Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަބަދުވެސް…10

luvza Level 310 Stories100 Login
April 8, 2021 2 Mins Read
0 Comments

“ނޭނގެ.. ދެންމެ ބަލަހައްޓައިގެން ހުރިގޮތުން ހީވީ ދެންމެ ދެންމެ ކާލަ ފާނެހެން…”ނިހާލް މައިޝާގެ އުނަގަނޑުގައި އަޓްއަޅުވާލުމަށްފަހު ގަޔާ ކައިރިއަށް މައިޝާ ގެނައެވެ. މޫނު މަތީ ހުރި އިސްތަށިކޮޅުތައް އެއްފަރާތު ކަންފަތަށް ޖަހާ ހަރުކޮށްލަމުން އެ ރީތި ދޮން މޫނަށް ބަލަހައްޓައިގެން ހުރީ ބަލާ ފޫހި ނުވާނެ ގޮތަކަށެވެ.

“ހްފްފްފް.. ހްފްފްފް..! ކޮން ވަހެއް އެ ދުވަނީ…!” ނިހާލް މައިޝާގެ މޫނުން ނަޒަރު ބަދަލު

ކޮށްލަމުން ބުނި ޖުމުލައިން މައިޝާ އަށް ހަމަބިމަށް އާދެވުނު ކަހަލައެވެ.

“އަޅޭ މަގޭ ރޮށި…. ” “އައާހްހްހްހް…..” މައިޝާ ނިހާލްގެ އަތުން ދެމިގަންނަން ހަދައިގެން އަތުގައި އޮތް ހޫނު ދަގަނޑު ދޭފަތް ޖެހުނީ ނިހާލްގެ ކޮލުގައެވެ.

“އޫޕްސް… އަޅޭ ނިހާ… އައިމް ސޯ ސޮރީ… އަޅޭ ވަރަށް ތަދުވޭތަ؟… ދައްކަބަ ފިހިފަ ތޯ އިނީ ބަލާލަން…”މައިޝާ ރޯމަހެއް ފެނަށް ތެޅޭހެން ތެޅި ފޮޅުނު ތަން ބަލަން ހުރި ނިހާލް އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް ކުރެވުނު ހާވެސް ކަމަކީ ކަޅި ޖަހާވެސް ނުލާ މައިޝާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކަށް ބަލަހައްޓައިގެން ހުރުމެވެ.

“އަޅޭ… ނިހާލޫ.. މިހާވަރަށް ގޮވާއިރުވެސް ކިހިނެއް ވެފަތަ ތިހިރީ؟ ދޭފަތުން ޖެހުނު ތަނަށް ތަދެއް ނުވޭތަ؟ ނުފިހޭތަ އަނެއްކާ؟… ނިހާލް ކިހިނެއް ވެފަހެއްޔޭ ތިހިރީ؟” މައިޝާ ސުވާލަކަށް ފަހު ސުވާލެއް ކުރމުން ގެންދިޔަ އިރުވެސް ނިހާލް އަށް ހުރެވުނީ އެ ހުރިގޮތަށް އެ މައުސޫމު މޫނަށް ބަލަހައްޓައި ގެންނެވެ. އެހެންނަމަވެސް ކުއްލި ސިހުމަކާއި އެކު ނިހާލް އަށް ހަމަބިމަށް އާދެވުނީ އަތަށް ތަދުވުމުންނެވެ. އޭރު މައިޝާ ހުރީ ދޭފަތް އޭނާގެ އަތުގަ ޖައްސައި ގެންނެވެ.

“އޭ.. މަގޭ އަތް… އައްދިޔޯ މަންމާ!…” ނިހާލް އަތުގަ އަތް އަޅައިގެން ޖައްސަމުން ދިޔަ ވައްތަރުތައް ފެނި މައިޝާގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. އަނގަމަތީ އަތް އަޅާއިގެން ހުރި އިރު އަޑު ބޭރު ނުކޮށް ވޭތޯ ބަލަމުން ދިޔައެވެ. ބަނދުގަ އަތް އަޅްއިގެން ހުރިއިރު އޭނާ އުޅެނީ ހިނިގަނޑު މަތަ ނުކުރެވިގެންނެވެ.

“މައީ… މައި މޮޔަވީތަ؟.. ރޮށިފިހެފަ ލައިގެން ކާން އޮތި މަގޭ އަތް ދޯ މިއަދު… ގޭގަ މަސް ނެތީތަ އަނެއްކާ… މަގޭ އަތް ރޯ ފިލުވައިލީ ތި؟…”ނިހަލް ކުޑަކުއަޖަކު އުޅެހެން އުޅޭތަން ފެނުމުން މައިޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ނޫނެ… އަހަރެންގެ މޫނުގަ ކަންނޭގެ ދޭފަތް ތަތްވީ… އެހެންޏަ… ފަސްވަރަކަށް މިނެޓު ވަންދެން މަޖެހުނު ނިހާ އަށް ގޮވަން ހުންނަން އެހެންވެ ސިނކުޑިއަށް އައި އެންމެ މޮޅު ޕްލޭނާއި އެއްގޮތަށް ކަން ކުރީމަ ނިހާ އަށް ހަމަ ބިމަށް އާދެވިއްޖެ އެއްނުން. މައިޝާ ވާހަކަ ދައްކަމުން ދިޔައީ ކާން ހަދަމުންނެވެ.

“އޭން.. އާން އަހަރެން ހަނދާންނެތުނީ.. ކޮބާ މާހިލް؟ އިއްޔެ އުޅުނު… މިއަދު މާލަހުން ހޭލެވުނީމަ ބޭރަށް ނުކުތް އިރު އެއްވެސް ކަމެއް ނުކޮށް ހުރީމަ އެ ކޮޓަރިއަށް ދިޔައިން އިއްޔެ ބަލިވެ އުޅުނީމަ ކަމެއް ވީކަމަށް ހީކޮށް… އެކަމް އަހަރެން ވަދެ ފާހާނަޔާ ތަންތަން ޗެކު ކުރިއިރު އެކަކުވެސް ނޫޅޭ ދެން ކަބަޑު ހުޅުވާލި އިރު އޭގެ އެތެރެ ބެލިއިރު އޮތީ ހުހަށް އެކަށްޗެއްވެސް ނެތް ފެންނާކަށް އެހެންވެ ނިހާ އަށް އެނގިދާނެތީ މި އެހީ.. އިނގޭތަ އޭނަ ވީ ތަނެއް..” މައިޝާ ހިތުގެ އަޑިން ކެތްކުރަމުން ދިޔައީ މާހިލް ފެންނަނެ އިރަކަށެވެ.

“އަ… އޭނަ އޭނަ….. އޭނަ ދިޔައީ އޭނަގެ ބައްޕަ ބަލިވެގެން އެރަށަށް ރޭގަ ފުރީ،،،، ދަންވަރު ފްލައިޓުން އެގޭ އެހެން މީހެއް އޭނައަށް ޓިކެޓު ހަމަޖެއްސީ…”ނިހާލްގެ ޖަވާބަކަށް އިންތިޒާރު ކޮށް ކޮށް ހުރި މައިޝާ ހައިރާން ވީ ނިހާލް ބުނި އެއްޗަކުންނެވެ.

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ނޭދެމޭ ވަކިވުމެއް-54

Next

ތިޔަ ލޯތްބަށް އެދެމޭ – 16

Next
April 8, 2021

ތިޔަ ލޯތްބަށް އެދެމޭ – 16

Previews
April 8, 2021

ނޭދެމޭ ވަކިވުމެއް-54



All Right Reserved!