” އަދި މަންމަ ދޮންބެ މަތިން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ހަނދާން ކުރި ވާހަަކަ ބުނެދޭށެވެ. އަދި ދޮންބެގެ ނަންވެސް ނުބުނެވެ ދޯއެވެ. ދޮންބެގެ ނަމަކީ ” ވިކާޝް ” އެވެ. ދަރިފުޅުމެން ދެކުދިން ދެކެ މަންމައާއި ބައްޕަވެސް ވަރަށް ލޯބިވެއެވެ.” ވިޝާއަށް އޭނާގެ ކެބިންއަށް އާދެވުނީ އާލިކް ނުކުމެގެން ދިޔަފަހުންނެވެ. އާލިކް ނެތްކަން އެނގުމުން މޫނަށް ވައްތަރެއް ޖައްސާލަމުން ވިޝާ އޭނާގެ ގޮނޑީގައި އިށީނދެލީ އާލިކް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ހަގީގަތުގައި ރޭގައި […]
ވިޝާ އޭނާގެ އުނގުގައި ބޯ އަލާލައިގެން އޮތް އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި ލޯތްބާއިއެކު އޭނާގެ ކަރުނަތައްވެސް ފޮހެލަދިނެވެ. އެއާއިއެކު ލޯ މަރާލައިގެން އޮތް އާލިކް ފަނޑު ހިނިތުންވުމަކާއިއެކު މަޑުމަޑުން ތޭންކްސް އޭ ބުނެލިއެވެ. އެގޮތުގައި 15 ވަރަކަށް މިނެޓް ހޭދަވެގެން ދިޔައިރު ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އިިން ވިޝާއަށް ހިތުގައިވާ ސުވާލުތައް ކުރުމުގެ ބަދަލުގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އާލިކްގެ އެހިތާމަތަކަށް އޭނާގެ ފިރުމުންތަކުން ލުޔެއް ލިބުނުކަން […]
” ކީކޭތަ ހިތައް އަރަނީ.. ކަލޭ ކިޔާހާ އެއްޗެއް އަޑު އަހަން މަ މީ ގަމާރެއް ކަމަށްތަ.. ނޫނީ ކަލޭ ބުނާހާ ގޮތެއް ހެދިގެން ހުންނަން މަ މީ ޕަޕެޓެއް ކަމަށްތަ ހީކުރަނީ..” އާލިކް ރުޅި އައިސްފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ޝާޔަންގެ ހިމަ އަތުގެ މުލައްދަނޑީގައި ނުހަނު ބާރަށް ހިފަހައްޓާލައިގެން ހުރެ ދުވަހަކު ވާހަކަ ނުދައްކާ ބަހުރުވަ އަކުން ވާހަކަ ދައްކަމުން ދިޔައިރު ޝާޔަންގެ އަތް ހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ. ” […]
ވާރޭ ތެރޭގައި ދެމީހުން އެކުގައި ދުވެލާފައި ދިޔައިރު ދެލޯބިވެރިއަކު ވާރޭގެ ހިތްގައިމު މާހައުލުގައި ލޯބީގެ ވަގުތުކޮޅެއް ހޭދަކުރަމުންދާ ފަދައެވެ. ކާރަށް އެރުނުއިރު ދެމީހުންވެސް ތިބީ ފުދޭވަރަކަށް ތެމިފައެވެ. އާލިކް ތެމިފައިވާ ިއސްތަށިގަނޑަށް އަތްލައްވާލާ ފެންތައް ފޮޅާލުމަށްފަހު ޖެހިގެން އިން ސީޓުގައި އިން ވިޝާއަށް ބަލާލިއެވެ. އޭރު އޭނާ އިނީ ދެއަތް ބޮނޑިކޮށްލައިގެން އިސްޖަހައިނެވެ. އެވަގުތުވެސް އާލިކްގެ ލޮލުގައި އަޅައިގަތީ ފިނިވުމުގެ ސަބަބުން ތުރު ތުރު އަޅަމުންދިޔަ ވިޝާގެ ލޭކުލައިގެ ތުންފަތެވެ. ހާދަހާ ރީއްޗެވެ. “މްމް.. ކޮންތާކު ގެ […]
” އޯ ގޯޑް ހެލްޕް މީ..” އިސްޖަހާލައިގެން ހުރި ވިޝާއަށްވެސް އިސްއުފުލާލަން މަޖުބޫރުވީ ކައިރީގައި ހުރި އާލިކް މަޑުމަޑުން ބުނެލި ޖުމްލަ އަޑުއިވުމުންނެވެ. އެއާއިެކު ދޮރުމަތީގައި ހުއްޓިލައިގެން ހުރި ބުދެއްފަދަ ލޫޅާފަތި އަދި އެހާމެ ދޮން އަންހެންކުއްޖާ ފެނުމުން ވިޝާއަށް ކޮންމެވެސް ވަރަކަށް ވީގޮތް އޮޅުން ފިލިއެވެ. ހަމަ އެވަގުތު އަތުގައި އޮތް ފައިލް ހިފާލައިގެން އަވަސް ފިޔަވަޅުތަކެއްގައި ވިޝާ އެތަނުން ނުކުމެގެން ދިޔައިރު ދޮރުމަތީގައި ހުރި އަންހެންކުއްޖާގެ ރުޅިވެރި ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. “ޝާޔާ.. […]
ބެހެއްޓިފައިވާ އުއްބަތި ނަގާ އެމީހެއްގެ މޫނާއި ދިމާއަށް އަލިކޮށްލުމުން ފެނިގެންދިޔަ މަންޒަރުން ވިކާޝްއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ކުރިމަތީގައި އެހުރީ މިއަދު އޭނާއަށްޓަކައި ހެޔޮ އެދޭ ހަމަ އެކަނި ފަރާތެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ އުނދަގޫ ވަގުތެއްގައިވެސް އޭނާއާއި އެކުގައި ވާނޭކަން ޔަގީންވާ ފަރާތެވެ. އޭނާގެ އެންމެ ގާތް ރަހްމަތްތެެރިޔާއެވެ. ދެދުނިޔޭގެ އެކުވެރިޔާއެވެ. ” އާލިކް..” ވިކާޝްއަށް ލޯ ހުޅުވާލުމާއިއެކު އާލިކްގެ ނަން ކިޔާލެވުނެވެ. އަދި ހަމަ އެއާއިއެކު ދެންމެ ފެނުނީ ހުވަފެނެއްކަން […]
ލަވަ ކިޔާ ނިންމާލެވުނު އިރު ދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެމީހުންވެސް ހިތްވެސް ބުނަމުންް ދިޔައީ ލަވައިގެ ގޮތުގައި އެކިޔާލީ އަނެކާގެ ހިތުގެ އަޑު ކަމުގައެވެ. ވިޝާގެ މަޑު ބްރައުން ލޮލާއި އެކު އާލިކްގެ ތޫނު ދެލޯ ގުޅިފައިވާއިރު ޖާދޫއެއް ފަދައެވެ. “ވާއު.. ހާދަ ރީއްޗޭ ވިޝާ.. އަޅޭ ލަވަކިޔުންތެރިއަކަށްވެސް ވެވިދާނެ.. އެހާ ރީތި..” އާލިކްގެ އަޖައިބެއްފަދަ މޫނަށް ބަލަހައްޓައިގެން އިން ވިޝާ ސިއްސައިގެން ދިޔައީ ލިމްނާ އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ” […]
” ޝާޔާ.. މިބުނީނުން މިއަދު ބިޒީ ވާނެއޭ.. އާ ކުއްޖަކު ގެނެސް….. އަނނ.. އަނނ ފަހުން ގުޅާނަން..” އަވަސް އަރުވާލާފައި ކެބިންގެ ތެރެއަށް ވަދެގެން އައި އާލިކްގެ ފައި ހުރި ފިޔަވަޅު މަތީގައި ހުއްޓުނީ އޭނާގެ ކެބިންގައި ލިޔުންތަކެއް ބަލަން އިން ހޫރު ޕަރިއެއް ފަދަ ޒުވާން އަންހެން ކުއްޖާ ފެނުމުންނެވެ. އަޅި ކުލަަކަށްދާ ޖިލްބާބަކާއިއެކު، ކަޅާއި އަޅި ކުލައިންވާ ޝޯލްއެއް އަޅާލައިގެން އިން ދޮން އަންހެން ކުއްޖާ ފެނުމުން ކަންފަތުގައި ޖަހައިގެން ހުރި ފޯނު މަޑުމަޑުން […]
“އެކަމު.. އައި.. އަހަރެން ކިހިނެތެް ވިޝޫ ނެތްތާކު އުޅޭނީ؟..” ކުއްލިއަކަށް ޒައިދު ވިޝާގެ ކޮނޑުގައި މޫނު ޖައްސާލަމުން ލޮލުން ވެއްޓުނު ކަރުނަ ތިކި ވިޝާއާއި ހަވާލުކުރިއެވެ. އޭރު ވިޝާހުރީ ހައިރާންވެގެން ހިރިލަންވެސް ނޭނގިފައެވެ. ޒައިދުއަށްވެފައި މިހުރީ ކިހިނެތްބާއޭ ހިތައް އަރާ ހާލު ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޒައިދުގެ މަޑު ރުއިމުގެ އަޑުވެސް އޭނާއަށް ނީވޭ ފަދައެެވެ. ހަރަކާތެއް ނެތިފައި ހުރިއިރު އޭނާއެކޭ ޖަހާފައި ހުރި ބުދެކޭ އެއްގޮތެވެ. ” ވިޝޫ.. އައި.. މަށަކަށް ނޫޅެވޭނެ ވިޝޫ ނެތްތާކު..” […]