ތުރު ތުރު އަޅަމުން ދިޔަ އަތަކުން ސިޓީ އުރަ ކަނޑާލުމަށްފަހު އޭގައި އޮތް ސިޓީ ނަގާ ހުޅުވާލީ ނުތަނަވަސްވެ އިނދެގެންނެވެ. ސިޓީ ކިޔަމުންދިޔައިރު ވިޝާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް ދިޔައީ ގިނަވަމުންނެވެ. ބައެއްފަހަރު ތުރުތުރުލަމުން ދިޔަ ތުންފަތް ކުޑަކުޑަކޮށް ހަރަކާތްވެސް ކޮށްލައެެވެ. މޫނުމަތިން ފެންނަމުންދާ ކުލަތަކުންނާއި ހިނދު ހިނދުކޮޅުން ބޮޑުކޮށްލާ ލޮލުގެ ސަބަބުން އެސިޓީގައި އޭނާ ހީނުކުރާ އެތައް ވާހަކަތަކެއް ހުރިކަން ރަނގަޅަށް ދޭހަވެއެވެ. ސިޓީ ކިޔާ ނިންމާލުމަށްފަހު އުނގުމަތީގައި ބާއްވާލިއިރު ވިޝާގެ ލޮލުން ކަރުނަތައް ބަންޑުން […]
މައުސޫމް ކަމެވެ. ފެންނަ ކޮންމެ ފަހަރަކު ހިތް ލޯބިން ފުރިގެން ދެއެވެ. ދެލޯ ކަރުނުން ފުރިގެންދެއެވެ. ފާރުވެފައިވާ އެހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެއެވެ. ކަރުނުން ފުރެމުން ދިޔަ ދެލޯ މަރާލަމުން ވިކާޝް އޭނާގެ އަތުގައި އޮތް ފޮޓޯ ގަނޑު މޭގައި ޖައްސާލިއެވެ. މެރިފައިވާ ދެލޮލުގެ ތެރެއިން ފޭދެމުން ދިޔަ ތާޒާ ކަރުނަތައް އޭނާގެ ފިރިހެންވަންތަ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. ހިނދުކޮޅަކަށްފަހު އަތުގެ ބޮޑުވައި އިނގިލިން ކަރުނަތައް ފޮހެލުމަށްފަހު އޭނާގެ ފޮޓޯ ގަނޑު މެއާއި ދުރުކޮށްލާ ދެވަނަ […]