Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 5

ރީވާއެކޭ އެއްގޮތަށް އާރިޝްއަށްވެސް އެދުވަހުގެ ހާދިސާ ހަނދާން ނައްތައެއް ނުލެވުނެވެ. ރިޔާންގެ ކޮއްކޮއާ މެދު ކުރެވިގެން ކުރަން ނުވާނެ ފަދަ ޚިޔާލުތަކެއް ކުރެވެން ފެށިއެވެ. ރިޔާންމެން ގެއަށް ދާ ކޮންމެ ފަހަރަކު ރީވާ ދެކިލުމަށް ހިތް އެދެން ފެށިއެވެ. ނަމަވެސް ރީވާ ފެންނަނީ މަދު ފަހަރަކުއެވެ. ފެންނަ ފަހަރެއްގައިވެސް ރީވާ އާރިޝްއަށް ފިލަން އުޅޭ ކަހަލައެވެ. މަދުމަދުން އެ ފެނިލާ ފެނިލުމުން އާރިޝްގެ ހިތް އެ ސޫރަ ދެކިލުމަށް ބޮޑަށް އެދެން ފެށިއެވެ. ނަމަވެސް ރީވާއެކޭ އެއް ފަދައިން އާރިޝްވެސް ހިތުގައި އުފެދެމުން ދިޔަ އިޙުސާސްތައް ސިއްރު ކުރީއެވެ. އެކުވެރިންގެ މެދުގައި ކުރެވުނު ވަޢުދު މަތިން އާރިޝް ހަނދާން ހުއްޓެވެ. އަދި ވަކިން، އެ ހުރިހާ އެކުވެރިންނަށް ވުރެ ރިޔާންއާ އާ އާރިޝް ގާތްކަން އެންމެންނަށްވެސް އެނގެއެވެ. އެ ސަބަބާ ހެދިވެސް ރީވާގެ ޚިޔާލު ހިތުން ނެރެލަން ޖެހޭ ކަން އާރިޝްއަށް އެނގެއެވެ.

އެ ދަތުރަށް ފަހު ރިޔާންއަށް އައީ ބުރަ ދުވަސްކޮޅެކެވެ. ވަޒީފާ ހަމަޖެހި އޮފީހަށް ނިކުންނަން ޖެހުމުން އެކުވެރިންނާ އެކު ހޭދަ ކުރެވޭ ވަގުތުވެސް މަދުވިއެވެ.
ދަތުރުގައި ހޭދަވި ދެ ދުވަހުގެ ތެރޭގައި ރީވާއާ އަލްޔާގެ މެދުގ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.