Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 9

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 28, 2016 8 Mins Read
23 Comments

“އަޅާނުލާ، އެސުވާލުގެ ޖަވާބު އަހަރެން އަސްލު ބޭނުމެއް ނޫން…. އެކަމަކު… މީރާގެ ލައިފްގަ މިވަރުގެ ކަމެއް ވީއިރު އަހަރެން ގާތު ބުނެވެސް ނުލާ… އެންމެ ކުޑަމިނުން މީރާގެ ކައިވެންޏަށް އަހަންނަށް އިންވައިޓްވެސް ނުކުރި… މިހާރު އަހަންނަށް އެނގިއްޖެ މީރާގެ ލައިފްގަ އަހަރެން މުހިންމު ވަނީ ކިހާ ވަރަކަށް ކަން… ދެން ބުނެބަލަ! ކީއްކުރަން އަހަރެން މީރާގެ ކޯލަށް އާންސަރ ކުރަންވީ؟ އަހަރެން މީރާގެ ކޯލަށް އާންސަރ ނުކޮށްގެން މީރާ އަހަންނާ ސުވާލު ކުރުމުގެ މާނައަކީ ކޮބާ؟” ޔަމާން ހިތުގައި ވާ ޝަކުވާތައް ބޭރު ކުރަން ބޭނުން ނުވި ނަމަވެސް ކޮންމެވެސް ވަރަކަށް މީރާއާ އެ ޝަކުވާ ކުރެވުނެވެ.

“ޔަމާން… އައިމް ސޮރީ… އަހަރެން ހިއެއް ނުކުރަން މަންމަމެން ނުބުނާނެ ކަމަކަށް…” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި މީރާ ލަސްލަހުން ބުނަން އުޅުނެވެ.

“މަންމަމެން ބުންޏަސް ނުބުންޏަސް މީރާ އަހަރެން ކައިރީ ބުނާކަށް ނުޖެހޭތަ؟ މީރާގެ ކައިވެންޏަށް މީރާ އަމިއްލައަށް އަހަންނަށް ގުޅާލާފަ އިންވައިޓް ނުކުރެވޭތަ…؟ ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް، މިހާރު އެކަން ވެ ނުމިއްޖެ… މިއަދު އަހަންނަށް އެނގިއްޖެ މީރާގެ ކައިވެނި ކަހަލަ ބޮޑު ކަމެއްގަ މީރާ އަމިއްލައަށް އިންވައިޓް ކުރާ ވަރަށް ވުރެ ދުރު މީހެއްކަން އަހަރެން މީ… މީރާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން އަބަދުވެސް މީރާގެ އުފަލަށް އެދޭނަން… އައި ވިޝް ޔޫ އަ ހެޕީ މެރިޑް ލައިފް… ބާއި މީރާ…” މީރާގެ ޖަވާބަކަށް މަޑުކޮށްލުމެއް ނެތި އެހެން ބުނެފައި ޔަމާން ފޯން ކަނޑާލިއެވެ. ހިތްހަމަ ނުޖެހުމަށް ވުރެ ބޮޑަށް ހިތަށް ވަމުން ދިޔަ ތަދު އެތައް ގުނައެއް އިތުރު ވީތީއެވެ. މީރާގެ އަޑު އަހައިގެން އެ ރިހުން އިތުރުވުން ނޫން ކަމެއް ނުވާނެތީއެވެ.

އެދުވަހުގެ ފަހުން ޔަމާން އެއްގޮތަކަށްވެސް މީރާއާ ވާހަކައެއް ނުދައްކައެވެ. ގޭ މީހެއް ގާތު މީރާއާ ބެހޭ ގޮތުން ސުވާލެއްވެސް ނުކުރެއެވެ. އެމީހުންވެސް ޔަމާން ގާތު މީރާގެ ވާހަކަ ނުދައްކަނީ ޔަމާންގެ ހާލު އެނގޭތީއެވެ. މީރާގެ ވާހަކަ ދައްކައިގެން ޔަމާންހެ ހިތަށް ތަދު ކުރަން އެކަކުވެސް ބޭނުން ނުވާތީއެވެ.

މީރާ އެދުވަހުގެ ފަހުންވެސް ޔަމާންއަށް ގުޅައެވެ. ޔަމާން މީރާގެ އެއްވެސް ކޯލަކަށް ޖަވާބު ނުދިން ނަމަވެސް މީރާ މެސެޖްވެސް ކުރެއެވެ. ޔަމާންއަށް އައި ބަދަލުގެ ސަބަބުން މީރާ ދެރަވެއެވެ. އެކަމުގައި އަމިއްލަ ނަފްސު ކުށްވެރި ކުރެއެވެ. ފެށުނީއްސުރެންވެސް ހުރިހާ ކަމެއް ޔަމާންއާ ހިއްސާ ކުރެވުނު ނަމައޭ މީރާގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ނަމަވެސް އެދެމީހުންގެ ގުޅުމަށް އައި ދުރުކަން އަލުން ކައިރިކޮށް، އެ ރަހުމަތްތެރިކަން އަލުން އިއާދަ ކުރާނެ ގޮތެއް މީރާއަކަށް ނުވިސްނުނެވެ.

***************

މީރާމެންގެ އެޕާޓްމެންޓް ބިލްޑިންގް ކައިރިއަށް ޓެކްސީ ހުއްޓުމާއެކު ސިހިފައި ޔަމާންއަށް މާޒީގެ ތެރެއިން ނިކުމެވުނެވެ.

ޔަމާންއާ ތާނިޔާ އެކުގައި މީރާމެން އުޅޭ އެޕާޓްމެންޓްގެ ދޮރާ ހަމައަށް ގޮސްފައި ދެމީހުންނަށްވެސް މަޑުކޮށްލެވުނެވެ. އެކަކު އަނެކަކަށްބަލާލާފައި ކުރިއަށް ޖެހިލާ ދޮރުގެ ތަޅުގައި ހިފާލީ ތާނިޔާއެވެ. ތަޅު ނުލާ ހުރި ދޮރު، އެއްވެސް އުނދަގުލެއް ނެތި ހުޅުވުނެވެ. ޔަމާންއަށް ވުރެ ކުރީގައި ހުރެ ތާނިޔާ ބޯ ދިއްކޮށްލިއިރު ގޭތެރެ އޮތީ އަނދިރިކޮށެވެ.

ދެމީހުން އެކުގައި ވަދެ ފާރުގައި އަތްޖައްސާލާފައި ޔަމާން ބޮކި ދިއްލާލިއެވެ. އެއާއެކު މީރާގެ ނަމުން ބާރަށް ގޮވާލުމާއެކު ތާނިޔާ އެތެރެއަށް ދުއްވައިގަތެވެ.

ކޮޓަރި ދޮރުމަތީ އޮތް މީރާ ޔަމާންއަށް ފެނުނީ ތާނިޔާ މީރާ ކައިރީ އިށިން ފަހުންނެވެ.

“މީރާ… މީރާ… ލޯ ހުޅުވަބަލަ މީރާ…” މީރާގެ މޫނުގައި ދެއަތުން ހިފާ ތަޅުވަމުން ގޮވަމުން ދިޔައިރު ތާނިޔާ އިނީ ބިރުންނެވެ.

“ދޮންބޭ…!” މީރާ ހަރަކާތެއް ނުކުރުމުން ތާނިޔާ އެނބުރިފައި ޔަމާންއަށް ގޮވާލިއެވެ.

މީރާ އޮތް ގޮތުން ހުއްޓުން އަރާފައި ހުރި ޔަމާންއަށް ތެޅިގަނެވުނެވެ.

މީރާ އޮތް ގޮތުން ހުއްޓުން އަރާފައި ހުރި ޔަމާންއަށް ތެޅިގަނެވުނެވެ. ތާނިޔާ ކައިރިއަށް އައިސް ދެއަތް މައްޗަށް މީރާ ނަގައިގެން ކޮޓަރިއަށް ވަދެ އެނދުގައި މީރާ ބޭއްވިއެވެ.

މޫނުގައި ފެންތިކިތަކެއް ޖެހުމުން ލޯހުޅުވާލުމާއެކު މީރާއަށް ފުރަތަމަ ފެނުނީ އެނދުގެ މަގަތުން އިށީނދެގެން އިން ތާނިޔާއެވެ. ހެނދުނު ވީ ހުރިހާ ކަމެއް ހަނދާން ވުމުން މީރާގެ ލޯ ފެންކަޅިވެގެން ދިޔައެވެ. އަނެއް ފަރާތަށްމޫނު އަނބުރާލީ ތާނިޔާއަށް މޫނު ނުދައްކާށެވެ. ނަމަވެސް އެނދުގެ ފައިލާ ކޮޅުގައި، ކަންބޮޑުވެފައި މީރާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޔަމާން ފެނުމުން ސިހިފައި އިރުކޮޅަކު ޔަމާންއަށް ބަލަން މީރާއަށް އޮވެވުނީ ލޮލުގެ ފެނުމާމެދު ޝައްކު ވެފައެވެ. އެއީ ކައިވެންޏަށް ފަހު މީރާއަށް ޔަމާން ފެނުނު ފުރަތަމަ ފަހަރެވެ.

އެހެން މީރާއަށް އޮވެވުނީ އިރުކޮޅަކުއެވެ. ރާހިލްގެ ހަނދާން ވުމާއެކު މީރާއަށް ރޮވުނެވެ. އެމަންޒަރު ފެނުމުން ތާނިޔާ މީރާގެ އަތުގައި ހިފާލާފައި ވީ ކީއްތޯ އަހާލަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން މީރާ ތެދުވެ ތާނިޔާ ގައިގައި ބައްދައިގެންފައި ބާރަށް ރޯންފެށިއެވެ.

“މީރާ… ނުރޮއެބަލަ… ހުއްޓާލާފަ ވީގޮތެއް ބުނެބަލަ… ރާހިލް ކޮބާތަ؟ ކިހިނެއް ވެގެންތަ ތިއުޅެނީ؟ ދެމީހުން ފައިޓް ކޮށްގެންތަ ތިއުޅެނީ؟ ވެގެން އުޅޭ ގޮތެއް ބުނީމައެއްނު ހަދަންވީ ގޮތެއްވެސް އެނގޭނީ…؟ ހުއްޓާލަބަލަ…” މީރާ ރޯތަން ފެނުމުން ތާނިޔާވެސް ދެރަވެގެން ރޮވެން އުޅުނެވެ. ނަމަވެސް ތާނިޔާ މަސައްކަތް ކުރީ ވީ ގޮތެއް އޮޅުން ފިލުވާށެވެ. އިރުއިރުކޮޅުން އެތައް ފަހަރަކު ތާނިޔާ އެ ސުވާލުތައް ތަކުރާރު ކުރަމުން ދިޔައެވެ.

ގެޔަށް ފޯން ކުރަން އުޅެފައިވެސް ޔަމާން މަޑުކޮށްގެން ހުރީ ވީ ގޮތެއް އޮޅުން ނުފިލާތީއެވެ. ނަދީމާ ގާތު ބުނާނެ އެއްޗެއް ހިތަށް ނާންނާތީއެވެ. ނަމަވެސް އެ ވަގުތު ޔަމާންގެ ފޯނަށް ނަދީމާ ގުޅިއެވެ.

“ކޮބާތަ މީރާ؟ އޭނަ ރަނގަޅުތަ؟” ޔަމާން ފޯން ނެގުމާއެކު ޔަމާންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނަދީމާ  ސުވާލު ކުރިއެވެ.

“މަންމާ، އެދެމީހުންގެ މެދުގަ ކޮންމެސް މައްސަލައެއް ޖެހިގެން އުޅޭހެން ހީވަނީ… ރާހިލް ގެޔަކު ނެތް، މީރާ ހަމަ ރޮނީ… ވީ ގޮތެއްވެސް އަދި ނޭނގެ. އަހަރެން އިރުކޮޅަކުން ގުޅާނަން އިނގޭ” ޔަމާން ޖަވާބު ދިނީ ކޮޓަރިން ނިކުމެފައެވެ.

“ރާހިލް ގޭގަ ނެތިއްޔާ މީރާ ގޮވައިގެން ގެޔަށް އާދޭ. ވީ ގޮތެއް ފަހުން އެނގިދާނެ” ނަދީމާ އަވަސްއަވަހަށް އެހެން ބުނީ މީރާ ނުފެންނަނީސް ނަދީމާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެތީއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމަށް ނަދީމާގެ ހިތް ބުނާތީއެވެ.

އާއެކޭ ބުނެފައި ޔަމާން ފޯން ކަނޑާލާފައި ކޮޓަރިއަށް ވަނީ އިރުކޮޅެއް ފަހުންނެވެ. އޭރު ތާނިޔާގެ އަތުގައި ހިފަހައްޓާލައިގެން އިސްޖަހާލައިގެން އެނދުގައި މީރާ އިނެވެ. ބާރަށް ނުރުއި ނަމަވެސް އިރުއިރުކޮޅުން ލޮލުން އަންނަމުން ދިޔަ ކަރުނަ މީރާ ފޮހެލައެވެ.

“ތާނީ، މަންމަ ބުނީ މީރާ ގޮވައިގެން ގެޔަށް އަންނާށޯ” ޔަމާން ވާހަކަ ދެއްކީ ތާނިޔާއާއެވެ.

“ހިނގާ މީރާ” އެނދުން ތެދުވެ މީރާގެ އަތަށް ދަމާލަމުން ތާނިޔާ ބުންޏެވެ. ނަމަވެސް މީރާ ތެދުވަން ނޫޅުނު ތަނުގައި އިސް އުފުލާ ބަލާވެސް ނުލިއެވެ.

“މީރާ، އިހަށް ހިނގާ ގެޔަށް ދާން. މަންމަމެން ތިބީ ވަރަށް ހާސްވެފަ. ޖެހިގެން ތިއުޅޭ މައްސަލައެއް ހައްލު ކުރަން މާދަމާ މަސައްކަތް ކުރާނީ. އިހަށް ހިނގާ” އެނދާ ކައިރިއަށް ދެތިން ފިޔަވަޅު އަޅާފައި ޔަމާން މީރާއަށް ބުންޏެވެ.

ޔަމާންގެ އަޑު އިވުމުން މީރާ އިސްއުފުލާ ޔަމާންއަށް ބަލާލިއެވެ.

މީރާ އެނދުން ތެދު ނުވާނެހެން ހީވުމުން ތާނިޔާ މީރާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ސައިޑް ޓޭބަލް މަތީ ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ނަގާ މީރާގެ މޫނު ފޮހެދިނެވެ.

“ހިނގާ ދޮންބޭ” ތާނިޔާ ޔަމާންއަށް ގޮވާލާފައި މީރާގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ. މީރާވެސް ދެކޮޅު ހެދުމެއް ނެތި ކުރިޔަށް ދިޔައެވެ.

ތާނިޔާއާ މީރާއަށް ވުރެ ކުރިން ޔަމާން ނިކުތެވެ. ފިޔަވަޅުތަކަށް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަ ނަމަވެސް ބޭރު ދޮރާ ހަމައަށް ދެވުމުން ހުއްޓިފައި މީރާ ފަހަތަށް ބަލާލިއެވެ. އެޕާޓްމެންޓްގެ ހުރިހާ ދިމާއަކަށް ބަލާލީ އެތަނުގައި ހޭދަ ކުރެވުނު ދުވަސްތަކުގެ ހަނދާންތައް އެއްކޮށްލަން ކަހަލައެވެ.

ސޯފާމަތީ އޮތް މީރާގެ ފޯޏް ފެނުމާއެކު މީރާ ކުއްލިއަކަށް ތާނިޔާގެ އަތުން ދޫކޮށްލާފައި ދުވެފައި ގޮސް ފޯން ނަގާ އަވަސްއަވަހަށް ރާހިލްގެ ނަމްބަރަށް ގުޅާލިއެވެ.

ރާހިލްގެ ފޯން ނިއްވާލާފައި އޮތުމުން މީރާ މާޔޫސް ކަމާއެކު ފޯން ކަންފަތާ ދުރުކޮށްލިއެވެ. އިސްޖަހާލުމާއެކު އަނެއްކާވެސް މީރާއަށް ރޮވުނެވެ. ނަމަވެސް ތާނިޔާއަށް މީރާއާ ހަމައަށް އާދެވުމުގެ ކުރިން މީރާ އަނެއްކާވެސް ރާހިލްގެ ފޯނަށް ގުޅޭތޯ ބެލިއެވެ.

ތާނިޔާ އެތެރެއަށް ވަދެ މީރާ ކައިރީގައި މަޑުކޮށްލިއެވެ. ފަސްވަރަކަށް ފަހަރު ރާހިލްއަށް ގުޅޭތޯ މަސައްކަތް ކުރުމަށް ފަހު ކާމިޔާބު ޖުވުމުން މީރާ ފޯނައެކު ދެއަތުން މޫނު ފޮރުވާލިއެވެ.

ތާނިޔާމެން ނުނިކުތުމުން ވީގޮތެއް ބަލާލުމަށް ދޮރުމައްޗަށް އެރި ޔަމާން އެ މަންޒަރު ބަލަން ހުރި އިރު އެތައް ފަހަރަކު މީރާ ކައިރިއަށް ގޮސް ޔަމާންގެ ދެއަތުގެ ތެރެއަށް މީރާ ގެންނަން ހިތަށް އެރިއެވެ. ނަމަވެސް މީރާއަކީ އެހެން މީހެއްގެ ހައްގެއް ކަން ހަނދާން ކޮށްލާފައި ކެތްކޮށްލީއެވެ.

“މީރާ… އަހަރުމެންވެސް ގުޅީމޭ ރާހިލްއަށް. އޭނަގެ ފޯން އޮތީ ނިއްވާލާފަ… މީރާއަކަށްވެސް އޭނައަކާ ނުގުޅޭނެ. މިރޭ ދެން ހިނގާ ގެޔަށް ދާން. މަންމަމެންވެސް ތިބީ ވަރަށް ބޮޑަށް ހާސްވެފަ… ރާހިލް އަންނަ އިރު މީރާ ނެތިއްޔާ އެނގޭނެ މީރާ ވާނި އަހަރުމެން ގޭގަކަން… ނޫނިއްޔާ އޭނަ ގުޅާނެއެއްނު؟” މީރާގެ އަތުގައި ހިފާލަމުން ތާނިޔާ މީރާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

“އޭނަ ނުގުޅާނެ ތާނީ… ނުގުޅާނެ… ދެން ނާންނާނެ… ރާހިލް ދިޔައީ މާލެއަށް… އަހަރެން… އަހަރެން ވަރިކޮށްފަ އޭނަ ދިޔައީ…” މޫނުން ދެއަތް ދުރުކޮށްލާފައި ތާނިޔާއަށް ބަލާލަމުން މީރާ އެންމެ ފަހުން ވެގެން އުޅޭ ގޮތް ބުނެދިނެވެ.

ތާނިޔާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެހީއަކަށް އެދޭ ފަދަ ގޮތަކަށް ތާނިޔާ ބަލާލީ ދުރުގައި ހުރި ޔަމާންއަށެވެ.

މަޑުމަޑުން މީރަ ބުނި ނަމަވެސް ޔަމާންއަށް މީރާ ދެއްކި ވާހަކަ ސާފުކޮށް އަޑު އިވުނެވެ. އެބަސްތައް އަޑު އިވުމުން ހިތަށް ލިބިގެން ދާނެ ހަމަޖެހުމަށް ޔަމާންއަށް އިންތިޒާރު ކުރެވުނެވެ. މީރާ މިނިވަން ވީތީއެވެ. ޔަމާންއަށް ފުރުސަތު ލިބުނީތީއެވެ. ނަމަވެސް ޔަމާން ހީކުރި ގޮތަކަށް ނުވިއެވެ. މީރާގެ ބަސްތަކުން ޔަމާންއަށް އުފަލެއް ނުވެވުނެވެ. ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެއާ ޚިލާފަށް ޔަމާންގެ ހިތަށް ވެރިވީ ނުތަނަވަސްކަމެކެވެ.

ސަބަބު ވިސްނޭކަށްވެސް ޔަމާންއަކަށް ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. މީރާގެ ހިތަށް ލިބޭ އަނިޔާއަކީ ޔަމާންގެ ހިތަށްވެސް ލިބޭ އަނިޔާއެކެވެ. މީރާއަށް ލިބޭ ހިތާމައަކީ ޔަމްނާއަށްވެސް ލިބޭ ހިތާމައެކެވެ. މީރާއަށް ދެރަވާ ކަމަކުން ޔަމާންއަކަށް އުފަލެއް ނުވާނެއެވެ.

ޔަމާން އެތެރެއަށް ވަދެގެން ގޮސް މީރާ ކައިރީ ހުއްޓި މީރާގެ އަތުގައި ހިފާލިއެވެ. އެތައް ދުވަހެއް ފަހުން ޔަމާން މީރާއާ ވާހަކަ ދެއްކިއެވެ.

“މީރާ، މިހާރު މިތާ އިތުރަށް ހުރުމުގެ ބޭނުމެއް ނެތެއްނު؟ މަންމަމެން ތިބީ މީރާއަށް ވީ ގޮތެއް ނޭނގިގެން ވަރަށް ކަންބޮޑު ވެފަ… ހިނގާ ގެޔަށް ދާން… ރާހިލްގެ ހިޔާލު ބަދަލު ވެއްޖެއްޔާ އޭނައަށް އެނގޭނެ މީރާ ހޯދަން… ދެން އިހަށް ހިނގާ ގެޔަށް” އެއް އަތުން މީރާގެއަތުގައި ހިފައިގެން ހުރެ ވާހަކަ ދައްކަމުން އަނެއް އަތުން ޔަމާން މީރާގެ މޫނު ފޮހެދިނެވެ.

ޔަމާންގެ މޫނަށް ބަލަން ހުރެ މީރާ ބޯޖަހާލިއެވެ.

“ތާނީ، މި ވަގުތަށް މީރާއަށް ބޭނުން ވާނެ އެއްޗެހި ޕެކް ކޮށްލަން ވީނު؟ އެހެން އެއްޗެހި ބަލާ ފަހުން އަންނާނީ” ޔަމާން ތާނިޔާއަށް ބުންޏެވެ. ބޯޖަހާލާފައި ތާނިޔާ ކޮޓަރިއަށް ވަނެވެ.

ތާނިޔާއާ ޔަމާންގެ މެދުގައި ހުރެގެން ގޭތެރެއަށް ވަން މީރާ ފެނިފައި ދެކޮޅަށް ހިނގަ ހިނގާ ހުރި ނަދީމާ ހުއްޓުނެވެ. ސޯފާގައި ތިބި ޝަފީގުއާ ރިޔާންވެސް ތެދުވިއެވެ.

ނަދީމާ ބާރަށް ހިނގާފައި އައިސް މީރާގެ ކުރިމަތީ ހުއްޓުނެވެ. އެއާއެކު އަދިވެސް ލޮލުން ކަރުނަ ނުހިކި ހުރި މީރާ ރޮއެގަންނަމުން ނަދީމާ ގައިގައި ބައްދައިގަތެވެ.

ނަދީމާއާ ޝަފީގު ސުވާލު ކުރުމުން ތާނިޔާއަށް ކިޔައިދިން ގޮތަށް މީރާ އެމީހުންނަށްވެސް ވެގެން އުޅޭ ގޮތްކިޔައިދިނެވެ. ރާހިލް މީރާ ވަރިކުރި ކަމެވެ. މާލެއަށް ދިޔަ ކަމެވެ. އޭގެ އިތުރުން އެއްވެސް އެއްޗެއް މީރާ ނުބުންޏެވެ.

އަނެއް ދުވަހުގެ އިރު އެރުމާ ހަމައަށްވެސް ރުއިން ނޫން ކަމެއް މީރާ ނުކުރެއެވެ. ޔަމާންއަށް އެ މަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. ރާހިލްއަށް ގުޅައިގެން ކޮންމެ ގޮތަކުން ވިޔަސް ރާހިލް އަލުން މީރާ ކައިރިއަށް ގެނައުމަށް ޔަމާން ބޭނުންވީ މީރާގެ އުފަލަށް ޓަކައެވެ.

ރާހިލްއާ ބެހޭ ގޮތުން ފުރަތަމަ ޔަމާން ސުވާލު ކުރީ މަންމައާ ބައްޕައާއެވެ. އެމީހުންނަށް ރާހިލްއާ ބެހޭ ގޮތުން ބުނެދޭނެ މާ ގިނަ އެއްޗެއް ނޭނގުމުން ތާނިޔާއާ ސުވާލު ކުރުމުންވެސް މާބޮޑު އެއްޗެއް ޔަމާންއަކަށް ނޭނގުނެވެ. އެންމެ ފަހުން މީރާއާ ސުވާލު ކުރުމުންވެސް ރާހިލްގެ ނަން ފިޔަވާ އިތުރު އެއްޗެއް ނޭނގުމުން ޔަމާންއަށް މީރާ ދެކެވެސް އާދެވުނީ ރުޅިއެވެ.

“މީރާ އޭނަޔާ އިން އިރު ނުބަލަންތަ އެއީ ކާކުތޯއެއް؟ ތަނަކުން ހަމަ މީހަކު ފެންނަ އިރަށް ތަނެއް ދޮރެއް ބަލާލުމެއް ނެތި ފުރަތަމަވެސް އިންނަންތަ ވީ؟ ކޮން ކަހަލަ މީހެއްތޯ ބަލާލުމެއްވެސް ނެތްތަ؟ އަހަރެން ހިތަށް އަރާ މީރާއަށް ކިހިނެއް ވެފަ ހުރެގެން ބާއޭ އޭނަޔާ އިނީ! މީރާއަށް ނޭނގޭ އޭނަ އެއީ ކޮން ރަށަކު މީހެއް ކަމެއްވެސް… ކުޑަ މިނުން އޭނަގެ އެޑްރެސްވެސް މީރާއަކަށް ނޭނގޭ… ރައްޓެހި ވެގެން އިންނަން އުޅުނު އިރުވެސް އަދި އިނދެގެން ހަ މަސް ވީ އިރުވެސް އެ ކަންތައްތައް އޭނަ ސިއްރު ކޮށްގެން ހުރި އިރުވެސް މީރާއަކަށް ނުވިސްނުނުތަ އެއީ ކޮންކަހަލަ މީހެއް ކަމެއް؟ އަހާވެސް ނުލަންތަ؟ އަހާކަށް ހިތަކަށް ނާރާނެއެއްނު؟ މީރާ ހުރީ އެއަށް ވުރެ ބޮޑަށް މޮޔަވެފަ ވިއްޔަ! ކާކުތޯ ނުބަލާ ފެންނަހާ މީހަކާ ހެދި ތިވަރު ވަންޏާ ދެން އެންމެ ފަހުން ވާނީ މިކަހަލަ ގޮތެއްނު؟” ޔަމާން ރުޅި އައިވަރުން ކިޔޭ އެއްޗަކާ މެދުވެސް ނުވިސްނެއެވެ.

ޔަމާން އެގޮތަށް ހަޅޭ ލަވަން ފެށުމުން މީރާ ރޯންފެށިއެވެ. މީރާ ކައިރީ ސޯފާގައި އިން ތާނިޔާވެސް އިނީ ޔަމާން ރުޅި އައި ވަރުން އެއްޗެއް ބުނަން ނުކެރިފައެވެ.

“ޔަމާން، ރުޅި މަޑު ކޮށްބަލަ…” މީރާ ރޯން ފެށުމުން ނަދީމާ ޔަމާންގެ ކޮނޑުގައި އަތް ޖައްސާލަމުން ބުންޏެވެ.

“މަންމަމެންވެސް ބަލައެއް ނުލަންތަ؟ އެއީ ކާކުތޯ ކޮން ކަހަލަ މީހެއްތޯވެސް ބަލާނުލާތަ މީރާގެ ކައިވެނި އޭނަޔާ ކޮށްދިނީ؟” ޔަމާންއަށް މަންމައާ ބައްޕަ ދެކެވެސް އާދެވުނީ ރުޅިއެވެ.

“ދަރިފުޅާ، މީރާ ކައިރީގަ ބުނިހެން ރާހިލް މަންމަމެން ކައިރީވެސް ބުނީ… އޭނަގެ އާއިލާގަ އެކަކުވެސް ނެތޭ… ކުޑަކުޑަ އިރު މަންމަ މަރުވެއްޖޭ، އޭގެ ފަހުން ބައްޕަވެސް މަރުވިއްޔޭ، އަމިއްލައަށޭ ކިޔަވަން މަސައްކަތް ކުރީ… މީރާއާ އިނދެފަ ދެން ރާއްޖެއަށް ދާކަށް ނުވިސްނަމޭ، އޭނަގެ އާއިލާގެ އެކަކުވެސް ނެތީމަ ދެން އެތަނަށް ދިޔުމުގެ ބޭނުމެއް ނެތޭ… މީރާއޭ ދެން ރާހިލްގެ ހުރިހާވެސް އެއްޗަކީ… ދެން މަންމަމެން ކީކޭ ބުނާނީ؟ ކޮން ސުވާލެއް ކުރާނީ؟ އޭރު އޭނަ މީރާއާ ހެދި އުޅުނު ގޮތުން މަންމަމެން އޭނަ ބުނާ އެއްޗަކަށް ކުޑަކޮށްވެސް ޝައްކެއް ނުކުރަން… މަންމައަކަށް ނޭނގެ މީރާއަށް އޭނަ ގެޔެއް ރަށެއްވެސް ބުނެ ނުދޭ ކަމެއް… އެކަމަކު މަންމަ މިހާރު ގަބޫލު ކުރަން މަންމަމެންނަށް އޭރު ފަރުވާ ކުޑަ ކޮށްލެވުނު ކަން… މީރާއަކީ އަދި އެހުރިހާ ކަމެއް ވިސްނޭ ވަރަށް ވުރެ ޅަ ކުއްޖެއް… މަންމަމެން ވިސްނަން ޖެހޭނީ… މަންމަމެންނާ ހެދި މިއަދު މީރާއަށް މިހެން މިވީ…” ނަދީމާއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ.

“މަށަށް އޭރު އާދެވުނު ނަމަ… މަންމަމެން ކީއްވެތަ އަހަރެން ކައިރީ ކުރިން ނުބުނީ؟ މީރާ ކީއްވެތަ ނުބުނީ؟ މީ އަހަންނަށް އެނގިގެން ކުރެވުނު ކަމެއް ނަމަ އަހަރެން ބެލީމުހޭ… އެހެން ނަމަ މީރާގެ ދިރިއުޅުން މިހެން ހަލާކު ވާކަށް ނުޖެހުނީހެއްނު؟ މަންމައަށް އެނގެއެއްނު ކޮންމެ ކޮންމެ މީހެއްގެ އަތްމައްޗަކަށް އަހަރެން މީރާ ދޫކޮށެއް ނުލާނެކަން؟ ކީއްވެތަ އެކަކުވެސް އަހަރެން ކައިރީ ނުބުނީ؟” މީރާއަށް ބަލާލަމުން ޔަމާން ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ.

“ދޮންބޭ…” މީރާ ކައިރީ އިން ތާނިޔާ ތެދުވެފައި އެއްޗެއް ބުނަންވެގެން ޔަމާންއަށް ގޮވާލިއެވެ.

“ޕްލީޒް ތާނީ… ތާނީވެސް ނުބުނަމެއްނު؟ ޔޫ ޝުޑް ހޭވް ޓޯލްޑް މީ… ތާނީއަށް ހުރިހާ ކަމެއް އެނގޭ އިރުވެސް… މިހާރު ދެން އެއްވެސް އެއްޗެއް ކިޔާނެ ކަމެއް ނެތް… ބޭނުމެއް ނޫން އެކްސްކިޔުޒަސް އަޑު އަހާކަށް…” ތާނިޔާއާ ދިމާއަށް އަތްތިލަ ދިއްކޮށްލަމުން ޔަމާން ބުންޏެވެ.

ހަފްތާއެއްގެ ޗުއްޓީއަކަށް އައި ޔަމާން އެފަހަރު ދިޔައީ ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު މަޑުކޮށްފައެވެ. އެހާ ދުވަސް ވަންދެން ޔަމާން ރާހިލްގެ ޚަބަރެއް ވޭތޯ މަސައްކަތް ކުރިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅެފައި ވާތީ ޔަމާންގެ މާގިނަ ރައްޓެހިންނެއް މާލެއަކު ނުތިބެއެވެ. މާލޭގައި އުޅޭ މަދު ރައްޓެހިންނަށް ގުޅާއިގެންވެސް ރާހިލްގެ މަޢުލޫމާތެއް ލިބޭތޯ ޔަމާން މަސައްކަތް ކުރިއެވެ. ނަމަވެސް ރާހިލްއާ ބެހޭ ގޮތުން އެމީހުންނަށް ބުނެދޭނެ އެއްޗެއް ޔަމާންއަށް ނޭނގޭތީ އެކަން ކާމިޔާބެއް ނުވިއެވެ.

ޔަމާންގެ އިތުރުން ޝަފީގުގެ ދެމަފިރިންނާ ތާނިޔާވެސް ރާހިލް ހޯދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުންނަކަށްވެސް ކާމިޔާބެއް ނުލިބެއެވެ. ހަފްތާއެއް ފަހުން ރާހިލް ހޯދުމުގެ މަސައްކަތް އެންމެން ހުއްޓާލީ މީރާ އެދުމުންނެވެ. ރާހިލްއަށް ވިސްނިގެން މީރާ ކައިރިއަށް އައިސްފި ނަމަ ރާހިލްއަށް ފުރުސަތު ދޭނެ ކަމަށާއި އެހެން ގޮތަކަށް ދެން މީރާ ރާހިލް ކައިރިއަށް ނުދާނެ ކަމަށް މީރާ ބުނީ އަޒުމާ އެކީއެވެ. މީރާ ދެކެ ހަގީގީ ލޯބި ވާނަމަ މީރާ ހޯދަން ރާހިލްއަށް އެނގޭނެ ކަމަށާއި މީރާއާ ގުޅަން މަސައްކަތް ނުކުރާނީ ރާހިލް މީރާ ބޭނުން ނުވާނެތީ ކަމުގައި ބުނެ މީރާ އެދުނީ އެވާހަކަ އިތުރަށް އެކަކުވެސް ނުދެއްކުމަށެވެ. އަދި މީރާއަށް ހެޔޮ އެދޭނަމަ ރާހިލް ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް މީރާ އެދުނެވެ.

ޔަމާން ފިޔަވާ އެހެން މީހުން މީރާގެ އެދުން ގަބޫލު ކުރިއެވެ. ނަމަވެސް އަލުން މެލޭޝިޔާއަށް ދަންދެން ޔަމާން އެމަސައްކަތް ކުރިއެވެ. މީރާއަށް ސިއްރުންނެވެ. މީރާއަށް ހެޔޮނޭދޭތީއެއް ނޫނެވެ. ޔަމާން މީރާ ދެކެ ވާ ލޯތްބަށް ޓަކައެވެ. މީރާގެ އުފަލަށް ޓަކައެވެ. މީރާ ރާހިލް ދެކެ ލޯބިވާކަން ޔަމާންއަށް އެނގޭތީއެވެ. ނަމަވެސް ޔަމާން ހުރީ ރާހިލް މީރާ ދެކެ ވާ ލޯބި އިމްތހާން ކުރުމަށް ދެ ހަފްތާ ދީގެންނެވެ. ދެހަފްތާ ތެރޭ ރާހިލް މީރާއަށް ގުޅަން މަސައްކަތް ނުކޮށްފިނަމަ ޔަމާންވެސް އެމަސައްކަތް ހުޓާލާނެއެވެ. އެހިސާބުން މީރާ ފަދައިން ޔަމާންވެސް ދެން ރާހިލްއަކަށް ފުރުސަތެއް ނުދޭނެއެވެ.

ގިސްލާފައި ރުއިމުގައި ހަފްތާއެއްހާ ދުވަސް ހޭދަ ކޮށްފައި، އެ ނިންމުން ނިންމި ފަހުން މީރާ ނުރޮއެވެ. ކޮޓަރީގައި އެކަނި އިންނަނީއެވެ. ދެލޮލުން ކަރުނަ ހުސްވެފައިވާ ކަހަލައެވެ. ގޭ އެންމެންވެސް މީރާއަށް ހިތްވަރު ދެއެވެ. އަލުން ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ނަސޭހަތް ދެއެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ހިތްވަރު ކުރަން ވާނެ ކަމަށް ބުނެ އެމީހުން އެކަމުގައި ތިބީ މީރާއާ އެކީގައި ކަމަށް ބުނެއެވެ.

އެންމެ ވަގުތުކޮޅަކަށްވެސް މީރާ އެކަނި ކޮށްނުލާ ކޮންމެވެސް މީހަކު އަބަދުވެސް މީރާ ކައިރީ ހުރެއެވެ. ތާނިޔާ ކޮލެޖަށް ގޮސް އެތަނުގައި ކޮންމެހެން ހޭދަ ކުރަން ޖެހޭ ވަގުތު ފިޔަވާ އިތުރު ވަގުތު މަޑު ނުކޮށް ގެޔަށް އާދެއެވެ. ލައިބްރަރީއަށް ދިޔުން ހުއްޓާލާފައި ފޮތްތައް ހިފައިގެން ގެޔަށް އައިސް ފިލާވަޅުތައް ހަދަން އިންނަނީވެސް މީރާގެ ކޮޓަރީގައެވެ. ރޭގަނޑުވެސް އަމިއްލަ ކޮޓަރިއަށް ނިދަން ދިޔުމުގެ ބަދަލުގައި ނިދަނީ މީރާ ކައިރީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނުހައްޤު ލޯބި (8 ވަނަ ބައި)

Next

އަދިވެސް …

Next
August 28, 2016

އަދިވެސް …

Previews
August 27, 2016

ނުހައްޤު ލޯބި (8 ވަނަ ބައި)

23 Comments!

  1. Mar Sha Marsha says:
    August 28, 2016 at 11:16 am

    ސަލާމް ހުރިހާ ކުދިން… ނުވަވަނަ ބައި ކަމުދާނެ ކަމަށް ހީކުރަން… މިބައި ތަންކޮޅެއް ދިގު ވާނެ… ދިހަވަނަ ބައި އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހުން ގެނެސްދޭނަން…

  2. Meesh says:
    August 28, 2016 at 11:18 am

    Adhi nikiyan. Kiyaalaafa comment kohlaanan. Me first tha

  3. miny says:
    August 28, 2016 at 11:25 am

    Varah reethi. Keep it up ingey. Waiting for the next episode.

  4. Meesh says:
    August 28, 2016 at 11:27 am

    Vvvv Nice??

  5. Shiny says:
    August 28, 2016 at 11:58 am

    Wow salhi

  6. asoo says:
    August 28, 2016 at 11:58 am

    V reethi

  7. xenn says:
    August 28, 2016 at 12:23 pm

    Maazy thankolheh kurukohlan v nun..mihaaru meera n rahil ge parts thah bodah kiyaa hiyvanyy..mi part vx rythi..

    1. Lilly says:
      August 28, 2016 at 1:32 pm

      Agree

  8. sheen says:
    August 28, 2016 at 12:24 pm

    woww..Vvv reethi mivaahaka..Keep going

  9. **** says:
    August 28, 2016 at 12:42 pm

    Mi part vx v v v nice….keep it up marsha

  10. Hajja says:
    August 28, 2016 at 12:47 pm

    VVVV reethi

  11. Lubaa says:
    August 28, 2016 at 1:42 pm

    V sali

  12. Aphy says:
    August 28, 2016 at 2:06 pm

    Adhi kiriyaa mivaahaka kiyaalee mi..vv reethi…waitting for the nxt part?

  13. Anonymous says:
    August 28, 2016 at 2:09 pm

    V rythi ….waiting. ….

  14. Nern.. says:
    August 28, 2016 at 2:27 pm

    Haadh lahun kehnnuvaane ehaa gina dhuvahakah haadha kiyaa hithunney mihuree ?????????

  15. Meera says:
    August 28, 2016 at 2:33 pm

    vvv nice keep it up….. waiting for next the part. ur my best writer.

  16. Shaa says:
    August 28, 2016 at 3:31 pm

    varah reethi mi part ves ?

  17. Suha says:
    August 28, 2016 at 6:27 pm

    Nice bt repeat vefa Eba huri baeh sentence.

  18. jee says:
    August 28, 2016 at 7:01 pm

    kaivenyge certificatega innaane rashaa geyge namaa….meeraa athuga kaivenyge certificate nethytha??

  19. hamnee says:
    August 28, 2016 at 7:32 pm

    wow.. v reethi <3
    rashaa address neygeythy v odd

  20. ninaa says:
    August 28, 2016 at 9:46 pm

    v reethi .but past kurukohlaafa raahil n meera ge bai avahah genesdhechey pls….

  21. Aish says:
    August 28, 2016 at 10:22 pm

    Vrh reethi

  22. vishaa says:
    August 29, 2016 at 8:26 am

    nice..

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 10←


All Right Reserved!