Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް…11

luvza Level 310 Stories100 Login
April 11, 2021 2 Mins Read
2 Comments

“އަ… އޭނަ އޭނަ….. އޭނަ ދިޔައީ އޭނަގެ ބައްޕަ ބަލިވެގެން އެރަށަށް ރޭގަ ފުރީ،،،، ދަންވަރު ފްލައިޓުން އެގޭ އެހެން މީހެއް އޭނައަށް ޓިކެޓު ހަމަޖެއްސީ…” ނިހާލްގެ ޖަވާބަކަށް އިންތިޒާރު ކޮށް ކޮށް ހުރި މައިޝާ ހައިރާން ވީ ނިހާލް ބުނި އެއްޗަކުންނެވެ.

“ވަޓް؟؟؟…. ކޮން އިރަކު؟… އެކަމަކު ކިހިނެއް ނިހާލް އަށް އެނގުނީ؟… މާހިލް އެކަމު މައި ކައިރީ ނުވެސް ބުނޭ!…. އެހެންނޫނަސް ރޭގަ ނިހާލް ގެއަށް އައީ ވެސް ވަރަށް ލަހުންނެއްނުން؟؟…. ދެން…. ” މައިޝާ ހަމަޖެހޭކަން ދައްކަމުން ސުވާލު ފަތިތައް އަމުނާލިއެވެ.

“ލޯބީ… ރޭގަ އަހަރުމެން ނިދާފަ ތިއްބާ އޭނަ ކޮޓަރީ ދޮރުގަ ޓަކިޖެހީމަ އަހަރެން ދޮރު ހުޅުވީ ދެން އޭނަ ކަންތަށް ވީ ގޮތް އަހަންނަށް ކިޔައިދިނީ އަންޑަސްޓޫޑް ތަ މިހާރު؟..” ނިހާލް މައިޝާ ކުރި ސުވާލަށް ދިނީ ފުރިހަމަ ކުރު ޖަވާބެއް ނަމަވެސް އެއީ ދޮގެއްކަން މައިޝާ އަށް ނަގައިގަންނާކަށް މާކަށް ގިނަ އިރެއް ނުނެގިއެވެ. އެހެންނަމަވެސް އެކަން ފާޅުނުކޮށް ހުރީ ނިހާލް އޭނާ އަށް ހަދާފާނެ ގޮތަކާއި ދޭތެރޭ ބިރުހީވެ އެކަމާ ވިސްނާފައެވެ.

“ހްމްމްމްމް.. ދެން މިއަދު އޮފް ވީމަ ހިނގާބަ އަހަންނާއި އެއްކޮށް ޝޮޕިންނަށް ދާން…” މައިޝާ އާދޭހުގެ ގޮތަކަށް އެހެން ބުނީ ނިހާލް ބުނާނެ އެއްޗެއް ބެލުމަށްޓަކައެވެ.

“ބޭބީ… މިއޮއް ރަތް ދަކަ އަވީގަ… ޝޮޕިންނަށް… ސުބުހާނަﷲ…. ” “ދެން…. ޕްލީޒް… ހިނގާ އެހެންވީޔާ ހަވީރު ދާން…” މައިޝާ ކައި ނިންމާލުމަށް ފަހު ތަށި ހިފައިގެން ތެދުވަމުން ބުންޏެވެ. ނިހާލް އެގޮތަށް އެއްބަސް ކަމަށް ބުނެ ބޯ ޖަހާލުމުން މައިޝާ ސިންކާ ދުރަށް ޖެހި ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ފަހަތުން ނިހާލްވެސް ދިޔައެވެ.

އިރުގެ ހޫނުކަން ކެނޑި ހަވީރުގެ ފިނިކަން ދުނިޔެ މައްޗަށް ވެރިވެގަތީ ނުހަނު އަވަހަށެވެ. މި ހަމަހިމޭންކަން ހޯދަމުންދާ މީހުން ކުދިންގޮވައިގެން އައިސް ޕާތަކުގައި ހިތްހަމަޖައްސަމުން ދިޔައީ އުފާވެރި ހިނިތުންވުން ތަކަކާއި އެކުއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ ދިރިއުޅުމުގައި ދިމާވެފައި ހުރި މައްސަލަ ތަކަށް ހައްލެއް ހޯދުމަށް ނުވަތަ އެކަމުން ދުރަސް ޖެހިލާ ހިތަ އުފާކޮށްލަން އައިސް ތިބި މީހުންނެވެ. ދެން ތިބީ މާހައުލުގެ އުފާވެރިކަން ހޯދަމުންދާ ލޯބި ލޯބި ޖޯޑުތަކެވެ.

މާގަނޑު ދަށުގައި ހުރި މައިޝާގެ ސިކުނޑީގައި ވަނީ މާހިލް ހޯދާނެ ގޮތުގެ ޕްލޭން ތަކެކެވެ. ނަމަވެސް ނިހާލް ގޮވުމުން އަވަސް ކޮށްލައިގެން ނުކުތީއެވެ.

ލައިގެން ހުރި ހުދުކުލައިގެ ޓޮޕްކޮޅާއި އައިސް ބްލޫ ޖިންސު މައިޝާގެ ހަށިގަނޑުގެ ބައްޓަން ނުލާހިކު ރީތިކޮށް ފާޅުވެއެވެ. ކޮށްފައިވާ ލުއި މޭކަޕާއި ރީތިގޮތަކަށް ހަދާފައިވާ އިސްތަށިގަނޑު މައިޝާގެ ރީތިކަން އިތުރު ކޮށްދެއެވެ. ނިހާލް ފޯނަށް ރުފިޔާ އަޅަން ދިޔުމުން މައިޝާ ވަގުތުގެ ބޭނުންހިފާ ފުލުހުންނަށް މައްސަލަ ހުޝައަޅަން ނިންމިއެވެ.

ނިހާލް ބޭރުގައި ހުރެ ހުރެ މައިޝާ ނުނިކުތުމުން މައިޗާ ބަލާ ދިއުމަށް ނިންމިއެވެ. އެޕާރޓްމަންޓް ދޮރު ހުޅުވައިލި އިރު މައިޝާ ސިޓިންގ ރޫމުން ފެންނަން ނެތުމުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރި ދޮރާ ކައިރި ވީ ވަރަކަށް ނިހާލް އަށް މައިޝާ މީހަކާއި ވާހަކަ ދައްކަ އަޑު އިވުނެވެ. ނިހަލް އައިސް ދޮރު ކައިރީ ހުއްޓުމުން އިވުނު އަޑަކުން ނިހާލްގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. މައިޝާ ވާހަކަ ދައްކަމުން ދިޔައީ ކޮން ބަޔަކަ ކަމާއި ދައްކަމުން ދިޔައީ ކޮން ވާހަކަ އެއް ކަމުން ނިހާލްގެ ހިތަ ފާޑަކަށް ބިރުގަންނަން ފެއްޓިއެވެ. އެހެންނަމަވެސް އެ ބިރުވެރިކަމުގެ މައްޗަށް ކުރިހޯދީ އޭނާގެ ރުޅިވެރިކަމެވެ. ހުރިހާކަމެއްވެސް ހިންދާލަމުން ނިހާލް ކޮޓަރި ދޮރު ހުޅުވައިލީ މައިޝާ ފޯނު ބޭއްވިކަން އެނގުމުންނެވެ.

ތެޅިގަންފަ މައިޝާ އަށް ފަހަތް ބަލާލެވުނީ ފަހަތުގަ ހުންނާނީ ނިހާލް ކަން އެނގުމުންނެވެ. އަވަސް އަވަހަށް ނިހާލް އެއްޗެކޭ ބުނުމުގެ ކުރިން ވާހަކަ ދައަކަން ފެއްޓިއެވެ. ނަމަވެސް ހިތުގައި ބިރުވެރިކަން އޮތީ އިންތިހާ އަށެވެ. ނިހާލް އަށް އެފޯނުކޯލުގައި ދެކެވުނު ވާހަކަތައް އަޑު އިވުނުކަމާއިމެދެ ހިތުގައި ޝައްކު އުފެދުނެވެ….

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ކޮމެޑީ ލޭންޑް! އިޢުލާން

Next

ހިތުގެ ޝަކުވާ… ހަތަރުވަނަ ބައި

Next
April 11, 2021

ހިތުގެ ޝަކުވާ… ހަތަރުވަނަ ބައި

Previews
April 11, 2021

ކޮމެޑީ ލޭންޑް! އިޢުލާން

2 Comments!

  1. Lailac Baby says:
    April 12, 2021 at 1:14 pm

    Waiting for next part ??? anf ramazaan mubarik?????????

  2. luvza says:
    April 13, 2021 at 3:18 pm

    ramadan mubarik to you all

Comments are closed.

Next Episodeއަބަދުވެސް…12←


All Right Reserved!