Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަރިފުޅުގެ ދުޢާ

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
September 13, 2020 5 Mins Read
25 Comments

”ދަރިފުޅާ. މަންމަ މި ދަނީ. ތަންކޮޅެއް ލަހުން ކަންނޭނގެ އާދެވޭނީ. ކައިގެން އުޅޭތި.” މަންމަ އެބުނީ އަހަރެން އެންމެ ރުޅި އަންނަ ޖުމުލަތަކެވެ. ކޮންމެ ދުވަހަކު ގެއިން ނުކުމެގެން ދާނީ އެޖުމުލަތައް ތަކުރާރު ކޮށްފައެވެ. އެންމެ ފަހަރަކުވެސް ނަމާދުކޮށް ޤުރުއާން ކިޔަވާކަށް މަންމަ ނަސޭހަތްތެރިއެއް ނުވެއެވެ. ފިލާވަޅުތައް ހަދައި ފޮތް ކިޔާކަށް ނުބުނެއެވެ. ނަމަވެސް މަންމަ އެހެން ނުބުނި ކަމުގައި ވިޔަސް އަހަރެން ބަރާބަރަށް ނަމާދުކުރަމެވެ. ގުރުއާން ކިޔަވަމެވެ. މަންމައަށް މިއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. އިނގޭނީވެސް ކިހިނެއް ހެއްޔެވެ. އެންމެ ހިނދުކޮޅަކަށްވެސް ގޭގައި މަޑު ނުކޮށްލައެވެ.

މަންމައަށް ނޭނގުނު ކަމުގައި ވިޔަސް އަހަރެން މަންމަގެ އުޅުން ރަނގަޅު ވޭ ތޯ ކޮންމެ ނަމާދަކަށްފަހު އެކަލާނގެ ހަޟްރަތަށް ދަންނަވަމެވެ. އެއްވެސް ވަރުބަލިކަމެއް ނެތިއެވެ. މަންމަގެ އެއުޅުމުގެ ސަބަބުން އަހަރެންގެ ބޮލުގައި ނުރިހޭ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ހެނދުނު އިރުއަރާ އިރަށް ގެއިން ނުކުންނަ މީހާ ގެޔަށް ވަންނާނީ ދަންވާފަހުންނެވެ. ބޭރުގައި ކުރާ ކަމެއް ނޭނގެއެވެ. އަހަރެންނަށް އެނގޭހާވެސް ކަމަކީ މަންމައަކީ ވަޒީފާއަކަށް ދާ މީހެއް ނޫން ކަމެވެ. އެއާއިއެކު އުފެދޭ ސުވާލުތަކަކީ ނަމާދެއް ނުކޮށް ބޭރުގައި މަންމަ އެކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ބޭރަށް އެދަނީ ކާކާ ބައްދަލު ކުރަން ހެއްޔެވެ؟ އެވަރަށް ރުފިޔާ ހޯދަނީ ކިހިނެއް ހެއްޔެވެ؟ ކޮން މަގުސަދެއްގައި ހެއްޔެވެ؟

ތުންތުން މަތިން ދެކެވޭ ވާހަކަތަކުގައި އަހަރެންގެ މަންމައަކީ މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ މީހެކެވެ. އެހެންނަމަވެސް އަހަރެންނަކަށް މިކަމެއް ޔަގީނެއް ނުކުރެވެއެވެ. އަމިއްލަ ދެލޮލުން އެ މަންޒަރު ނުފެންނާތީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ކުލާސްކުދިން އެހެން ކިޔައި އަހަރެންނާ ދިމާކުރަމުން ދާތީ ކޮންމެސް ވަރަކަށް އެކަމާ ވިސްނަން އަހަރެންނަށް މަޖުބޫރުވިއެވެ. ރޭގަނޑު ނުނިދާ މަންމަ ގެއަށް އަންނަ ގަޑިއެއްގައި އިންނަން އުޅުނީމެވެ. ނަމަވެސް އަހަރެންނަކީ އަވަހަށް ހޭލާ މީހެއްކަމުން ރޭގަނޑު އެހައި ދަންވަންދެން ހޭލައެއް ނީނދެވެއެވެ. ވުމާއިއެކު އެހެން ހިތުލައި ކޮންމެ ރެއެއްގައިވެސް އަހަރެންނަށް ނިދޭނީ ސޯފާގައި އޮއްވައެވެ. ނުނިދާން ހުވާކޮށްގެން އޮއްވައެވެ.

”މަންމާ. ކޮންމެ ދުވަހަކު މަންމަ ތި ދަނީ ކޮންތާކަށްތަ؟ އެންމެ ފަހަރަކުވެސް އަހަރެންނަށް ޖަވާބު ދީބަލަ. ހެނދުނު އިރުއަރާއިރަށް ހޭލާގެން ދާ މީހާ ގެޔަށް ތިއަންނަނީ ދަންވާފަހުން. މަންމަ ތިއުޅޭ ގޮތުން އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބޭ. ތިއުޅޭ އުޅުން ދޫކޮށްލާ މަންމާ. ގޭގައި މަޑު ކޮށްބަލަ އެންމެ ދުވަހަކުވެސް. އަހަރެންނާއެކު ނަމާދެއް ކޮށްލަން އާދެބަލަ އެންމެ ފަހަރަކު. އަހަރެން އަޑު އަހަން. އެހެން ކުދިންވެސް އެކުދިންގެ މަންމައާއިއެކު ޖަމާޢަތުގަ ނަމާދުކުރާ ވާހަކަ. ކީއްވެ އަހަރެންނަށް މި ފުރުސަތު ނުލިބެންވީ؟” އަހަރެންނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އަނގައިން ގިސްލުމުގެ އަޑު ބޭރުވަމުން ދިޔައެވެ. ނަމަވެސް އެއަޑު ނުނެރުމަށް ޓަކައި ތުންފަތުގައި ވަރަށް ބާރަށް ދަތް އަޅާލީމެވެ. މަންމަ މާ އަވަހަށް އެދުވަހު ގެޔަށް އައުމުން ހައިރާންވެސް ވިއެވެ.

”ކީކޭތަ ތި ކިޔަނީ؟ މިންހާއަށް ކީއްތަ މަ ކޮންމެ ތާކަށް ދިޔަޔަސް. މީ މިންހާއާ ބެހޭކަމެއް ނޫން. އަތުގެ ހަމަލާއެއް ނުލިބެނީހެން މަގޭ ކުރިމަތިން ދާން އުޅޭ. ތިއުޅެނީ މަ ކުރިމަތީގަ ޒުވާބު ކުރަންތަ؟” ހަމަގައިމުވެސް އަހަރެންނަށް ދެންމެ މިފެނުނީ މަންމަގެ ފޮރުވިފައިވާ ސިފައެކެވެ. މަންމަގެ އެސިފައެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ލިބުނު ހައިރާންކަމުގައި އަހަރެންނަށް ހުރިތާ ހުރެވުނީ ލޮލުން ކަރުނަ އަޅާށެވެ. މަންމަގެ އުޅުމުގެ ސަބަބުން ދެރަވާ ހާލުގައިއެވެ.

”ޗާބީ ދީފަ ހުރި ބުދެއްހެން މަގޭ ކުރިމަތީގައި ރޯން ހުއްޓަކަސް މި ހިތަކަށް އެކައްޗެކޭވެސް ނާރާނެ. މިބުނީނު މަގޭ ކުރިމަތިން ދާން އުޅޭށޭ. މަ ބޭނުމެއް ނޫން ކަލޭގެ ސޫރަ ދެކެންވެސް. މަށަށް ނަސޭހަތް ދޭން އަދި އުޅޭބައެއްނު ވަރަށް ވިސްނޭ މީހަކަށް ވެގެން.” އަނެއްކާވެސް މަންމަ ހަޅޭލަވައިގަތެވެ. އަނގައިގާ އެއްވެސް ވަރެއް ނުބަހައްޓާ ވާހަކަދައްކަމުން ދިޔައިރު ހީވަނީ ހަމަ ރަނގަޅަށް ވެސް މަސްތުގެ ހާލަތުގައި ހުރި މީހެއް ހެންނެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ހިނގާފައި ސޯފާއަށް ޖެހިގަތީ އަހަރެން ކޮށްޕާލާފައިއެވެ.

އެދުވަހު އަހަރެންނަށް ޔަގީންވިއެވެ. ކުލާސް ކުދިން އަހަރެންނަށް އެކިޔާ އެއްޗެހީގެ ހަގީގަތް އެނގުނެވެ. މަންމައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. ދުނިޔޭގެ މަޖަލަށް އުޅޭ މީހެކެވެ. އެކަމާ ވިސްނަން އިންދާ އިޝާ ނަމާދު ބަންގި ގޮވަން ފެށުމާއިއެކު އަހަރެން އަވަސްވެގަތީ އަވަހަށް ނަމާދު ކުރަން ދިޔުމަށެވެ. ނަމާދުކޮށް ނިމުމަށްފަހު އަހަރެން އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް ދުޢާ ކުރުމަށް އަތްއުފުލާލީމެވެ. ދުޢާ ކުރަމުން ދިޔައިރު އަހަރެންގެ ލޮލުން ދިޔައީ ކަރުނަތައް ފައިބަމުންނެވެ. އަނގައާއި އަތް ދިޔައީ ތުރުތުރު ލަމުންނެވެ. އަހަރެން އެގޮތުގައި އިންދާ މަންމަ އައިސް ކޮޓަރިއަށް ވަނެވެ. އަދި ފާޑަކަށް އަހަރެންނާ ދިމާ ބަލަން އިނުމުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަހަރެން ނިމެންދެން މަންމަ އެތަނުގައި ބަލަހައްޓައިގެން އިނީ ކީއްވެ ކަމެއް ނޭނގެއެވެ.

”ކޮން ކަމަކަށް ރޮއިރޮއިފަ ތި ދުޢާ ކުރީ؟” މަންމަ ވަރަށް ނޫން ކަމަށް ހަދާލާފައި ސުވާލު ކޮށްލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. މީގެ ފަސް ގަޑިއިރު ކުރިން އެއީ އަހަރެންދެކެ ރުޅި އައިސްގެން ހަޅޭ ލަވައިގަތް މީހާއެވެ. ”މަންމަގެ ތިއުޅުން ރަނގަޅުވޭތޯ އަހަރެން ދުޢާ ނުކުރާ ވަގުތެއް ނުދާނެ. ކޮންމެ ނަމާދަކަށް ފަހު އަހަރެން އެކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވަން. މަންމައަށް ހެޔޮ ވިސްނުން ދެއްވާތޯ. ހުއްޓާލުމެއް ނެތި އަހަރެން ދުޢާ މިކުރަނީ މަންމަ އެގޮތަށް އުޅެން ބޭނުންނުވާތީ.” އަހަރެން ވަރަށް މަޑުމައިތިރި ކަމާއިއެކު ޖަވާބުދިނީމެވެ. މަންމަގެ ލޮލަށް ނަޒަރު ހުއްޓައިލައިގެން އިނދެއެވެ.

”އެހެންތަ؟ ދުއާ ކޮށްގެން މަގޭ އުޅުމަށް އައި ވަކި ބަދަލެއް އެބަ އޮތްތަ؟ މަށެއް ބަދަލެއް ނުވާނެ. މުޅި އުމުރަށްވެސް އުޅޭނީ ހަމަ މިގޮތަށް. މަޖާ ނުކުރެވެންޏާ މިއީ އެއްވެސް ދިރިއުޅުމަކަށް ނުވާނެއްނު. ކީއްކުރަން ކުރާ ނަމާދެއް. ނަމާދު ނުކުރިޔަސް ހަމަ ދުނިޔޭގަ އެބަ އުޅެ ވެއެއްނު.” މަންމަގެ ވިސްނުން ހުރި ގޮތުން ހަމަރަނގަޅަށްވެސް އަހަރެން ފެންކަޅި ކޮށްލައިފިއެވެ. އެއީ މީގެ ކުރިން މަންމަ އަހަރެންނާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެކަހަލަ ވާހަކައެއް މީގެ ކުރިން ދުވަހަކުވެސް މަންމަ އަހަރެން ގާތު ނުދައްކައެވެ. އަހަރެންނަށް އިނދެވުނީ ބުނާނެ، ފަށާނެ ގޮތެއްވެސް ނޭނގިފައިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ވާހަކަ ދައްކަން އަނގަ ހުޅުވާލީމެވެ.

”އާން މަންމާ. ނަމާދު ނުކުރިއަސް ދުނިޔޭގައި އުޅެވިދާނެ. އެކަމަކު އެއްވެސް ހިތްހަމަ ޖެހުމެއް މަންމައަކަށް ނުލިބޭނެ ތި ގޮތަށް އުޅެގެންނެއް. ތިއީ ވަގުތީ އުފަލެއް. އާހިރަތުގައި ވާނެ ގޮތަކާ މެދު އެންމެ ފަހަރަކުވެސް މަންމަ ވިސްނާލިންތަ؟ ކަށްވަޅުގައި ލިބޭނޭ އަޒާބާ މެދު ވިސްނައިލިންތަ؟ އެއްވެސް ނަމާދެއް ނުކޮށް ދުނިޔެމަތީގައި އެންމެ ނުބައި ކަންތައް ކޮށް އުޅޭ މީހުންނަށް އޮތީ ނަރަކައިގެ ގަދަފަދަ އަޒާބު. އެ އަލިފާންގަނޑަށް އެއްލާލެވޭ ހިނދު އެކަކު ވެސް މަންމަ ކައިރިއަކަށް ނުދާނެ. ނުވެސް ދެވޭނެ. ކަށްވަޅުގައި އެކަނިމާ އެކަނި އޮންނަން ޖެހޭނީ. މަންމަ ތި ގެންގުޅޭ އެކުވެރިން ގޮވައިގެނެއް ނުދެވޭނެ. މަންމާ ވިސްނާލަބަލަ. މަންމަ ތި ބޯ މަސްތުވާތަކެއްޗަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެހި. މަންމާ އަވަހަށް ތައުބާ ވޭ. މާދަމާވެސް މަންމައާ މަރާ ބައްދަލުކުރަން ޖެހިދާނެ. އޭރުން ތައުބާވެވޭކަށް ފުރުސަތެއް ނުލިބޭނެ. މަރަކީ ތިމާއާ އެންމެ ކައިރީގަ ވާ އެއްޗަކީ.” އަހަރެންނަށް މަންމަގެ ފައި ބުޑަށް ވެއްޓިގަނެވުނެވެ. ރޮއިރޮއިފާ އާދޭސް ކުރެވުނެވެ. މަންމަގެ ވިސްނުން ބަދަލުވެތޯ ހިތާހިތުން ދުއާ ކުރެވުނެވެ. ނަމަވެސް މަންމަ އެއްވެސް އެޗެއް ނުބުނެ ކޮޓަރިން ނުކުމެގެން ދިޔައީ އަހަރެންގެ އަތް ފޮޅުވާލާފައިއެވެ.

”ދަރިފުޅާ. ދަރިފުޅާ. މަންމަ ސަލާމަތް ކުރޭ. ދަރިފުޅާ.” އަހަރެންނަށް ސިއްސައިގެން ގޮސް ހޭލެވުނީ މަންމަ ހަޅޭ ލަވައި އަޑަށެވެ. ދުވެފައި ގޮސް މަންމަގެ ކޮޓަރިއަށް ވަނީމެވެ. ފެނުނު މަންޒަރުން އަހަރެންނަށް އިތުރު ހަރަކާތެއްވެސް ކޮށްނުލެވުނެވެ. ނިދީގައި މަންމަ ހަރަކާތް ކުރަމުން އެދަނީ ގެނބެމުންދާ މީހެއްގެ ހަރަކާތްތައް ހުންނަ ގޮތަށެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. އަހަރެން ބަލަން ނުހުރެ ގޮސް މަންމައަށް ގޮވަން ފެށީމެވެ. ނަމަވެސް ބަދަލެއް ނައެވެ. އެންމެ ފަހުން ފެންތައްޓެއް ހިފައިގެން އައިސް މަންމަގެ މޫނުގައި އުނގުޅާލީމެވެ. ސިއްސައިގެން ގޮސް މަންމަ ލޯ ހުޅުވާލިއެވެ. އަދި އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލާ ރޯން ފެށިއެވެ. އަހަރެން ހުރީ ވާނުވާގައިއެވެ. މަންމައަށް ވީ ގޮތްވެސް ހުރީ އެނގެން ނުހަނު ބޭނުންވެފައިއެވެ. ”މަންމާ ކިހިނެއްވީ؟”

ދަރިފުޅާ މަންމައަށް މަޢާފު ކުރޭ. މަންމަ ދެން އެހެންނެއް ނޫޅޭނަން. މަންމައަށް ވިސްނިއްޖެ. މަންމަ ބޭނުން ތައުބާވަން.” މަންމަ ބުނިހާވެސް އެއްޗަކީ މިއީއެވެ. އަހަރެންނަށް އުފަލުން ގޮސް ރޮވުނެވެ. ކަރުނަތައް އެންމެ ހިނދުކޮޅަކަށްވެސް ހިފަހައްޓައެއް ނުލެވުނެވެ. ނަމަވެސް ހިތުގައި އުފެދިފައި އިން ސުވާލަކީ މަންމައަށް ވީ ކިހިނެއް ހެއްޔެވެ؟ ހުއްޓާ ނުލައި މަންމަ ރޮމުން ދިޔުމުން އަހަރެންނަށް އެއްވެސް އެއްޗެއް އޮޅުން ފިލުވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ފަހުން އެސުވާލު ކުރަން ނިންމާ މަންމަގެ ބުރަކަށީގައި ފިރުމަން ފެށީމެވެ.

އަހަރެންގެ ދުވަސް ފެށުނީ މަންމައާއިއެކު ފަތިސް ނަމަދުންނެވެ. އެކީގައި ނަމާދުކޮށް ނިމުނު އިރު އަހަރެންނަށް ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމާދުކޮށް ނިމުމުން އަހަރެން މަންމައާއެކު ބޭރު ޖޯލިފައްޗަށް ނުކުތީމެވެ. އަދި ރޭގައި ވީ ކިހިނެއްތޯ ސުވާލު ކުރީމެވެ. މަންމަ އެވާހަކަ ފޮރުވާކަށް ނޫޅެއެވެ. ތެދުތެދަށް އަހަރެންނަށް ހުވަފެނުގައި ވީ ކަންތައް ކިޔައިދިނެވެ. ”މަންމައަށް ހޭލެވުނީ މީހަކު އައިސް މަންމައަށް ގޮވަން ފެށުމުން. އެމީހައާ އެކު މޫދަށް ދާން އެދުނީ. މަންމަވެސް ފަސް ނުޖެހި ދިޔައިން. ދެމީހުން އެކީ މޫދަށް ގޮސް އެރިފަ ވަރަށް ދުރަށް ދިޔައިން. ވަކި ހިސާބަކަށް ދެވުނުތަނާ އެމީހާ މަންމައަށް ގެއްލުނު. ހަމައެވަގުތު މަންމަ އޮޔަށް ދަމާ ގަނެފި. ފައެއް ނުޖެހެ. ފުން ހިސާބެއް. ފަތަން ނޭނގޭތީއާ އެކު މަންމަ ދިޔައީ އަޑިއަށް. ނޭވައެއް ނުލެވުނު. މައްޗަށް އަރަން އުޅުނަސް ހީވީ މީހަކު ފައިގައި ހިފަހައްޓާ ދަމައިހެން. ދެން އިވެން ފެށީ ވަރަށް ބާރު އަޑުފައްގަނޑެއް. ހަމަ އެވަގުތު މީހަކު ވާހަކަދައްކަންވެސް ދެއްކި. ބުނީ އަދިވެސް ތައުބާވާކަށް ނޫޅެންހޭ. ދަރިފުޅު ދިން ނަސޭހަތްތަކުގެ ކޮޅުފައިން ޖަހާފައި ދިޔައިރު މަރުވަނީ ކިހާ ގާތެއްގައި ކަމެއް ނުވިސްނަން ހޭ. މަންމައަށް އެވަގުތު ވިސްނުނީ އެއީ މަންމަގެ އެންމެ ފަހު ވަގުތު ކޮޅުކަން. މަންމައެއް ދެން ދުނިޔެއަކު ނުހުންނާނެކަން. ދެން ހަނދާނަށް އައީ ދަރިފުޅު މަންމައަށް ދިން ނަސޭހަތްތައް. ދަރިފުޅު މަންމައަށް ކޮށްދިން ދުޢާ. ރޮއިފައި އާދޭސް ކުރި މަންޒަރު ލޮލަށް ސިފަވެގެން ދިޔަ. މަންމަ ވަގުތުން ބޭނުންވި ތައުބާވަން. އެކަމަކު މަންމައަކަށް އެހެން ގޮތެއްނުވި. ތެޅިފޮޅިފޮޅިވެސް މައްޗަކަށް ނޭރި. އެކަމަކު އެކަމުން ވެސް މަންމަ ސަލާމަތް ކޮށްދިނީ ދަރިފުޅު. މަރުގެ ތުންފަތް މަތީގައި ވަނިކޮށް ދަރިފުޅު އައިސް މަންމަ ސަލާމަތުގެ އައްސޭރިއަކަށް ތި ލީ. މަންމައަށް މިއަދު އެނގިއްޖެ ދުޢާގެ ބާރުގަދަކަން. ދަރިފުޅުގެ ދުޢާ ތިއީ މަންމައަށް ހެޔޮމަގު ދެއްކެވި އެއްޗަކީ.” އަނެއްކާވެސް މަންމަ ރޯން ފެށިއެވެ. އަހަރެންނަށްވެސް ރޮވުނެވެ. ނަމަވެސް އުފަލުންނެވެ. އަދި އެއާއިއެކު އަހަރެން ކުރި ދުޢާ އިޖާބަވުމުން އެކަލާނގެއަށް ޝުކުރު ދެންނެވުނެވެ. އަދި މަންމައަށް ހެޔޮ ވިސްނުން ލިބުނީތީވެސް މެއެވެ. ކޮންފަދަ ބޮޑު އުފާވެރިކަމެއް ހެއްޔެވެ؟

~ ނިމުނީ ~

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

love is sour n sweet
Previous

ހުދާއްކޮ

Next

ދިރިއުޅުން އަލިކޮށްދިން 6

Next
September 14, 2020

ދިރިއުޅުން އަލިކޮށްދިން 6

Previews
September 13, 2020

ހުދާއްކޮ

love is sour n sweet

25 Comments!

  1. ?Nafu✨ says:
    September 13, 2020 at 8:40 pm

    salaam all.. unmeedhu kuran nafuge mi kuru vaahaka vs kamudhaane kamah.. kuriah oii dhuvas thakugai vs nafuge vaahakathah thiya kiyuntherinnaa hama ah genesdheynan.. insha allah.. unmeedhu kurany kiyuntheringe support libeyne kamah..
    kiyuntherin thi dhehvaa supportah vr bodah shukuriyyaa..
    thank u so much.. ly.. stay safe.. take care

  2. Ram says:
    September 13, 2020 at 9:04 pm

    Maasha allah vvvv reethi vvvv furihama ???????

    1. ?Nafu✨ says:
      September 14, 2020 at 3:12 pm

      Ram ge commenteh dhuvas thakeh kohfa libunyma vs vr vr vr ufaavehjje.. thidhey supportah vr bodah thanks.. thank u sooo much dear.. stay safe.. ly?

  3. Lavender ? says:
    September 13, 2020 at 10:18 pm

    Masha allah varah reethi vaahaka eh ???????????????????? varah iburaitheri vaahaka eh ?????? keep it up ? ? ?

    1. ?Nafu✨ says:
      September 14, 2020 at 3:13 pm

      Thank u sooooo much lavender.. it means a lott.. vr ufaavehjje story kamudhiyae ma.. stay safe.. ly?

  4. ?Black pink says:
    September 14, 2020 at 7:38 am

    Vvvvvvvvvvv nice Mi story vs…..ohhh nafu………….. ……. Lng Time no see…
    V Gina dhuvas vejje nafu ge story eh nufennathaa….
    Im really happy with this story….. Curiously waiting 4
    Ur nxt story…… TC

    1. ?Nafu✨ says:
      September 14, 2020 at 3:17 pm

      Thank u sooooo much black pink.. it means a lot.. noone dear.. adhi maaka gina dhuvaheh nuve ehnu. Nafu vaahaka eh publish kurin sep 2 ga.. ehvaahaka kiyaalin tha? Dear ah nufennany dhw.. alhey vr ufaavehjje stroy kamudhiyae ma.. thanks a lot.. ya keep waiting.. u too take care and stay safe.. ly?

  5. unknown queen says:
    September 14, 2020 at 8:40 am

    Wow vv reethi.. sooo sweet♥️?

    1. ?Nafu✨ says:
      September 14, 2020 at 3:18 pm

      Thank u soooo much.. it means a lot.. vr ufaavehjje story kamudhiyae ma.. stay safe.. ly?

  6. Raaya says:
    September 14, 2020 at 12:49 pm

    awwwn vrh loabi laobi and iburaitheri story eh! masha allah! asluvx dua aky vrh baarugadha ehcheh! and missed you very much nafu! hope you are staying safe! love you <3

    1. ?Nafu✨ says:
      September 14, 2020 at 3:21 pm

      Awwwn thank u sooooo much raaya.. it means a lot.. ya dua aky moominunge enme baarugadha hathiyaaraky.. once again thanks.. missed u more raaya.. raayage vaahaka eh dhn kiyaalan libeyny kon irakun tha?? Short story.. vr vr vr vr kiyaa hiyy vey.. and vr miss.. ya.. stay safe.. ly more?

  7. Epiphany says:
    September 14, 2020 at 6:34 pm

    Maashaa Allah……. Varah ibraitheri………… I felt like crying… So nice…. I like it…… Um…I have a competition going on and I have to read stories and write it…. The student who read more stories is the winner….. I will include this too……. I miss you…… Bogoshipeo…… Saranghae………

    1. ?Nafu✨ says:
      September 15, 2020 at 8:43 pm

      alheyyyy thank u soo much dear.. it means a lott..alheyy dear rohvaalevunyma vr bodah sorry.. and thanks again.. aww vr ufaavehjje mi story himanaalaathy.. dear 1st hoadhaa lahcheey ingey.. and ginaan ky varakah liyan vs dhasvaane.. gud luk.. stay safe.. miss u more.. ly?

    2. Epiphany says:
      September 16, 2020 at 8:08 pm

      I got second place with a little difference but its okay……………BTW I forgot to tell you….. I’m bluebird ingey………I like this story so I’m looking forward to another ibraitheri story……….

    3. ?Nafu✨ says:
      September 17, 2020 at 11:28 am

      ?aww congratulation dear? alhey bluebird tha thy… miss u sooo much dear.. name change kohfa indhyma neygunu.. thank u.. ya miyadhu upload kohlaanan short story eh.. hope u like it..

  8. Kairaa says:
    September 14, 2020 at 6:53 pm

    masha allah…
    varah varah reethi iburaitheri story eh??..
    dhn kon irakun nafu sis ge story eh kiyaalan libeynee…
    miss u sis…
    lysm…stay safe…

    1. ?Nafu✨ says:
      September 15, 2020 at 8:46 pm

      alheyy mi e nafuge supportive reader tha? ehnve vehjje nama vr ufaavehje dhuvas thakakah fahu comment eh fenunyma.. thank u soooooo much kairaa.. it means a lot.. vr avahah kiyaalan libeyne nafuge short story eh.. insha allah.. keep waiting inge.. miss u moreee.. stay safe.. lym?

    2. Kairaa says:
      September 16, 2020 at 2:08 pm

      Yh…. Nafu sis ge supportive reader mii???…… Misss moree?

    3. ?Nafu✨ says:
      September 16, 2020 at 3:14 pm

      aww.. glad to read ur comment.. miss u more n moreeee

  9. Shooting star ? says:
    September 15, 2020 at 10:11 am

    I feel like crying.. varah ibrahtheri story eh..and your stories are amazing ❤️
    Stay safe ❣️

    1. ?Nafu✨ says:
      September 15, 2020 at 8:48 pm

      alheyy sorry rohvaalevunyma.. and thank u soooooo much.. it means a lott.. aww thank uuu.. u too stay safe. ly?

  10. ?Black Swan? says:
    September 15, 2020 at 2:25 pm

    Masha Allah Varah reethi mi stry ? ? ? ? ? ?
    Yes Vvvvv iburaitheri stry eh mii.. Yh dua akee Muslimun ge baarugada hathiyaaru… Keep it up sisy ❤️❤️❤️❤️❤️
    U r always wlcm my loabi laobi Sissy ???????
    Alheyy sis mathin vvvvvvvvvvvvvvvvvvvvvvvvvvv miss v.. Ekm Vvvv ufaavehge maaka gina dhuvas thakeh nuve nafu sis ge stry eh kiyaalan libuneyma.. Yh Sis ah abdhuves alhugadu ge support libeyne..Insha allah.. My favv authors thakuge therein eh author akee nafu sis… Nafu Sis ge new stry v Avahah kiyaalan lebeyne kamah ummiidhukuran..
    Sis is there anyway to talk to u privately.. Sis use kuraa app thah buneladheeba Plx if u don’t mind ingey..
    Sorry for the late comment.. ??Aslu mi dhuvas kolhu V bxy.. Nxt month ga exam ohnnathy ingey sis..
    Luv u more Sissu ?♥️????❣️???????
    Miss u more ??
    Stay safe tc sisy ☺️????

    1. ?Nafu✨ says:
      September 15, 2020 at 8:56 pm

      awwwwwwn dearrr.. thank u sooooooooooo muchh.. thanks a billion.. hehehe once again thanks a lot my loabi loabi black swannn.. alheyy dear mathin nafu vs vrrrrrrrrrr miss vi.. hama wait kurany mi dear ge comment akah. ehn indha finally dear ge comment eh fenuny.. adhi ehaa vs loabi loabi comment eh.. vr vr vr ufaavehjje… vr vr ufaavehjje dearge supprot abadhu vs libeyne kan engunyma.. thank u.. alheyyyy adhi vr vr vr vr bodah ufaavehjje dear ge fav author ge therey himenunyma vss.. ya vr avahah kiyaalan libeyne.. insha allah.. keep waiting inge..
      aww dear, nafu hama ekani use kurany viber. ehnoon app eh beynun nukuran.. dhn google.. hehe..
      its ok dear.. lahun viyas comment eh kohlyma vr ufaavehjje. ya i understand.. vaahaka ah vure kiyevumah bodah samaalukan dheyn vaane ingey.. gud luk for ur exam.. study welll.. missss u moreee dear.. u too stau safe.. lym??

    2. ?Black Swan? says:
      September 16, 2020 at 2:22 pm

      Sisssssu u r always wlcm ❤️❤️❤️❤️sis ge reply vx Vvvvv loabi eey.. Umm public vyma number dheny kihineh?? Anyway mithanuga talk kuraanee dhw sis..Sis Can i ask u a question if u don’t mind can u plz tell me u r age… I’m 15 years old girl.. Curiously waiting for u r nxt stry…
      Luv u more n more ?? ? 6

    3. ?Nafu✨ says:
      September 16, 2020 at 3:19 pm

      alheyy dear.. ya mithanuga talk kuraany.. public thaneh v ma rangalheh nuvaane number dhinumeh.. ya i’m 16 dear.. 1 year ge thafaatheh dhw myny.. ya keep waiting.. lymm

Comments are closed.



All Right Reserved!