އަބަދުވެސް…13
ފޯނު ކަނޑާލުމަށްފަހު ފަހަތަށް އެބުރިލި މައިޝާ އަށް ހުއްޓުން އެރީ ކައިރިއަށް އަންނަމުން ދިޔަ ނިހަލް ފެނުމުންނެވެ. މައިޝާ ހިތަށް ނަސީބެކޭ ހިތަށް އެރީ ނިހާލް އަށް އެފޯނުކޯލުން އެއްވެސް އެއްޗެއް އަޑުނީވުމުންނެވެ. މައިޝާ އޭނާގެ ރައްޓެއްސަކަށް ގުޅާފަ އެގެއަށް އޭނާ ދާވާހަކަ ބުނީ އެގޭނީހުންނަށް ސަޕްރައިޒެއް ނުދިނުމަށެވެ.
ފެރީއިން ފޭބި މީހުން ހުސްވުމުން މައިޝާ އާއި ނިހާލް ފެރީއަށް އަރާ ހަމަޖެހިލީ ކުރިއަށް އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާހާލުގައެވެ.
މައިޝާ އާއި ނިހާލް އަށް ވިލިނގިއްޔަށް ދެވުނު އިރު ހުރީ ހައެއް ޖަހާ ބޮޑުވެފައެވެ. ކިތަންމެ ފަހަރަކު ނިހާލް ކައިރީ އަނބުރާ މާލެ ދިއުމަށް އެދެވިއްޖެ އެވެ. އެހެންނަމަވެސް ނިހާލް އެއްވެސްގޮތަކުން ގޮތްދޫކުރާހިޔާލެއް ނުގެންގުޅެއެވެ. މައިޝާއަށް ރައްޓެއްސަކު ބުނެގެންނޭ ބުނެވުނު މޮޔަ މިހާރު އޭނާގެ ހިތަށް އަރައެވެ. އެހެންނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާލިބޭނެ އެއްޗެއް ނޫނަކަމުން މައިޝާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
“ހެއި ތިގެ ހުންނަތަން ނިކަން އަހަރެން ކައިރި ބުނެބަ އޭރުންތާ އަހަރުމެންނަށް ތި ގެއަށް ދާން އިނގޭނީ… އަންނާށޭ ކިޔާފަ ލޮކޭޝަން ނުބުނީމަ ވަނީ ކޯއްޗަކަށް؟…”މައިށާ ޓާރމިނަލް ކައިރީ ހުރެ އީމާ އަށް ގުޅައިގެން އެ ގެ ހުންނަތަން ބެލިއެވެ.
“މީ… އެނގެއެއްނުން ފުލުހުންގެ ފްލެޓު… އެތާ ފުރަގަތަށް އިންނާނެ އަހަރުމެންގެ ގެ…. ކުޑަކުދިންގެ ހިޔާ ކުރިމަތިން ލާފަ އާދޭ… އަހަރެން ހުންނާނަން ބޭރުގަ… ތަންކޮޅެއް ކުރިން ބުނެލި ނަމައެއްނުން ގެއަށް އަންނާކަށެއް ނޭނގެޔޭ… އޭރުންތާ ދޮންބެ ކައިރީ ބުނެގެން ނަމަވެސް ގޮތެއް ހަމަ ޖެއްސޭނީ… އޭ މިހެން ވާހަކައިގަ ހުރެވޭކަށް ނެތް ދެންވެސް އަވަހަށް އާދޭ!!!… ތިމީހުންނަށް ސައި ތައްޔާރު ކުރަން މަ މިއުޅެނީ” މިހެން ބުނެ އީމާ މައިޝާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ.
ޓާރމިނަލް އާ އެގެއާ މާކަށް ދުރު ނޫންކަމުން ދެމީހުންވެސް އަވަހަށް ހިނގައިގަތީ އެ ގެއަށް ދިއުމަށެވެ. ފަނަރަ ވަރަކަށް މިނިޓު ހިނަގުމަށް ފަހު މިހާރު ދެމީހުނަށްވެސް ތިބެވުނީ ފުލުހުނަގެ ފްލެޓާއި ދިމާލުން ފަހަތުގައެވެ. އަނެއްކާވެސް މައިޝާ އީމާ އަށް ގުޅޭތޯ ފޯނު ނަގާ ލިއެވެ. އެހެންނަމަވެސް ނިހާލް ކުރިމަތީ އެހެރީ އީމާ ތޯ ސުވާލު ކުރުމުން އޭނާ އަވަސް އަވަހަށް އިސް އުފުލާ ބަލައި ލުމަށް ފަހު ހިނގައި ގަތެވެ.
“މައީ…. ހާއި…. އައި މިސްޑު ޔޫ……” އީމާ އަށް އެދިމާލަށް އަންނަމުނދިޔަ މައިޝާ ފެނުމުން ދުވެލާފަ ގޮސް މައިޝާގެ ގައިގައި ބައްދައިގަތެވެ. މައިޝާ އާއި އީމާ ދިމާވީ މައިޝާ އެންމެ ފުރަތަމަ ވިލިނގިލީގަ އޮތް ކޯހެއްގައި ބައިވެރިވެގެން ވިލިނގިޔަށް ދިޔަ ފަހަރެއްގަ އެކޯހުންނެވެ. ދެމިހުން ދިމާވާން ފެށިތާ މާކަށް ގިންދުވަހެއް ނުވެ އެ ދެމީހުން ނުލާހިކު އަވަހަށް ގާތް ދެރަހުމަތް ތެރިންނަށް ވިއެވެ. މައިޝާ ކޯސް ނިންމާލުމަށްފަހު ރަށަށް ބަދަލުވީ ފަހުން ދެމީހުން މި ދިމާވީ މައިޝާގެ ކައިވެނީގެ ފަހުންނެވެ.
“ހާއި…. އީ…. އައި މިސްޑް ޔޫ ޓޫ….. އާއ…. ނިހާ…. ދިސް އިސް ވަން އޮފް މައި ކޮލޯޒް ފްރެންޑްސް…. މައި ކްލާސް ބަޑީ އީމާ… އީ…. އެންޑް އީ…. ދިސް އިޒް މައި ހަޒްބެންޑް… ނިހާލް….” މައިޝާ ނިހާލް އާއި އީމާ، އެކަކު އަނެކަކަށް ތައާރަފް ކޮށްދިނެވެ.
“އަންނަންވީނުން އެތެރެއަށް ދެން އައި ފަހަރު އެއްޗެއް ބޯލައިގެން ކާލައިގެން ދާން ވާނީ…” އީމާ މައިޝާމެން ކައިރީ މިހެން ބުނުމަށްފަހު އެތާނގަ ހުރި ގެއަކަށް ވަނެވެ ފަހަތުން މައިޝާ އާއި ނިހާލް ވެސް ވަނެވެ.
ނިހާލް މިހާރު އެހުރި މައިޝާ އެވާހަކަ ފުލުހުންނާ ހިއްސާ ކުރީތީ އެކަމާ ހިންހަމަ ނުޖެހިފައެވެ. އެހެން ނަމަވެސް އޭނާ ނިންމައިގެން ހުރީ އެތަނުން ނިކުމެވުނު ހާ އަވަހަކަށް އޭނާގެ މޮޅު ޕްލޭނާއި އެއްގޮތަށް އަމަލު ކުރާށެވެ. ކިތަންމެ ހިންހަމަ ނުޖެހިފަ ހުއްޓަސް އެކަން މޫނުމަތިން ނުދައްކަވޭތޯ ނިހާލް ދިޔައި މަސައްކަތް ކުރަމުންނެވެ.
އެތަކެއް ފޮނި އުންމީދުތަކެއް ކުރަމުން ނިހާލް އާއި މައިޝާ ކައިވެނި ކުރީ، ދުވަހަކުވެސް މިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް ނޫނެވެ. އެހެންނަމަވެސް އެދެމެދުގައިވާ ގުޅުމަށް އެ ދެމީހުން ދެމީހުނަށް ސިއްރު ކުރަމުންދާ ކަންތަކުން ދަނީ އަސަރު ކުރަމުންނެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ވިޔަކަސް އެދެމިހުން އެއީ ވާހަކަ ނުދައްކާ ނުތިބެވޭ ބައެކެވެ. މަގުމަތިން ހިނގާފަ ދިޔައެއްކަމަކު އެދެމިހުން އަބަދުވެސް ތިބޭނި އަތުގުޅުވައިގެންނެވެ. އެހެންނޫނީ ނިހާލްގެ އަތް އަބަދުވެސް އޮންނަނީ މައިޝާގެ އުނަގަނޑުގައެވެ. މައިޝާގެ އެ ފޯނުކޯލަށް ފަހު މިހާ ހިސާބަށް ވެސް އެދެމީހުންގެ ތެރޭ ކަމެއް ހިގައިފައިވާ ހެނެއް އެދެމީހުންނަކަށް ވެސް ރޭކައެއް ނުލައެވެ. ދެމީހުންމެ އަބަދުވެސް ތިބެނީ މިކަންތަކާ ވިސްނާށެވެ.
ސައިބޮއެ ނިންމާލުމަށް ފަހު މައިޝާ އީމާ އާއިއެކު އީމާގެ ކޮޓަރިއަށް ވަނީ ނިހާލް މިސްކިތަށޭ ކިޔާފަ ބޭރަސް ނުކުތުމުންނެވެ. މައިޝާ އާއި އީމާ އެހާ ގިނަދުވަސް ކޮށްފަ ފެނުމުންވެސް ހީވަނީ ދުވާލަކު ދެފަހަރ ދިމާވެ އަބަދުވެސް އެކުގަ އުޅޭ ދެމިހުން ހެންނެވެ. މައިޝާ އާއި އީމާ ހަޔާތުގަ ހިނގާފަ ހުރި ކަންތައްތައް ހެން އެކަކު އަނެކަކާ ހިއްސާ ކޮށްލިއެވެ. ދެމީހުން މިހެން ވާހަކައިގައި ތިބެފައި މައިޝާ ކޮށްލި ސުވާލުން އީމާ ފެންކަޅިވެފައި އިސްޖަހާލިއެވެ.
ނުނިމޭ…
މިބައި ލަސްވުމުން ކިޔުންތެރިނަގެ ކިބައިން މާފަށް އެދެން އަޅުގަނޑުމެންގޭ ޓާރމް ޔުނިޓް ޓެސްޓު ފެށުމާއި ގުޅިގެން ވޭތުވެދިޔަ 2 ހަފްތާ އަޅުގަނޑުވާނީ ކުޑަ ބޮރޭކެއް ނަނގާފައެވެ… މިކަމާ ހުރިހާ ކިޔުންތެރިންގެ ކިބައިން މަފަށް އެދެން އަދި ކިޔުންތެރިންނަށް މިބައި ކަމުދާނެ ކަމަށް އުންމިދު ކުރަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


