ހަމްނާ އަށް އީމާ ހުނުން ހުއްޓާލި ކަން އެންގުމުން އީމާ އަށް ގޮވަން އުޅުނު ވަގުތު ނޯއްދަމާލެވުމުން އީމާ ސިހުނު ކަން އެނގުމުން ހުރި ފިޔަވަޅުމަތީ އޭނާ ގަނޑުވިއެވެ. އީމާ ތެދުވެފަ އެ އެންމެންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ރޯންފެއްޓުމުން އެންމެންގެ ވެސް ބަޑި ފަޅާއިގެން ދިޔައެވެ. ބަލާކަށް ނުހުރެ ޝުހާ އިމާގެ ގައިގައި ބައްދާލިއެވެ. އޭރު މީހާ ތުރުތުރު އަޅައެވެ. ޝުހާގެ ފަހަތުން ދެންތިބި މީހުންވެސް އީމާގެ ގައިގައި ބައްދާލިއެވެ. “އީ… އީ ކީތްވެ އެހާވަރަށް…. […]
ސައިބޮއެ ނިންމާލުމަށް ފަހު މައިޝާ އީމާ އާއިއެކު އީމާގެ ކޮޓަރިއަށް ވަނީ ނިހާލް މިސްކިތަށޭ ކިޔާފަ ބޭރަސް ނުކުތުމުންނެވެ. މައިޝާ އާއި އީމާ އެހާ ގިނަދުވަސް ކޮށްފަ ފެނުމުންވެސް ހީވަނީ ދުވާލަކު ދެފަހަރ ދިމާވެ އަބަދުވެސް އެކުގަ އުޅޭ ދެމިހުން ހެންނެވެ. މައިޝާ އާއި އީމާ ހަޔާތުގަ ހިނގާފަ ހުރި ކަންތައްތައް ހެން އެކަކު އަނެކަކާ ހިއްސާ ކޮށްލިއެވެ. ދެމީހުން މިހެން ވާހަކައިގައި ތިބެފައި މައިޝާ ކޮށްލި ސުވާލުން އީމާ ފެންކަޅިވެފައި އިސްޖަހާލިއެވެ. “ކިހިނެއްވީ… އީ… އޭ… […]
ފޯނު ކަނޑާލުމަށްފަހު ފަހަތަށް އެބުރިލި މައިޝާ އަށް ހުއްޓުން އެރީ ކައިރިއަށް އަންނަމުން ދިޔަ ނިހަލް ފެނުމުންނެވެ. މައިޝާ ހިތަށް ނަސީބެކޭ ހިތަށް އެރީ ނިހާލް އަށް އެފޯނުކޯލުން އެއްވެސް އެއްޗެއް އަޑުނީވުމުންނެވެ. މައިޝާ އޭނާގެ ރައްޓެއްސަކަށް ގުޅާފަ އެގެއަށް އޭނާ ދާވާހަކަ ބުނީ އެގޭނީހުންނަށް ސަޕްރައިޒެއް ނުދިނުމަށެވެ. ފެރީއިން ފޭބި މީހުން ހުސްވުމުން މައިޝާ އާއި ނިހާލް ފެރީއަށް އަރާ ހަމަޖެހިލީ ކުރިއަށް އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާހާލުގައެވެ. މައިޝާ އާއި ނިހާލް އަށް […]
ނިހާލް ބޭރުގައި ހުރެ ހުރެ މައިޝާ ނުނިކުތުމުން މައިޗާ ބަލާ ދިއުމަށް ނިންމިއެވެ. އެޕާރޓްމަންޓް ދޮރު ހުޅުވައިލި އިރު މައިޝާ ސިޓިންގ ރޫމުން ފެންނަން ނެތުމުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރި ދޮރާ ކައިރި ވީ ވަރަކަށް ނިހާލް އަށް މައިޝާ މީހަކާއި ވާހަކަ ދައްކަ އަޑު އިވުނެވެ. ނިހަލް އައިސް ދޮރު ކައިރީ ހުއްޓުމުން އިވުނު އަޑަކުން ނިހާލްގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. މައިޝާ ވާހަކަ ދައްކަމުން ދިޔައީ ކޮން ބަޔަކަ […]
Wishing you a blessed Ramadan that will inspire you with courage and strength that will help you to win every challenge of life! Let’s celebrate as the month of Ramadan begins here. Filling our life happiness and mirth, as Allah bless us once again with prosperity and cheer. Happy Ramadan ރަމަޟާން މުބާރިކް ހުރިހާ ކިޔުންތެރިންނަށް Love you all Stay safe […]
“އަ… އޭނަ އޭނަ….. އޭނަ ދިޔައީ އޭނަގެ ބައްޕަ ބަލިވެގެން އެރަށަށް ރޭގަ ފުރީ،،،، ދަންވަރު ފްލައިޓުން އެގޭ އެހެން މީހެއް އޭނައަށް ޓިކެޓު ހަމަޖެއްސީ…” ނިހާލްގެ ޖަވާބަކަށް އިންތިޒާރު ކޮށް ކޮށް ހުރި މައިޝާ ހައިރާން ވީ ނިހާލް ބުނި އެއްޗަކުންނެވެ. “ވަޓް؟؟؟…. ކޮން އިރަކު؟… އެކަމަކު ކިހިނެއް ނިހާލް އަށް އެނގުނީ؟… މާހިލް އެކަމު މައި ކައިރީ ނުވެސް ބުނޭ!…. އެހެންނޫނަސް ރޭގަ ނިހާލް ގެއަށް އައީ ވެސް ވަރަށް ލަހުންނެއްނުން؟؟…. ދެން…. ” […]
“ނޭނގެ.. ދެންމެ ބަލަހައްޓައިގެން ހުރިގޮތުން ހީވީ ދެންމެ ދެންމެ ކާލަ ފާނެހެން…”ނިހާލް މައިޝާގެ އުނަގަނޑުގައި އަޓްއަޅުވާލުމަށްފަހު ގަޔާ ކައިރިއަށް މައިޝާ ގެނައެވެ. މޫނު މަތީ ހުރި އިސްތަށިކޮޅުތައް އެއްފަރާތު ކަންފަތަށް ޖަހާ ހަރުކޮށްލަމުން އެ ރީތި ދޮން މޫނަށް ބަލަހައްޓައިގެން ހުރީ ބަލާ ފޫހި ނުވާނެ ގޮތަކަށެވެ. “ހްފްފްފް.. ހްފްފްފް..! ކޮން ވަހެއް އެ ދުވަނީ…!” ނިހާލް މައިޝާގެ މޫނުން ނަޒަރު ބަދަލު ކޮށްލަމުން ބުނި ޖުމުލައިން މައިޝާ އަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. “އަޅޭ މަގޭ […]
ކަބަޑުތެރެ އޮތީ ހުހަށެވެ. ލާ އެއްވެސް އެއްޗެއް ނެތެވެ. ހެދުމެއް ހަރުވާޅެއް އެކައަޗެއްވެސް ނެތެވެ. ބަދަލުގައި ފެންނަން އޮތީ ސަރާސަރު ހުސް ކަބަޑެކެވެ. ހިތުގައި އެތަކެއް ސުވާލު އުފެދުނު ކަމުގައި ވިޔަސް މައިޝާ ނުކުތީ އެކޮޓަރިން ބޭރަށެވެ. ނިހާލް ނުކުންނަންވާ އިރަށް ސައިބޯން އެއްޗެއް ތައްޔާރު ކޮއްލުމަށެވެ. މައިޝާ މަސްހުނި މޮޑެ ރޮށި ފިހަން ހުއްޓާ ކޮޓަރި ދޮރުހުޅުވާފަ ނުކުތް ނިހާލް އާ ދިމާލަށް ބަލާލީ ސުވާލުވެރި ނަޒަރަކުންނެވެ. “ހިހި… ކިހިނެއްވީ.. ހާދަފާޑަކަށް ތިބަލަނީ؟!…”ނިހާލް މައިޝާގެ ކައިރީ […]
ފަތިހުގެ ވަގުތެވެ. ނިދިފައި އޮތް މައިޝާ އަށް ހޭވެރިކަން ވީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ނިދަން ބޭނުން ވިޔަސް ތެދުވެ ތުވާލި ހިފައިގެން ވަނީ ފާހާނަ އަށެވެ. ރޭގެ ކަންކަން ހަދާންވުމުން އެ ނާޒުކު ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފިރިމީހާ އާއި އެކު ލޯބީގެ ވަގުތުކޮޅެއް ހޭދަކޮށް ލެވުމުން މިއަދު އޭނާ ވަރަށް އުފާ ވިއެވެ. އަވަހަށް ވުޟޫކޮށްގެން ނުކުމެ އެއްޗިސް ބަދަލު ކޮއްގެން ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމުމުން ނިހާލް އަށް ގޮވާ ނަމާދު […]