“ފިރިމީހާއޭ!؟،…. އީތަން!؟،…. ކާކުބާ!؟….” މައިޝާ ހިތާހިތާ އަހާލިއެވެ. އޭނާ އަށް ވަނީ އޮޅިފައެވެ. އެހެން ނަމަވެސް އޭނާ ލައިލައި ހުރި ނޭވާ ހިފަހައްޓާލެވުނީ ދޮރުން ވަދެގެން އައި ރީތި ޒުވާނާ ފެނިފައެވެ. ބައިމަތި ފުޅާވެފައި ކަސްރަތީ ހަށިގަނޑެއްގެ ވެރި އެ ޒުވާނާ ފެނިފައި މައިޝާ އައް އޭނާގެ އަނގަ ހުޅުވާލެވުނެވެ. އީތަން އައިގޮތަށް އައިސް ޑޮކްޓަރު ކައިރީހުއްޓި ޑޮކްޓަރުގެ ވާހަކަ ކަނުލާ އަޑު އެހިއެވެ. އަދި ޑޮކްޓަރު ދިން ފައިލް ހިފައިގެން އައިސް މައިޝާ ކައިރީ ހުއްޓުމުން […]
ދަންވަރުގެ ވަގުތެވެ. ހަމަހިމޭން ކަމުން މުޅި ރަށް ވަނީ ނިންދަވާލާފައެވެ. ޖަންގަލީގެ ތެރެއިން ދުވަމުން އައި އަންހެން ކުއްޖާ އިރުއިރު ކޮޅާ ފަސް އެނބުރި ބަލާލައެވެ. ވަރުބަލި ވެފައިވުމުން މާނޭވާވެސް ލެވެއެވެ. އެހެން ނަމަވެސް ހުއްޓުމެއް ނެތި ދުވަމުން ދިޔައެވެ. އަތުގެ އެކި ތަންތަނުން ލޭ ހިލިފައިވާ އިރު ލައިގެން ހުރި ހެދުމުގަވެސް އޮތީ ކިލާ އުނގުޅިފައެވެ.ފަސް އެނބުރި ބަލާލާ ގޮތުން ހީވަނީ އޭނާގެ ފަހަތުން މީހަކު އަންނަ ހެންނެވެ. ވެހެމުން ދިޔަ ވާރެއާއެކު އޭނަ ވަނީ […]