
މަޢާފް އެދެމުން 56

އެއްޗެއް ބުނަން އުޅެފި ނަމަ ރޮވޭނީ ކަން އެނގޭތީ އެނބުރި ހިނގައިގަތް ރީވާއަށް ކުރިއަށް ނުދެވުނީ އާރިޝް ގޮވާލުމުންނެވެ.
“ރީވާ.. ޕްލީޒް ފޮރގިވް މީ.. ޕްލީޒް ރީވާ..” ފަހަތުން އައިސް ރީވާ ގައިގައި ބައްދާލަމުން އާރިޝް އެދުނެވެ.
“ކީއް ކުރަން މި ތަނަށް އާރިޝް ތި އައީ؟ އަހަންނަށް އާރިޝްއާ ދުރުގަ ހުރެވޭނީ އާރިޝްވެސް ދުރުގަ ހުރެގެން.. އަހަންނަށް އާރިޝްއަށް މާފް ކުރެވޭނީ ދޮންބެ އާރިޝްއަށް މާފް ކޮށްގެން..” ރޮމުން ރީވާ ބުންޏެވެ.
“ހީ އިޒް މައި ބެސްޓް ފްރެންޑް.. ރީވާ، ހީ އިޒް މައި ބްރަދަރ. މިރޭ އަހަންނަށް ދުރުގަ ނުހުރެވުނީ.. ފެންނަ ހިސާބަށް ނުދެވުނަސް މިހާ ހިސާބުގަ ހުރެގެންވެސް ރިޔާންގެ އުފަލުގަ ބައިވެރިވެވުނު ކަމުގެ އިހުސާސް ކުރެވެން އެދެވުނީ.. އެކަމަކު ރީވާ އަހަރެން ދެކެން ބޭނުން ނުވަންޏާ ރީވާއަށް ފެންނަ ހިސާބަކަށް ދެން ނާންނާނަން.. އައިމް ސޮރީ!” ރީވާ ގައިން ދޫކޮށްލާފައި އެހެން ބުނި ގޮތަށް އާރިޝް ރީވާއާ ދުރަށް ދިޔައެވެ. އެނބުރިފައި އާރިޝްއަށް ބަލަން ހުރެފައި ރީވާއަށް މޫނުގައި އަތް އަޅާލެވުނެވެ.
ރީވާ އަލުން ހޯލްއަށް ވަނީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. ރާނިޔާއަށް ރީވާ ފެނުމާއެކު ރީވާ ރޮއެފައި ހުރިކަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.