Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ދިންވޭނުގެ ހިތާމާގައި

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
April 9, 2021 3 Mins Read
0 Comments

އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށްކަން އެނގުމުން ލަދު ގަންނަ ގޮތްވާން ފެށިއެވެ.  އޭނާ ފެނުމާއިއެކު ކުރިން މީހަކު ފެނިގެން ނުވާ ގޮތްތަކެއް އަހަރެންނަށް ވާން ފެށިއެވެ. ހިތުގެ ތެޅުން އަވަސްވެ އަތްފާ ފިނިވެގެން ދިޔައެވެ. ހިނގަން އުނދަގޫވެ ހަރަކާތެއް ކުރަން ދަތިވިއެވެ. އަހަރެމެން ދެމީހުން ދިމާމިވީ އަލަށްކަމުން އަހަރެންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ފަސްޖެހެވުނެވެ. ލަދުގަންނަނީވެސް އިންތިހާއަށެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި އަޑުގައި ކިތަންމެ ތުރުތުރެއް އެޅިނަމަވެސް އޭނާ ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދިނީމެވެ.

  އެދުވަހަށްފަހު ކޮންމެ ދުވަހަކުމެ އަހަރެމެން ދެމީހުން ބައްދަލުވެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އަހަރެން އޭނާދެކެ ގަތްލަދުވެސް ކެނޑިގެން ދިޔުމެވެ. ގިނައިން ވާހަކަދައްކަން ފެށުމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާއާ މެދު އައު ވިންދެއް ޖަހަން ފެށިއެވެ. އައު ރާގެއް ކުޅެން ފެށިއެވެ. އަބަދުވެސް އޭނާ ދެކިލުމަށް ހިތް އެދެން ފެށިއެވެ. އޭނާގެ އަޑު އަހައިލުމަށް ކަންފަތް ބޭގަރާރު ވަމުން ދިޔައެވެ. އަބަދުވެސް އޭނާގެ ހިޔާލުތަކުގައި އަހަރެން މިހާރު ވަނީ ގައިދުވެފައެވެ. މިކަންކަމުގެ ސަބަބުން އަހަރެންގެ އުޅުމަށްވެސް ބަދަލު އަންނަން ފެށިއެވެ. ބޭރަށް ނުކުމެވުނަސް އޭނާ ހޯދެނީއެވެ. ފަރާތްފަރާތަށް ބޯ އުކެން ފެށެނީއެވެ. އޭނާ ދެކިލުމަށް އަބަދުވެސް އަހަރެންގެ ދެލޯ ކެތްމަދުވެފައިވާ ކަހަލައެވެ.

  އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތުގައި އަހަރެން އޭނާއާ ބައްދަލު ކުރީ އޭނާގެ އެދުމަކަށެވެ. އޭނާ ބޮޑު ވާހަކައެއް ބުނަން ވެފައި އޮތުމުންނެވެ. ވަރަށް ފުރިހަމައަށް ރީތި ވެލައިގެން އޭނާ ބުނިތަނަށް އަހަރެން ދިޔައީމެވެ. އޭރު އޭނާވެސް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. މުޅިމާހައުލު ދިއްލާލާފައިވަނީ އުއްބައްތީގެ ފަނޑު އަލިންނެވެ. މަޑު މިޔުޒިކެއް ތަނުގައި ޖަހާފައިވާއިރު ޖެހިލާ ލުއި ވައިރޯޅިން ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އަހަރެން ފެނުމާއިއެކު ފިރިހެންވަންތަ ހިނގުމެއްގައި އޭނާ އައިސް އަހަރެންގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީންދެލިއެވެ. ”އައިލަވްޔޫ. ވިލް ޔޫ ބީ މައިން؟” އަދި އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލުން ޖަރީ ކުރެވިފައިވި މާ ބޮޑި އަހަރެންނަށް ދިއްކޮށްލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަރެންނަށް ހުރެވުނީއެވެ. ލިބުނު ހައިރާން ކަމުންނާއި ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. ދުވަހަކުވެސް މިފަދަ ދުވަހެއް އައިސްދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ލިބުނު އުފަލުން އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. ވަގުތުން ޔެސް އޭ ކިޔައި މާ ބޮޑީގައި ހިފައިލީމެވެ. އެރޭ އަހަރެމެން އެތަނުން ދިޔައީ އެތައް އަހުދަކާއި ވައުދެއްވެފައެވެ.

  އަހަރެންނަށް ތިން އަހަރު ދުވަހުގެ ކޯހެއްލިބި މެލޭސިއާއަށް ދިޔުމަށް ފުރަން ޖެހުނު ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އެއް ދުވަހެވެ. އެދުވަހު ދެމީހުންވެސް ވަރަށް ގިނަ ވާހަކަތައް ދެއްކީމެވެ. އެކަކު އަނެއްކަކަށް ވައުދުވީމެވެ. ދުވަހަކުވެސް ބޭވަފާތެރި ނުވުމަށެވެ. ދުވަހަކުވެސް ވަކިނުވުމަށެވެ. ހިތާމައެއް ނުދޭނެ ކަމުގައެވެ. އަބަދުވެސް ލޯބިވާނެ ކަމުގައެވެ. ކޮންމެ ތަނެއްގައި ހުރިކަމުގައި ވިޔަސް ދެގޮތެއް ނުވެ އެކީގައި ހުންނާނެ ކަމަށެވެ. ތިން އަހަރު ދުވަހަށް އޭނާއާ ވަކިވާން ޖެހުމުން އަހަރެންނަށް ލިބިފައިވަނީ ބޮޑު ވޭނެކެވެ. ބޮޑު ރިހުމެކެވެ. އޭނާ އާ އެހައި ދުރަށް ދާން ޖެހުމުން އަހަރެންނަށް ރޮވެން ފެށުނެވެ. ގަނބުވެފައި ހުރެވެން ފެށުނެވެ. ކަމެއް ކުރަން ވެސް ފޫހިވިއެވެ. ނަމަވެސް ހިތްވަރު ކުރީމެވެ. ކެތްތެރިވުމަށް އަމިއްލަ ނަފްސަށް ބާރު އެޅީމެވެ. އެދުވަހަކީ އެތައް ހާސް ހަންޖަރަކުން އަހަރެންގެ ހިތް ކަފައި ކުދި ކޮށްލި ދުވަހަކެވެ. ދުވަހަކުވެސް މިހިތަށް ތަދު ނުވާވަރަށް އެދުވަހު ތަދުވެގެން ދިޔައެވެ.

  މެލޭސިއާއަށް ދިޔަނަމަވެސް އަހަރެން މިހުރީ އޭނާ އާ ދުރުގައި ކަމެއް އެއްފަހަރުވެސް އިހުސާސެއް ނުކުރެވެއެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ބުރަށް އޭނާ ގުޅައެވެ. ވީޑިއޯ ކޯލް ކުރެއެވެ. ކޮންމެ ދުވަހެއްވެސް ނިމިގެން ދަނީ އެގޮތަށެވެ. ކިޔެވުމުގައެވެ. އަދި އޭނާއާ އެކު އުފާވެރި ވަގުތު ހޭދަ ކުރުމުގައެވެ.

  ދެ އަހަރު ފާއިތުވެގެން ދިޔައީ ވަރަށްވެސް ހަލުވި ކަމާއިއެކުއެވެ. ދެންއޮތީ އެންމެ އަހަރެއް ކަމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ނަމަވެސް ހިތްވަރު ކުރީމެވެ. ފަހު އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށިގެން ދިޔައީ އަހަރެންގެ ހިތް މާޔޫސް ކުރުވަމުންނެވެ. އޭނާއަށް ގުޅުމުން ފޯނު ނަގާވަރު މަދުވެގެން ދިޔައެވެ. ފޯނު ނެގިޔަސް ވާހަކަ ދައްކާލަނީ ފަސް މިނެޓްވަންދެންނެވެ. މަސައްކަތުގައި ބުރައީ ކަމުގައި ބުނަމުން ދިޔައެވެ. ހުކުރު ދުވަހުވެސް މެއެވެ. އަހަރެންނަށް ގުޅަނީވެސް މަދު ފަހަރަކުއެވެ. އަހަރެންގެ ލޯބި އަހަރެންނާ ދުރުވާކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ހިތަށް ތަދުވާން ފެށިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. މިކަންތަކާއި ހުރެ އަހަރެންގެ ކިޔެވުން ދަށް ވެގެން ދިޔައެވެ. ކިޔެވުމަށްވުރެ ބޮޑަށް އަހަރެންނަށް ވިސްނެންފެށީ އޭނާ އާ މެދުއެވެ. އޭނާއަށް ވީ ކިހިނެއް ހެއްޔެވެ؟

  ކޯސް ނުނިމެނީހެން އަހަރެން މާލެދާން ފުރީމެވެ. އިންތިޒާރު ކުރަންޖެހޭ ވަގުތު ގިނަވުމާއިއެކު ހިތަށް ތަދުވަމުން ދިޔައެވެ. ބައްދަލުވާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔަ އަހަރެންގެ އިންތިޒާރުގެ ނިމުން ބައްދަލުކުރީ މާލޭގެ ފެރީ ޓާމިނަލް ކުރިމަތިންނެވެ. ސައިކަލުގައި އޭނާ އިންއިރު ފަހަތުގައި އިނީ އަންހެން ކުއްޖެކެވެ. ހަމަގައިމުވެސް އެއީ އޭނާގެ ކޮއްކޮ ނޫން ކަން އަހަރެންނަށް ޔަގީންވިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައީ ހިތް ފުނޑުފުނޑު ކުރަމުންނެވެ.

  ދުވެފައި ކަހަލަ ގޮތަކަށް އަހަރެން އޭނާގެ ކުރިމަތީގައި ހުއްޓިލީމެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާއާ ދިމާލަށް ބަލަން ހުރީމެވެ. އޭނާވެސް ހައިރާން ވެފައި އަހަރެންނާ ދިމާ ބަލައިލިއެވެ. ”އަކްމަލް. ކާކު އެއީ؟ ދަންނަންތަ؟” ތުއި އަޑަކުން ފަހަތުގައި އިން ކުއްޖާ އެހެން ބުނުމާއިއެކު އަހަރެން އަނެއްކާވެސް އޭނާއަށް ބަލައިލީމެވެ.

”ހޫމް އެއީ ނޫރާ. ނޫރާ މިއީ އަހަރެންގެ ވައިފް ޒީނާ.” އަހަރެންގެ ކަންފަތަށް އަޑު އިވުނީ ރަނގަޅަށް ކަމާމެދު ޝައްކުވެފައި ހުރެވުނީއެވެ. މުޅި ދުނިޔެވެސް ހުއްޓުމަކަށް އައި ކަހަލައެވެ. އަހަރެންގެ ކުރިމަތީގައި ހީވީ ބޮމެއް ގޮއްވައިލި ހެންނެވެ. އަހަރެން އޭނާގެ އަތުގައި ހިފައިގެން ދުރަށް ޖެހިލީމެވެ. އެކަނި ވާހަކަ ދައްކަން ބޭނުންވާތީއެވެ. އޭނާވެސް އެއްވެސް ދެކޮޅު ހެދުމެއް ނެތި އައުމުން އަހަރެން މި ވަނީ ކިހިނެއްތޯ ސުވާލުކޮށްލީމެވެ. ”ނޫރާ. އަހަރެން ނޫރާ އާ ލޯބީގެ ގޮތުން ގުޅުނީ ރައްޓެހިން ކުރި ބެޓަކަށް. އަހަރެން މިއީ ކެރޭ މީހެއްކަން ދައްކަން. ޑޯންޓް  މިސްއަންޑަސްޓޭންޑް. އަހަރެން ނޫރާދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ. އައިމް ސޮރީ. ބާއި.” އަހަރެންނަށް ހުރިތާ ހުރެވުނީއެވެ. ގަނޑުވެފައިއެވެ. ޗާބީ ދީފައި އިން ބުދެއް ހެންނެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ؟ އޭނާ އަހަރެން ދެކެ ލޯބި ނުވާ ކަމެއް އެކުޅުނު މޮޅު ތަމްސީލުން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އޭނާ އެދިޔައީ އަހަރެންގެ ހިތް ހަލާކު ކޮށްލާފައެވެ. ހިތުގެ ނާރުތައް ބުރިބުރި ކޮށްލާފައެވެ. މުޅި ދިރިއުޅުން މަތިން ފޫހިކޮށްލާފައެވެ. ކެތްނުކުރެވޭވަރުގެ ހިތާމައެއް ދީފައެވެ. މިހިތާމަ އަބަދުވެސް އަހަރެންގެ ހިތުގައި ވާނެއެވެ. ލެވުނު ފާރުގަނޑު ދުވަހަކުމެ ރަނގަޅު ނުވާނެއެވެ.

~ ނިމުނީ ~

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 2

Next

އަންނަންދެން ހުންނާނަން ލޯބިން 32

Next
April 11, 2021

އަންނަންދެން ހުންނާނަން ލޯބިން 32

Previews
April 9, 2021

ނަފްރަތުން ވެވުނު ލޯބި 2



All Right Reserved!