ނޭނގޭހެ ހާދަ ލޯބިވޭ 5
“މީރާގެ ދަރިފުޅު ބަލި ވެގެން ހެއްދި ޓެސްޓްގެ ރިޕޯޓް ބަލާ ދިޔައީ. ސަރ، ކިހިނެއް ވީތޯ؟” ބަސްމާ ރާހިލްގެ ސުވާލަށް ޖަވާބު ދީފައި އަހާލިއެވެ.
“ކަމެއް ނުވޭ، އަޅާނުލާ…” ރާހިލް އަވަހަށް ފޯން ބޭއްވިއެވެ.
އަތުގައި ހުރި ކަރުދާސްތައް އަނެއްކާވެސް ރާހިލް ބަލާލިއެވެ. އެވަރުގެ ކަމެއް މީރާ ރާހިލްއަށް ސިއްރު ކުރީ ކީއްވެ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ރާހިލް ރުޅިއައީ ކުއްލިއަކަށެވެ. ގޮނޑި ފަހަތަށް ކޮއްޕާލާފައި އަތުގައި ހުރި ލިޔުންތަކާއި އެކު ރާހިލް ކެބިން އިން ނިކުތެވެ. މީރާ މޭޒު ކައިރީގައި ނެތުމުން ރިސެޕްޝަނާ ދިމާއަށް ރާހިލް ދަނިކޮށް ލުބްނާގެ ކެބިން އިން ނިކުތް މީރާ ރާހިލްއަށް ފެނުނެވެ.
އެވަގުތު ރާހިލް ފެނުމާއެކު ކޮންމެވެސް ކަމެއް ވެއްޖެ ކަން މީރާއަށް އެނގުނެވެ. އެކުގައި ހޭދަވި ކުޑަ ދުވަސްކޮޅުގައިވެސް މީރާއަށް ރާހިލް ދަސްވެފައި ވާތީއެވެ. ނަމަވެސް މީރާއަށް ހީކުރެވުނީ އޮފީހުގެ ކޮންމެވެސް މަސައްކަތެއް މީރާއަށް ގޯސްކޮށް ކުރެވުނީ ކަމަށެވެ.
“މީރާ!” ރާހިލް ފެނުމުން ބަލާލާފައި މަޑުނުކޮށް މީރާ ދާން އުޅުމުން ރާހިލް ގޮވާލިއެވެ.
ރާހިލް ގޮވާލި ގޮތުން ހުއްޓިފައި މީރާ ރާހިލްއަށް ބަލާލިއެވެ.
“ކީއްވެ އަހަރެން ކައިރީ ނުބުނީ؟” ރާހިލް އެހިއެވެ.
ރާހިލްގެ އެސުވާލާއެކު މީރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރާހިލް ސުވާލު އެކުރީ ކޮންކަމަކާ ބެހޭ ގޮތުން ކަމެއް ނޭނގުނު ނަމަވެސް މީރާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ދޭންވީ ޖަވާބެއް ނުވިސްނިފައި މީރާއަށް ހުރެވުނީއެވެ.
“މީރާ!” މީރާ އެއްޗެއް ނުބުނުމުން ރާހިލް ހައްތަހާ ރުޅި ގަދަވިއެވެ. ނަމަވެސް ދެންވެސް މީރާ އެއްޗެއް ނުބުނެއެވެ.
ރާހިލް މީރާގެ އަތުގައި ހިފާ ރާހިލްއާ ކުރިމަތި ވާނެހެން މީރާ އަނބުރާލިއެވެ. އެމަންޒަރު ބަލަން އޭރު އޮފީހުގެ އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ. ނަމަވެސް އެކަން ރާހިލްއަށް ނޭނގޭ ފަދައެވެ.
“އަހަރެން ސުވާލެއް އެބަ ކުރަމޭ” ރާހިލް ބުންޏެވެ.
“އަހަންނަކަށް ނޭނގެ ރާހިލް ތި އެހީ ކީކޭ ކަމެއް… މީ އޮފީހޭ… ކިހިނެއް ވެގެން—” މީރާ ރާހިލްގެ އަތް މީރާގެ އަތުން ނައްޓުވަން މަސައްކަތް ކުރަމުން ބުންޏެވެ.
“އައި ޑޯންޓް ކެއަރ! އަހަރެން މި އަހަނީ ކީއްވެހޭ އަހަރެން ކައިރީ ނުބުނީ؟ ކީއްވެހޭ ސިއްރު ކުރީ…؟” ރާހިލް ސުވާލު ތަކުރާރު ކޮށްލިއެވެ.
މީރާ ދެންވެސް ހުރިގޮތަށް ހުރީއެވެ.
“މީރާ!” ރާހިލް އަނެއްކާވެސް މީރާގެ ނަމުން ގޮވާލިއެވެ.
“ކީކޭތަ ތި ކިޔަނީ؟ ކޮން ކަމެއްތަ އަހަރެން ރާހިލްއަށް ސިއްރު ކުރީ؟ އެއްވެސް ކަމެއް އަހަރެން ރާހިލްއަށް ސިއްރު ކުރާކަށްވެސް އަދި ފާޅު ކުރާކަށްވެސް ނުޖެހޭ” މީރާއަށްވެސް އާދެވުނު ރުޅީގައި ތިބެވުނު ތަން ހަނދާން ނެތުނު ކަހަލައެވެ. ވާހަކަ ދެއްކުނީ ބާރަށެވެ. އެއާއެކު އެތާ ތިބި މީހުންނަށް ބަލާލާފއި މީރާ ރާހިލްއާ ދުރަށް ހިނގައިގަތެވެ.
ނަމަވެސް ދެތިން ފިޔަވަޅު އެޅުނު އިރަށް ރާހިލް އައިސް އަނެއްކާވެސް މީރާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“އަހަރެންގެ ދަރިއަކު ހުރިއިރު މީރާ އަހަރެން ކައިރީ ބުނާކަށް ނުޖެހޭތަ؟” ރާހިލް އަހާލިއެވެ.
މީރާއަށް ރާހިލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ރާހިލް ކުރި ސުވާލާ އެކު މުޅިތަން އެކީ ހިމޭން ވެގެން ދިޔައެވެ. އަޑު އިވުނު އެއްޗެއްގެ ސަބަބުން އެންމެންވެސް ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.
މީރާއާ ރާހިލްގެ މެދުގައި ވާ ސިއްރަކީ އެއީ ތާއޭ އެންމެންގެ ހިތަށްވެސް އަރަމުން ދިޔައެވެ. ނަމަވެސް އެކަކުވެސް އެއްޗެއް ނުބުނެއެވެ.
“ކާކު ބުނީ؟” މީރާއަށް މަޑުމަޑުން އަހާލެވުނެވެ.
“ބުނި މީހަކުތަ ބަލަންވީ؟ މީރާ އެވާހަކަ ނުބުނީ ކީއްވެގެން ތޯ ބަލަން އަހަރެން ބޭނުމީ” ރާހިލް އަދިވެސް ރުޅި މަޑެއް ނުވެއެވެ.
“ކާކުހޭ ބުނީ؟” މީރާ ހަމަ އެހާ މަޑުމަޑުން ދެވަނަ ފަހަރަށްވެސް އެހިއެވެ.
އަތުގައި ހުރި ކަރުދާސްތައް ރާހިލް މީރާއާ ދިމާއަށް ދިއްކޮށްލިއެވެ.
މީރާ ކަރުދާސްތައް ނަގާ ބަލާލިއެވެ. އިރުކޮޅަކު އެއަށް ބަލަން ހުރެފައި ރާހިލްއާ ދިމާއަށް މީރާ ބަލާލިއެވެ.
“މިހާރު އެނގިއްޖެއެއްނު؟” މީރާ ބުންޏެވެ.
“ތި ރިޕޯޓްތައް އަހަރެންގެ އަތަށް ނުލިބުނު ނަމަ މިއަދުވެސް އަހަންނަކަށް ނޭނގޭނެ. މީރާ ނުބުނީ ސަބަބެއް އޮވެގެންތަ؟” ރާހިލް ރުޅީގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން އަހާލިއެވެ.
މިފަހަރުވެސް މީރާ ޖަވާބެއް ނުދީ ހުރީއެވެ. ބުނާނެ ކިތަންމެ އެއްޗެއް މީރާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ތިބި ތަނާ މެދު ވިސްނާފައި މީރާ ހިމޭނުން ހުރީއެވެ.
“މީރާ، އަހަރެން ސުވާލު މި ކުރަނީ ޖަވާބު ބޭނުން ވާތީއޭ” ރާހިލް މީރާއާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“އަހަންނަށް ބުނެވޭނެއެއްނު ދޯ؟ ރާހިލް ދިޔައީ ގޭގެ ނަމާ، ގުޅޭނެ ފޯން ނަމްބަރާ، ދެންވެސް ހުރިހާ މައުލޫމާތެއް އަހަންނަށް ދީފަ ވިއްޔަ” މީރާވެސް ރުޅިއައިސްގެން ބާރަށް ބުންޏެވެ.
“މިވީ ތިންމަސް ތެރޭ ނުބުނެވުނީ ދެން ކީއްވެ؟” ރާހިލްއަށް އެސުވާލު ކޮށްލެވުނީ އިރުކޮޅެއް ފަހުންނެވެ.
“ނުޖެހޭ ބުނާކަށް. އޭރު އަހަރެން ބުނަން ވެގެން ކުރި މަސައްކަތް… ރާހިލް ހޯދަން އަހަރެން އުޅުނު ގޮތް… އެއްވެސް އެއްޗެއް ހިތަށް ނާރާ ރާހިލް އަހަރެން ދޫކޮށްލާފަ ދިޔައީ… އަހަރެން ރާހިލްއަށް އެންމެ ބޭނުން ވި ދުވަހު އަހަރެން ދޫކޮށްލާފަ ދިޔައީ… ފަސް އަހަރު ވީ އަހަރެންގެ ދަރިފުޅަށް، އޭނައަށް މިހާރު ދަސްވެއްޖެ އޭނަގެ ބައްޕައާ ބެހޭ ގޮތުން ސުވާލު ނުކުރަން. ފަސް އަހަރު އުޅުނީ ބައްޕައާ ނުލާ، މިއަދުވެސް އޭނަ ބައްޕައެއް ބޭނުމެއް ނުވޭ. ދެން ކީއްކުރަން އަހަރެން ބުނަންވީ؟ މި ހައަހަރު ތެރޭ އެއްފަހަރުވެސް ރާހިލް ހިތަށް އެރިތަ ރާހިލްގެ ދަރިއަކު ހުރެދާނެޔޭ؟ އަމިއްލަ ހިތާ ސުވާލު ކޮށްލިންތަ ދަރިއަކު ހުރެދާނެތޯ؟
އަހަރަކަށް ވުރެ ގިނަ ދުވަހު އަހަރެން އުޅުނިން ރާހިލް ހޯދަން. އަހަންނަށް ކާމިޔާބެއް ނުވި. މިހާދުވަސް ފަހުން ދިމާ ވީމަ އަހަރެން ކީއްކުރަން ރާހިލް ކައިރީ ބުނަނީ ރާހިލްގެ ދަރިއަކު އެބަ ހުއްޓޭ؟ އަހަންނާ މަލާކްގެ ދިރިއުޅުމަކަށް ދެން ރާހިލްއެއް ބޭނުމެއް ނޫން” މީރާ ދައްކަން ބޭނުން ވި ވާހަކަ ނުނިމުނު ނަމަވެސް އެހިސާބަށް ބުނެފައި ދުވެފައި އެތަނުން ދުރަށް ދިޔައީ ލޮލުގައިވި ކަރުނަ އިތުރަށް ނުހިފެހެއްޓުމުންނެވެ.
ފާހާނާއަށް ވަން ގޮތަށް މީރާ ރޯން ފެށިއެވެ. ލުބްނާ އައިސް ގޮވާލުމުންވެސް މީރާ ޖަވާބެއް ނުދީ ދޮރުވެސް ނުހުޅުވިއެވެ. އެވަގުތު މީރާ ބޭނުންވީ އެންމެ ފަރާތެއްގެ ހިތްވަރެވެ. އެންމެ ފަރާތެއްގެ އެހީތެރިކަމެވެ. ރޯން ހުރި އިރު މީރާގެ ހިތަށް އެނަން އަންނަމުން ދިޔައީ އެވަގުތު މީރާ އެދެއަތުގެ ހިމާޔަތަށް ބޭނުންވެފައި ހުރި ވަރުންނެވެ.
“މީރާ، ހަތަރެއް ޖަހައިފި” އިރުކޮޅެއް ފަހުން ލުބްނާ އައިސް އަނެއްކާވެސް މީރާއަށް ގޮވާލިއެވެ.
މޫނު ދޮވެލައިގެން މީރާ ނިކުތް އިރު ބޭރުގައި ލުބަނާ ހުއްޓެވެ.
“މީރާ… ކީއްވެ އަހަރުމެން ކައިރީވެސް ނުބުނީ؟” ކުރިން ސަމާސާއެއްގެ ގޮތުން ކުރެވުނު ކަންތައް ހަނދާން ވުމުން ލުބްނާ އަހާލިއެވެ.
“ކަމެއް ނުވޭ، އޭރު ހިތަކަށްވެސް ނާރާ އެއީ… އެއީ އެ ރާހިލްއަށް ވެދާނެއެކޭ… އެހެން ނޫނަސް އެވާހަކަ ދައްކަން ބޭނުންވެސް ނުވީ” މީރާ ބުންޏެވެ.
“ސޮރީ އިނގޭ… އޭރު އަހަރުމެން ސަމާސާއަކަށް އެކަހަލަ ކަމެއް ކުރީތީ…” މީރާގެ އަތުގައި ހިފާލަމުން ނޭނގި ނަމަވެސް ކުރެވުނު ކަންތަކަށް ލުބްނާ މާފަށް އެދުނެވެ.
“އަޅާނުލާ…” ލުބްނާގެ އަތަށް ފިތާލަމުން މީރާ ބުންޏެވެ.
“ރާހިލް ސަރ އެއީ އެކަހަލަ މީހެއް ކަމަކަށް ހިއެއް ނުކުރަން… އެގޮތަށް މީރާއަށް ހަދަން… ޕްރެގް ވީމަ ދޫކޮށްލާފަ އަންނަން…” ލުބްނާ ދެފަރާތަށް ބޯހަލުވާލިއެވެ.
“ލުބްނާ ތި ހީކުރަނީވެސް އަދި ރަނގަޅަކަށް ނޫން” މީރާ މަޑުމަޑުން ބުންޏެވެ.
“މީރާ…” ލުބްނާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެކަން މަނާ ކުރުމުގެ ގޮތުން މީރާ ލުބްނާގެ އަތުގައި ހިފާލާފައި ދެފަރާތަށް ބޯހަލުވާލިއެވެ.
“ލުބްނާ ޕްލީޒް… އިހަށް އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން… އެކަމަކު ކޮންމެސް ދުވަހަކުން އަހަރެން ލުބްނާއަށް ހުރިހާ އެއްޗެއް ކިޔާދޭނަން، އިނގޭ” މީރާ ބުންޏެވެ.
ލުބްނާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލާފައި މީރާއާ އެކު ނިކުތެވެ.
ރާހިލް ފެންނަން ނެތުމުން މީރާ އަވަސްއަވަހަށް ދަބަސް ހިފައިގެން ނިކުތެވެ. ބާރަށް ހިނގާފައި ގެޔަށް ދިޔަ މަގުމަތީގައިވެސް މީރާ ހަނދާން ވަމުން ދިޔައީ ހައަހަރު ކުރީގެ ކަންތަކެވެ. ގެއާ ހަމައަށް ދެވެން ނެގި ދިހަ ވަރަކަށް މިނަޓް ތެރޭވެސް އެތައް ފަހަރަކު ލޮލުގައި ކަރުނަތައް ނުހިފެހެއްޓޭނެހެން މީރާއަށް ހީވި ފަހަރު އައެވެ. ނަމަވެސ މީރާ ހިތްވަރު ކުރިއެވެ.
ބެލް ޖަހާލުމުން ތާނިޔާ ދޮރު ހުޅުވަން އިރުކޮޅެއް ނެގިއެވެ.
“ތާނީ، ހާދަ ލަހުން…” ތާނިޔާގެ މޫނަށް ބަލާލަމުން ދޮރު ހުޅުވަން އެހާ ލަސްވީ ކީއްވެތޯ އަހާލަން އުޅުނު މީރާގެ ސުވާލު މެދު ކެނޑުނީ ތާނިޔާ ބަލަން ހުރި ގޮތުންނެވެ.
ހިނި އައިސްފައި ހުރި ތާނިޔާ މީރާ އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ތާނިޔާ ހުރި ގޮތުން ހައިރާން ވެފައި ތާނިޔާގެ މޫނަށް ބަލާލާފައި އެތެރެއަށް ވަން މީރާއަށް ހުއްޓެވުނީ ފެނުނު މަންޒަރަކުންނެވެ.
ހިނި އައިސްފައި ތާނިޔާގެ ފަހަތުގައި ޔަމާން މީރާއަށް ބަލަން ހުއްޓެވެ. ނަމަވެސް ޔަމާން ފެނުމާއެކު މީރާއަށް އިތުރަކަށް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. މީރާގެ ލޮލުން އޮހިގަތް ކަރުނަ ފެނިފައި ޔަމާންގެ ތުންފަތުގައި ވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
ޔަމާންއަށް ކުރިޔަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް މީރާ ގޮސް ޔަމާން ގައިގައި ބައްދައިގެންފައި ރޯން ފެށިއެވެ.
“މީރާ…؟” ޔަމާން ގޮވާލިއެވެ. އަދި މީރާ ޔަމާންއާ ދުރުކޮށްލަން އުޅުނެވެ. ނަމަވެސް މީރާ ޔަމާންގެ ގައިން ދުލެއް ނުކުރިއެވެ.
ޔަމާން ތާނިޔާއަށް ބަލާލާފައި ބުމަ އަރުވާލީ ވީ ކިހިނެއްތޯ ސުވާލު ކޮށްލާ ފަދަ ގޮތަކަށެވެ. ވީގޮތެއް ނޭނގޭތީ ތާނިޔާ ދެފަރާތަށް ބޯހަލުވާލިއެވެ.
“މީރާ… ކިހިނެއްވީ؟” ޔަމާން މީރާގެ ބުރަކަށީގައި ފިރުމާލަމުން އެހިއެވެ.
“ޔަމާން، ރާހިލް… ރާހިލްއަށް އެނގިއްޖެ… މަލާކް…” މީރާއަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ރޮވުނެވެ. ނަމަވެސް އެވަރުން ޔަމާންއަށް ވިސްނުނެވެ. ހިތުގައި ސުވާލުތަކެއް އުފެދުނު ނަމަވެސް ދުލާ ހަމައަށް ނުގެނެސް މަޑުކޮށްގެން ހުރީ މީރާ ހަމަ ޖެހުމުން ޖަވާބު ލިބޭނެކަން އެނގޭތީއެވެ.
ޔަމާންގެ އަތުތެރޭ ހުރެ މީރާ ރޮމުން ދިޔައެވެ. އެއަތުގެ ތެރެއިން މީރާއަށް ހިމާޔަތް ލިބުނެވެ. ރައްކާތެރިކަން އިހްސާސް ކުރެވުނެވެ. އެންމެ ފުރަތަމަ ޔަމާންއާ ދިމާވި ދުވަހުން ފެށިގެންވެސް އެއީ މީރާގެ އެންމެ ގާތް ފަރާތެވެ. ކޮންމެ ހިތާމައެއްގެ ބައިވެރިޔާއެވެ. އެހީތެރިޔާއެވެ. މީރާގެ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަހުގައިވެސް މީރާއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ޔަމާންގެ ފަރާތުންނެވެ.
އެފަދަ ކޮންމެ ދުވަހެއް ފަދައިން މިއަދުވެސް މީރާ ޔަމާންއަށް އެންމެ ބޭނުންވި ވަގުތު ޔަމާން އެހެރީ މީރާ ގާތުގައެވެ. ރާހިލްއާ ކުރިމަތި ލުމަށް މީރާއަށް ހިތްވަރު ދޭށެވެ.
ޔަމާންގެ އަތުތެރޭގައި ހުރެ ރޮމުން ދިޔައިރު ހައަހަރު ކުރީގެ އެ ހަނދާންތައް މީރާގެ ހިތުގައި އާވަމުން ދިޔައެވެ.
*****
އެއީ ދެހާސް ހަތަރުވަނަ އަހަރެވެ. މީރާގެ ކޮލެޖްގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ. މީރާއާ ރާހިލް ދިމާވީ ކޮލެޖުންނެވެ. ދިވެހިން މަދު އެ ހިސާބުގައި އިތުރު ދިވެހި ބަޔަކާ ދިމާވުމުން މީރާއާ ތާނިޔާ ވަރަށް އުފާވިއެވެ.
ރާހިލް އިންޑިޔާއަށް އައީ ދިހަމަސް ދުވަހުގެ ކޯހެއްގައެވެ. އެއް ހިސާބެއްގައި ނޫޅުނު ނަމަވެސް ރާހިލް ކިޔަވަން ދަނީ މީރާއާ ތާނިޔާއާ އެއް ކޮލެޖަކަށެވެ.
ދެމީހުން ބައްދަލު ވިތާ މަހެއް ވީއިރު މީރާއަށް ވަނީ ރާހިލް ދެކެ ލޯބި ވެވިފައެވެ. ރާހިލްގެ ހިތްވެސް އެއްދުވަހަށް ވުރެ ބޮޑަށް އަނެއް ދުވަހު ދިޔައީ މީރާއާ ދިމާއަށް ލެނބެމުންނެވެ. ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން ބަދަލުވީ ހުރިހާ ރައްޓެހިން އެކުގައި ދިޔަ ދަތުރެއްގެ ތެރެއިންނެވެ.
ކޮލެޖްގައި ކިޔަވަން އުޅޭ ހުރިހާ ދިވެހި ކުދިންނާ، އަދި މަދު އިންޑިޔާ ކުދިންކޮޅެއް ޖަންގަލީ ކައިރީގައިވާ ހިސާބަކަށް ޕިކްނިކް ދަތުރެއްގައި ގޮސް އެދުވަހު ހަވީރު ނިކުތީ ހިނގާލާށެވެ. އެކަކު އަނެކަކަށް އުނދަގޫ ކުރަމުން ސަކަރާތް ޖަހަމުން ދުވަނިކޮށް މީރާއާ ރާހިލްއަށް އެހެން ކުދިންނާ މާދުރަށް ދެވުނެވެ. ތިބެވުނު ހިސާބު ނޭނގުމުން ދެމީހުން އިރުކޮޅަކު ވަށައިގެން ބަލަން ތިބެފައި ރަނގަޅު ހެން ހީވާ ދިމާއަށް ދާން ފެށިއެވެ. މިދެވެނީ ނުބައިކޮށް ކަން އެނގުނީ އަނދިރިވާން ފެށިއިރުވެސް އެހެން ކުދިންގެ ޚަބަރެއް ނުވުމުންނެވެ.
ގަޑިން ހަތެއް ޖެހި އިރު އެހިސާބު އޮތީ މުޅިން އަނދިރި ވެފައެވެ. ހިނގާ ހިނގާ ވަރުބަލިވެފައި ހުރި މީރާ މޫގަނޑެއްގައި އަޅައިގެންފައި ވެއްޓެން ދިޔައެވެ. ރާހިލް ގައިގައި ހިފަހައްޓަން މީރާ އަތް އެއްލިއެވެ. ރާހިލް ނުވިސްނާ ހުއްޓާ މީރާ ރާހިލްގެ ޓީޝާޓުގައި ހިފެހެއްޓުމުން ދެމީހުން އެކީ ވެއްޓުނެވެ.
މީރާގެ ގައި މައްޗަށް ރާހިލް ވެއްޓުމުން މީރާއަށް ތަދުވެސް ވިއެވެ. ރާހިލް އެއްއަތް ބިންމަތީގައި ވިއްދާލާފައި ބޯހިއްލާ މީރާއަށް ބަލާލިއެވެ.
“ތަދުވިތަ؟” ރާހިލް އަހާލިއެވެ.
ތަދުވި ނަމަވެސް މީރާ ނޫނެކޭ ބުނުމަށް ދެފަރާތަށް ބޯހަލުވާލިއެވެ.
“އަހަންނާ ބިމާ ދޭތެރޭ ފިތިފަ އޮތް އިރުވެސް ތިބުނީ ތަދެއް ނުވެޔޭ؟” ރާހިލް އަހާލިއެވެ. އެއާއެކު ދެމީހުން އެކީގައި ބާރަށް ހޭން ފެށިއެވެ. އެތިބި ގޮތަށް ތިބެއެވެ. މީރާގެ ގައިމަތިން ރާހިލް ނުތެދުވެ އެތިބި ގޮތަށް ތިބެއެވެ. އެކަން އިހްސާސް ވުމާއެކު ހުނުން ހުއްޓި ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބެފައި ރާހިލްއަށް މީރާގެ މޫނާ ދިމާއަށް ބޯތިރިކޮށްލެވުނެވެ. ރާހިލްގެ ނޭވާގެ ހޫނު އިހްސާސް ވުމުން މީރާއަށްވެސް ލޯމަރާލެވުނެވެ.
އެކަކު އަނެކަކަށް ގެއްލިފައި ތިބި މީރާއާ ރާހިލް ސިހުނީ ދެމީހުންގެ ނަމުން ގޮވާ އަޑަށެވެ. ރާހިލް ތެދުވެ މީރާއަށް ތެދުވުމަށް އެހީވެދިނެވެ. ގިނަ އިރެއް ނުވެ އެހިސާބަށް ތާނިޔާމެން އައެވެ.
އެމީހުންގެ ސުވާލުތަކަށް ޖަވާބު ދެމުން މީރާއާ ރާހިލް އެމީހުންނާ އެކު ދާން ފެށިއެވެ. ދެމީހުން އެކަނި ހޭދަ ކޮށްލެވުނު ވަގުތުކޮޅަށް ފަހު އިރުއިރުކޮޅާ، އެހެން މީހުންނަށް ސިއްރުން އެކަކު އަނެކަކަށް ބަލަމުން ދިޔަ ނަމަވެސް އެކަން ތާނިޔާއަކަށް ސިއްރެއް ނުވިއެވެ.
“މީރާ، އެއްޗެއް އަހާލަންތަ؟” އަނެއް ދުވަހު ހެނދުނު މީރާއާ އެކު ސައިބޯން އިނދެފައި ތާނިޔާ އަހާލިއެވެ.
“އަހާބަލަ…” މީރާ ބުންޏެވެ.
“ރޭގަ… އެއްކަލަ އިރު… މީރާއާ ރާހިލްގެ މެދުގަ ކަމެއް ވިތަ؟” އަހަން ނާހަން އިން ކަހަލަ ގޮތަކަށް ތާނިޔާ އެހިއެވެ.
މީރާ އެރޭގެ ހުރިހާ ވާހަކައެއް ތާނިޔާއަށް ކިޔާދިނެވެ. ފުރަތަމަ އެކަމާ ހިތްހަމަ ނުޖެހުނު ފަދަ ކުލައެއް ތާނިޔާގެ މޫނުމަތިން ފެނުނު ނަމަވެސް ފަހުން ތާނިޔާ މީރާއާ ދިމާ ކުރަން ފެށިއެވެ.
މީރާއާ ރާހިލްގެ ގުޅުމާ މެދު ތާނިޔާގެ ހިތުގައި ކުޑަ ނަމަވެސް ނުރުހުމެއް އޮތީ މީރާއަށް ނޭނގޭ ސިއްރެއްގެ ސަބަބުންނެވެ. ނަމަވެސް ފަހުން ތާނިޔާގެ ޚިޔާލު ބަދަލުވީ މީރާގެ އުފަލަށް އެދޭތީއެވެ. މީރާއާ ރާހިލްގެ ގުޅުމާ މެދު ތާނިޔާ ހިތްހަމަ ނުޖެހޭ ކަން އެނގިއްޖެ ނަމަ މީރާ ދެރަވާނެތީއެވެ. އެއާއެކު ތާނިޔާގެ މަންމައާ ބައްޕަވެސް އެދުނީ މީރާގެ އެއްވެސް އެދުމަކާ ދެކޮޅު ނުހުދުމަށެވެ. މީރާއަށް އެކަމެއްގައި ގެއްލުމެއް ނުވާނެހެން ހީވާ، މީރާގެ ދިރިއުޅުމާ ބެހޭ ކޮންމެ ނިންމުމެއް މީރާ އަމިއްލައަށް ނިންމުމަށް އެދެމަފިރިން ދޫކޮށްލީ މީރާގެ އަތްމައްޗަށެވެ.
ރާހިލްއާ އެކުގައި ހޭދަވާ ވަގުތުގައި އެދެމީހުންގެ މެދުގައި ދެކެވޭ ވާހަކައާއި ރާހިލް ޖަހާ ސަކަރާތާ، ކުރާ ކުދިކުދި ގޯނާއާ މީރާއަށް ވަރަށް ގަޔާވެވެއެވެ. ނަމަވެސް ދެމީހުން އެކަނި ވާ ވަގުތުގައި ރާހިލް މީރާއާ މާބޮޑަށް ގާތްވާން އުޅެފިނަމަ މީރާ ބިރުގަނެއެވެ. ފަސްޖެހެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ރާހިލްއާ ދުރަށްދާން މަސައްކަތް ކުރެއެވެ.
އެފަދަ ދުވަހެކެވެ. މީރާއާ ރާހިލް ތިބީ މީރާގެ ކޮޓަރީގައެވެ. ދެމީހުންނާއެކު ތާނިޔާ އިރުކޮޅަކު ވާހަކަ ދައްކަން އިނދެފައި ނިކުތީ ނަދީމާއާ ޝަފީގުއާ އެކު ބޭރަށް ދާށެވެ. ނިކުންނަމުން ތާނިޔާ މީރާއަށް ގޮވާލީ ގޭދޮރު ތަޅުލުމަށެވެ. މީރާ ދޮރު ތަޅުލާފައި ކޮޓަރިއަށް ވަނުމާއެކު ރާހިލް އައިސް މީރާ ގައިގައި ބައްދާލިއެވެ. މީރާގެ މޫނުގައި އެއްއަތުން ހިފާލާފައި ރާހިލް މީރާގެ މޫނާ ކަރުގައި ބޮސްދޭން ފެށިއެވެ.
ރާހިލް މާބޮޑަށް ކައިރިވާން ފެށުމުން މީރާ ރާހިލްއާ ދުރަށް ޖެހިލިއެވެ. އެއީ މީރާގެ ފަރާތުން ފެންނަ ކަމަކަށް ވާތީ ރާހިލް މާބޮޑަކަށް އަޅައެއް ނުލައެވެ. އިރުކޮޅަކު ވާހަކަ ދައްކާލާފައި އަނެއްކާވެސް ރާހިލް މީރާ ގައިގައި ބައްދާލިއެވެ.
“ރާހިލް، ޕްލީޒް…” އަނެއްކާވެސް ރާހިލް މާ ކައިރިވާން ފެށުމުން ދުރަށް ޖެހިލަމުން މީރާ ބުންޏެވެ.
“ކަމްއޯން މީރާ… ދުރަށް ނުދޭބަލަ… އައި ވޯންޓް ޔޫ ސޯމަޗް… އަހަރެން މީރާ ވަރަށް ބޭނުމޭ… ޕްލީޒް…” އަނެއްކާވެސް މީރާ ގެނެސް ރާހިލްގެ އުނގަށް ލަމުން ރާހިލް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.








ސަލާމް. ފަސްވަނަ ބައި ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ … ހަވަނަ ބައި އާދީއްތަ ދުވަހުން ގެނެސްދޭނަން..
nice
nice…??
Obiness to the maxs,,,,,,,,?????
maashaa allah. vrh reethi …
This part vx v salhi….waiting 4 nxt part..
waiting for the next part! ?????
v v reethi .
Kaiveny beyrun libey kujjaka nukiyeyne bappa ge name eh.fahun ehdhemeehun kaiveni kuri kamuga viyas…eh kan tha ohnaani eh gotha..bappa neiy kujjeh gothuga..
adhi neygeynu aee bappa nei kuhjeh nun kameh
Hehe..
Vaaahaka v v reethi. .. aadhihtha dhuvass v ma haadha lahey
Emeehun kaivenin beyrun gulhumeh hingaakameh neynge dhw adhi eh…rahil egothah ulheythee meera edheynee kaiveni kuran…eyge fahun eyna prag vaanee…mee mashah heeva gothun mi vaahakaiga vaane goi…kuree baithah kiyaaleema ingey ekan…
Rythi
Vaahaka vara reethi..vara vara reethi.i love this story..
Salhi.
Mi part thankolheh kuru next part dhige kohla dhecheyyyyy…
vrvrvvrvr salhi
Kaivenin beyru ga libunu baby eh nooneh nun. Merry kohgen 6 months vandhen ulhefa dhiya gothah habareh nuvee. Eyge kurin preg vi nama Raahil ah ingeyneynun
V reethi mi part ves .next part avas koh dhechey pls ?
Alheeyyyy haadha reehchey mi vaahaka. . Mihaaru 5 vana faharah mi kiyeny.. marsh.. pls avahah up kurah chey .. can’t wait for the next part .. love you so much????????????????❤???????????
Thnk u miny.. sabeeha.. sinaa.. rixoo.. mexxo.. dil… roassy.. musli.. azu.. xenn.. mary.. meera.. nysh.. rose.. ram.. ninaa.. n sweetie…. will up part 6 tomorrow.. Insha Allah..
This is Sunday. Waiting waiting
Marsha. .. koba tha vaahaka. .. haadha lahey up vaaleh miadhu. ..mihaaru hureveny kee nuun kiya hithun
kobaatha story ge next part
konirakun story up kohlanyy.. waiting…
now on it… just a few more minutes…