Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތަކުން ނުދާނޭ ފިލާ 26

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 9, 2025 6 Mins Read
13 Comments

ކިޔާން ގޮވައިގެން ގެއަށް ދެވުނީ އެ ދުވަހުގެ މެންދުރުއެވެ. ފާއިތުވި މަހެއްހާ ދުވަހު ސާހިލް އޮފީހަށް ދިޔައީ ސާހިލް ގޮސްގެން ނޫނީ ނުނިންމޭނެ ކަންތަކާ އެކަންޏެވެ. އޮފީހުގެ ކަންތައްތައް ބެލެހެއްޓީ އިރުފާންއާ ނާފިޒްއެވެ. ކިޔާން އެޑްމިޓް ކުރި ދުވަހުން ފެށިގެން ލީވްގައި ހުރި ލަޔާލް ދެން އިތުރަށް އޮފީހަށް ނިކުންނާކަށް ގަސްތެއް ނުކުރިއެވެ. ލަޔާލް ވަޒީފާއިން ވަކިވާން އެދުމުން ނާފިޒްއެކޭ އެއްގޮތަށް މާހިރާއާ އިރުފާންވެސް ލަޔާލް ބޭނުން ދުވަހެއް ވަންދެން ލީވް އިތުރު ކުރުމަށް އެއްބަސްވިއެވެ.

 

ކިޔާން ބަލިވުމުން ހުއްޓިފައި އޮތް އާޔާގެ ކައިވެނީގެ ތައްޔާރީތައް، ކިޔާން ރަނގަޅުވެ ތެދުވެ އުޅެވޭ ވަރުވުމުން އަލުން ކުރިއަށް ދާން ފެށިއެވެ. ރަންކިޔުމުގެ ހަފްލާގެ ހުރިހާ ކަމެއް އޮތީ ނާފިޒްމެން ގޭގައެވެ. ހުރިހާ އަންހެނުން ކަޅާ ރިހި ކުލައިން ހެދުން ލާފައި ތިބި އިރު ފިރިހެނުން ބޭނުން ކުރީ ކަޅާ ހުދެވެ. އާޔާއާ ރިޝްވާން ތައްޔާރުވެގެން ތިބީ ކަޅު ކުލައާ ރަތް ކުލައިންނެވެ.

އެއްވެސް ގޮތެއް ހަދާފައި ނުވާ، ފައިތިލައާ ހަމައަށް އަރާ ކަޅު ކުލައިގެ ހެދުމަކާ އެކު ރިހި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ލަޔާލް ފެނުމުން ސާހިލް ހަނދާންވީ އެ ދެމީހުން ކައިވެންޏަށް ރަންކީ ރެއެވެ. އެރޭވެސް ލަޔާލް ލައިގެން ހުރީ ކަޅު ކުލައިގެ ހެދުމެކެވެ. ނަމަވެސް އެރޭ އަޅައިގެން ހުރީ “ޕޭލް ގޯލްޑް” ކުލައިގެ ޝޯލްއެކެވެ. އެހެން މީހުން އަޅި ކުލައިގެ ހެދުމުގައި ތިބި އިރު ލަޔާލްއާ ގުޅުވާފައި ސާހިލް ހުރީ ލަޔާލްގެ ހެދުމާ އެއް ކުލައިން ކަޅު ގަމީހަކާ ކަޅު ފަޓުލޫނެއްގައެވެ.

ލަޔާލް ފެނުމުން އަމިއްލަ ކައިވެނީގެ ހަނދާންތައް ސާހިލްގެ ހިތުގައި ވީހެން އެ ހަނދާން ލަޔާލްގެ ހިތުގައިވެސް ވިއެވެ. ރަންކީ އަދަދަށް ވީ ފައިސާ ރީތި ގޮތަކަށް ޑިޒައިން ކޮށް ފްރޭމް ކޮށްފައި ސާހިލް ދިން ގޮތަށް ލަޔާލް އަތުގައި އޮތެވެ. އެރޭގެ ހަފްލާ ނިމިގެން ގެއަށް ގޮސްފައި ކިޔާން ނިދުމުން ލަޔާލް އަލަމާރިތެރޭ ހުރި “ގިފްޓް ބޮކްސް” ތެރެއިން އެ ފްރޭމް ނަގާ ސިޓިންގްރޫމްގައި ހުރި ރެކް މަތީ ބެހެއްޓިއެވެ.

ޖެހިގެން އައި ދުވަހު ހަވީރު ސާހިލް އައިސް އެ ގެއަށް ވަނުމާއެކު އެ ފްރޭމް ސާހިލްގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ކުރެވުނު އުފާވެރި އިހުސާސްއާއެކު ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ސާހިލްއަށް ލަޔާލްގެ ހިތް އަލުން ކާމިޔާބު ކުރެވިދާނެ ކަމުގެ އުންމީދު އާވިއެވެ.

ޖެހިގެން އައި ހުކުރު ދުވަހުގެރޭ އާޔާއާ ރިޝްވާންގެ ކައިވެނި ކުރެވުނެވެ. ޕާޓީ އޮތީ ހުޅުމާލޭގެ ހޮޓެލްއެއްގައެވެ. މުޅި ތަން ތައްޔާރު ކޮށްފައި އޮތީ ހުދާ ރިހި އަދި ނޫކުލައިގެ އެކި ޝޭޑްތަކުންނެވެ.

ކައިވެންޏަށް ތައްޔާރުވެގެން ހުރި އާޔާ ގޮވައިގެން ހޯލްތެރެއަށް ވަދެގެން އައި ލަޔާލް ފެނިފައި، އިރުފާންއާ ވާހަކަ ދައްކަން ހުރި ސާހިލްއަށް ލަޔާލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ލަޔާލް ލައިގެން ހުރި “ސްކައި ބްލޫ” ކުލައިގެ ހެދުމުގެ އަތް ހުރީ ހިމަކޮށް ނަމަވެސް އުޅަނބޮއްޓާ ހިސާބުން ދޫކޮށް އޮތް ބައި ކަކުލާ ހަމައަށް އާދެއެވެ. އުނަގަނޑާ ހިސާބުން ރިހި ކުލައާ މަޑުނޫ ކުލައިން ފެށިގެން ކަނޑުނޫ ކުލައާ ދެމެދުގެ ކުލަތަކުގެ މިނާ އަދި ވެލިފޮތި ބޭނުން ކޮށްގެން ކުދިކުދި މާތަކެއް ހެން ހަރުކޮށްފައި ހުއްޓެވެ. ހެދުމުގެ ފަސްބަޔާއި އަތުގައި ދޫކޮށް އެލުވާލާފައި އޮތް ބަޔާއި، ލަޔާލް އަޅައިގެން ހުރި ކަނޑުނޫ ކުލައިގެ ޝޯލްގައިވެސް ހަމަ އެ ގޮތަށް ޑިޒައިން ކޮށްފައި ހުއްޓެވެ. އާޔާ ލައިގެން ހުރި ހެދުމާ ލަޔާލްގެ ހެދުމުގެ ޑިޒައިން ދާދި އެއް ގޮތެވެ. ހަމައެކަނި ތަފާތަކީ އާޔާގެ ހެދުން ހުދު ކުލައިން ހުރުމާއި ހެދުމުގެ އަތް ހިމަކޮށް ހުރެފައި އާޔާ އަޅައިގެން ހުރި ޝޯލްގެ ފަހަތުން ހެދުމުގެ ފަސްބަޔާ ހަމައަށް އަންނަ ވެއިލްއެއް އޮތް ކަމެވެ.

ދައްކަމުން ދިޔަ ވާހަކައަށް ސާހިލްގެ ސަމާލުކަން ނެތްކަން ފާހަގަ ކުރެވުމުން ސާހިލްގެ ނަޒަރު ހުރި ދިމާއަށް އިރުފާންއަށް ބަލާލެވުނެވެ. އެއާއެކު އިރުފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ލަޔާލްވެސް ހީވަނީ ހަމަ ކައިވެންޏަށް ތައްޔާރުވެގެން ހުރި ބްރައިޑްއެއް ހެން ދޯ؟” އިރުފާން އަހާލިއެވެ.

“ޔެސް..” ލަޔާލްއާ ދިމާއަށް ބަލަން ހުރެ ސާހިލް ޖަވާބު ދިން ނަމަވެސް އިރުފާން ބުނި އެއްޗެއް ވިސްނުމާއެކު ފާޑަކަށް ރަކިވެފައި އިރުފާންއާ ދިމާއަށް ބަލާލެވުނެވެ. ސާހިލްއަށް ވީ ގޮތުން އިރުފާންއަށް ބާރަށް ހީގަނެވުނެވެ.

“ގުޑް! އެއްވެސް ފިރިހެނަކަށް އަމިއްލަ އަނބިމީހާއަށް ނޫނީ ތި ނަޒަރުން ބެލިގެން ނުވާނެ!” ތަންކޮޅެއް ދުރުގައި ހުރި މާހިރާއަށް ބަލާލަމުން އިރުފާން ބުނެލިއެވެ.

އެއާއެކު ސާހިލްވެސް އިރުފާންގެ ހުނުމުގައި ބައިވެރި ވިއެވެ. މާހިރާއާ އިރުފާންގެ މެދުގައި ވާ ލޯތްބަކީ އަބަދުވެސް ސާހިލްގެ ހިތަށް ހަމަޖެހުން ގެނުވާ ކަމެކެވެ. ކައިވެންނަށް ފަހު ސާހިލްވެސް އެދުނީ އެފަދަ ގުޅުމަކަށެވެ.

“ދަރިފުޅު އަދިވެސް ލަޔާލް ދެކެ ތިހާ ލޯބި ވަންޏާ ހިތްވަރު ދޫކޮށްނުލާތި! ލަޔާލް ހޯދަން މަސައްކަތް ކޮށްފިއްޔާ ސާހިލްއަށް އަދި ލަޔާލް ލިބޭނެ ކަން ޔަގީން. ކިތަންމެ ސިއްރު ކުރަން އުޅުނަސް ލަޔާލްވެސް ސާހިލް ދެކެ ލޯބިވާ ކަން އެންމެންނަށްވެސް އެނގޭ” އިރުފާން ބުނެލި ވާހަކައިން ސާހިލްއަށް އިރުފާންގެ މޫނަށް ބަލާލެވުނެވެ. އާންމުކޮށް ސާހިލްއަށް ނަސޭޙަތެއް ވިޔަސް ޚިޔާލެއް ވިޔަސް ދޭ މީހަކީ މާހިރާއެވެ. ލަޔާލްގެ ކަމެއްގައި އެ ނޫނީ އިރުފާން އެފަދަ އެއްޗެއް ނުބުނެއެވެ. އެހެން ކަމުން އިރުފާން އެހެން ބުނުމުން ސާހިލް ހައިރާންވިއެވެ.

“ލަޔާ މާފެއް ނުކުރާނެ..” ސާހިލްއަށް ބުނެވުނެވެ.

“ސާހިލްއަށް މާފު ކުރުމަކީ ލަޔާލްއަށް ފަސޭހަ ކަމެއް ނޫން ކަން ސާހިލް ގަބޫލު ކުރަން ވާނެ. އެކަމަކު ސާހިލް ހިތްވަރު ދޫކޮށްނުލާތި! ލޯބި ވަންޏާ އެންމެ ފަހު ވަގުތާ ހަމައަށްވެސް ޓްރައި ކުރޭ. އެ އަންހެން ކުއްޖާ ސާހިލް ދެކެ ލޯބި ވާކަން ޔަގީން، އެ ލޯތްބަށް އިތުބާރު ކުރޭ!” އިރުފާން ބުންޏެވެ.

ސާހިލް ކުއްލިއަކަށް އިރުފާން ގައިގައި ބައްދާލިއެވެ. ލުއި ހުނުމަކާ އެކު އިރުފާންވެސް ހުރި ހަމައެކަނި ދަރިފުޅު ގައިގައި ބައްދާލަމުން ދެފަހަރަކު ސާހިލްގެ ބުރަކަށީގައި ޖަހާލިއެވެ.

“ޔޫ ކޭން ޑޫ އިޓް ސަން!” އިރުފާން ބުނެލިއެވެ.

ދުރުގައި ހުރި މާހިރާއަށް އެ މަންޒަރު ދައްކާލީ އާސިމާއެވެ. ސާހިލްއަށް ކަމެއް ވީއޭ ހިތަށް އަރާފައި މާހިރާ ދެބަފައިން ކައިރިއަށް ދިޔައެވެ.

“މާހިރާގެ ދަރިފުޅަށް ކަމެއް ނުވޭ، ކަންބޮޑު ނުވޭ” މާހިރާގެ މޫނަށް ބަލާލާފައި ހީލަމުން އިރުފާން ބުންޏެވެ.

އިރުފާންގެ ބަހަށް ބާރު ދިނުމުގެ ގޮތުން ސާހިލް ބޯ ޖަހާލުމުން މާހިރާ ސާހިލްގެ އަތުގައި ފިރުމާލިއެވެ.

އާޔާ ކައިރީ ހުރި ލަޔާލް އިރުއިރުކޮޅާ ސާހިލްމެން ތިބި ދިމާއަށް ބަލަމުން ދިޔަ އިރު، ސާހިލްއާ އިރުފާންގެ މެދުގައި ދެކެވެނީ ލަޔާލްގެ ވާހަކައޭ ހިތް ބުންޏެވެ. ދެބަފައޮންގެ މެދުގައި ލަޔާލްއޭ ކިޔާފައި ދެކެވެމުން ދިޔަ ވާހަކަ އެނގޭނެ ގޮތެއް އޮތްތޯ ވިސްނަން އިންދާ މާހިރާ ގޮސް ސާހިލްމެން ކައިރީ ހުއްޓުނެވެ. އެ ވަގުތު ރާއިދާއާ ރަމްޝާ ކުދިންނާ އެކު ހޯލަށް ވަދެގެން އައެވެ. އެ މީހުންނާ އެކު ހުރި ކިޔާން ދިޔަ ގޮތަށް ދިޔައީ ސާހިލް ކައިރިއަށެވެ. ކިޔާން ކޮންމެވެސް އެއްޗެއް ބުނުމުން ސާހިލްއަށް ސާފު ނުވެގެން ކިޔާން ކައިރިއަށް ތިރިވެލިއެވެ. ލަޔާލްއާ ދިމާއަށް އަތް ދިއްކޮލާފައި ކިޔާން ބުނި އެއްޗެއް އަޑު އަހާފައި ލަޔާލްއާ ދިމާއަށް ބަލަން އިނދެ ސާހިލް ބޯ ޖަހާލިއެވެ. އިރުފާންވެސް ކިޔާން ބުނި އެއްޗެއް އަޑު އަހާފައި ލަޔާލްއަށް ބަލާލިއެވެ. އެއާއެކު އިރުފާން ކޮންމެވެސް އެއްޗެއް ބުނެފައި މާހިރާއާ ދެ މީހުން އެކުގައި ހީގަތް އަޑު ލަޔާލްމެންނާ ހަމައަށް އިވުނެވެ. ލަޔާލްއަށް ބަލަން އިން ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލަޔާލްއާ ދިމާއަށް ބަލާލި ކިޔާންވެސް ހުރީ ދަތްތައް ފެންނަ ވަރަށް ހީލައިގެންނެވެ.

 

“ބައްޕާ، މަންމައާ ޔާޔާ އާންޓް ރީތި ކަން ބަލާބަ” ސާހިލް ކައިރިއަށް އައިސް ކިޔާން ބުނި ބަސް ސާފު ނުވުމުން ކިޔާންއާ އެއް ހަމައަށް ސާހިލް ތިރިވެލުމުން ކިޔާން ތަކުރާރު ކޮށްލިއެވެ. ލަޔާލްއަށް ބަޅާލާފައި ކިޔާންއާ އެއްބަސްވުމުގެ ގޮތުން ސާހިލް ބޯ ޖަހާލިއެވެ.

“ދަރިފުޅުގެ ބައްޕައަށް މާ ކުރިންވެސް ނޯޓިސް ވެއްޖެ” އިރުފާން އެހެން ބުނެފައި ބާރަށް ހީގަތް އިރު އެ ހުނުމުގައި މާހިރާވެސް ބައިވެރިވިއެވެ. އިރުފާންގެ ހުނުމުގެ އަޑަށް އެ ދިމާއަށް ބަލާލި ލަޔާލްއަށް ސާހިލްގެ ތުންފަތުގައިވި ހިނިތުންވުން ފެނި ޖަވާބުގައި ހީލިއެވެ.

ސާހިލްއާ އިރުފާން އަދި ކިޔާން އެއް ގޮތަކަށް ހެދުން އަޅައިގެން ތިބި އިރު ނުދަންނަ މީހަކަށްވެސް އެ ތިން ބަފައިންގެ މެދުގައި އޮތް ގުޅުން އެނގޭނެއެވެ. މަޑުނޫ ކުލައިގެ އަތްދިގު ގަމީހާއެކު ކިރިޔާ ކަޅަށް ނުވާހާ ގަދަނޫ ކުލައިގެ ފަޓުލޫނުގައި ތިން މީހުން ތިބި އިރު ކޮންމެ މީހަކުވެސް ހުރީ ކޮންމެވެސް ވަރަކަށް އަތުކުރި އޮޅާލާފައެވެ. ސާހިލްއެކޭ އެއްފަދައިން، އިރުއިރުކޮޅާ ސާހިލްއަށް ބަލަމުން ދިޔަ ލަޔާލްގެ ހިތަށްވެސް އުނދަގޫ ކުރަމުން ދިޔައީ ދެ މީހުންގެ ކައިވެނީގެ ހަނދާނެވެ.

އާޔާއާ ރިޝްވާންގެ ކައިވެނި ކުރެވުނު ވަގުތު ލަޔާލްއަށް އިޚްތިޔާރަކާ ނުލާ ރޮވުނެވެ. ކައިވެނިކޮށް ނިމެންދެން ހުރެފައި ލަޔާލް ހޯލުން ނިކުތެވެ. ރަމްޝާއާ ރާއިދާ ލަޔާލްގެ ފަހަތުން ދާން އުޅެފައިވެސް ހުއްޓުނީ ސާހިލް އެ ދިމާއަށް ދާތަން ފެނުމުންނެވެ.

ސާހިލް ނިކުތް އިރު ހޯލްގެ ބޭރުން ވައަތް ފަރާތުގައި ހުރި ބެލްކަނީގައި ލަޔާލް ހުއްޓެވެ. ރެއިލިންގްގައި ހިފަހައްޓާލައިގެން ހުރި ލަޔާލްގެ ކައިރިއަށް ސާހިލް ހުއްޓުމުން ބަލާލާފައި ލަޔާލް އަތުގައި އޮތް ޓިޝޫއިން ލޯ ކައިރި ފޮހެލިއެވެ.

“އެރޭވެސް ލަޔާ ވަރަށް ރީތި. ބަޓް ޓުނައިޓް ޔޫ ލުކް އީވަން މޯރ ބިޔުޓިފުލް!” ލަޔާލް ހަމަޖެހިއްޖެ ހެން ހީވުމުން ސާހިލް ބުންޏެވެ. ސާހިލް އެ ބުނީ ކޮން ރެއެއްގެ ވާހަކަ ކަން ލަޔާލްއަށް އެނގުނެވެ.

“ތި ބުނާ ރީތިކަމަކުން އެއްވެސް ފައިދާއެއް ނުވިއެއްނު؟ އަހަރެއް ވަންދެންވެސް ފިރިމީހާގެ ލޯތްބާ ސަމާލުކަން ހިފަހައްޓާނުލެވުނިއްޔާ އޭގެ ބޭނުމެއް ނެތެއްނު؟” ލަޔާލް ބުނެލިއެވެ.

“ތީ ތެދެއް ނޫން. އެގާރަ އަހަރު ވީ އިރުވެސް އަހަރެން ވީ ލޯތްބަށް ބަދަލެއް ނާދޭ. އަދި އަހަރެން ލަޔާލް ބޭނުންވީ ގޮތަށްވެސް ބަދަލެއް ނާދޭ. އައި ސްޓިލް ލަވް ޔޫ! އެންޑް އައި ސްޓިލް ވޯންޓް ޔޫ!” ސާހިލްގެ އަޑުގައި ޔަގީންކަން ވިއެވެ.

ލަޔާލް އެނބުރިލަމުން ސާހިލްގެ މޫނަށް ބަލާލިއެވެ. ސާހިލް ކައިރިއަށް ޖެހިލަމުން ލަޔާލްގެ ދެ ފަރާތުން ރެއިލިންގްގައި ހިފަހައްޓާލާ ލަޔާލްއަށް ނުދެވޭނެހެން ހައްޔަރު ކޮށްލިއެވެ.

“ކީއްތަ ތި ކުރަނީ؟” ސާހިލްގެ މޭގައި މަޑުމަޑުން އަތް ޖައްސާލާ ކޮއްޕާލަމުން ލަޔާލް އެހިއެވެ.

“އޭރުވެސް އަހަރެން ލަޔާލް ބޭނުން ވި ވަރަށް މިހާރުވެސް ބޭނުން. ދުވަހަކުވެސް އެހެން މީހަކު ބޭނުން ނުވާ ވަރަށް ލަޔާލް ބޭނުން. މިވީ އެގާރަ އަހަރު ތެރޭ ލަޔާލް މަތިން ހަނދާންވެ ކިތައް ރޭ އަހަންނަށް ނުނިދިފަ އޮންނަން ޖެހުނު ކަން އެނގޭތަ؟ ހުވަފެނުގަ ލަޔާލް އަހަންނަށް އުނދަގޫ ކުރީ ކިހާ ވަރަކަށް ކަން އެނގޭތަ؟ އަހަރެންގެ ހިތާ ހަށިގަނޑު ލަޔާލްއަށް އެދި ގޮވަނީ ކިހާ ވަރަކަށް ކަން ބުނެދޭނީ ކިހިނެއް؟” ލަޔާލްގެ އަތުގައި ހިފާ ސާހިލްގެ މޭގައި އެ އަތުން ޖައްސާ ބާރުކޮށްލަމުން ސާހިލް ސުވާލު ކުރަމުން ދިޔަ އިރު އެ ބަސްތަކުގެ ތެދުކަން އެ ދެ ލޮލުން ލަޔާލްއަށް ބުނެދެމުން ދިޔައެވެ.

“ސާހިލް..!” ލަޔާލްއަށް ގޮވާލެވުނު އިރު އަޑު ނިކުތީ ކިރިޔާއެވެ.

“ޕްލީޒް ފޮރގިވް މީ ލަޔާ! އަހަރެންގެ ހިތު ތެރޭގަ ނުފިލާ ވާ ހެން އަހަރެންގެ ލައިފްއަށްވެސް އާދޭ. އަހަންނަށް ލަޔާގެ ލައިފް އިން ޖާގައެއް ދީ. ޓޭކް މީ ބެކް ލަޔާ!” ސާހިލްގެ ފަހު ޖުމްލައާ އެކު ލަޔާލްގެ ނިތްކުރީގައި ނިތްކުރި ޖައްސާލަމުން މަރާލި ލޮލުގެ ތެރެއިން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.

“ސާހިލް..!” ލަޔާލް އަނެއްކާވެސް ހަމަ އެހާ މަޑުން ގޮވާލަމުން ހުހަށް އޮތް އަތްތިލައިން ސާހިލްގެ މޫނު ފޮހެދިނެވެ.

“ސޭ ޔޫ ލަވް މީ، ލަޔާ ޕްލީޒް..!” ލޯ ހުޅުވާލަމުން ސާހިލް ބުނެލި އިރު އެ އަޑުގައިވި އާދޭސް ލަޔާލްގެ ހިތާ ހަމައަށް ފޯރިއެވެ.

ސާހިލް އެދުނު ޖަވާބު ދިނުމުގެ ބަދަލުގައި ލަޔާލްއަށް ރޮވުނީއެވެ. ސާހިލް ދެ އަތުން ލަޔާލް ގައިގައި ބައްދާލަމުން ލަޔާލް ގެނެސް މޭގައި ފޮރުވާލިއެވެ. އެ ގޮތުގައި އިރުކޮޅެއް ދިޔަ ފަހުން ލަޔާލް ދުރަށް ޖެހިލާ ޓިޝޫއަކުން މޫނު ފޮހެލިއެވެ.

“އޯކޭތަ؟” ސާހިލް އަހާލިއެވެ.

ލަޔާލް ބޯ ޖަހާލާފައި ދުރަށް ޖެހިލަން އުޅުމުން ލަޔާލް ގައިން ސާހިލް ދޫކޮށްލިއެވެ.

“ރޫމްއަށް ގޮސްލަން ބޭނުންތަ؟” ސާހިލް އަހާލިއެވެ. ލަޔާލް ބޯ ޖަހާލީ އަލުން ހޯލަށް ވަނުމުގެ ކުރިން މޫނު ރީތިކޮށްލަން ބޭނުން ވާތީއެވެ.

ދެ މީހުން އެކުގައި ލިފްޓާ ދިމާއަށް ދިޔަ އިރު ސާހިލް ފޯން ނަގާ މާހިރާއަށް މެސެޖް ކޮށްލީ އެ މީހުން ނެތުމުން މާހިރާމެން ކަންބޮޑު ވެދާނެތީއެވެ.

ފަނަރަ ވަރަކަށް މިނަޓް ފަހުން ދެ މީހުން އައުމުން، ލަޔާލް ނުފެނިގެން އުޅުނު ކިޔާން އައިސް ލަޔާލް އާ ސާހިލްގެ އަތުގައި ހިފާ ދަމަމުން އާޔާއާ ރިޝްވާން ކައިރިއަށް ދިޔައީ ފޮޓޯ ނަގަން ބޭނުން ވެގެންނެވެ.

އެރޭވެސް ދިހައެއް ޖަހަން ވީ އިރަށް ކިޔާން ވަރުބަލި ވެގެން ކިޔާން ގޮވައިގެން ލަޔާލް ދިޔައީ އެ ހޮޓެލް އިން މާހިރާ ނަގާފައި ހުރި ކޮޓަރިއަށެވެ. ކިޔާން އެއްޗެހި ބަދަލު ކުރުވާ ހަދާފައި އެނދުގައި ބާއްވާފައި ކިޔާންއަށް ނިދެންދެން ލަޔާލް އިނެވެ.

“މަންމާ.. ބައްޕަ ކައިރީ ބުނަން ވީނު ކިޔާންމެން ގެއަށް އަންނަން. ކިޔާންއާ މަންމައާ އެކީ ބައްޕަވެސް އުޅެންޏާ ކިޔާން ވަރަށް އުފާވާނެ” ލަޔާލްގެ އަތުގައި ހިފައިގެން އޮވެ ކިޔާން ބުންޏެވެ.

“މަންމަ ވިސްނާނަން އިނގޭ” ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ލަޔާލް ބުންޏެވެ.

“ބައްޕަ ބުނީ މަންމައަށް ޓައިމް ދޭންވާނޭ. އެކަމަކު މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު؟” ކިޔާން ބުންޏެވެ.

“ކިޔާން ބައްޕަ ކައިރީވެސް ބުނީތަ؟” ލަޔާލް އަހާލިއެވެ.

ހިނި އައިސްފައި ކިޔާން ބޯ ޖަހާލިއެވެ.

“އަދި ކުޑަ ވަގުތުކޮޅެއް މަންމައަށް ދީ އިނގޭ” ދަރިފުޅުގެ ނިތްކުރީގައި ބޮސްދެމުން ލަޔާލް ބުންޏެވެ.

ކިޔާންއަށް ނިދުމުން ކިޔާން ކައިރީ ރޫބީ ބައިންދާފައި ލަޔާލް އަނެއްކާވެސް ޕާޓީއަށް ދިޔައެވެ. އެގާރަ ޖެހުމުން އާޔާއާ ރިޝްވާން، އެ ހޮޓެލްގައި އެ ދެމަފިރިން އެރޭ މަޑުކުރަން ހަމަޖައްސާފައި ހުރި ކޮޓަރިއަށް ދިޔައެވެ. މާހިރާމެން ގާތު އިރުކޮޅަކު މަޑުކޮށްލާފައި، މާ ލަސް ނުވަނީސް ކިޔާން ގޮވައިގެން ގެއަށް ދާން ބޭނުންވެ ލަޔާލް ސާހިލްއަށް ގޮވާލާފައި ބުންޏެވެ. ދެމަފިރިން އެކުގައި ކޮޓަރިއަށް ގޮސް ލަޔާލް ދަބަސް ތައްޔާރު ކޮށްގެން ނިކުތް އިރު ނިދިފައި އޮތް ކިޔާން އުރާލައިގެން ސާހިލް އައެވެ. ކާރުގައި އައިސް ސާހިލް މައްޗަށް އަރާ ކޮޓަރިއަށް ވަދެ އެނދުގައި ބޭއްވި އިރުވެސް ކިޔާންއަށް ހެއެއް ނުލެވެއެވެ.

“ކޮފީ ބޮއެގެން ދޯ ދާނީ؟ މި އަންނަނީ ޗޭންޖް ކޮށްގެން، މަޑުކޮށްލާ އިނގޭ” ސާހިލް ކިޔާންގެ ކޮޓަރިން ނިކުމެ ސޯފާގައި އިށީނުމުން ލަޔާލް އެހެން ބުނެފައި މަޑު ނުކޮށް ކޮޓަރިއަށް ވަނެވެ.

ލަޔާލްއަށް ބަލަން އިނދެފައި ކޮޓަރީގެ ދޮރު ލެއްޕުނު އިރަށް ސާހިލް ތެދުވެގެން ގޮސް ޓަކި ޖަހާލުމެއް ނެތި ލަޔާލްގެ ފަހަތުން އެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ މެދާ ހިސާބުގައި ހުރި ލަޔާލް އެނބުރި ބަލާލިއެވެ. ލަޔާލްއާ އެންމެ ފިޔަވަޅެއްގެ ދުރުގައި ސާހިލް ހުއްޓުނެވެ.

“އަހަރެން މިތާ ހުންނަން ބޭނުން ނޫނިއްޔާ މިހާރު ބުނޭ ލަޔާ.. ލަޔާ ދާށޭ ބުނެފިއްޔާ އަހަރެން މަޑެއް ނުކުރާނަން.. އެކަމަކު އިރުކޮޅަކުވެސް އަހަރެން މަޑު ކޮށްފިއްޔާ ދެން ނުދެވޭނެ.. ސޯ، ޓެލް މީ ޓު ލީވް ލަޔާ!” ސާހިލް ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އާއެކޭ ލޯބިވޭ… ތޭވިސްވަނަބައި (އެކުދިންނަން ލިބުން މީ ހަމަ ޖަވާހިރެއް)

Next

ސާރާ 2

Next
December 10, 2025

ސާރާ 2

Previews
December 9, 2025

އާއެކޭ ލޯބިވޭ… ތޭވިސްވަނަބައި (އެކުދިންނަން ލިބުން މީ ހަމަ ޖަވާހިރެއް)

13 Comments!

  1. Mar Sha Mar Sha says:
    December 9, 2025 at 4:52 pm

    ސަލާމް ކުދިން، މިއަދު ލެޕްޓޮޕް އަތުގަ ނުޖެހިގެން ވާހަކަ އަޕްލޯޑް ނުކުރެވި ލަސްވީ. މިހާރު ދެން މިކަން މިވީ. ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް. ލަޔާލްއާ ސާހިލް ގުޅޭނެ ހެން ހީވޭތަ؟ ކޮމެންޓް ކޮށްލައްޗޭ. 26 ވަނަބައި ބުރާސްފަތު ދުވަހު ގެނެސްދޭނަން

    1. Zam says:
      December 9, 2025 at 5:30 pm

      Walaikum assalam. Mashallah 🥰
      Yes love ❤️ Lengthen the story please. sis❤️

    2. Mar Sha Mar Sha says:
      December 10, 2025 at 2:14 am

      Hi Zam, i have almost finished the story as i hv planned from the start, so i can’t lengthen anymore, hope u will like the end too, which is not far now.

  2. Aisha says:
    December 9, 2025 at 5:18 pm

    Masha Allah vrh reethi ♥️.. yes kiyan bunefiya layaa ekanvx kuraane.. dhemyhun vx loabi vanyaa dhuruga eh nuthibevyne 🥰

    1. Mar Sha Mar Sha says:
      December 10, 2025 at 2:16 am

      Kiyaan edhey konme kameh Layaal ves Saahil ves kuraane thaa dho. but loabi viyas nukureveyne kanthahves hunnaanenu, lets see dho. thank u Aisha ❤️

  3. Anonymous says:
    December 9, 2025 at 8:12 pm

    Hey mar sha
    mi part vx vrh salhi and yes layaa and saalh vrh gulhey aslu koh vx
    mar sha can i have you’r instaa id??

    1. Mar Sha Mar Sha says:
      December 10, 2025 at 2:17 am

      thank u dear, of course
      https://www.instagram.com/mar.marsha?igsh=bDF4cHR0bTByMmMz

  4. kokila says:
    December 10, 2025 at 11:06 am

    mi part varah reethi, layaal ah maafu kureveyne baa saahil ah?
    miadhu aneh part upload kohlaafa suprise eh indhe dhaaney hithaa varah eba beley…

  5. Mar Sha Mar Sha says:
    December 10, 2025 at 11:05 pm

    hehe, surprise eh dho! visnaanan inge. thank u Kokila

  6. Aisha says:
    December 11, 2025 at 10:52 am

    Kon irakun next part???

    1. Mar Sha Mar Sha says:
      December 11, 2025 at 11:13 am

      on it ingey, nuvaane dhen gina ireh Aisha

  7. Anonymous says:
    December 11, 2025 at 10:59 am

    Haadha inthizaaru kureveyey eba

    1. Mar Sha Mar Sha says:
      December 11, 2025 at 11:14 am

      thikamaa miulheny, plz check in 15 or 20 mins dear

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 27←


All Right Reserved!