Skip to content
އެސްފިޔަ

މަޢާފް އެދެމުން

އާރިޝް އައިސް ޓެރެސްއަށް ނިކުތް އިރު އެ ދިމާލުން ރެއިލިންގގައި އަތް އަޅުވާލައިގެން ހުރި ޔަޒްދާން އާރިޝްއަށް ގޮވާލިއެވެ.

“އިނާރާއާ ފައިޓެއް ދިޔައީތަ؟” އާރިޝް އައިސް ކައިރީގައި ހުއްޓިލުމުން ޔަޒްދާން އެހިއެވެ.

އާރިޝް އެއްޗެއް ބުނުމުގެ ބަދަލުގައި އެއްކޮނޑު ހިއްލާލީއެވެ.

“ދެ މީހުން ސީރިއަސްތަ؟” ޔަޒްދާން އެހިއެވެ.

“މަންމަ ބޭނުން ވަނީ އަހަރެން އިނާއާ މެރީ ކުރަން” އާރިޝް ބުންޏެވެ.

“ދެން؟ ކޮބާ މައްސަލައަކީ؟ އާރިޝް ތި އުޅެނީ އިނާރާއާ އެކީއެއްނު؟” ޔަޒްދާން ސުވާލު ކުރީ އާރިޝްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެ ކަން އެނގިހުރެއެވެ. ވީވެސް އެހެންނެވެ. ޔަޒްދާންގެ ސުވާލަށް އާރިޝް ޖަވާބެއް ނުދިނެވެ.

ޔަޒްދާން ސުވާލު ކުރުމުން އާރިޝްގެ ހިތަށް އައީ ރީވާގެ ނަމެވެ. އެނބުރިފައި ދަގަނޑުގައި ލެނގިލި އާރިޝް ހޯދާލީ ރީވާއެވެ. ޓެރެސްގެ އެއް ކަނެއްގައި އަލްޔާއާ ހަނާންއާ އެކު ހުރި ރީވާއަށް އެރޭ ފުރަތަމަ ފަހަރަށް ރަނގަޅަށް އާރިޝް ބަލާލިއެވެ.

“އާރިޝް…” އާރިޝްގެ ނަޒަރު ހުއްޓިފައި ހުރި ދިމާ ފާހަގަ ކުރެވުމުން ޔަޒްދާން ގޮވާލިއެވެ.

“ކީކޭ؟” އިސްޖަހާލަމުން އާރިޝް އެހިއެވެ.

“ބީ ކެއަރފުލް އާރިޝް! ސީރިއަސް ނޫނިއްޔާ ހިތަށްވެސް ނާރުވާތި!” ޔަޒްދާންގެ ނަސޭޙަތް އާރިޝްގެ ސިކުނޑިއާ ހަމައަށް އައީ އިންޒާރެއް ފަދައިންނެވެ.

“ބައެއް ފަހަރު ހިތަށް އަރާ ޕާސްޓްގަ ކުރެވިފަ ހުރި ކަންތައް ފޮހެލެވޭނެ ނަމައޭ…” ހިތުގައި ވި އުދާސްތަކުން ބައެއް އާރިޝްގެ ދުލާ ހަމައަށް އައެވެ.

“އާރިޝް… ހީ ވިލް ލިސްން ޓު ޔޫ…” އާރިޝްގެ ވިސްނުން ހުރި ގޮތް ޔަޒްދާންއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ.

“އަސްލުވެސް ހީވާތީތަ ތިހެން ތި ބުނީ؟ ނޫނީ އަހަންނަށް ހިތްވަރު ދެނީތަ ތި؟” ލުއި ހުނުމަކާ އެކު އާރިޝް އަހާލިއެވެ.

“ތީ އަހަރެންގެ އެންމެ ގާތް މީހުންގެ ތެރެއިން އެކަކު. އައި އެމް ހެޕީ، އައި ވިޝް ދަ ސޭމް ފޮރ ޔޫ” ޔަޒްދާން ބުންޏެވެ.

“މީ ނުވާނެ ކަމެއް… އެހެން ހުރިހާ ކަމަކަށް ވުރެ ރިޔާންގެ އެކުވެރިކަން އަހަންނަށް މުހިންމު. އެންޑް ޝީ ޑިޒަރވްސް ބެޓަރ” ދެފަރާތަށް ބޯ ހަލުވާލަމުން އާރިޝް ބުނީ ހިތުގައި އޮތް ގޮތަށެވެ. އޭގެ ކުރިން ޔަޒްދާން ސުވާލު ކުރި ނަމަވެސް، އެ ވަރަށްވެސް ހިތުގައި ވާ އެއްޗެއް ދުލާ ހަމައަކަށް އާރިޝް ނުގެނެއެވެ.

“ތި ހިތް އެ ވަރަށް ނޭދެނީ ކަންނޭނގެ…” ޔަޒްދާން ލަސްލަހުން ބުނެލީ އާރިޝްގެ މޫނަށް ބަލަން ހުރެއެވެ.

“ތިހެން ކަންނޭނގެ” ޔަޒްދާން ކުރި ތުހުމަތަށް އާރިޝް ދެކޮޅެއް ނުހެދިއެވެ.

އެއާ ވިއްދާ ޔަޒްދާން އެއްޗެއް ނުބުންޏެވެ. އާރިޝްގެ ހިތުގައިވާ އެއްޗަކާ މެދު ޝައްކު ވީ ފަހުން އެކުވެރިޔާގެ އެ އެދުން ޙާސިލް ވުމަށް ހިތުގެ އަޑިން ޔަޒްދާންއަށް އެދެވެއެވެ. އެހެން ވިޔަސް އެއީ އާރިޝްގެ އަމިއްލަ ކަމެކެވެ. އާރިޝްގެ ނިންމުމަށް ޔަޒްދާން ފާޑެއް ނުކިޔާނެއެވެ.

“ވަޓްސް އޮން ޔޯ މައިންޑް؟” ހިމޭން ވަގުތުކޮޅަކަށް ފަހު ޔަޒްދާން އަހާލިއެވެ.

“ނަތިންގ މަޗް، ލައިފްއާ މެދު މި ވިސްނާލަނީ” އާރިޝް ޖަވާބު ދިނެވެ.

“މިރޭ މީ ތިހާ ސީރިއަސް ކަންތަކާ ވިސްނަން އޮތް ރެއެއް ނޫން. ސްޓްރެސް ފިލުވާލާ ބޯ ހަމަޖައްސާލާ” ޔަޒްދާން ބުންޏެވެ.

“ކޮން ކަމަކާ ތިހާ ސްޓްރެސް ވެގެން ތިއުޅެނީ؟” އެ ވަގުތު އެ ހިސާބުގައި އައިސް މަޑުކޮށްލި ސަލަފް އެހިއެވެ. ސަލަފްއާ އެކު އައި ޖަނާ ދިޔައީ ރީވާމެން ކައިރިއަށެވެ.

“އާރިޝްއަށް ކޮން ކަމެއް ދިމާވީ؟ ޕްރޮޕޯޒް ކުރީމަ އިނާރާ ނޫނެކޭ ބުނީތަ؟” ސަލަފް ސަމާސާ ކޮށްލިއެވެ.

“ޝަޓްއަޕް ސަލަފް!” ސަލަފްގެ ސަމާސާ އާރިޝްއަށް ކަމަކު ނުދިޔައެވެ.

“ހޭހޭ، ސޮރީ! އެއީ އެހެން ބުނި އެއްޗެއް ނޫނޭ. ނާބިތު ކޮބާ؟ ކޮންތާކަށް އޭނަ ދިޔައީ؟” އެތަނުން ނާބިތު ފެންނަން ނެތުމުން ސަލަފް އެހިއެވެ.

“ނާބިތު މިހިރީ” ޓެރެސްއަށް ނިކުތް ނާބިތު އެމީހުން ކައިރީ ހުއްޓެމުން ބުންޏެވެ.

“ބާރތްޑޭ ގަރލް މިރޭ ވަރަށް ރީތި ދޯ؟ ސޯ ބިޔުޓިފުލް!” ނާބިތުއާ އެކު އައި މައިލީން ގޮސް ރީވާ ކައިރީ ހުއްޓުނު ތަން ބަލަން ހުރެފައި ނާބިތު ބުނެލިއެވެ.

“އަންހެނުން ދުރަށް ޖެހިލާ އިރަށް އެހެން ކުދިންނަށް ބަލަން ފެށީތަ؟” ނާބިތުގެ ކޮނޑުގައި ޖަހާލަމުން ސަލަފް އަހާލިއެވެ.

“ރީތި ވީމަ ރީއްޗޭ ބުނެވިދާނެއެއްނު؟ އެއީ ހިތުގަ ނުބައި އެއްޗެއް އޮވެގެންނެއް ނޫނޭ. ސްޓިލް ރީތި ވިއްޔާ ހަމަ ރީއްޗޭ ދޯ ބުނާނީ” ސަލަފް ޖެހި ހިސާބުގައި ފިރުމަމުން ނާބިތު ބުންޏެވެ.

ރީވާއާ ބެހޭ ގޮތުން ނާބިތު ބުނި ބަހުން ހިތްހަމަނުޖެހިފައި ހުރި އާރިޝްއަށް ރުޅިއާދެވުނީ ގަސްތަކާ ނުލައެވެ. އެ ވާހަކަތަކުގައި ބައިވެރިވާންވެސް، އަދި އަޑު އަހަންވެސް ބޭނުން ނުވާތީ އާރިޝް އެމީހުންނާ ދުރަށް ދިޔައެވެ.

“އާރިޝް މިރޭ ހާދަ މޫޑީ ވެފަ؟ ކަމެއް ވީތަ؟” ސަލަފް އަހާލިއެވެ.

 

ސަލާމް. ވާހަކަ ފަށައިގެން މިއުޅެނީ، އިންޝާﷲ ވަރަށް އަވަހަށް އަޕްލޯޑް ކުރަން ފަށާނަން.

Comments (10)

  1. Nawar

    Maasha Allah trailor vx varah varah reethi….
    Vaahaka vx varah varah reethi vaane kamah ummeedhu kuran….
    Furathama bai kn irakun??

    1. Mar Sha
      Nawar

      hi Nawar, adhi hama nuvegen miulheny, but inshaAllah soon inge

  2. cutie girl

    long time no see
    how are you
    masha allah v reethi trailer
    curiouly waiting for first part
    keep it up

    1. Mar Sha
      cutie girl

      hi cutie, Alhamdhulillah im good, aan dho, hope to see more comments from u dear

  3. The GHOST

    I feel like too many characters
    E km the story the best!!!
    When next???

    1. Mar Sha
      The GHOST

      thank u, characters gina kamun confuse vany dho, vaahaka feshigen kuriah dhaa iru rangalhu vaane kamah balama dho
      InshaAllah soon inge

  4. Nadhoo

    Omg… Varah ufaavejje varah dhuvas vejje mar sha ge vaahaka ehge inthizaaru ga hunathaa…i love to read your stories

    1. Mar Sha
      Nadhoo

      hello Nadhoo, thank u dear, inthizaaru nimeny inge dhen

  5. :)

    Yayy Finally… new stry ge trailer v reethi… waiting..

  6. Anonymous

    Nice love it ❤️❤️

Comments are closed.