Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

އަބަދުވެސް…15

luvza Level 310 Stories100 Login
May 25, 2021 3 Mins Read
0 Comments

ހަމްނާ އަށް އީމާ ހުނުން ހުއްޓާލި ކަން އެންގުމުން އީމާ އަށް ގޮވަން އުޅުނު ވަގުތު ނޯއްދަމާލެވުމުން އީމާ ސިހުނު ކަން އެނގުމުން ހުރި ފިޔަވަޅުމަތީ އޭނާ ގަނޑުވިއެވެ. އީމާ ތެދުވެފަ އެ އެންމެންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ރޯންފެއްޓުމުން އެންމެންގެ ވެސް ބަޑި ފަޅާއިގެން ދިޔައެވެ. ބަލާކަށް ނުހުރެ ޝުހާ އިމާގެ ގައިގައި ބައްދާލިއެވެ. އޭރު މީހާ ތުރުތުރު އަޅައެވެ. ޝުހާގެ ފަހަތުން ދެންތިބި މީހުންވެސް އީމާގެ ގައިގައި ބައްދާލިއެވެ.
“އީ… އީ ކީތްވެ އެހާވަރަށް…. މިތާ އިނދެގެން… ތި ހުނުނީ… މަ ހާދަ ބިރެއް ގަތޭ!؟؟ ކީތް ވީތަ؟؟… އީމާގެ ގައިގައި ބައްދާލައިގެން ހުރި އިމްނާ އީމާގެ ގައިން ދޫކޮށްލަމުން އެހެން އެންމެންވެސް ކުރަން ބޭނުންވެފަ އޮތް ސުވާލު އީމާއާއި ކުރިމަތި ކުރުވިއެވެ. އީމާ ދޭނެ ޖަވާބަކަށް އެހެން އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެންނަމަވެސް ދެން ވީކަމަކުން އެންމެންގެވެސް ހައިރާންކަން ދެގުނަވިއެވެ.

އިމްނާ ކޮށްލި ސުވާލުން އަނެއްކާވެސް އީމާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އަނެއްކާވެސް އީމާ ހޭތަން ފެނުމުން އިމްނާމެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންނަމަވެސް މިފަހަރުވެސް ޝުހާ އަކަށް މަޑަކުން ނުހުރެވުނެވެ.

“މަރިޔަމް އީމާ!!…. ކިހިނެއްތަ ވެގެން ތި އުޅެނީ… ތި ނުހީ ވީގޮތް ކިޔައިދީބަލަ އޭރުން ދޯ އަހަރުމެންނަށް ވެސް އިނގޭނީ… މާ މަޖާ ކަމަކަށް ވަނީތަ އަހަރުމެން ތަޅުވާލެވުނީމަ… ތި ރީއްޗަށް ބުނޭ އެހެންނޫނީ…”

“އޯކެ.. އޯކެ.. އޯކޭ.. ހިހިހި… އަސްލު ވިގޮތަކީ މަ ހިހިހި.. ހިޔާލަކަށް ގެއްލި އިނދެގެން އަތަށް އިސްތަށިކޮޅެއް އޮޅަމުން ދިޔައީ… ދެން މަށަށް ބޮލަށް ވާނވެގެން ބަލައިލަން އުޅުނީމަ އަނެއްކާވެސް ވާންވީ… ދެން ހިހިހި… އަސްލު މަށަށް މި ވީ ގޮތް އެނގުނީ… ހަހަހަ.. ދެން މަ ހޭނަ ހުއްޓަ ތިމީހުން ތި އައީ… މަ ފަހަތް ބަލައިލި އިރު ތިމީހުން ތިބީ ރޯން… މަ ހީކުރީ މަ މިގޭން އެހެން ގެއްކަށް އެހެން ރަށަކަށް ދާތީ ތިމީހުން ހިތާމަ ކުރަނީ ކަމަށް… ހިހި… އެކަމު އިމޫ އެ ސުވާލު ކުރީމަ މި އެނގުނީ މަ ހޭން ހުރިގޮތުން ތި މީހުން މާ އިމޯޝަނަލް ވީކަން ދެން އައި ނޯ… އެއްކަލަ ހާދިސާ އަށް ފަހު އެހެން ވެދާނެ… ބަޓް އިޓްސް ފައިން ސްޓިލް… އައިހޭވް މައި ބެސްޓީސް…” ޝުހާގެ ވާހަކަ މެދުކަނޑާ ލުމަށްފަހު އީމާ ވާހަކަ ދައްކަން ފެއްޓިއެވެ. ކުރުގޮތަކަށް ކަން ހިނގައިދިޔަ ގޮތް އީމާ ކިޔައިދިނެވެ. އެހެންނަމަވެސް އޭރުވެސް އެ ކުދިންގެ މޫނު މަތިން ފެންނަމުން ދަނީ ހިތާމައެވެ. އީމައަށް ބުނެވުނު އެއްޗެއް ރޭއަކާލުމުން އެ ހަތަރު ކުދިން ގައިގައި ބައްދާލީ އެކުދިންނަށް އެގޮތަށް ކުރީގެ ހަނދަނެއް އާކޮށްދެވުމުންނެވެ.

“އީ… ދެން އެގޮތަށް އަހަރުމެންނަށް ހަތު އެޓޭކަ ނުދެއްޗޭ އިނގޭ މަ އަސްލު ވަރަށް ބިރުގަތް ހީކުރީ އަނެއްކަވެސް އީ އެގޮތަށް…”

“ހަމޫ.. ނޯ ދެން އެވާހަކަ ބާއްވާ އަހަރުމެންގެ ބްރައިޑް ގޮވައިގެން ސެލޫން އަށް ދާން އައި ބައެއްނުން އަހަރުމެން މީ… ދެން މިތާކު ނޫން ދޯ ޑްރާމާ ކުޅޭނީ… މޭކަޕް ކުރާ ގަޑީގަ ދޯ…” ޝުހާ ހަމްނާގެ ވާހަކަ ހުއްޓުވުމަށްފަހު އެމީހުން އެތަނަށް އައި ބޭނުން ހަނދާވުމުން އެކަން ކުރުމަށް އަވަސްވެގަތެވެ. އެތާނަގަ ތިބެފަވެސް ކޮންމެވެސް ގޮތަކުން އެމީހުންގެ މޫނުތަށް މައްޗަށް އުފާވެރިކަން ގެނުވުމަށް މަޖާ އެއްޗެއް ބުނެލިއެވެ. އަދި އެމީހުން ހެއްވާލުމުގެ ކާމިޔާބީވެސް ލިބިގަތެވެ.

އެހެންނަމަވެސް އޭގެ ތެރޭން އެކަކަށްވެސް ނޭނަގި އޮތް އެއްކަމިކީ ކުރިއަށް އޮތް ތާނގަ ކަންތަށް ހިގައިދާނެ ގޮތެވެ. ކުރައަށް އޮތް ކޮޅިގަނޑގެ އެއްވެސް ހިލަމެއް އެމީހުންނަކަށް ނުވެއެވެ.

*********

“އެދުވަހު އަހަރުމެން ސެލޫން އިން ނުކުމެގެން ކާރުގަ ޕާރޓީ އޮތް ތަނަށް ގޮސް އެތާ ތިއްބާ އަހަރުމެންނަށް ލިބުނީ އިއަން… އެކްސިޑެންޓު ވި ހަބަރު… އަހަރުމެން އަވަހަށް ހޮސްޕިޓަލަށް ދިޔައީ… ދިޔައިރު އެންމެން ތިބި އެތާ… ދެން އިރުކޮޅެއް ނުވެ ޑޮކްޓަރު ނުކުމެފަ ބުނީ އިއަން… ހޮ… ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފަ ޔޯ… އެކަމް ދެން އެހިސާބުން އަހަރުމެންގެ ދެ އާއިލާ ދެމެދު ޖެހުނީ ދެން އޮތް މައްސަލަ…”

********

“ހަކީމް!!!… ހަކީމް!!!… ކަލޭ ކީކޭ ހިތަށް އަރައިގެން ތަ މަގޭ ދަރި މަރާލަން ތި އުޅުނީ؟؟؟… ކަލޭ ބޭނުން ވިގޮތަށް ކަންތަށް ނުދިޔައިމަ ތަ؟؟؟… އީތަން އާ އީމާ ގެ ކައިވެނި ނުކުރެވުނީމަ؟؟؟… އީތަން ޝުހާ ދެކެ ލޯބި ވެފަ އިއަން އާ އީމާ އާ ދެމީހުން ރައްޓެހި ވީމަ ތަ؟؟؟… މަށަށް އޭރުވެސް އިނގެޔޭ ކަލޭ ބޭނުންވީ އީތަން އާ އީމާގެ ކައިވެނި ކުރުވަން ކަން… އެކަމް އީމާ އާ އިއަން ރައްޓެހި ވީމަ އެކަމެއް ނުވިއެއްނުން… އެހެންވީމަ އިއަން މަރާލައިގެންނެއްނުން ކަލޭ ބޭނުންވާ ގޮތަށް ކަންތަށް ދާނީ…” ގްރީން ގަރޑޭން ގޭގެ ދޮރު ހުޅުވާލާފައި ވަން ވާފިރު އައިސް ހުރި ރުޅިން ހަޅޭއްލަވައިގަތެވެ. ކޮޓަރި ދޮރު ހުޅުވާފައި ނުކުތް ހަކީމް ހުރީ ހައިރާން ކަމެއް މަތީގައެވެ. ވާފިރު އައިސް އެ ކީ އެއްޗިހިން ހަކީމްގެ ފަހަތުން ނުކުތް ހަފީޒާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާނީވެސް އެހެން ނޫންތާއެވެ. ފަހަރުގައިވެސް ލޯބިވާ ފިރިމީހާ އެހެން ކަންތަށް ކޮށްފާނެ ކަމަށް ދުވަހަކުވެސް ހީކުރެވިފައި ނެތެވެ.

“ހަކީމް ކީތްވެ!!!…” ހަފީޒާ އަށް ބުނެވުނީ ހަމައެކަނި އެހިސާބަށެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ކުއްވެރިއެއްފަދައިން ހުރި ހަކީމްގެ ސިނކުޑިގައި މިވަގުތު އެތަކެއް ސުވާލުތަށް ދަނީ ފުނި ޖެހެމުންނެވެ. ވާފިރު އެކަހަލަ ތުހުމަތެއް އޭނާ އަށް ކޮށފާނެ ކަމަށް ހިތަށް ދުވަހަކުވެސް ނާރައެވެ.

ކޮޓަރީގައި ރޯން އޮތް އީމާ ވެސް ވާފިރުގެ އަޑަށް މޫނުމަތި ރީތި ކޮށްލުމަށްފަހު ބޭރަށް ނުކުތެވެ. ކޮޓަރިން ނުކުންނަން ދޮރާއި ހަމައަށް ގޮސްގޮސް ހުރި އީމާ ގެ ހަރަކާތް އަވަސްވި އޭނާގެ މަންމަގެ ރުއިމުގެ އަޑަށެވެ.

ނުނިމޭ

އުންމީދު ކުރަން މިބައިވެސް ކަމުދާނެ ކަމަށް….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ހާފް ހިއުމަން-5

Next

ވަރުދާ-3

Next
May 25, 2021

ވަރުދާ-3

Previews
May 25, 2021

ހާފް ހިއުމަން-5



All Right Reserved!