އަބަދުވެސް…14
ސައިބޮއެ ނިންމާލުމަށް ފަހު މައިޝާ އީމާ އާއިއެކު އީމާގެ ކޮޓަރިއަށް ވަނީ ނިހާލް މިސްކިތަށޭ ކިޔާފަ ބޭރަސް ނުކުތުމުންނެވެ. މައިޝާ އާއި އީމާ އެހާ ގިނަދުވަސް ކޮށްފަ ފެނުމުންވެސް ހީވަނީ ދުވާލަކު ދެފަހަރ ދިމާވެ އަބަދުވެސް އެކުގަ އުޅޭ ދެމިހުން ހެންނެވެ. މައިޝާ އާއި އީމާ ހަޔާތުގަ ހިނގާފަ ހުރި ކަންތައްތައް ހެން އެކަކު އަނެކަކާ ހިއްސާ ކޮށްލިއެވެ. ދެމީހުން މިހެން ވާހަކައިގައި ތިބެފައި މައިޝާ ކޮށްލި ސުވާލުން އީމާ ފެންކަޅިވެފައި އިސްޖަހާލިއެވެ.
“ކިހިނެއްވީ… އީ… އޭ… ކިހިނެއްތަވީ…. ނިކަން މަށަށް ކިޔައިދީބަ އޭރުންނެއްނުން މަށަށްވެސް އިނގޭނީ…. އީ.. ޕްލީޒް ރުއިން ހުއްޓާލާފަ ދެން މަށަށް ކިޔައިދީބަ… ޕްލީޒް….” އީމާ ރޯތަން ފެނުމުން އޭނާ މަސަލަސް ކުރަން އުޅުނު މައިޝާ އަށް ވެސް ރޮވުނީ އީމާ އެހާ ހިތްދަތިކޮށް ރޯތަން ފެނުމުންނެވެ. ކިތަންމެ ހިތްހަރު މީހެއްނަމަވެސް އީމާ ރޯތަންފެނުމުން ނުރޮއެ ނުހުންނާނެކަން ގައިމެވެ.
“އީ.. ޕްލީޒް… އަހަންނަށް… ތިވެގެން އުޅޭގޮތެއް ކިޔައިދީބަ… ޕްލީޒް…. އާދޭސް ކުރަން… އަހަންނަކަށް ކެތެއްނުވާނެ… އީ ތިހެން ރޯތަން… ބަލަން ހުންނާކަށް…. އަހަންނަށް…. ކިޔައިދިނީމަ ދޯ އީ… އަހަންނަށް އެހީއެއް ވެވޭނީ…” މައިޝާ އަށް ރޮވޭވަރުން ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. އެހެންނަމަވެސް މައިޝާ ހުރީ އީމާ އެގޮތަށް ރޯންވީ ސަބަބު އިނގެން ކިތަންމެހާވެސް ބޮޑަށް ބޭނުން ވެފައެވެ.
މައިޝާ އެތަށް ފަހަރުކު ކިޔައިގެން އީމާ ހަމައަކަށް އެޅުނެވެ. އޭރުވެސް އީމާއަށް ގިސްލެވެއެވެ. ހިވާގޮތުން ވާނަމަ ވަރަށް ހިތާމަވެރި ކަމެއް ސިއްރު ކުރެވިފައި ވެއެވެ. އެހެންނަމަވެސް ހަމަޖެހިލަމުން އެކުވެރިޔާއަށް ޓަކައި ހުރިހާ ހިތާމައެއް ފޮރުވާލަމުން އީމާ ވާހަކަ ފެށިއެވެ.
“އަހަރެން… އަހަރެން މީގެ އަހަރެއްހާ ދުވަސް ކުރިން… މީހަކާ އިންނަން އުޅުނިން… އެކަމަކު….
*********
އުޑުމަތި ސާފު ރީތި ދުވަހެކެވެ. އެންމެ ވިލާ ރޮއްޖެއް ފެންނަންވެސް ނެތް އިރު މުޅި މާހައުލުގަ ވަނީ ހަމަޖެހުމެވެ. މެންދުރުގެ ވަގުކަމުގައި ވިޔަސް އެހާ ހޫނު ނުވުމުން ޖެހިލާ ފިނިފިނި ވައިރޯޅި ތަކުން ހިތަށް ހަމަޖެހުން ގެނުވައެވެ. ބްލޫބެލްސްގެ ގޯތިތެރެ މިއަދު ހީވަނީ ކުދި ކުދި ހިނިތަކެއް ހޭބޯނަރައިގެން ކޮޅުކޮޅަށް ދުވާހެންނެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހަކަށް ވެވުނު އަވަހެއް ކޮށްގެން މިރޭ ކުރެވެން ހަމަޖެހިފައިވާ އީމާ އާއި އިއަންގެ ކައިވެންޏަށެވެ. ފިރިހެންވެރިން ގޮނޑި ޖެހުމާ ސްޓޭންޑް ހެދުމާއިގެން އުޅޭއިރު އަންހެންވެރިން ބަދިގެ ތެރޭ ކެއްކުމުގެ ކަންތަކާ އަވަދިނެތި އުޅެއެވެ.
ބެލްކަނީގައި މި ހުރިހާ މަންޒަރުތަކަށް ބަލަހައްޓައިގެން ހުރި އީމާގެ ތުންފަތުގައި ވަނީ ހިއްތައް ކަތިލާނެ ފަދަ ރީތި ހުވަފެނީ ހިނިތުންވުމެކެވެ. އިސްތަށިގަނޑުން ތަންކޮޅެއް އިނގިޔަށް އޮޅަމުން ދިޔަ ގޮތުން ހީވަނީ ކޮންމެވެސް ހިޔާލެއްގަ އިން ހެންނެވެ. އިރު އިރުކޮޅުން އެ ދޮން ކޯތާފަތް ރަތްވެގެން ދާގޮތުންނާއި އެވަގުތު އެތުންފަތަށް ވެރިވާ ލަދުރަކި ހިނިތުންވުމުން އީމާގެ ރީތިކަން އިތުރުވެއެވެ. ލައިފައިވި ޑަސްޓީޕިންކް ކުލައިގެ ކަކުލާހަމައަށް އަންނަ ހެދުން ބައްޓަމަށް ފަހާފައިވުމުން އީމާގެ ލޫޅާފަތި ހަށިގަނޑުގެ ބައްޓަން ނުލާހިކު ރީއްޗަށް ފާހަގަވެއެވެ. ތިރިން ލައިގެން ހުރި ހުދުކުލައިގެ ލެގިންސާއި ގުޅުވާއިގެން ބޮލުގައި ހުދުލުލައިގެ ސްކާފެއް އައްސާލާފައި ވެއެވެ. އެއްވެސް ގަހަނާއެއް އެޅިފައި ނެތަސް ވައަތު ކަށިއިނގިލީގައި އަޅާފައިއޮތް އަލިމަސް އަނގޮއްޓީގެ މެދުގައި އިން ހުދުކުލައިގެ އެހުން އެޅިގެންދާ އަލި ވިދުވަރުން އެހެނިހެން ގަހަނާތަކުގެ މަގާމްތައް ފަޅުފިލުވައިދޭނެކަން ގައިމެވެ.
ހިޔާލު ތަކަށް ގެއްލިފަ އިން އީމާ އަށް ހޭވެރިކަން ވީ ބޮލުގެ އިސްތަށިގަނޑަށް އެރި ކުއްލި ލައްކެއްގެ ސަބަބުންނެވެ. އަވަސް އަވަހަށް އިސްތަށިގަންޑުގައި އަތް ޖައްސާލަ އުޅުނު ވަގުތު އަނެއްކާވެސް ކުއްލި ލައްކެއް ޖެހިއްޖެ އެވެ. ވީގޮތް ރޭކާ ލުމުން އީމާ ގާތަށް ހިނި އައެވެ. އަމިއްލަ މޮޔަކަން ހިތަށް އެރުމުން އަނެއްކާވެސް ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އިނގިއްޔަށް އޮޅާލެވިފައިވި އިސްތަށިކޮޅު ނަގާލުމަށްފަހު އަނެއްކާވެސް ދެންމެ ވީ ކަނަތަށް ހިތަށްއެރުމުން ހިނިއައެވެ. އޭނާގެ އިތުރުން އެހެންމީހަކު އެތާގަ ނެތީ އޭނާގެ ނަސީބެކޭ އީމާގެ ހިތަށް އެރިއެވެ.
އީމާ ގޮވައިގެން ސެލޮން އަށް ދާން އައި ޝުހާ، އީނަމް، ހައުލަތް، އަދި ހަމްނާގެ ހިނގުން ހުއްޓުނީ އީމާގެ ކޮޓަރިން މީހަކު ހޭ އަޑު އިވުމުންނެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ފަޔަށް ލެވުނު ބާރެއްލާފައި ހިނގާފަ ގޮސް އީމާގެ ކޮޓަރިއަށް ވަތް އިރު ބެލްކަނީގައި އި ގޮނޑިއެއްގައި އިދެގެން އީމާ ހިނަގަނީއެވެ. އޭނާއަށް އެތާނގައި އިތުރު ބަޔަކު ތިބިކަމުގެ އެއްވެސް ހިލަމެއް ނުވާކަހަލައެވެ. އެއްފަހަރަކާ އައި އެ ހަތަރު މީހުންވެސް ތިބީ ހުއްތުން އަރާފައެވެ. އިމާއަށް ވަމުންދާ ގޮތް ފެނި އެ މީހުންވެސް ތިބީ ގުޑިލަން ނެނގިފައެވެ. އިރު އިރުކޮޅުން އިސްތަށިގަނޑުގައި ހިފާލާއިރު ހީވަނީ އަލަށް މިހަކަށް އިސްތަށިގަނޑެއް ލިބިގެން އުޅުނު ހެންނެވެ.
“ދޮން… އީ… އީ އަށް ކިހިނެއް… ކިހިނެއް އެވަނީ؟… އަނެއްކާ އީ ޖިންނި މޮޔަވީތަ؟…” ހުއްޓުން އަރާފައި ހުރި ހައުލަތްގެ ގައިގައި ކޮއްޓާލަމުން ހަމްނާ ބުނެލީ ކުރެހިފައިވާ އަޑަކުންނެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަލިވެފައެވެ.
ހަމްނާ އެހެންބުނުމުން ޝުހާއަށް އިތުރަށް ކެތް ނުކުރެވިގެން ލޯބިވާ ކޮއްކޮ ކައިރިއަސް ދުއްވައިގަނެވުނެވެ. ފަހަތުން ދެންތިބި މީހުންވެސް ދުވެފައި އައެވެ. އެ ހަތަރު މިހުންނަށްވެސް އައިސް ހުއްޓިލެވުނީ އީމާގެ ފަހަތުގައެވެ. އޭރުވެސް އީމާއަށް ހަމަ ހެވެނީއެވެ. ލޮލުން ފެންވެސް އަންނަން ފައްޓައިފިއެވެ. ހީ ހީ ގޮސް ވަރުބަލި ވެގެން ހުނުން ހުއްޓާލި އީމާ އަށް ސިހުން ލިބުނީ ފަހަތުން މީހަކު ނޯއްދަމާލި އަޑު އިވުމުންނެވެ. އެހެންވުމުން އޭނާއަށް ފަހަތުގަ ބަޔަކު ތިބި ކަމުގެ އިހުސާސް ކުރެވުމުން މަޑުމަޑުން މޫނު އަބުރާލި އެވެ. ފަހަތުގަ ތިބި ހަތަރު މީހުން ތިބި ގޮތް ފެނުމުން އީމާ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ އޭންމެ ގާތް އެކުވެރިން އެގޮތަށް ރޯތަން ފެނުމުން އޭނާގެ އިހުތިޔާރުން ބޭރުން އަނެއްކާވެސް ލޮލުން ކަރުނަ ފާއަދާލިއެވެ.
ހަމްނާ އަށް އީމާ ހުނުން ހުއްޓާލި ކަން އެންގުމުން އީމާ އަށް ގޮވަން އުޅުނު ވަގުތު ނޯއްދަމާލެވުމުން އީމާ ސިހުނު ކަން އެނގުމުން ހުރި ފިޔަވަޅުމަތީ އޭނާ ގަނޑުވިއެވެ. އީމާ ތެދުވެފަ އެ އެންމެންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ރޯންފެއްޓުމުން އެންމެންގެ ވެސް ބަޑި ފަޅާއިގެން ދިޔައެވެ. ބަލާކަށް ނުހުރެ ޝުހާ އިމާގެ ގައިގައި ބައްދާލިއެވެ. އޭރު މީހާ ތުރުތުރު އަޅައެވެ. ޝުހާގެ ފަހަތުން ދެންތިބި މީހުންވެސް އީމާގެ ގައިގައި ބައްދާލިއެވެ.
“އީ… އީ ކީތްވެ އެހާވަރަށް…. މިތާ އިނދެގެން… ތި ހުނުނީ… މަ ހާދަ ބިރެއް ގަތޭ!؟؟ ކީތް ވީތަ؟؟… އީމާގެ ގައިގައި ބައްދާލައިގެން ހުރި އިމްނާ އީމާގެ ގައިން ދޫކޮށްލަމުން އެހެން އެންމެންވެސް ކުރަން ބޭނުންވެފަ އޮތް ސުވާލު އީމާއާއި ކުރިމަތި ކުރުވިއެވެ. އީމާ ދޭނެ ޖަވާބަކަށް އެހެން އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެންނަމަވެސް ދެން ވީކަމަކުން އެންމެންގެވެސް ހައިރާންކަން ދެގުނަވިއެވެ.
ނުނިމޭ
އުންމީދު ކުރަން މިބައިވެސް ކަމުދާނެ ކަމަށް…???
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


