’ޝާއީ އާރ ޔޫ ޝުއަރ؟ އާރ ޔޫ ރިއަލީ އޯކޭ؟‘ އަހަންނަށް ފެނުނު އެއްޗެއްގެ ސަބަބުން އަހަރެން ދެވަނަ ފަހަރަކަށްވެސްް އަހައިލީމެވެ. ޝާއީ ނޭފަތް ދަމަމުން ބޯ ޖަހައިލިއެވެ. ޝާއީ ތެދަށް ނުބުނާނެކަން އެނގުމުން އަހަންނަށް ފާޑަކަށް ރުޅި އާދެވުނެވެ. **** ’އެހެންވިއްޔާ ހައު އާރ ޔޫ ގޮނަ އެކްސްޕްލެއިން ދޯޒް ބްރޫޒަސް އޮން ޔޯރ ރިސްޓްސް؟ ހާނ؟!‘ ދެ ދަތްޕިލަ ޖައްސައިގެން ހުރެ އަހަރެން ބުނެލީމެވެ. **** ބިރެއް ފެނިގެން ބަލައިލިހެން ޝާއީ އެއް ފަހަރު […]
އަހަރެމެން ދެމީހުން އައުން ލަސްވެގެން ނަޔާން ނުކުތުމުން ދެން އިތުރަށް އެ މައުޟޫއަށް ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. އޭރު އޭނާ ހުރީ މަސްދަތުރު މަޝްވަރާގެ ފޯރިގަނޑު އަރައިފައެވެ. **** މަސް ދަތުރު ހަމަ ޖެހުނީ ޖެހިގެން އައި ދުވަހުގެ ހަވީރު ފުރައި، ރޭގަނޑު އަށެއް ޖަހާކަށްހާއިރު އެނބުރި ރަށަށް ލަފާ ގޮތަށެވެ. ގިނަ ވޯޓު ލިބުނީ އެނބުރި އައިސް ބާބެކިއު ވެސް ޖައްސާ ގޮތަށެވެ. **** ބައްދަލުވުން ނިމުނުއިރު ބާރަ ޖަހާކަށް މާގިނަ އިރެއް ނެތެވެ. […]
ކިފްލުގެ މެސެޖު ކިޔާފައި އަދާރާގެ އަނގަ ހުޅުވުނެވެ. ކިފްލު ހާދަ ކެރިގެން ބުނަން ބޭނުން އެއެއްޗެއް ބުނެލައޭ އަދާރާގެ ހިތަށް އެރިއެވެ. މިހާ އަވަހަށް ކިފްލު ފާޅުގައި، އޭނާއާއި ’ފްލާޓް‘ ކުރަންވެސް ފެށީ ހެއްޔެވެ؟ އަދާރާއަށް ވީ ގޮތް ފެނި ކިފްލު ގާތަށް އައީ ލާނެތް ހިންޏެކެވެ. **** އަދާރާ ބުނާނެ އެއްޗެއް ނޭނގިފައި އިންނަން ފެށުމުން ކިފްލު އަނެއްކާވެސް މެސެޖެއް ލިޔަން ފެށިއެވެ. ’ދެން ހަމަ ނުދޭނަންތަ؟‘ ފަހަތަށް ’ޕަޕީ ފޭސް އިމޯޖީއެއް‘ ލަފާއި ކިފްލު […]
ލަޔާލީ އެނބުރި އައިސް އިށީނީ އަހަރެމެން އެންމެންގެ މޫނުތައް ސުވާލު މާކު ތަކުން ފުރައިފައެވެ. އެންމެންވެސް ހީކުރީ ލަޔާލީ އުޅުނީ އެ ޒުވާނާ އަހަރެމެންނަށް ތައާރަފު ކޮށްދޭން ކަމަށެވެ.އެކަމަކު އޭނާ ހަމަ ގަސްދުގައި އަހަރެމެން އެންމެންގެ ހިތް ތަޅުވައިލީއެވެ.އެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ލާނެތް ހިނިތުންވުން އެކަމަށް ހެކި ދިނެވެ. **** އެ ޒުވާނާ ހެލޯއޭ ބުނެލާފައި ގޮސް ތަންކޮޅެއް ދުރުގައި ހުރި ހުސް މޭޒެއްގެ ކައިރީ ހުރި ގޮނޑިއެއް ހިފައިގެން އައިސް ޝާއީއާއި ޖެހި […]
ފިނި ކޮޓަރީގައި، ޑުވޭ ދަށުގައި ނިދާ ހަރުދަނާވެފައި އެ އޮތީވެސް ހަމަ ކިފްލުއެވެ.އެނދުގެ ތިރީގައި ކާޕެޓް މަތީ ބަނޑު ޖަހާލައިގެން ޗަންކީވެސް އޮތެވެ.އެކަމަކު ކޮޓަރި ދޮރުމަތީގައިވެސް ހުއްޓި އެހުރީ ހަމަ ކިފްލުއެވެ.އެނދުމަތީގައި އެ އޮތީ ކިފްލު ވިއްޔާ ކޮޓަރި ދޮރުމަތީގައި އެ ހުރީ ދެން ފަހެ ކާކު ހެއްޔެވެ؟ ހަމަ ކިފްލުގެ ސޫރައެވެ. ތަފާތެއް ނެތެވެ. ސުވާލަކީ އެތަނުން ހަގީގަތުގައި ކިފްލުއަކީ ކޮބައި ހެއްޔެވެ؟ **** ކިފްލުމެންނަށް ސައި ތައްޔާރުކުރުމުގައި އަދާރާއާއި ސިޔާމާ އަވަދިނެތި އުޅުނެވެ.ޙުއްބާއަށް އެންމެ […]
ލަޔާލީ ނަޔާންއާއި މާ ވެފައި ވާހަކަދައްކާތަން ފެނި އަނޫކްގެ މޫނުމަތި މުޅިން ބަނަވިއެވެ.ނިތައް ރޫތައް ގިނަކޮށްލައިގެން ހުރެ، އޭނާ އައިސް ސައިކަލަށް އަރާ ސްޓާޓް ކޮށްލިއިރު، ކަތުރު ކަށިގަނޑަށްވެސް ހުރީ ވާން ވެލައިފައެވެ.ނަޔާން އާއި ދިމާލަށް އޭނާ ބަލައިލި ފާޑުން ނަޔާން ދެކެވެސް އޭނާ ހުރީ ރުޅި އައިސްފައި ހެން އަހަންނަށް ހީވިއެވެ.ލަޔާލީ ދެކެ އެހާ ފޫހިވާ މީހަކު އެހެން މީހަކު ލަޔާލީ އާއި ’ފްލާޓު‘ ކުރާތީ ހިތް ހަމަނުޖެހެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އެމީހަކަށް ކަމުދާ […]
’ކިފްލު!!! މީ ކޮން ކަމެއް؟!!‘ އަދާރާ ވަރަށް ހިތްހަމަނުޖެހިފައި މުޚާތަބުކުރީ ކުޑަދޮރުން ބޭރުގައި ކުށްވެރިއަކު ފަދައިން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ކިފްލުއަށެވެ.ކަޅު ކުލައިގެ ޖުއްބާއެއްގައި ހުރި އިރު އޭނާ ހީވަނީ ފިރިހެންވަންތަކަން ހުސްކޮށްލައިގެން ހުރިހެންނެވެ.އެ ތޫނު ދެ ލޮލުގައި އާދަޔާ ޚިލާފު ވިދުމެއް ހުރިހެން ވެސް އަދާރާއަށް ހީވިއެވެ. **** ’ކިފްލު އާއޭ އަހަރެން މިވާހަކަ ދައްކަނީ؟ މީ ކޮން ކަމެއްހޭ…؟!‘ އަދާރާ ދެވަނަ ފަހަރަކަށްވެސްް ސުވާލު ކޮށްލިއެވެ.އޭނާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި […]
ލަޔާލީ ޝާއީގެ ކަންފަތް ބުޑުގައި ސިއްރުން ކޮންމެވެސް އެއްޗެކޭ ބުނިތަން އަހަންނަށް ފެނުނެވެ.ލަޔާލީ ބުނި އެއްޗެއް ނޭނގުނަސް އޭނާ އެ ބުނި އެއްޗަކުން ޝާއީގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. **** ’ތެދެއް ހޭންޑްސަމް ކާކުތަ ތީ؟‘ ޝާއީ ހެމުން ހެމުން އަހަންނަށް ނިތް އެއްލަމުން ބުނެލިއެވެ.ލަޔާލީ ވަގުތުން އޭތް ވޭ ކިޔާ ޝާއީގެ އަތުގައި ބާރަކަށް ވިކައިގެންފިއެވެ. ޝާއީ ބާރަކަށް ’އާއޫ‘ އޭ ބުނެލިއެވެ.ވީ ގޮތް އަހަންނަށް ރެއަކާލީ ދެނެވެ.ލަޔާލީ ޝާއީ ކުރެން އަހަންނަކީ ކާކުކަން […]
އެއްޗެހި ހޫނުކޮށް ނިންމާފައި އަދާރާ ބަދިގެއިން ނުކުތް އިރު މާހައުލުގައި އެއް އަޑަކަށް ހިފާލައިފައި ވަނީ ރަފީގު ގޮވާ އަޑެވެ.ބޮކިތައް ނިވައި ދޮރުތައް ރަނގަޅަށް ތަޅުލާފައި އަދާރާ މަޑުމަޑުން ފޯނާއި ކުޅެމުން ގެއަށް ވަންނަން އައި ވަގުތު އޭނާގެ ވާތް ފަޅިން ބޫން ކަނޑާފައި ހިޔަންޏެއް ހުރަސްކޮށްލިއެވެ. އަދާރާގެ ގަޔަށް އަރައިގެން ދިޔަ އާދަޔާޚިލާފު ފިނިގަނޑާއިއެކު އޭނާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. **** ’ކާކު؟‘ ސިހުނު ވަރުން އަދާރާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. އޭނާ […]