މުޅި ނަފްސަށް ވެރިވެފައިވީ ހާސްކަމާއެކު ހިތް ނެގިނެގުފައި ޖަހަމުންދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. ކާރު އޮއްވާވެސް ގޭޓުން ބޭރަށް ނުކުންނަން ދުއްވައިގަނެވުނުއިރު ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ޒަޔާންގެ ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ދެމިގަތެވެ. ލަގޮނޑިއަށް ބާރުވުމާއެކު ދެތުންފަތް ފޫއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައީ ލިބުނު ޚަބަރަކުންނެވެ. ޒަޔާންގެ ދުނިޔެ ފުނޑުފުނޑުކުރުވަނިވި ޚަބަރަކަށްވީ ނަމަވެސް، ތެދުމަގަށް ލޯހުޅުވައިލެވުނު ވަގުތުވެސް މެއެވެ. މަގުމަތީގައި ހޭލަމޭލަވަމުންދިޔަ މީހުންށާއި ދުއްވާއެއްޗަކަށް ބެލުމެއްނެތި ޒަޔާން ހަލުވިދުވުމެއްގައި ދިޔައީ އެންމެ […]
* ކުއްލިއަކަށް ޔައިކް ޒީކްގެ އަތުގައި ހިފިއެވެ. މަންޒަރު ބަލަންހުރި އިލްފް އެންމެ ފަހުން އެދެމެދަށް ވަންނަން އުޅުނީ ޔައިކްގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް އިލްފްގެ ދެލޯބޮޑުވިއިރު ހުއްޓުންއެރީ ދެން ޒީކް ކޮއްލިކަމަކުންނެވެ. * “އަތުން ދޫކުރޭ! ” ރުޅިވެރިކަމާއެކު ޔައިކްއަށް ބަލާލަމުން ޒީކް ބުންޏެވެ. “ދޫނުކޮށްފިއްޔާ؟ ” އެއްބުމަ ހިއްލާލަމުން ޔައިކް އަހާލިއެވެ. ފުން ނޭވާއެއްލަމުން އިލްފްއަށް ބަލާލާފައި ޔައިކް އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީކް އެއްމިޔަކުން ހީނލިއެވެ. އަދި އަވަސް […]
* އެއްވެސްގޮތެއް ނުވުމުން މަރާ ބާރުކޮށްލެވިފައިވާ އެސްފިޔަތަށް ހުޅުވާލުމާއެކު އެލީންގެ ހަތަރުކަޅި ހަމަވެގެން ދިޔައީ ޒެވިޔަންގެ ކަޅުކަންގަދަ ކަޅިއާއެވެ. ކުއްލިއަކަށް އެލީންއަށް އިޙުސާސްކުރެވުނީ ފާރާއި ޒެވިޔަން އާއި ދޭތެރޭގައި އޭނާ ފިތިގެން ދިޔަކަމެވެ. އޭރު އެލީން އާއި ޒެވިޔަންގެ މޫނު ވަނީ ނުރައްކާތެރިދަރަޖައަކަށް ކައިރީގައެވެ. ޒެވިޔަން އެލީންގެ ކަންފަތާ ދިމާލަށް ގުދުވެލުމާއެކު އެލީންއަށް ލޯ މަރާލެވުނެވެ. “ވެލްކަމް ޓު ހެލް ވައިފީ! ” * ވައިއަޑުން ޒެވިޔަން އެހެން ބުނެލުމާއެކު އެލީންއަށް ދެލޯ ހުޅުވާލެވުނެވެ. ޒެވިޔަންގެ ކަޅުދެލިކޮޅެއްފަދަ […]
* ނަމަވެސް އެލީންގެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށް މީހަކު އޭނާގެ އަނގަމަތީގައި އަތް އަޅަމުން އެމީހާގެ ހަކަތައެކުލެވިފައިވާ ބާރުގަދަ އަތް އެލީންގެ އުނަގަނޑުގައި ވަށާލުމުންނެވެ. * ގަދަ ހަދަމުން ދިޔަ ނަމަވެސް، އޭނާ ހިފަހައްޓައިގެން ހުރި މީހާގެ ބާރުގަދަ އަތުތެރޭގައި އެލީންއަށް ގަދައެއް ނުދެއްކުނެވެ. އެ ޒުވާނާ އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިގޮތުން ނަގަމުންދިޔަ ދިލަ ތަދުން އެލީންގެ ދެލޯ ފެންކަޅިވެއްޖެއެވެ. ނަމަވެސް، ހިތްވަރުކޮށްލާފައި ދެލޯ މަރާލަމުން އޭނާގެ އަންނާރުކޮޅެއްފަދަ ހުދު ދަތްތަކުން ތުރުތުރު އަޅަމުންދިޔަ […]
ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން ދިޔައެވެ. ނަމަވެސް އަމްޖަދު ހުއްޓައިނުލައި އެލީން ގައިގައި، ބެލްޓުގެ އެހީގައި ޖަހަމުންދިޔައެވެ. […]
ނޯޓު: މިއީ އަޅުގަނޑު މީގެ ދެތިން މަސްވަރަކަށް ކުރިން ލިޔަން ފަށާފައިވާ ވާހަކައެކެވެ. އަނެއްކާ އަލުން ބޮޑެތި ބަދަލް ތަކަކާއި އެކު މި ވާހަކަ ކިޔުންތެރިންނަށް ގެނެސްދެން އަޅުގަނޑު މިވަނީ ގަސްދުކޮށްފައެވެ. އަދި މި ވާހަކައިގެ ތެރެއިން އަޅުގަނޑުގެ ނުނިމި ހުރި ވާހަކަތަށް ‘ ހިތުގެ އުދާހުން ދުރުވާނެބާ! ‘ އަދި ‘ ނަމަވެސް..ތިޔަ ހަނދާނޭ ވަނީ ‘ ގުޅުވާލައިގެން ލިޔަން އަޅުގަނޑު މިވަނީ ނިންމާފައެވެ. بسم الله الرحمن الرحيم “ހުރިހާ ކަމެއް ނިމުނީތަ؟ ” […]
ނޯޓު: އަޅުގަނޑު އަނެއްކާ އަލުން މި ނަން ބަދަލުކޮއްލީ ސަބަބަކާއި ހުރެއެވެ. ވަރަށް އަވަހަށް އެ ސަބަބުވެސް ކިޔުންތެރިންނަށް އެނގިގެން ދާނެއެވެ. މީ އަޅުގަނޑު މީގެ ތިން ވަރަކަށް މަސްކުރިން ލިޔަން ފަށާފައިވާ ވާހަކަ ‘ ހިތުގެ އުދާހުން ދުރުވާނެބާ ‘ އެ ވާހަކައިގެ ޓްރެއިލާރ އެވެ. ވާހަކައިގެ ނަމާއި އެކު ވަރަށް ބޮޑެތި ބަދަލުތަކަކާއި އެކީގައި އަޅުގަނޑު މިވާހަކަ އަނެއްކާ އަލުން މި ވާހަކަ ދިގު ވާހަކައެއްގެ ގޮތުގައި ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. އެންމެ ފުރަތަމަ […]
އަޅުގަނޑު ގަސްދުކޮށްފައިވަނީ ‘ ފުހެވިގެން ނުދާނޭ ‘ މި ވާހަކަ އެއްކޮށް ލިޔެ ނިންމާފައި ގިނަ ކިޔުންތެރިން އެދޭގޮތަށް ދިގުކޮށް ކޮންމެ ދުވަހަކު އަޕްލޯޑް ކުރުމަށެވެ. މި ވާހަކަ އެއްކޮށް ނިންމުމަށްފަހު އަޅުގަނޑު އަނެއްކާ އަލުން ވާހަކަ އަޕްލޯޑްކުރަން ފަށާނަމެވެ.
ކޮޓަރީ އެނދުމަތީގައި އޮތް އިލްފްގެ ދެލޮލުން ނިދިވީ އެތައް މޭލެއް ދުރުގައިކަން ނޭނގެއެވެ. އެ ދެލޮލާއި ނިދި ރުޅިވެފައިވާފަދައެވެ. ޚުދު އިލްފްވެސް ނިދީގެ ފުންކަނޑަށް ވެއްޓޭކަށް ބޭނުމެއްނޫނެވެ. އެންމެފަހުން އިލްފް އެނދުން ތެދުވެގެން މިސްރާބުޖެހީ ބެލްކަންޏާއި ދިމާލަށެވެ. މަޑު ހިނގުމެއްގައިގޮސް އިލްފް ހުއްޓެލީ ބޭރުފެންނަ ހިސާބުގައެވެ. އިސްއުފުލާލަމުން އުޑުގައި ފިކުރެއް ޙިޔާލެއްނެތި ރަސްކަންކުރަމުންދިޔަ ހަނދަށް ބަލާލިއެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ތަރިތަށް ފިޔަޖަހަމުންދިޔައީ އެހެން ރޭރެއާ އަޅާބަލާއިރު ނުހަނު ފުރިހަމަކަމާއިއެކުގައެވެ. ޖެހިލި ފިނި ވައިރޯޅީގެ އެހީގައި ބެލްކަނީގައިވާ މާތަކުގެ […]