Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…22

Mysterious Woman Level 310 Stories100 Comments
April 30, 2026 4 Mins Read
2 Comments

ފަރުހާ އަށް އަސްލު ހަގީގަތް އިނގުމުން ހުރިހާ ޝުޢޫރެއް އެއްފަހަރާ މޫނަށް ޖަމައުވެއްޖެއެވެ. ފަރުހާ ވެސް ނަވީން ދެކެ އައީ އަމަށަކު ރުޅިއެއްނޫނެވެ. މެހެކު ވެސް ކަންތައް ކުރި ގޮތުން މެހެކު ދެކެ ވެސް ހިތްހަމަނުޖެހުނެވެ. “އެހެންވެ މެހެކް އާއި ކުޑޭ ވެސް ބްރޭކަޕްވީ…..ނަވީން ހުރީ ހަމަ ރަނގަޅަށް ވެސް މެހެކުގެ ބޯ ކާލާފައި….” ފައިނާ ބުނެލިއެވެ. “ދެން މަންމަމެން ނުރުހޭ އިރު އަދިވެސް ތިއުޅެނީ ނުހައިކު އާއި ރައްޓެހިވެގެން؟….އެވެސް ސިއްރުން؟….” ފަރުހާ ބުނެލިއެވެ. ފައިނާ ބޯ ޖަހާލީ އެކަމަށް އެއްބަސްވުމަށްށެވެ.

“ފައިނާ……..”

ދެ މީހުން ވާހަކައިގައި ތިއްބާ ސިއްސައިގެން ދިޔައީ ފަހަތުން ފައިހާގެ ބާރު އަޑު އިވުމުންނެވެ. ފައިނާ ވެސް ފުއްމައިގެން ތެދުވެ ފަސްއެނބުރި ބަލައިލިއެވެ. ފައިހާގެ ރުޅިން ފުފިފައި ހުރި މޫނު ފެނުމުން ހިންދިރުވާލެވުނެވެ. މީހާ ބިރުން ރޫރޫ އަޅައިގެން ދިޔައެވެ. ދެން މިއޮތީ ފަޅާއަރާފަތާއެވެ. މަންމައަށް މިހާރު ހަގީގަތް ވެސް އިނގުނީއެވެ. ކުޑޭ އާއި ހަމައަށް މިކަންތައް ދާން ހިނދުކޮޅެއް ވެސް ނުނަގާނެކަން އެއީ ފައިނާއަށް އިނގޭކަމެވެ.

“ހުރި ގޮތްކުޑަކަން ބަލާބަލަ…އެވަރަށް ބުނީމާ ވެސް އޭނާ އާއި ރައްޓެހިވެގެން ދޯ ތި އުޅެނީ….” ފައިހާ އައި ގޮތަށް އައިސް އަތުގެ ހޫނު އެތިފަހަރެއް ފައިނާގެ ކޯތާފަތް މައްޗަށް ވިހެލިއެވެ. އިސާހިތަކު ކޮޓަރި ތެރޭގައި ހަރުލީ ފައިނާގެ ރުއިމުގެ އަޑެވެ. “މަންމާ..” ފަރުހާ އެއްޗެއް ބުނަން އުޅެނިކޮށް ފައިހާ އެކަން ވެސް ހުއްޓުވިއެވެ. ފައިނާގެ އަތުގައި ހިފައިގެން ދަމަމުން ގޮސް ސިޓިންގްރޫމަށް ނިކުތެވެ.

ޝަދާން އާއި މެހެކު ތިބީ “ޝިމްސް” ރެސްޓޯރަންޓުގައެވެ. ޝިމްސް ރެސްޓޯރަންޓަކީ ތިން އަހަރު ކުރިން ހުޅުމާލެގައި އަލަށް ހުޅުވި ޝަދާންގެ ރެސްޓޯރަންޓެކެވެ. އެތަނުގެ ރަހަތަކުގެ ވާހަކަތަކަކީ ވިއުގަތަކުގައި ވެސް ދެކެވޭ ވާހަކައެކެވެ. ގިނަ ބައެއްގެ މެދުގައި އެތަން މަޝްހޫރުވީ އެތަނުގެ ޚިދުމަތްތަކުގެ ސަބަބުންނެވެ. މިހާރު އެއީ ރާއްޖޭގައި ހުރި ނަމްބާރ ވަން ރެސްޓޯރަންޓޭ ބުނުމަކުން ގޯހެއްނުވާނެއެވެ.

މެހެކު ވަށައިގެން ބަލައިލިއެވެ. ރެސްޓޯރަންޓު ފަރުމާ ކުރެވިފައިވާ ގޮތާއިމެދު ހިތާހިތުން ތަޢުރީފު އޮއްސަންފެށިއެވެ. ކާ އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ދެ މީހުން ވެސް ބަހަކުން ބަހެއް ނުބުނެ ތިބީއެވެ. ދައްކާނެ ވާހަކަ ހުސްވެގެނެއް ނޫނެވެ. ނަމަވެސް ފަށާނީ ކާކުތޯ ބަލަން ދެމީހުން ވެސް ތިބި ކަހަލައެވެ. މިކަމުން ވެސް އިނގެނީ ދެމީހުންގެ މެދަށް ވެރިވެފައިވާ ދުރުކަމެވެ.

“ކީއްވެ މެރީ ނުކޮށް ތިހުރީ؟…” އެންމެ ފަހުން މެހެކު އަހާލިއެވެ. “މެހެކު އަންނަން ދެން….” މެހެކު ހަމަ ނިމުމާއިއެކު ޝަދާން ބުނެލިއެވެ. ހީވީ މެހެކު ވާހަކަ ފަށަން ދެން ޝަދާން އިން ހެންނެވެ. މެހެކު ފުންކޮށް ޝަދާންއަށް ބަލާލިއެވެ. ދެން ފެށީ ހެށެވެ. “މި ކަހަލަ ވަގުތުގައި ވެސް ޖޯކު ޖަހަން ދޯ އިނގެނީ……” މެހެކު ހެމުން ހެމުން ބުނެލިއެވެ. ނަމަވެސް ޝަދާންގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. މެހެކު ވެސް ހުނުން ހުއްޓާލާފައި ޝަދާންއަށް ބަލާލިއެވެ.

“މެހެކު….އެކޮޅުގައި އުޅުން އިރު އެއްފަހަރު ވެސް އަހަރެން މަތިން ހަނދާންވިތަ؟…” ޝަދާން ދެން ކޮށްލި ސުވާލުން މެހެކު ބަލައިލިއެވެ. އޭނާ ހަނދާންނެތޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ފުރަތަމަ ލޮއެތްބަކީ އެ އެވެ. ނަމަވެސް އެ ލޯބި ވެސް އަތުން ބީވީއެވެ. ބައެއް ފަހަރު އޭނަގެ އަމިއްލަ ނަފުސު ކުށްވެރި ވެސް ކުރެވެއެވެ. ނަމަވެސް މީސަމް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ލޯބީގެ ކުރިއަށް ނަފުރަތު އިސްކުރެއެވެ.

“ވައި ވުޑް އައި ނީޑު ޓު ރިމެމްބާރ ޔޫ….” އިނގިރޭސިން މެހެކު ވެސް ކޮށްލީ ސުވާލެކެވެ. “ޔާ ޓްރޫ ވައި ޝުޑް ޔޫ ރިމެމްބާރ މީ ދޯ؟……” ހިތި ގޮތަކަށް ޝަދާން ބުނެލިއެވެ. މެހެކު ޝަދާންއަށް ބަލާލިއެވެ. “ވައި ވުޑް ޔޫ ޑޫ ދެޓް…ދާން….” މެހެކު މަޑުން ބުނި ނަމަވެސް ޝަދާންއަށް އެ އަޑު އިވުނެވެ. އަދި އަޑުގައި ހުރި މާޔޫސްކަން ވެސް ފާހަގަވިއެވެ. މެހެކު އަދި ވެސް ގަބޫލުކުރަނީ ލޮލަށް ފެނުނު މަންޒަރު ހެއްޔެވެ؟ ލޯބިވާނަމަ އޭނާ ދައްކާ ވާހަކަ އެއްފަހަރު ވެސް އަޑު އަހަން މަޑުކޮށްލިނަމަ ކޮންފަދަ ހެއްޔެވެ؟

މެހެކު ވެސް ޖަޒުބާތީވީ ވަރުން އަޑު ވެސް ބެދުނެވެ. އިސްޖަހާލީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ޝަދާންއަށް ނުދައްކަން ވެގެންނެވެ. “އަހަރެން ކައިރީ އެއްފަހަރު ވެސް އެހިންތަ؟….އަހަންނާ ވާހަކަދެއްކިންތަ؟…އަހަރެންގެ ވާހަކަ އަޑުއަހަން މަޑުކުރިންތަ؟…ނޯ މެހެކު ނޯ….ޔޫ ޑިޑިންޓު…ބަޓު ޔޫ ލިސެންޑް ހިމް….” ޝަދާން ބުނެލިއެވެ. މެހެކު އިސްއުފުލާ ބަލާލިއެވެ. ޝަދާންގެ އަޑުގައި ސާބިތުކަންވެއެވެ. ޖެހިލުންވުމުގެ އެއްވެސް އަސަރެއްނެތެވެ. ތެދެކެވެ. އޭނާއަށް ޝަދާންއަށް ފުރުސަތެއް ނުދެވުނެވެ. ނަވީންގެ ވާހަކަ އަޑު އެހި އިރު އޭނާގެ ލޯބިވެރިޔާ ޝަދާންގެ ވާހަކަ އޭނާއަށް އަޑުނޭހުނީ ކީއްވެ ހެއްޔެވެ؟ މީގައި ފޮރުވިފައިވާ ހަގީގަތެއް ވަނީ ބާވައެވެ.

“ޝަދާން މީއްކޮ……” މެހެކުގެ ޖުމުލަ ޝަދާން އަތް ހިއްލާލަމުން މެދުކަނޑާލިއެވެ. “ޔޫ ވިލް ގެޓް ދިސް…ކޮންމެ ވެސް ދުވަހަކުން މެހެކަށް ހަގީގަތް އިނގޭނެ…އައި ވިލް ޕްރޫވް ދެޓް…މީއްކޮއަށް އިންސާފު ވެސް ހޯދައިދޭނަން….” ޝަދާން ބުނެލީ ސާބިތުކަމާއިއެކުއެވެ. މިހިސާބަށް ޝަދާންގެ ވާހަކަ ދިޔަތަނާ މެދުކެނޑުނީ ފޯނެއް އައިސްގެނެވެ. ގުޅަނީ ގެއިން ކަމުން ފޯނު ނެގިއެވެ. އެކޮޅުން ދެއްކި ވާހަކައަކުން ޝަދާންގެ މޫނުން ރުޅިވެރިކަން ފެނުނެވެ. މެހެކު ސުވާލު އުފެދިފައި އިނދެ އެ ފޯނު ކޯލު ނިމެންދެން އިނެވެ.

“ކިހިނެއްވީ؟…” ޝަދާން ފޯނު ބޭއްވުމުން މެހެކު އަހާލިއެވެ. ޝަދާން މެހެކަށް ބަލާލުމަށްފަހު މެހެކުގެ އަތުގައި ހިފައިގެން ރެސްޓޯރަންޓުން ނިކުންނަން ދިޔައެވެ. މެހެކު ކުރި ސުވާލަށް ޖަވާބުދިނުން އޭނާއަށް މުހިއްމެއްނުވިއެވެ. ވާނުވަގައި ހުރެ ގޮސް ޝަދާންގެ ފަހަތުން މެހެކު ވެސް ކާރަށް އެރިއެވެ. ކާރު ދުއްވާލީ އެންމެ ފުލް ސްޕީޑުގައެވެ.

ސޯފާގައި ފައިނާ އިނީ ދެއަތް ދެއަތާއި މޮޑެމޮޑެއެވެ. ބިރުން ގޮސް މީހާ ދާހިއްލާފޯވެފައެވެ. އިސްޖެހިގޮތަށް އެކަކާ ދިމާލަށް ވެސް ބަލާލަން ބޭނުންނުވެފައެވެ. ފައިހާ އިރުއިރުކޮޅުން ފައިނާއަށް ބަލާލައެވެ. ފައިހާ އިނީ އަދިވެސް ރުޅި އައިސްފައެވެ. އެވަގުތު ފައިހާމެން އެޕާޓުމަންޓުގައި އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ. އެތަނުން ވެގެން އުޅެ ގޮތް އެނގޭ ބަޔަކަށް ތިބީ އިނީ ފައިހާ އާއި ފަރުހާއެވެ. ދެންތިބި މީހުން ތިބީ ވެގެން އުޅެގޮތް ނޭނގިފައެވެ.

އެފަދަ މާހައުލެއްގައި ތިއްބާ ދޮރު ހުޅުވާލާފައި ޝަދާން އާއި މެހެކު ވަނެވެ. ފައިނާއަށް ޝަދާން ފެނުމުން ކައިރީ އިން ފަރުހާގެ އަތުގައި ބާރަށް ހިފާލެވުނެވެ. ފަރުހާއަށް ތަދު ވެސްވިއެވެ. ޝަދާންގެ ރުޅި އަކީ ފައިހާއަށް އޮޅިފައިވާ އެއްޗެއް ނޫނެވެ. ޝަދާން އައި ގޮތަށް އައިސް ފައިނާ ކޮޅަސް ނަގާ އަތުހުރިބާރެއްލާފައި ކޯތާފަތުގައި ޖެހިއެވެ. ފައިނާއަށް ތަދުވެގެން ބާރަށް ރޮއި ގަނެވުނެވެ. އެންމެން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. މެހެކު ވެސް ހުރީ ޝަދާންއަށް ބެލިގޮތަށް ދުރު ބަލަން ހަނދާންނެތިފަ ކަހަލައެވެ.

“ޝަދާން ކިހިނެއް ވެގެން މިއުޅެނީ؟…..ރީތި ގޮތުގައި ވާހަކަދެއްކިދާނެއްނުން…ފައިއްކޮއަށް ތަދު ވެސް ވާނެ ދޯ ތިހާ ބާރަށް ޖެހީމަ…..” ޝަރުއާން ހިތްހަމަނުޖެހުން ފައުޅުކުރިއެވެ. ފައިނާގެ ބޮލުގައި ފިރުމާލާ ހިތްވަރުދޭން ޝަރުއާން ހުއްޓެވެ. “އޭނާ ކައިރީ އަހާބަލަ ވެގެން އުޅެ ގޮތް….ކާކާތޯ ރައްޓެހިވެގެން މިއޮތް ހުރިހާ އަހަރެއްގައި އުޅުނީ….އަދި އެ ވެސް ސިއްރުންނޭ….” ޝަދާންގެ ރުޅި މަޑެއްނުވެއެވެ. ދެން އެންމެންގެ އަމާޒުފަތްގަޑަކަށްވީ ފައިނާއެވެ. ފައިނާ އެއިރު ވެސް ހުރީ އިސްޖެހިގޮތަށް އިސްއުފުލާލަން ވެސް ނުކެރިފައެވެ.

“ދަރިފުޅާ ކުޑޭ އެ ކިޔަނީ ކީކޭ ތަ؟….ދަރިފުޅު ކާކާތަ ރައްޓެހިވީ؟…’ ޝަރުއާނު ވަރަށް ލޯބިން އަހާލިއެވެ. ޝަރުއާނުގެ ލޯބިވެތި ބަސްތަކުން ފައިނާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ބައްޕަގެ އޯގާތެރި ފިރުމުންތަކާއި ހަހުރަވެތި ބެލުންތަކުން ފައިނާއަށް ޝަރުއާނުގެ ގައިގައި ބައްދާލެވުނެވެ. އަދި ޝަރުއާނުގެ މޭގައި ބޯއަޅައިގެން އޮވެ ބާރަކަށް ރޯންފެށުނެވެ.

“ބައްޕާ އަހަރެން ވަރަށް ލޯބިވޭ އޭނާ ދެކެ…..ޕްލީޒް ނޫނެކެ ނުބުނައްޗޭ…..” ފައިނާ އަސަރާއިއެކު ބުނެލިއެވެ. “ކާކުތަ ދަރިފުޅާ……” ޝަރުއާނު އަހާލިއެވެ. “ނނުކް…ނުހައިކު…” ފައިނާ ބުނެލިއެވެ. “އެއީ ނަބީހުގެ ދޮށީ ދަރިފުޅު ނުހައިކު…..ނަވީންގެ ބޭބެ….” ޝަރުއާނު ތަފްސީލުކޮށްދިނެވެ. އެއާއިއެކު ހީވީ އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮއްވާލިހެންނެވެ. ގަބޫލުނުކުރެވިފައި ނޫރާ އައި ޝާފިއުމެންނަށް ވެސް ފައިނާއަށް ބަލާލެވުނެވެ. ޝެހެނާޒު ވެސް ފައި ތުރުތުރު އަޅައިގެން ދިޔަ ފަދައެވެ.

“ދެން ޝަރުއާނު ވެސް އެ ގުޅުމަށް އާ ބަސް ބުނަންވީނުން….ތިމާގެ ދަރީގެ ބޮލުގައި ގާތިލެއްގެ ލަގަބު އެޅުވި ބައެއްގެ ދަރިއަކާއި މަގޭ ދަރިއެއް ވައި އެޅޭކަށް ވެސް މަ ބޭނުމެއް ނޫން….” ފައިހާ ބާރުލާފައި ބުންޏެވެ. “ކީކޭ؟؟؟؟…..” ޝަރުއާނާއި މެހެކަށް އެއްފަހަރާ އަހާލެވުނެވެ. “އާ ތި އަޑު އިވުނީ ރަނގަޅަށް…އެ ނަބީހުމެންނަކީ މާ މަތީ ބައެކޭ…އެމީހުން ބޭނުން ގޮތަކަށް ކުޅިބައި އަތުރަން އެއީ ފެން ފޮދެއް ބޮލުންހާ ފަސޭހަކަމެއްވިއްޔާ…….ފަސް އަހަރު….ބަލަ މަށަށް ދާން ހުރިހާ ވާހަކައެއް ވެސް ކިޔައިދިނޭ……” ފައިހާގެ އަޑު ބެދުނެވެ. ޝަދާން މަންމަ ގައިގައި ބައްދާލިއެވެ. ފައިނާ ވެސް ޝަރުއާނުގެ ގައިން ދޫކޮށްލާފައި ފައިހާއަށް ބަލާލި ތީ ތެދެއްހޭ އަހާ ފަދައިންނެވެ. އެއިރު ވެސް މެހެކު ހުރީ ހުއްޓުން އަރާފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޖަވާހިރުގެ ބާރު 2 – 2

Next

ތިޔަ ނަން މި ހިތުގާ 10

Next
April 30, 2026

ތިޔަ ނަން މި ހިތުގާ 10

Previews
April 30, 2026

ޖަވާހިރުގެ ބާރު 2 – 2

2 Comments!

  1. Anonymous says:
    May 2, 2026 at 1:23 pm

    Next part kiyaalan libeyny konirakun tha?

  2. Mysterious Woman says:
    May 10, 2026 at 1:22 pm

    Mihaaru libeyne kiyaalan ekm kurry part thakah vuren kuru Koh genes dhevuny…..

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…23←


All Right Reserved!