
މަޢާފް އެދެމުން – 1

އައްސަލާމް ޢަލައިކުމް، މި ވާހަކައަކީ އެސްފިޔައަށް ލިޔާ ޕްރޯ ސްޓޯރީއެކެވެ. މި ވާހަކަ ގެނެސްދޭނީ ހަފްތާއަކު 2 ދުވަހުއެވެ. ވާހަކައިގެ ފުރަތަމަ 3 އެޕިސޯޑް ކިޔުންތެރިންނަށް ހިލޭ ކިޔާލެވޭނެއެވެ.
ޓްރޮލީ ކޮއްޕަމުން ޓަރމިނަލް އިން ނިކުތް ރިޔާން ތަންކޮޅަކަށް ގޮސްފައި ދެ ފަރާތް ހޯދާލިއެވެ. ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުރި މީހަކު ނުފެނުމުން ބޭރަށް ނިކުންނަމުން ރިޔާން ގަމީހުގެ ކަރާ ދިމާލުން އަޅުވާފައި އޮތް އަވި އައިނު ނަގާ ލޮލުގައި އަޅާލިއެވެ. ދެންވެސް މީހުންތަކުގެ ތެރެއިން ހޯދަމުން ރިޔާން އެ ތަނުން ނިކުންނަން ދިޔައެވެ.
ހަތް އަހަރު ފަހުން، ދެން އެނބުރި ނުދާ ގޮތަށް އަމިއްލަ ފަސްގަނޑަށް އާދެވުނީތީ ރިޔާން ހުރީ އުފަލުންނެވެ. ދެ އަހަރު ވަންދެން ނުފެނި ހުރެފައި މަންމައާ ކޮއްކޮ ފެންނާނެ ވަގުތަކަށް ކެތްތެރިކަން ކުޑަވެފައި ހުރި ރިޔާންއަށް ހިތާހިތުން ޝަކުވާ ކޮށްލެވުނީ މަންމައާ ކޮއްކޮ އައުން ލަސްވީތީއެވެ.
“ދޮންބޭ!” މީހުންތަކުގެ ތެރެއިން ދަންނަ މޫނެއް ފާހަގަ ވާވަރު ނުވަނީސް ރިޔާންއަށް އަޑު އިވުނެވެ. އަޑު އިވުނު ދިމާއަށް ބަލާލި އިރު ތަންކޮޅެއް ދުރުން ފުންމަމުން ރިޔާންއާ ދިމާއަށް އަތް ހޫރަމުން ދިޔަ ރީވާ ފެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (1)
Comments are closed.
Salaam, dhuvasthakakah fahu aa vaahaka eh mi genesdhevuny, Mi vaahakaves kiyuntherinnah kamudhaane kamah Marsha hykuran