ކުޑަ ކުއްޖާ މި ވާހަކައަކީ ހަގީގީ ޚާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔާ ޚިޔާލީ ވަހަކައެކެވެ. އެހެންކަމުން ވާހަކައިގައި ބޭނުންކުރެވިފައި ވާނީ އަސްލު ނަންތަކެއް ނޫނެވެ. ______________________________________________________________________________ އަހަރުތަކަކަށް ފަހު ރަށަށް އާދެވޭތީ އަލީމް ހުރީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ. ލޯބިވާ މަންމައާއި ބައްޕަ އަދި ކޮއްކޮ ދެކިލާހިތުން ކެތްމަދުވެފައި އަލީމު އިނެވެ. އޭރު އެއަރޕޯޓު ފެރީ ރަށާއި ގާތް ކުރަނީ އެވެ. މިވީ ދިހަ އަހަރު ދުވަސްތެރޭ ރަށަށް އައިސްފައިވާ ބަދަލުތަކާއި ތަރައްޤީ ފެނި […]
ހޮޅުއަށްޓާ މާދުރުނޫން ހިސާބެއްގައި އިށީންދެގެން އިންއިރު، އަހަރެންއިނީ ދެފިކުރެއްގައެވެ. އޭރު ދަތުރުގެ ބައިވެރިން ދޯނި ދޮށުގައި ހީސަމާސާ ކުރަމުން ދެއެވެ. ދަތުރު ދިއުމަށް ހަމަޖެހިފައިވަނީ ކައިރީގައި އޮތް ފަޅުރަށަކަށެވެ. އެއީ ރަށާ މާދުރުނޫން ރަށެއްކަމަކު މީހުން އާންމުކޮށް ގޮސްއުޅޭ ރަށެއް ނޫނެވެ. އަޑުއިވިފައިވާގޮތުން ކުރިން އެރަށް ބަލަހައްޓަމުން ދިޔައީ ވަރަށް ބޮޑު މުއްސަންޖެކެވެ. މިބުނާމީހާ މަރުވެފައިވަނީ އެރަށުގައެވެ. ނަމަވެސް އޭނާ މަރުވާން މެދުވެރިވި ސަބަބު އަދިއަދަށް ދާންދެންވެސް ވަނީ ނޭގިފައެވެ. އެ ޙާދިސާއަށްފަހު އެރަށާއި ބެހޭގޮތުން ތަފާތު […]
މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުޚަބާ ކިޔަމެވެ. ފަތިހުގެ ހަމަހިމޭންކަމުގެ ތެރެއިން ކޮވެއްޔާއި ސޫފިސޫފީގެ އަޑުފިޔަވާ އިތުރު އަޑެއް ނީވެއެވެ. އާދައިގެ މަތިން މިއަދުވެސް ހާޖީތުއްތު އެ ނުކުތީ މަހަށް ދިއުމަށެވެ. ކަތްދަވެސް ފަތިސް ނަމާދުކޮށްގެން އަވަސްވެގަތީ ގޭތެރޭގެ މަސައްކަތާއި ގެންނެވެ. ތުއްތު މަހަށްގޮސްގެން ލިބޭ މަދު އެތިކޮޅުން ހަތަރު ކުދިންގެ ހަރަދުތައް ބަލަހައްޓަމުން ގޭތެރޭގެ ކަންތައްތައް ފުއްދާލެވެނީ ކަތްދަގެ ކުޅަދާނަ ކަމުންނޭ […]