Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު – 11

leafy Level 210 Stories100 Login
March 7, 2026 5 Mins Read
0 Comments

ބާބު – 7 އެޝްލިޕްނިއާ ހުރަސްކުރުން

ޓެލިޕޮފްޓި(ޖާދޫ ދަތުރު) ގެ ޖާދޫ ބޭނުންކުރަން އުޅުނު ނަމަވެސް އެތާގެ އެތެރެއެއް ސިފައެއްނުވިއެވެ. ވައިގެ ބާރު ބޭނުންކޮށް ދޮރުވައްޓާލަން ހިފީމެވެ. އެއާއެކު މުޅި އެތަން ފަނޑުވެ ގެއްލިގެން ދިޔައެވެ. ހޭލެވުނީ ހަވީރުގެ ފިންޏަށެވެ. މުޅި މާޙައުލުގައި ތެތް ފިނިކަމެއް ހުއްޓެވެ.

އަވަސް އަވަހަށް ފެންވަރާލައިގެން ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ) އަށް ދިޔުމަށް ޓެލިޕޮފްޓި ވީމެވެ. ގަހުގެ މަތީބައިން ތިން ވަނަ ހަރުފަތައް އުދުހިގަތީމެވެ. ކިޒަން ހުރި ހަރުގަނޑާ ދިމާއަށް މަޑުކޮށްލީމެވެ. ކިޒަންގެ ހާލު ކިހިނެއްތޯ އެހުމަށް ފަހު ސަބިޝް މޮޝްޓަފް(ޖާދޫގެ ހަކީމް) އެއް ހޯދުމަށް އާދޭސްކުރަން ފެށީމެވެ. “މި ބައްރުގެ ހުރިހާ މޮޝްޓަފުން ރިޒުއާނާ ވީ މަރާފައި. ފަހަރެއްގައި ޓެފަސޫރްގައި އުޅެދާނެ. މިރޭ ދަތުރު ފަށައިފިއްޔާ ދެ ދުވަސްތެރޭގައި ދެވޭނެ. ނަމަވެސް މިނާލް ވައިގެ ބާރު ބޭނުންކޮށް އުދުހެން އިނގެންވާނެ. ބިޔަ މަޚުލޫޤުންދެކެ ބިރުގަނެގެން ނުވާނެ. އަހަރެމެން ދާންޖެހޭނީ އެޝްލިޕްނިއާގެ ތެރެއިން. އެއީ އެތާގެ މަތީގައި އޮތް ދާލަން ރިޒުއާނާ ވަނީ ހަލާކުކޮށްލާފައި.” ކިޒަން ބުނެދިނެވެ. “އަހަރެން ތައްޔާރު. އުދުހެންވެސް އެނގޭ! ބިޔަ މަޚުލޫޤުންދެކެ ބިރެއް ނުގަންނާނަން” ބުނި ކޮންމެ ޖުުމުލައަކަށް ޖަވާބު ދިނީ ސާދާ އިބާރާތްތަކުންނެވެ.

ކިޒަން އޭނާގެ ޖާދޫގެ އަސާގަނޑު ވައިގެ ތެރޭގައި ވިހުރުވާލިހެން އަހަރެންގެ ކަނާތު ފައިގެ ވަށައިގެން ޖާދޫގެ ފޮތިގަނޑެއް އެޅިދިޔައެވެ. ލަސްތަކެއްނުކޮށް ހުރި ސީދަލަށް އުދުހިފައި ހުޅަނގަށް އަހަންނާއި ކިޒަން މިސްރާބު ޖެހީ އެހާވެސް ބާރަށެވެ. ވައިގެ ބާރު ބޭނުންކޮށް ވައިކަފަމުން ގޮސް ޓެފަނުރް(އިރުގެ ބިމު) ގެ އެންމެ ހުޅަނގަށް ދެވުނެވެ. ކުރިމަތީގައި ފެންނަން އޮތީ ކިޒަން ބުނިގޮތައް އެޝްލިޕްނިއާއެވެ. އެތަން ފެނި އަހަރެންގެ ބަސްހުއްޓުނެވެ.

ދަނބުކުލައިން މުޅިއެތަން ދިއްލިފައި ވީ ނަމަވެސް ކަޅުދަނބު ވިލާތަކުން ފޮރުވިފައިވެއެވެ. އެ ވިލާތަކުން ފުރޭނިގެން އައިސްހުރި ފަނޑު ނޫކުލައެއް ހުއްޓެވެ. އިވޭ ތޫލި އަޑަކުން ދެ ކަންފަތުގައި ބާރަށް އަތް އެޅުނެވެ. މުޅި އެތަނުން ވައި ނިކުމެއެވެ. ހޫނު ނަމަވެސް ފިނިވެސް ވެއެވެ. އެ ތަނާ ކައިރިވީވަރަކުން އަހަރެންގެ ޖާދޫގެ ބާރު ފަނޑުވަމުން ދިޔައެވެ. ކަނާތުފައިގެ ތަނބިކަށިންތިރި ނެތި ވައިގެ ޖާދޫ ބޭނުން ނުކުރެވުމުގެ ސަބަބުން ބިންމައްޗަށް ވެއްޓުނެވެ. ކިޒަން އޭނާގެ އަތުގައިވާ އަސާގަނޑު ކަނޑިއަކަށް ބަދަލުކޮށްލިއެވެ. ވަގުތުން ކިޒަން އަހަރެން ކޮނޑުމައްޗަށް ލައިގެން ކަފަކޮޅެއްފަދަ ވިލާތައް އިރާލާފައި ވަނެވެ.

އަހަރެން ހައިރާންވެ ބަލައިލެވުނީ އެ ހުސް މައިދާނުގައި ފުރިފައިވާ ގޮތްނޭނގޭ ގަސްތަކާއި، ދޫކޮށްލެވިފައިވާ ބޮޑެތި ބިނާރުތަކެވެ. އިރުއިރުކޮޅަކޮޅާ ގުގުރާ ވިދާލައެވެ. ދަނބުކުލައިގެ ވިލާތަކާއިއެކު ވައިވެސް އެހާމެ ގަދައެވެ. ތަންކޮޅަކަށް ދެވުނު ތަނާހެން ކަޅުކުލައިގެ ބިޔަ ހަރުފައެއް ވިލާގަނޑުން ފޭބިއެވެ. ކިޒަން އަހަރެން އެއް އަތުން ހިފަހައްޓައިގެންހުރެ، އަނެއް އަތުގައިވާ ކަނޑި އަތަށް މަހާލިއެވެ. ބާރުބާރަށް އޭތީގެ ނަގުލުކޮޅުން ފެށިގެން ކަނޑި ހަރާލުމަށްފަހު ދެފަޅިއަށް ފަޅާލިއެވެ. ފެހިކުލައިގެ ލެއާއެކު ހުޅުނބުތައް ބުރަބުރައިގެން ދިޔައެވެ. އޭރު ހަރުފައިގެ ބޯ ކިޒަންއަށް އަމާޒުކުރަމުން ދިޔައެވެ.

ހަރުފައިގެ ބޯ ކިޒަން އާ ގާތްވި ވަރަކަށް އޭނާ ފަހަތަށް ފުންމަމުން ދިޔައެވެ. ހަރުފައިގެ ވިހަ ދޫކުރުމަށް އަނގަ ހުޅުވާލިހެން ކިޒަން މިސްރާބު ބަދަލުކޮށްލިއެވެ. އެއާއެކު ކަނޑި ހިފައިގެން ގޮސް ހަރުފަގެ ހަށިގަނޑަށް އަރަމުން ދިޔައެވެ. މަޑުމަޑުން ގޮސް މެދާ ހިސާބަށް ކަނޑި ޖެހިތަނާހެން އޭތީގެ ނަގޫ ހޫރާލިއެވެ. އަހަރެން ކިޒަންއާއެކު ދުރުތާގައިވާ ގަހެއްގެ އޮފިގަނޑެއްގައި ޖެހި ބިންމައްޗައް ވެއްޓުނެވެ.

އެ ގަހުގެ އޮފިގަނޑުގައި އަހަރެން މަޑުކުރާށޭ ބުނުމަށްފަހު ކިޒަން ހަރުފައާއި ދިމާއަށް މިސްރާބުޖެހިއެވެ. އަހަރެން ޖާދޫ ހެދޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެޝްލިޕްނިއާގައި ޖާދޫ ބޭނުން ނުކުރެވޭކަން ހަނދާންވީ ދެނެވެ. އޭރު ކިޒަން ގޮސް ހަރުފައިގެ ބޮލަށް އެރިއެވެ. ކަނޑި ޖަހަން އަތް މަޅާލިހެން އޭގެ ބޯ ހަލުވާލިއެވެ. ކިޒަން ވިއްސައިގެން ގޮސް ދުރުތާހުރި ގަހެއްގައި ޖެހުނެވެ. ނަމަވެސް އިރުކޮޅަކުން ތެދުވެ ބާރުބާރަށް ދުވެފައިގޮސް ހަރުފައިގެ މެދު ހަށީގައި ކަނޑި ޖެހިއެވެ. ދެއަތުން ކަނޑީގައި ހިފާ ތިރިއަށް ވާގޮތައް އޭގެ ހަށިގަނޑު އިރާލިއެވެ. ފެހި ލޭތަކާއި ބޮޑެތި ހުޅުނބުތައް އެކި ދިމަދިމާލަށް ބުރުއްސައިގެން ދިޔައެވެ. ކިޒަންވެސް އޭގެ ލެއިން ތަތްތެޅުނެވެ. އޭގެ ބޯ ކައިރިވީ ވަރަކަށް ކިޒަން ދުރަށް ފަހަތަށް ޖެހެމުން ގެންދިޔައެވެ.

ކުއްލިއަކަށް އެ ހަރުފަ ކިޒަންގެ ގަޔާ ދިމާއަށް ފުންމައިގަތީ ސަލާމަތްވާނެ ވަގުތުކޮޅެއް ނުދީއެވެ. ހަރުފައިގެ ހަށިގަނޑުން، ވެއްޓިފައިވާ ކިޒަންގެ ގައި މައްޗަށް އެރިއެވެ. ކިޒަންއަށް ވާގޮތް ފެނި އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. އުޑުމަތި ވިދާލިހެން ލެވި ހަޅޭކުގެ އަޑަށް އެ ހަރުފަ އަހަރެން އިށީނދެ އިން ގަހާއި ދިމާއަށް މިސްރާބުޖެހިއެވެ. ބިންމަތީގައި އޭގެ ފުޅާ ހަށިގަނޑު ދަމަމުން އަހަރެން އިން ގަހާ ދިމާލަށް އައެވެ. ގަހުގެ މައިގަނޑު ވަށާ އޮޅާލުމަށްފަހު އަހަރެން އިށީނދެގެން އިން އޮފިގަނޑާ ދިމާއަށް އޭގެ ބޮޑު އަނގަ ހުޅުވާލިއެވެ. ގަހުގެ އޮފިގަނޑުވެސް ލަކިޖެހިއެވެ. އެއާއެކު އަހަރެންނަށް ލޯ މަރާލެވުނެވެ. ކިޒަން އާދޭތޯ ހިތުގައި އާދޭސް ކުރަމުން ދިޔައީމެވެ.

އަހަރެންގެ މޫނުގައި ދިޔާ އެއްޗެއް ޖެހުނުހެން ލޯ ހުޅުވާ ބަލާލީމެވެ. އޭރު އެ ހަރުފައިގެ ބޮލުގެ މެދުގައި ޖަހާފައިވާ ބޮޑު ކަނޑި ފެނުނީ ދެނެވެ. ހަރުފައިގެ ބޯ ބިންމައްޗަށް ވެއްޓެން ދިޔުމާއެކު ކިޒަންވެސް ކަނޑި ހިފައިގެން ގަހުގެ އޮފިގަނޑަށް ފުންމައިގަތެވެ. އެއާއެކު އެ އޮފިގަނޑު ގަހާ ވަކިވިއެވެ. ބިރުންހުރެ ކިޒަންގެ ގައިގައި އަހަރެން ވަރަށް ބާރަށް ބައްދައިގަތީމެވެ. ލޯވެސް މަރާލެވުނެވެ. ދެ މީހުންވެސް ބިންމައްޗަށް ވެއްޓުނެވެ. ލޯ ހުޅުވުމާއެކު އަހަންނަށް ހުުއްޓުންއެރިއެވެ. އަހަންނަށްް އޮވެވުނީ ކިޒަންގެ ގައިމަތީއެވެ. ލަދުން ގޮސް މީހާ ހަލާކުނުވީ ހަމަ ކިރިޔާއެވެ.

މުޅިގައިގެ އެތައްމިތަނުގައި ރިއްސައެވެ. ކިޒަންގެ ހާލު އަދި އެއަށްވުރެ ދެރައެވެ. ގިނަ އިރުތަކެއް ނުކޮށް އޭނާގެ ގައި މަތިން ތެދުވެ ބިންމަތީގައި އިށީނީމެވެ. ކިޒަން ގައިގެ އެކި ތަންތަން ހަލާކުވެފައި ހުއްޓެވެ. ވަރަށް އުނދަގުލުން ކުކުރާ ހާލުގައި ކިޒަން ތެދުވިއެވެ. އަހަރެން ކިޒަންގެ ކޮނޑުމައްޗަށް ލުމަށްފަހު ހިނގައިގަތެވެ.

ބޯ ޖަންގައްޔެއްގެ ތެރެއަށް ވަދެވުނެވެ. އިސާހިތަކު ބިރުވެރި އަޑެއް އިވެން ފެށިއެވެ. އެ އެއްޗެއްގެ އަޑު އެއްމިނެއްގައި ހިފަހައްޓާފައިވެއެވެ. ގަސްތަކުތެރެ އަނދިރިކަމުން އެއްވެސް އެއްޗެއް ނުފެނެއެވެ. އަހަރެން ސިހިގެން ދިޔައީ ކުރިމަތީގައި ފަނޑު އައްޔަކުން ދިއްލިފައިހުރި ބައިވަރު ލޯތަކެއް ފެނުމުންނެވެ. އެ އަލިކޮޅުތައް ކިޒަންއަށް ދެއްކީމެވެ. ވަގުތުން އޭނާ ކަނޑި އަތަށް މަހާލިއެވެ. އަނދިރިގަނޑުގެ ތެރެއިން އަހަރެމެންނާ ދިމާއަށް ކުއްލިއަކަށް އެއްޗެއް ފުންމައިގަތެވެ. ނިކުން އެއްޗާ ދިމާއަށް ކިޒަން ހުޝިޔާރުކަމާއެކު ކަނޑި ހޫރާލިއެވެ. ކަނޑީގެ މިޔަ އަމާޒުވެފައި ހުރީ އޭތީގެ ކަރާ ދިމާއަށެވެ. އޭތީގެ ބޯ ހަށިގަނޑާ ވަކިވެ ވެއްޓުނެވެ.

އިސާހިތަކު ހުރިހާ އެއްޗެހިތަކެއް އެއްފަހަރާ އަހަރެމެންނާ ދިމާއަށް ފުންމައިގަތެވެ. އަހަންނަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. އޭރު ކިޒަންއާ ދިމާއަށް އައި ކޮންމެ އެއްޗަކަށް ފަރިތަކަމާއެކު ހަމަލާ ދެމުން ދިޔައެވެ. ޒަޚަމްވެފައިވާ ހަށިގަނޑާއެކު ކިޒަން ވަރުބަލިވާހެން އަހަންނަށް ހީވިއެވެ. އަހަންނަށް އެހީތެރި ނުވެވޭތީވެ، އަހަރެން މާޔޫސްވެސް ވިއެވެ. ފާޅުވި ހުރިހާ މަޚުލޫގުންތައް މެރުމަށްފަހު، މާނޭވާލަމުންދިޔަ ކިޒަން ކަނޑި ހިފައިގެންހުރެ ކުރިއަށް ދިޔައެވެ. ކުރިއަށް ދިޔަވަރަކަށް މިފަދަ ހަމަލާތައް އިތުރުވަމުން ދިޔައެވެ. ހިނގަމުން ދިޔަ މަގުގެ ކޮޅުގައި ފަނޑު ދަނބުކުލައެއް ދިއްލިފައި ހުރުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ގެނުވިއެވެ.

ގަސްބޯ ޖަންގަލިން ނިކުމެވުނުހެން އުޑުން ފޭބީ ބިޔަ ބާޒެކެވެ. މުޅި ހަށިގަނޑު ކަޅު ދިހުން ކުލަ ހުއްޓެއްކަމަކު، އޭގެ ދެ ލޯ ހުރީ ރަތްކުލައިން ދިއްލިފައެވެ. އޭތި ކައިރިއަށް އައުމާއެކު ކިޒަންގެ ކަނޑިން އޭގެ ތުންގަނޑުގައި ޖެހިއެވެ. އަދި ކަނާތު ފިޔަގަނޑުގައި ޖެހިޖެހީނުން ބުރިކޮށްލިއެވެ. އެ ބާޒުގެ އަނެއް ފިޔަގަނޑު ކިޒަންއާ ދިމާއަށް ކުއްލިއަކަށް އަމާޒުކޮށްލިއެވެ. ކަޅުކުލައިގެ އެ ފިޔަގަނޑުން ވައިގެ ތެރޭގައި ވިހުރުވާލިއެވެ. އެއާއެކު ބިންމައްޗަށް އެ ބާޒު ޖެހިގަތެވެ.

ކިޒަންގެ އަމާޒު ހުރީ އެ ބާޒުގެ ހިތަށެވެ. ކަނޑި ހިފައިގެން އެއާ ކައިރިވިތަނާހެން ތުންގަނޑު ބޭނުންކޮށްގެން ކަނޑި ފިސްފިސްކޮށްލިއެވެ. އެއާ ހަނގުރާމަކުރާނެ އިތުރުގޮތެއްނެތި އެތަނުން ނިކުތުމަށް ކުރިއަށް ދުއްވައިގަތެވެ. ހަލުވިކޮށް ދުވި ނަމަވެސް ބާޒު ކިޒަންއާ ގާތްކުރިއެވެ. މަޑު ކަފަކޮޅެއްފަދަ ދޮރަކުން އެތާގެ ތެރެއިން ބޭރަށް ނިކުމެވުނީ ހަމަ ކިރިޔާއެވެ. ބާޒުވެސް ނިކުތެވެ. ވިނަގަނޑެއްގެ މަތީގައި އަހަރެން ބޭނދުމަށްފަހު ރީނދޫ އަލިފާން ގުޅައެއް ބާޒާ ދިމާއަށް އެއްލިއެވެ. ކުއްލިއަކަށް އެ ބާޒު އަނދައި ހުލިވެގެން ދިޔައެވެ.

އަލިފާން ގުޅަ އެއްލުމަށްފަހު ކިޒަން ހޭނެތިގެން ވެއްޓުނެވެ. އަހަރެން ފިރުކެމުން ކަހަލަގޮތަކަށް ތަންތަނުގައި ހިފަހައްޓައިގެން ކުރިއަށް ދިޔައީމެވެ. ކިޒަންއަށް ގޮވާގޮވާ ޚަބަރެއް ނުވިއެވެ. އޭނާގެ މުޅި ހަށިގަނޑު ވަނީ އެކި ޒަޚަމުތަކުން ފުރިފައެވެ. ސާފުކުރުމުގެ ނިޔަތުގައި ‘ޥަޓެފް’(ފެނުގެ ޖާދޫ) ބޭނުންކުރީމެވެ. މާހައުލުގައިވާ ފެނުގެ ތިކިތައް އެއްކޮށް ކިޒަންގެ މުޅިގަޔަށް ފެން އެޅީމެވެ. ފެހި ލޭތަކާއި ޒަޚަމުތަކުގެ ކުލަ ފަނޑުވެ ދިޔައެވެ. ހެދުމުގެ ފަސްބައި އިރާލައިގެން އެ ތަންތަނުގައި ފޮތި އޮޅައިގެން ބަންދު ކުރީމެވެ. އޭގެފަހުން އަހަރެންވެސް މުޅި ގަޔަށް ފެން އެޅީމެވެ. ‘ޥިރިމް’(ވައިގެ ޖާދޫ) ބޭނުންކޮށްގެން ދެ މީހުންގެ ގައި ހިއްކުމަށްފަހު، ‘އެއަފްޓިޚްގެ’(ބިމުގެ ބާރު) ބޭނުންކޮށް ކައިރީގެވާ ބިންގަނޑުން ކުޑަ ހޮހޮޅައެއްފަދަ ތަނެއް ހެދީމެވެ.

ހިތް ހަމަޔަކަށް އެޅުނީ ދެނެވެ. މާހައުލަށް ބަލައިލީމެވެ. މުޅި އެތަނުގައި ފަނޑު ނޫކުލައެއް ހުއްޓެވެ. އުޑުމަތީގައި ސާފު ރީތި ހަނދު ފެންނަން ހުއްޓެވެ. ކުރިމަތީގައިވާ ޖަންގަލި ފުރިފައިވަނީ އަހަރެން ނުދަންނަ ދުވަހަކުވެސް ލޮލަށް ނުދެކޭފަދަ ރީތި ގަސްތަކުންނެވެ. އެ ގަހުގެ މާތަކާއި ފަތްތައް ފަނޑުކުލަތަކަކުން ދިއްލިފައިވީ އިރު، އުޑުގެ ފަޅުކަން ފުރިހަމަކޮށްދެމުން ދިޔައީ ބަބުޅަމުން ދިޔަ ތަރިތަކެވެ. މާ ގިނައިރުތަކެއްނުވެ އަހަރެންގެ ދެ ލޮލަށް ނިދިއައެވެ.

ލޯހުޅުވާލެވުނީ، ރަތްފިޔާތޮށި އުދަރެހަށެވެ. ޒައިލީ ހޯދުމަށް އަވަސްވެގަތީމެވެ. “ޒައިލީ! ޒައިލީ؟” ދުރު ހިސާބަކުން ޒައިލީ ފެންނަން ހުއްޓެވެ. އުދުހިފައި އެދިމާއަށް ދިޔައީމެވެ. ޒައިލީގެ ދެލޮލުން ކަރުނަ ހިލިފައި ވާކަން އެނގުނެވެ. “ޒައިލީ ކީއްވެ ތި ރޮނީ؟” ވީގޮތް އޮޅުން ފިލުވުމަށް ބޭނުންވިއެވެ. “ކޮބާ ކިޒަން! އޭނާ މަރުވީތަ؟ އެޝްލިޕްނިއާގެ ނުރައްކާ އޭނާއަށް އިނގޭއިރު ކީއްވެ އެތަން ހުރަސްކުރީ! އަޅެ މިނާލް!” އަހަރެން ދިއްކުރި އަތް ފޮޅާލަމުން ޒައިލީ ބުންޏެވެ. “ނޫން، ކިޒަން މަރެއް ނުވޭ އޭނަ ހޭނެތުނީ!” ޒައިލީ ގައިގަ ބައްދާލަމުން އަހަރެން ބުނީމެވެ.

“ކުރިން ފަހަރު ޒައިލީ އުޅުނީ ކޮންތަނެއްގައި؟ އަހަރެން ޒައިލީ ވަރަށް ހޯދިން!” ޒައިލީއަށް ސުވާލުކޮށްލީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ޒައިލީ ފަނޑުވެ ދިޔައެވެ.

ހުވަފެނީ ހަވަނަ މިނަށް ދެވުނެވެ. ގަނޑުވަރުތެރެއަށް ވަދެ ކުރިން ބިންގަރާހަށް ދިޔަ ސިޑިބަރިން ތިރިއަށް އުދުހުމަށްފަހު ދޮރު ވައްޓާލުމަށް ވައިގެ ބާރު ބޭނުންކުރީމެވެ. ނަމަވެސް އެ ދޮރު ހުޅުވޭގޮތެއް ނުވިއެވެ. އަލިފާނުގެ ބާރު ބޭނުންކޮށްގެން ދޮރުގެ ތަޅު ވިރުވާލީމެވެ. މަޑުމަޑުން ދޮރު ހުޅުވިގެން ދިޔައެވެ. ފެނިގެން ދިޔައީ އެހާމެ ރީތި މަންޒަރެކެވެ. އެކިވައްތަރުގެ ޖަވާހިރުތަކެވެ. އެކި ކުލަކުލައިން ދިއްލިފައިވާ ޖަވާހިރުތަކެވެ. އަލިފާން ބޭނުންކޮށްގެން ތަންތަން ބަލައިލީމެވެ. ހުރިހާ ޖަވާހިރުތައް ވަނީ ވަކި ފަރުމާއަކަށް އަތުރާލާފައެވެ. ވަށްބުރެއްގެ ދިގުހުރަސްތަކާއި ބައިހުރަސްތަކުގައި އެކި ވައްތަރުގެ ޖަވާހިރުތައް ހުއްޓެވެ. އެ ވަށްބުރުގައި ބައެއް ހުސް ލޯވަޅުތައް ހުއްޓެވެ. ހީވަނީ އަދިވެސް އޭތި ފުރިހަމަ ނުވާހެންނެވެ. އެހެން ހުއްޓާ މަންޒަރުތައް ފަނޑުވެ ގެއްލިގެން ދިޔުމާއެކު ނިދިން ހޭލެވުނެވެ.

އޭރު ކިޒަން ހޭލައިގެން އަހަރެން ހެދި ހޮހޮޅައިން ބޭރަށް ނިކުމެ ހުއްޓެވެ. އަހަރެންވެސް އޭނާއާ ބައިވެރިވެލުމަށް އުދުހިފައި އޭނައާ ދިމާއަށް ދިޔައީމެވެ. “ހާލު ކިހިނެތް؟” އަހަރެން ސުވާލުކޮށްލީމެވެ. “ރަނގަޅު.” ކިޒަން ވަރަށް ސާދާ ޖަވާބެއް ދިނެވެ. “މިއީތަ ޓެފަސޫރްއަކީ؟” ސުވާލުކޮށްލީމެވެ. “ލައްބަ މިތަނަކީ ޓެފަސޫރް. ހިނގާ ކުރިއަށް ދަމާ! އޭރުން އަވަހަށް މޮޝްޓަފްއާ ބައްދަލުކުރެވޭނީ!” ކިޒަން ޖާދޫގެ ފުއްތަކެއް އަތުން ވިހުރުވާލުމާއެކު، ޗާޓު ބަލަމުން ބުންޏެވެ. އޭރު އަހަރެން ހެދި ހޮހޮޅަ ބިމާ ހަމަކޮށް ކިޒަންގެ ފަހަތުން ޖަންގަލީގެ ތެރެއަށް އުދުހިފައި ވަނީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ރޯދަ ހާއްސަ “އެވާރެއާއި…” ބާބު 1 ( ގޮތް ނޭނގޭ ޒުވާން)

Next

ދޮންސިއްތި – 02

Next
March 7, 2026

ދޮންސިއްތި – 02

Previews
March 7, 2026

ރޯދަ ހާއްސަ “އެވާރެއާއި…” ބާބު 1 ( ގޮތް ނޭނގޭ ޒުވާން)



All Right Reserved!