އިރުގެ އެންމެ ފަހު ދޯދިތައް ފޮރުވާލުމުގައި ކާމިޔާބު ހޯދަމުން އުޑުމަތި ބަނަ ވިލާތަކުން ބައްދާލީ އަންނަންއުޅޭ ކޮޅިގަނޑުގެ ބޮޑުކަން މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް އަންގާދެމުންކަހަލައެވެ. ގަސްތައްވެސް ދިޔައީ ވިލާތަކާއި ބައިވެރިވަމުން މާޙައުލަށް އިރުތު ހަލަބޮލިކަމެއް ގެނެސްދެމުންނެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ފަޒާގައި ބޫން އަޑު ލައްވަމުންނެވެ. މިއުޒިކެއްފަދައިން އެ ރާގު ފަޒާގެ ތެރޭގައި ފެތުރެމުން ދިޔައިރު ‘ޑާކްޖެމް’ ގެ ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ފަސް ބުރިއަށް ނަގާފައިވާ ‘ޑާކްޖެމް’ ގެއެކޭ ބޮޑު ގަނޑުވަރެކޭ ތަފާތެއްނެތެވެ. ގޭގެ […]
ގަޑިން އެކެއްޖެހިއިރުވެސް ވާރޭ ހުއްޓާލާކަށް ނޫޅެއެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ ތެރޭގައިވީ ހަމަހިމޭންކަމެވެ. އެތަނުގައި އިންސާނެއްގެ ހިލަމެއްވެސް ނުވާކަހަލައެވެ. ނުވަތަ އެތަނުގައިވީ ނަފުސުވަނީ މި ހިމޭންކަމުގެ ތެރެއަށް އެކުވެގެން ގޮސްފައެވެ. ވާރޭގެ ހިތަށް ހަމަޖެހުން ލިއްބައިދޭ އަޑު އަހާލުމަށް ކޮޓަރީ ކުޑަދޮރުކައިރީގައި މަޑުކޮށްލައިގެންހުރި އަންހެންކުއްޖާގެ މޫނުމަތިން އެކައްޖެއްވެސް ދޭހައެއްނުވެއެވެ. ނިތް ބިއްލޫރިގަނޑުގައި ޖައްސާލަމުން ދެލޯ މަރާލީ އެބޮޑު ދެލޮލުގައިވީ ކަރުނަތަށް ހިންދާލުމުގެ ނިޔަތުގައެވެ. ހިމަ ދިގު ނޭފަތް ރަތްވެފައިވީ ރުއިމުގެ ސަބަބުންނެވެ. ހިމޭން ވާރޭގެ އަޑާއި އެކުވެގެން […]
ނޯޓު: ‘ރޫޙާނީ ބިރު’ މި ވާހަކައަކީ އަޅުގަނޑު މީގެ އަހަރެއްކުރިން ލިޔަން ފަށާފައިވާ ވާހަކައެކެވެ. ވާހަކައިގެ ފަސްވަނަ ބަޔާއި ހިސާބުން މި ވާހަކަ އަޅުގަނޑު ލިޔުން ހުއްޓާލާފައި ވަނީ ސަބަބަކާއި ހުރެވެ. ނަމަވެސް އަނެއްކާ އަލުން މި ވާހަކަ ބޮޑެތި ބަދަލުތަކަކާއި އެކު ކިޔުންތެރިންނަށް ގެނެސްދެން އަޅުގަނޑު މިވަނީ ނިންމާފައެވެ. އަދި މި ވާހަކަ ނިމުމަކަށް ދަންދެން ހުއްޓައިލުމެއްނެތި ގެނެސްދޭނަން ކަމުގެ ޔަޤީންކަން އަޅުގަނޑު ކިޔުންތެރިންނަށް އަރުވަމެވެ. بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ ކޮޓަރިއަށް ވެރިވެފައިވަނީ އުދާސްކަމެވެ. […]
“މަންމާ!” ބަނޑުވަތަށް ވެއްޓިޖެހުނު ގޮތަކުން ބަނޑަށް ނެގި ތޫނު ދިލައަކުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު މިޝެލިން ވެއްޓިފައިވީ ދިމާލުން ލޭފެންނަން ހުއްޓެވެ. ކާބައިން ނުކުމެގެން އައި ޔުނާންއަށް މި މަންޒަރުފެނުމާއި އެކުހެން އޭނާގެ ހޭބުއްދިފިލާދިޔަފަދައެވެ. އަޑުގެ ކޮޅަށް ހަޅެއްލަވައިގަނެވުނީ ނޫނެކޭ ކިޔާފައެވެ. އޭރު ކާބަދިގޭގައި ތިބި އެހެން މީހުންވެސް ދުވެފައިކަހަލަ ގޮތަކަށް ނުކުމެއްޖެއެވެ. މިޝެލިންއަށް ފެނުނީ ހަލިވިކަމާއިއެކު އޭނާކައިރިއަށް އައިސް މަޑުކޮށްލި ޔުނާންއެވެ. އޭރު އޭނާގެ ދެލޯ މަޑުމަޑުން މެރެމުން ދިޔަނަމަވެސް ޔުނާން ލޯ ނުމަރާށޭ […]
“މަންމާ” ހީނލާފައި ޔުނާން ބުނެލިއިރު އެދެލޯވެސްވީ ކަރުނައިން ތެމިފައެވެ. އޭރު ޒީހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “ދެން ނުރޮއި މަންމާ. އަޅުގަނޑަށް މަޢާފް ކުރޭ. އޭރު ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަން މިޔަދު އިޙުސާސްކުރެވިއްޖެ. އަޅުގަނޑަށް ކުރެވުނު ކުންހީއެއްގެ މައްޗަށް ހުރިހާ ކަމެއް އޭރު ނިންމުނީ. އެކަމު އެދުވަހު މަންމަގެ ލޮލުންފެނުނު އިޙުސާސްތައް އަޅުގަނޑަށް އެ ދުވަހު އެއްޗެހިތަކެއް ކިޔާދިން. އަޅުގަނޑަށް މަޢާފުކުރޭ.” ޒީހާގެ އަތުގައި ހިފަހައްޓާލަމުން ޔުނާން ބުނަމުންދިޔައިރު އޭނާގެ އަޑުގައިވީ ސާބިތުކަމެވެ. ޒީހާ އާއި ހަތަރުކަޅިކަމަކޮށްލައިގެން […]
“ލޫން..ވީއާރ ޓަރައިންގ އަވާރ ބެސްޓް..އިންޝާ ﷲ ކާމިޔާބުވާނެ..އައިލީން މިވަގުތު އެ ވަނީ ވަރަށް ނާޒުކުފައްތަރެއްގައި..މި އޮޕަރޭޝަން ސަކްސެސްފުލް ވާނެކަމުގެ އެންމެ ފިފްޓީ ޕަސެންޓް ދެވޭނީ..” އައިޝަމް އާއި ލޫންއަށް ބަލާލާފައި ޔައިޝް ބުންޏެވެ. އެވަގުތު އެތަނައް އައި ޒުވާނާއަށް ބަލާލާފައި ޔައިޝް ލޫންއަށް އިޝާރާތްކޮއްލިއެވެ. އަދި ޔުނާން ކައިރީގައި ވަގުތެއް ނެތް ކަމަށާއި އަވަހަށް އައުމަށް އެދުނެވެ. “އިއްބާން..” *** ލޫންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައިރު އެ ދެލޮލަށް ރަތްކަމެއްވެރިވެފައިވެއެވެ. އިއްބާން ގައިގައި ބައްދައިގަންނަމުން އަޑުވީއްލާ […]
ކުރިން އަޕްކުރެވިފައިވާ ބައިގެ ކޮމެންޓުތައް ކިޔައި، ރިޕްލައިކުރަމުންދިޔައިރު އީޝަލްގެ ހިތް ތެޅިލީ ފެނުނު ކޮމެންޓެއްގެ ސަބަބުންނެވެ. *** ‘ ސްޓޯރީ ވަރަށް ރީތި. ލިޔުންތެރިޔާ ލިޔަމުންގެންދާ ވާހަކައިގެ އަސަރުގަދަކަމުންނާއި ކުރިން ލިޔެފައިވާ ބައިތަކުންވެސް އަހަންނަށް ފާހަގަކޮށްލެވުނީ މި ލިޔުމުގެ ފަހަތުގައި ސިއްރެއްވާކަން. ފަހަރެއްގާ ލިޔުންތެރިޔާގެ ޙަޔާތުގެ ވާހަކަ ކަމަށްވެސް ވެދާނެ. ޖަސްޑް ހޭޑް އެ ފީލިންގ. ވަޓް އެވަރ. ހަމަ ބުނެލީ. – ޑާކްރެއިން – ‘ ވައި އަޑުން ކޮމެންޓް ކިޔާލިއިރު އީޝަލްއަށް އެ ކޮމެންޓަށް […]
ނަމަވެސް ކޮޓަރިން ނުކުމެ ކާބަޔަށްދާން މިސްރާބުޖެހި ޔުނާންގެ ފިޔަވަޅުތަށް ގަނޑުވީ އިވުނު އަޑަކުންނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އިރުކޮޅަކު އެހެން ގަނޑުވެފައި ހުރެފައި ކުއްލިއަކަށް އެދެލޮލުންފެނުނު ރުޅިވެރިކަމާއި ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައިރު އަތް މުއްކަވާލިއިރު އެންމެ ތަނަކަށް އެ ނަޒަރުހުއްޓުނުއިރު އޭނާ ހުރީ ހަމައިންނައްޓާލާފައެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނާއަށް ފުރަގަސްދީގެންހުރި ޒޯހަންގެ އަތުގައި އޮތް ފޯނުނަގާ ބިމަށް ޖަހާލިއިރަށް އެތިކޮޅުތަކަށް ވެގެން އެ ފޯނު ހަލާކުވެއްޖެއެވެ. “ކީކޭ އިޑިޔަޓް..އަދި އެއްފަހަރު ބުނެބަލަ ތި ބުނި ޖުމުލަ…” […]
“މިޒްޔާން..” އޭނާ ބުނެލީ ހަމައެކަނި އެހެންނެވެ. އަދި އެހެން އެއްވެސް މީހަކަށް ބަލާލުމެއްނެތި ފިރިހެންވަންތަ ހިނގުމެއްގައި އީޝަލް ކައިރީގައި އިށީނީ އިތުރު ހުސް ގޮނޑިއެއް އެތަނުގައި ނެތުމުންނެވެ. އީޝަލްހަމަ އިސްޖަހާލައިގެން އެއިންގޮތަށް އިނީއެވެ. ނަމަވެސް ހިނދުކޮޅަކަށް މިޒްޔާންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުނުކަން އެނގުނެވެ. **** “ވަޓް؟..” ދެބުމަގޮށްޖަހާލާފައި އީޝަލް ބުނެލީ އަދިވެސް އެ އިންގޮތަށް މިޒްޔާން އޭނާއަށް ބަލަހައްތައިގެން އިންކަން އިޙުސާސްކުރެވުމުންނެވެ. “ނަތިންގ” ކޮނޑުއަރުވާލާފައި މިޒްޔާން ބުނިނަމަވެސް އެ މޫނުމަތީގައި ލާނެތްހިނިތުންވުމެއްވިއެވެ. “އޭރުން ދެން އަހަންނަށް […]