Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…21

Mysterious Woman Level 310 Stories100 Comments
April 23, 2026 3 Mins Read
0 Comments

ކާރު ތެރޭގައި ވަނީ ހަމަހީމެންކަމެވެ. އިވޭހާ ވެސް އަޑަކީ ދެ މީހުންގެ ނޭވާގެ އަޑެވެ. ކާރު ތެރެ ފަޅުފިލުވާލަން ލަވައެއް ވެސް ޖަހާފައެއްނެތެވެ. މެހެކު ހިތާހިތުން ކުދި ކިޔާލަ ކިޔާލާ އިނެވެ. “ހިތުން މަށަށް ކުދި ކިޔަނީ ދޯ؟..” މެހެކު ސިއްސައިގެން ދިޔައީ ޝަދާން ވާހަކަދެއްކި އަޑަށްށެވެ. މީހުންގެ ހިތު ތެރޭގައި ހުންނަ އެއްޗެހި ވެސް ޝަދާންއަށް އިނގެނީ ހެއްޔެވެ؟ ދުއްވަން އިން ޝަދާން މެހެކަށް ބަލާލިއެވެ. “ސޯ އަހަރެން ބުނީ ތެދުތާ ދޯ…..” އެއްމިޔަކަނުން ހީލަމުން ޝަދާން ބުނެލިއެވެ.

މެހެކު ދުރު ބަލާލީ ވަކި އެއްޗެއް ނުބުނެއެވެ. އެހެން އިނދެފައި ކުއްލިއަކަށް މެހެކު ޝަދާންއަށް ބަލާލީ ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައިންނެވެ. “ކިހިނެއްވީ؟….މަށާ ވާހަކަ ނުދައްކާ މަގޭ މޫނަށް ބަލަން މާ ހިތްހަމަޖެހޭ ދޯ؟….” ދެން ވެސް ވާހަކަދެއްކީ ޝަދާން އެވެ. މެހެކު ލޯ އަޅާލީ ޝަދާންގެ ހުންނަ ފޮނި ކަމާއި ބޮޑާކަން ފެނިފައެވެ. “ކީއްވެ ޑްރޮޕްކުރަން ބުނީ؟…ވަޓްސް ޔޯ އިންޓެންޝަން؟…..” މެހެކު ދުރު ބަލާލަމުން އަހާލިއެވެ. “ހެއްހެއް.އަދިވެސް ބަދަލުނުވަނީ މިޒާޖު….ތިހެން ލޯއަޅާ އަޅާ ލޯ ވަޅުވަދެދާނެ….އޭރުން އިންނާނެ މީހަކު ވެސް ނުވާނެއްނުން…” ޝަދާން ފެށީ އެހެން ވާހަކައެކެވެ.

މެހެކު ޝަދާންއަށް ބަލާލިއެވެ. ޝަދާންގެ މަގުސަދު އޭނާއަށް އިނގޭ ކަހަލައެވެ. އެއްމިޔަކަނުން ހީލަމުން މެހެކު ޝަދާން އާއި ކައިރިވެލިއެވެ. “ރީއްޗަށް ބުނަން ނުކެރިގެންދޯ އެހެން ވާހަކައެއް ތި ފެށީ….އިފް ޔޫ ވޯންޓު ޓޯކު ޓު މީ އިން ޕްރައިވެޓު ޔޫ ކޭން ޖަސްޓު އާސްކު މީ…..” މެހެކު ވެސް ޝަދާން ބުނި ރާގުގައި ބުނެލިއެވެ. ނަމަވެސް އަޑަށް މަސްތީކަން ގެނުވަމުންނެވެ.

އޭރު މެހެކުގެ އޮފީސް ކުރި މައްޗަށް ކާރު އައިސް މަޑުކޮށްލިއެވެ. ހުންގާނުގައި އެއްއަތުން ހިފަހައްޓަމުން ކުޑަކޮށް އަރިއަކަށް ޖެހިލާފައި ޝަދާން ވެސް މެހެކާއި ކައިރިވެލީ ދެ މީހުންގެ މޫނާއި މޫނު ޖެހޭހާ ކައިރިއަށްށެވެ. ޝަދާންގެ މި އަމަލުން މެހެކުގެ މޫނުން ސީރިޔަސްކަން ފެނިލިއެވެ. ނޭނގި ނަމަވެސް މަޑުމަޑުން މޫނަށް ޖަންބު ކުލަ އަރާހެން ވެސް ހީވިއެވެ.

“އަހަރެން މެހެކާއި ކައިރިވެލީމާ ތި ހިރީ ވާ ގޮތް….ސްޓިލް ސޭ ޔޫ ޑޯންޓު ހޭވް ފީލިންގސް ފޯރ މީ….” ޝަދާން ބުނެލިއެވެ. “ނީދާރ ޑޫ ޔޫ؟….” މެހެކު ވެސް ބުނެލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެލި ހިނދު ގައިން ހީބި ނަގައިގެން ދިޔައެވެ. ދެ ހިތުގައި ވެސް ކުޅެވެމުންދަނީ އެއް ރާގެއްކަން ގައިމެވެ. ގޮތްދޫނުކުރާ ދެ މީހުން އެއްތަން ވުމުން ވާގޮތް ސިފަ ކުރެވޭ ހެއްޔެވެ؟ ޝަދާން އާއި މެހެކު ވެސް ދެ މީހުން ދެ މީހުންނާއި ދިމާކުރަމުން ދިޔައީ ބަހުންނެވެ. މުޅި ކާރު ތެރޭގައި ގޮތް ނޭނގޭ ޓެންޝަންއެއް އުފެދިގެން ދިޔައެވެ. “ސެންޑް މީ ދި  ޓައިމް އެންޑު ލޮކޭޝަން..އައި ވިލް ކަމް…” ކާރުން ފައިބަމުން މެހެކު ބުނެލީ ޝަދާންއާއި ދިމާލަށް ބަލައި ވެސް ނުލައެވެ. އޭރު ވެސް ޝަދާން އިން ގޮތަށް އިނީ އެއްމިޔަކަނުން ހީލައިގެންނެވެ. “ނޯ ނީޑު…އައި ވިލް ކަމް…” ޝަދާން މިހެން ބުނެލީ މެހެކު އޮފީހަށް ގޮސް ވަތް ފަހުންނެވެ.

ފައިނާގެ ކޮޓަރީ ދޮރުގައި ފަރުހާ ޓަކިޖަހާލިއެވެ. ދެފަހަރެއްގެ މަތިން ޓަކިޖަހާލުމުން ފައިނާ ކޮޓރި ދޮރު ހުޅުވާލިއެވެ. ކޮޓަރި ކުރިމަތީ ފަރުހާ ހުރުމުން ދޮރު ބޮޑަށް ހުޅުވާލީ ވަންނާށޭ ބުނުމުގެ ގޮތުންނެވެ. ފަރުހާ ކޮޓަރި ތެރެއަށް ވަނެވެ. މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ. “ދޮންތީ ކިހިނެއްވީ؟…..” ފައިނާ އަހާލިއެވެ. ފައިނާ އާއި ދިމާލަށް އިރުކޮޅަކު ފަރުހާ ބަލަން އިނެވެ. “ފައިއްކޯ ދޮގު ނުހަދާ ބުނައްޗޭ….ފައިއްކޮ އުޅެނީ ނަވީނގެ ބޭބެ ނުހައިކާއި ރައްޓެހިވެގެން ދޯ؟….” ފަރުހާ ބުނެލިއެވެ. ފައިނާ ކުއްލިއަކަށް ބަލާލީ ފަރުހާ އެފަދަ އެއްޗެއް ބުނާނެކަމަކަށް ނޫނެވެ. ނަމަވެސް އޭނާ އާއި ނުހައިކުގެ ގުޅުން ފަރުހާއަށް އިނގުނު ގޮތަކާއިމެދު އޭނާ ހައިރާންވިއެވެ.

“ދޮންތީ ކީކޭ ތި ކިޔަނީ؟…..” ފައިނާ ދުރު ބަލާލީ ފަރުހާ އާއި ހަތަރު ކަޅި ހަމަކުރަން ނުކެރިގެން އުޅޭ މީހަކު ފަދައިންނެވެ. “ފައިއްކޯ….އައި ހާޑް އެވްރި ތިންގް….” ފަރުހާ ބުނެލިއެވެ. އެއާއިއެކު ފައިނާގެ ހިތް ބިރުން ރޫރޫ އަރައިގެން ދިޔަފަދައެވެ. “ކޮކޮން އެވްރިތިންގެއް؟..” ފައިނާ މަޑުމަޑުން އަހާލިއެވެ. “ޔޫ އެންޑް ނުހައިކު….” ފަރުހާ ފައިނާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

އިރުކޮޅަކު ފައިނާ އިނުމަށްފަހު ކޮޓަރި ދޮރާއި ދިމާލަށް ދިޔައެވެ. “ނޯ ވަން އިޒް އިން ދަ ހައުސް.ޖަސްޓު ޔޫ އެންޑް މީ ފައިއްކޯ….” ފައިނާ އެދަނީ މީހަކު އުޅޭތޯ ބަލަންކަން އިނގުމުން ފަރުހާ ބުނެލިއެވެ. އެއާއިއެކު ފައިނާގެ ފިޔަވަޅު ވަގުތުން ހުއްޓި ފަރުހާއަށް ބަލާލިއެވެ. ދެން ގޮސް ފަރުހާގެ ގައިގައި ބައްދާލިއެވެ. އޯގާތެރި ފިރުމުމެއްގެ ބޭނުމުގައި އިން ފައިނާއަށް މީ ރަނގަޅު ފުރުސަތަކަށް ވެގެންދިޔައެވެ. އޭނާ ހުރީ ވެސް އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާތަކެއް ބަންޑުންކޮށްލަން ނުހަނު ބޭނުންވެފައެވެ. ފަރުހާ ފައިނާގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ.

“ދޮންތީ…..ބޭނުން ހުރިހާ ވާހަކައެއް ކިޔައިދޭން އެކަމަކު ޕްރޮމިސް މީ އެކަކު ކައިރީ ވެސް މި ވާހަކަތައް ނުބުނާނެކަމަށް…” ފައިނާ ފަރުހާގެ ކިބައިން އެދުނެވެ. އެއާއިއެކު ފަރުހާ ބޯ ޖަހާލީ އެކަމަށް އެއްބަސްވަމޭ ބުނުމުގެ ގޮތުންނެވެ. އެއާއިއެކު ދެން ފެށުނީ ފަރުހާ އާއި ނުހައިކުގެ މާޒީގެ ޞަފުޙާތަކެވެ.

އެއީ މީގެ ހަ އަހަރު ކުރިއެވެ. ފަރުހާއަށް ނުހައިކު ފެނުނީ ވިޔަފާރި ދަތުރެއްގައި ޝަދާން އާއިއެކު އޭނާ ވެސް ބެންކޮކަށް ގޮސް އުޅުމުގެ ތެރޭގައިއެވެ. ނުހައިކު ފުރަތަމަ ފެނުމާއިއެކު އޭނާގެ ހިތުގައި ލޮއެއްބޭ މި ކިޔާ ޖަޒުބާތު ހޭލައިގަތެވެ. ނުހައިކަށް ވެސް ފައިނާ ފެނުމުން ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ އޭނާ ވެސް ގަބޫލުކުރަން މަޖުބޫރުވިއެވެ. ދެމީހުން ދެމީހުންނަށް ކަމުދިޔަޔަސް އެކަކަށް ވެސް އިސްވެ އެކަން ހާމަކުރާކަށް ނުކެރުނެވެ. އެގޮތުގައި ދުވަސްތައް ދަމުން ގޮސް ވިޔަފާރި ދަތުރު ނިންމާ ރާއްޖެ އައިސްފިއެވެ.

އަނެއްކާ ވެސް ފައިނާ އަށް ނުހައިކު ފެނުނީ ނުހައިކުގެ ކުންފުނީގައި ބޭއްވި ޙަފުލާއެއްގެ ތެރެއިންނެވެ. އެރޭ ވެގެން ދިޔައީ ދެމީހުންގެ ހިތުގައިވާ ޖަޒުބާތުތައް ފައުޅުކުރި ރެއަކަށްށެވެ. މަލުގެ ގުލްދަސްތާތަކުން ނުހައިކު ފައިނާއަށް ވެދުންކުރިއެވެ. ނުހައިކުގެ ލޯބި އޭނާ ގަބޫލުކުރީ ކުރިއަށް ވާން އޮތީ ކިހާ ވޭންދެނިވި ދުވަސްތަކެއް ކަމެއް ނޭނގި ހުއްޓައެވެ.

ފައިނާ އާއި ނުހައިކުގެ ގުޅުމަށް ތިން އަހަރުވީފަހުން ޝަދާންއަށް އެ ދެމީހުންގެ ގުޅުން ފަޅާ އެރީއެވެ. ރެސްޓޯރަންޓެއްގައި އެމީހުންގެ ތިންވަނަ އެނިވާސަރީ ފާހަގަކުރުމަށް ބޭއްވުނު ކެއުމުގެ ތެރެއިން އެރޭ ޝަދާންއަށް ވެސް އެ ރެސްޓޯރަންޓަށް ދެވުނުކަމުންނެވެ. އިސާހިތަކު އެދެމީހުންގެ ތިން އަހަރުވީ ގުޅުން ނިންމާލަން ޖެހުނީ ޝަދާންގެ ހިތުގައި ނަވީންގެ މައްޗަށް އޮތް ނަފުރަތުގެ ކަނި ކުރި ފަޅާ ހެދުމުންނެވެ. ނަވީންއާއި ގުޅުން އޮންނަ ކޮންމެ މީހަކަށް ވެސް ޝަދާޞް ނަފުރަތުކުރެއެވެ. ފައިނާއަށް ވެސް ނޭނގޭ ހަގީގަތަކީ ނުހައިކު ވެސް ކަމެއް ސިއްރުކުރިކަމެވެ.

އެރޭ ޝަދާން އާއިއެކު ފައިނާ ގެއަށް އައިއިރު ފައިހާ ވެސް އިނީ ފައިނާގެ އިންތިޒާރުގައި ސިޓިންގްރޫމުގައެވެ. ޝަދާން ފައިނާ އަށް އަމުރުކުރީ މީގެ ފަހުން އެކަނި އެއްވެސް ތާކަށް ނުދިޔުމަށްށެވެ. ފައިހާއަށް ވެސް ޝަދާން ފައިނާމެންގެ ގުޅުން ކިޔައިދިންފަހުން ފައިހާ ވެސް ފައިނާ ނުހައިކު އާއި ގުޅެން ދެކޮޅުހެދީއެވެ.

“އަސްލު ކީއްވެ މަންމަ އާއި ދާން ނުހައިކު ދެކެ ރުޅި އަންނަނީ؟…..” ފަރުހާއަށް ނުވިސްނުނީ އެދެމީހުން ރުޅިއަންނަންޖެހޭ ސަބަބެވެ. “ނަވީންގެ ސަބަބުން….” ފައިނާ ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. “ޔާ ވައި..ކުރިން ދާން އާއި ނަވީން އަކީ ބެސްޓް ފްރެންޑްސް ދޯ.ނޭނގެ ކީއްވެ ކަމެއް ހަމަ ކުއްލިއަކަށް ދެ މީހުން ރުޅި ވެއްޖެ….” ފަރުހާ ބުނެލިއެވެ. ދެން ފައިނާ ކިޔައިދިނީ ފަސް އަހަރު ކުރިން ދިމާވީ ހާދިސާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޖަވާހިރުގެ ބާރު (ސީޒަން 2) – ޓުރެއިލާ

Next

ތިޔަ ނަން މި ހިތުގާ 8

Next
April 23, 2026

ތިޔަ ނަން މި ހިތުގާ 8

Previews
April 23, 2026

ޖަވާހިރުގެ ބާރު (ސީޒަން 2) – ޓުރެއިލާ



All Right Reserved!