޑުވީ ގަދައެވެ. ބައެއް މީހުން ވިއްސާރަ ކޯޓުލައިގެން ހިނގާފައި ދާއިރު ކުޑަ ނަގައިގެން ވެސް ބައެއް މީހުން ދެއެވެ.

މިހުރިހާ މަންޒަރެއް ބަލަން ތަނަވަސް ބެލްކަނީގައި ފައިނާ ހުއްޓެވެ. އެއްފަހަރު އުޑުމައްޗަށް ބަލާލާނެއެވެ. އަނެއް ފަހަރު ބެލްކަނިން ތިރިއަށް ބަލައިލައެވެ. މައްޗަށް ބަލާލާ ކޮންމެ ފަހަރަކު އުދަރެސްމަތި ބައްދާލާފައިވާ ވިލާތަކަށް ބަލާލަނީ އޭނާގެ ދިރިއުޅުން ވެސް އެފަދައިން މިސާލުޖެހޭތީއެވެ. އެއްވެސް އިޚުތިޔާރެއްނެތި އޭނާގެ ލޮލުން ކަރުނަ ފޭބީ ރޭގައި ނުހައިކާއި ދެކެވުނު ވާހަކަތައް ހަނދާންވާތީއެވެ. އޭނާގެ ހިތުގައިވާ ޝަކުވާ އަކީ އެއީއެވެ. ނުހައިކު ދެކެ އޭނާ ލޯބިވެއެވެ. އެކަމަކު ނަވީންގެ ސަބަބުން މިވަނީ އޭނާވާ ލޯބި ސިއްރު ކުރަންޖެހިފައެވެ.

“ކޮބާ ފައިއްކޮ؟…” ހެނދުނުގެ ސަޔަށް އިންސާފުކުރަން ރެޒިޑެންސް ވިލާ ގޭ މީހުން ތިއްބެވެ. ހުރިހާ ކުދިން ހަމައަށް ތިބި އިރު ފައިނާ ނެތުމުން އާލިޔާ ސުވާލުކޮށްލިއެވެ. “އައި އެމް ހިޔާރ….” ކާ ކޮޓަރިއަށް ވަތް ފައިނާ ބުނެލިއެވެ. އަދި އައިސް އާލިޔާ ގައިގައި ބައްދާލާފައި މެހެކު އާއި ޖެހިގެން އިން ގޮނޑީގައި ގޮސް އިށީނެވެ. “ދަރިފުޅު ރޭގައި ނުނިދަނީތަ؟…” ފައިނާގެ މޫނުން ކުލަ އޮއްސިފައި އިންތަން ފެނުމުން އާލިޔާ އަހާލިއެވެ. ފައިހާ އާއި ޖެހިގެން އިން ފަރުހާ ބަލާލިއެވެ. މިއަދު އޭނާ ވެސް އެ އިންނަނީ ވަރަށް މަޑުންނެވެ. އޭނާގެ ސިކުނޑި ވެސް ހަލަބޮލިވެފައި ވަނީ ރޭގައި އޭނާއަށް އަޑު އިވުނު ވާހަކަތަކުގެ ސަބަބުންނެވެ.

“ނޫނޭ މާމާ….ކުޑަކޮށް ބޮލުގައި ރިއްސާތީ އެހެންވެ….” ފައިނާ ގަދަކަމުން ހިނިތުންވެލަމުން ޖަވާބުދިނެވެ. އެންމެން ހެނދުނުގެ ސައި ބޮއެ ނިމިގެން އެ މީހަކު އަވަސްވެގަތީ އެމީހެއްގެ ދުވަހުގެ މަސައްކަތަށް ދާންށެވެ. އެންމެނަށްވުރެ ކުރިން ފައިނާ ނިކުތެވެ. ޝަދާން ކައިރިން ލާފައި ދިޔަ މެހެކަށް ޝަދާން ގޮވާލިއެވެ. މެހެކު ފަސްއެނބުރި ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. “އަމް….އައި ވިލް ޑްރޮޕް ޔޫ….” ޝަދާން އަވަސް އަވަހަށް އެހެންބުނެ މެހެކް ފަސްދީ ހިނގައިގަތީ އެކަމަށް އިންކާރުކުރާނެ ފުރުސަތު މެހެކަށް ނުދޭންވެގެންނެވެ. މެހެކު އެއްބުމަ ހިއްލައިލީ ހައިރާންވެގެންނެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި ދެމީހުން އެކަނި ބައްދަލުނުވެ މިއަދު އޭނާ އޮފީހަށްލައިދޭން ބުނީމާ މީހަކު ހައިރާންނުވެނުދާނެ ހެއްޔެވެ؟ އެ ހައިރާންކަމުގައި ހުރެ އޭނާ ވެސް ޝަދާން ފަހަތުން ދިޔައެވެ.

އާލިޔާގެ މޫނުމަތިން ހިތްހަމަޖެހުން ފެނިގެންދިޔައެވެ. “މީ ރަނގަޅު ފާލެއް……އެދެކުދިން އެކަނި ވާހަކަ ދައްކާނެ ދުވަހަކަށް މަންމަ ވަރަށް އިންތިޒާރު ކުރިން…އެންމެ އުފާވަނީ ދާން އިސްވެ މެހެކުގެ ކައިރިން އެދުނީމާ….” އާލިޔާ އުފަލުން ބުނެލިއެވެ. އެކަމަށް ޝަރުއާން ވެސް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް (22)

Next

ދެވުނީ ވޭނޭ 60

Next
April 22, 2026

ދެވުނީ ވޭނޭ 60

Previews
April 22, 2026

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް (22)



All Right Reserved!