Skip to content
އެސްފިޔަ

އެކްޓަރ (ޕާޓް 15)

އަހަރެމެން ދެމީހުން އައުން ލަސްވެގެން ނަޔާން ނުކުތުމުން ދެން އިތުރަށް އެ މައުޟޫއަށް ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. އޭރު އޭނާ ހުރީ މަސްދަތުރު މަޝްވަރާގެ ފޯރިގަނޑު އަރައިފައެވެ.

****

މަސް ދަތުރު ހަމަ ޖެހުނީ ޖެހިގެން އައި ދުވަހުގެ ހަވީރު ފުރައި، ރޭގަނޑު އަށެއް ޖަހާކަށްހާއިރު އެނބުރި ރަށަށް ލަފާ ގޮތަށެވެ. ގިނަ ވޯޓު ލިބުނީ އެނބުރި އައިސް ބާބެކިއު ވެސް ޖައްސާ ގޮތަށެވެ.

****

ބައްދަލުވުން ނިމުނުއިރު ބާރަ ޖަހާކަށް މާގިނަ އިރެއް ނެތެވެ. އަހަރުމެން ގެއަށް އަައުން ލަސްވާތީ އޭރު މާމަ ގުޅައިވެސްފިއެވެ.ޝާއީއަކީ އަންހެން ކުއްޖަކަށް ވާތީ އެހާ ލަސްވަންދެން ބޭރުގައި އުޅޭކަށް މާމަ އެހާ ހިތްހަމައެއް ނުޖެހުނެވެ. މާމަ ގުޅުމުން ތިމަންނާވެސް އެބަ ހުރީމެއް ނޫންހޭ ތިމަންނާއަކީ ޕޮލިހެކޭ ކިޔާ އަނޫކް ނިކަން ފަސޭހައިން މާމަ ހަމައަކަށް އަޅުވާލައިފިއެވެ.

****

ލަޔަކްއާއި އެކު އަދި އިތުރަށް ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާތީ އަނޫކް ގާތުގައި ބުނެފައި، ޝާއީ ލަޔަކް އާއި އަތު ގުޅުވާލައިގެން އެދިމާ އަތިރިމައްޗަށް ފައިބަން ހިނގައިގަތެވެ.އެ މަންޒަރު ބަލަން އަހަންނަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. އެ ނަސީބު ވެރިއަކީ އަހަންނަށް ވީނަމަ ކިހާ ރަނަގަޅުވީސް ހޭ ހިތަށް އެރުމުން މޫނު އަނބުރައި ލެވުނެވެ.މިހާރު އަހަންނަށްވެސް ޝާއީއާއި މެދު ރަހުމަތްތެރިކަމުގެ ގުޅުމަށް ވުރެ ގާތް ނަޒަރަކުން ދެކެވޭކަން ޔަގީން ކުރެވިއްޖެއެވެ. އެނޫންނަމަ އެމަންޒަރު  ފެނިގެން އަހަރެންގެ ހިތަކަށް މިހާ ތަދެއް ނުވީހެވެ.

****

އަހަރެން ނޫނަކަސް އަނޫކްއާއި ލަޔާލީވެސް ތިބީ ނިކަން ފާޑަކަށެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ހެދިގެން ހުއްޓަސް ލަޔާލީ އަދިވެސް އެހުންނަނީ އަނޫކްގެ ފަރާތުން އިޝާރާތެއް ވޭތޯ ކަން އޭނާގެ  ހަރަކާތްތަކުން ހެކި ދެއެވެ.އަނޫކް އަހަންނާއި ދިމާލަށް ބަލައިލި ގޮތުން އޭނާވެސް ބޭނުންވަނީ ލަޔާލީއާއި ވާހަކަ ދައްކާލާނެ ފުރުޞަތެއް ކަން އަހަންނަށް އެނގުނެވެ.އަހަރެން އަވަހަށް ފޯނެއް ކޮށްލުމުގެ ބަހަނާ ދައްކާފައި އެތަނުން ދުރަށް ޖެހިލީމެވެ. ހަގީގަތުގައި އަހަރެން އެކަނިވީއެވެ. އޭރު ނަޔާންއާއި އައްޒާމްވީ ދެން ތިބި ގުރޫޕުގަނޑާއި އެކު ގެޔާއި ދިމާލަށް މިިސްރާބު ޖަހައިފައެވެ.ފުރަތަމަ ލަޔާލީ އިނުމުން މަޑު ކުރަންވެގެން ނަޔާން ވަރަށް ފޫ ކެހިއެވެ.އެކަމަކު އޭނާ ހަތިޔާރު ބެހެއްޓީ ލަޔާލީ މާ ރީތިކޮށް މާދަން ބައްދަލުކުރާނީ ކަމުގައި ބުނުމުންނެވެ. އެ އަޑު އިވިގެންވެސް އަނޫކް ހުރީ އަދި އިތުރަށް މޫޑު ގޯސް ވެފައެވެ.ދެން އެ އުޅޭ އައްޒާމް ހުރީ އަންހެނުން ގުޅަންވާއިރަށް ގެއަށް ދާން ލަސްވެފައެވެ.

****

މަސް ދަތުރަށް ތައްޔާރުވުމުގެ ގޮތުން އަންހެންވެރިން ހެނދުނު މާއިރާ މިރުސްގަނޑާއި އެއްޗެހި ފުނޑައި, ތައްޔާރުކޮށް، ވިޔަފާރިކޮށް ވެސް ނިންމައިފިއެވެ. ހަވީރު އެންމެން ޝާއީމެންގެ ގެއަށް އެއްވީއިރު އެތަނުގައި މޫޑު ޚަރާބުވެފައި ހުރީ އަހަރެން އެކަންޏެވެ. ހުރިހާވެސް މައްސަލައަކީ ލަޔަކްއެެވެ.އޭނާ މިދަތުރުގައި ބައިވެރިވާތީއެވެ. އޭނާއާއި ޝާއީގެ މާފޮޅުުވުންތައް ދާދި ގާތުން ދެކެން އަހަންނަށް މަޖުބޫރު ވާނެތީއެވެ.ގަޔަށް ހިފާލައިފައި ހުރި ބީޗް ވެއަރގައި ލަޔަކް ހުރިއިރު  އޭނާގެ ކަސްރަތީ ހަށިގަނޑު ހުރީ އެކަށް އިޝްތިހާރުވެފައެވެ.ލަޔަކް ފެނިފައި ޝާއީއަށް ވެފައި ހުރި ގޮތް ފެނި, ގަޔާނުވެގެން އަހަންނަށް އަނގަޔަށް ވައްތަރެއް ޖައްސައިލެވުނެވެ.އަހަންނަށް ހަމަ ރަނގަޅަށްވެސް ލަޔަކްއާއި މެދު ހަސަދަވެރި ވެވިއްޖެއެވެ.

****

ކުޑަވަރެއްގެ ޕިކަޕެއް އަހަރެމެން ބަލާ އައެވެ. އެއްޗެހިތައް އަރުވާފައި ހުރިހާ އެންމެން ޕިކަޕަށް އަރަން އަވަސްވެގަތް ވަގުތު އަރުވާ ޖަހަމުން މާމަ ދޮރުއަށި ދޮށަށް ނުކުތެވެ.

****

’ދަރިފުޅުމެންނޭ ބަލައިގެން އުޅޭތި.އެކުން މާ ލަސް ނުކޮށް ރަށަށް އަންނާތި.ކަނޑުމައްޗަަށް އަރާއިރު ކުރުސިޔާ ދުއާތަކާ ކިޔާތި.‘ މާމަގެ ނަސޭހަތްތައް ފައްޗަކަށް އަމުނާލިއެވެ.

****

ދުވަހަކީ އޮއެ މަޑު މޫސުން ރީތި ދުވަހެކެވެ.ކަނޑު އޮމާން ކަމުން ހީވަނީ ކަނޑުގައި ތަރުފާލެއް ފަތުރާފައި އޮތް ހެންނެވެ.

****

ހުރިހާ އެންމެން މަސް ބޭނުމުގައި ފޯރި އަރުވައިގަތް އިރު ނަޔާން ގެނައި ސްޕީކަރުން ފާޑެއްގެ ކިކު ލަވައެއް ޖަހާފައި ހުއްޓެވެ. އަންހެން ކުއްޖަކު ފިރިހެން ކުއްޖަކަށް ދޫނުކުރެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޚާއްޞަކޮށް ލަޔާލީގެ ހުނަރު ފެނި އަހަރެމެން އެންމެންވެސް ކޮސްވިއެވެ. އޭނާ މަސްވެރިކަމަށް އެހާ ފަރިތަވެފައި އެކަމުގެ އުކުޅުތައްވެސް ވަރަށް ރަނގަޅަށް ދަނެއެވެ.އެކަމުގެ ސިއްރަކީ ކޮބާހޭ އެންމެން އަހަން ފެށުމުން އޭނާ ބުނީ ކުޑައިރު ބައްޕަ ޑިންގީގައި މަސްބާނަން ދާއިރު އޭނާވެސް ގެންދާ ކަމަށެވެ.އެ ހުނަރު ތަކަކީ އޭނާގެ ބައްޕަގެ ފަރާތުން  އޭނާއަށް ދަސްވެފައި ހުރި ކަންތައްތައް ކަމުގައެވެ.

****

އަނޫކްއާއި ލަޔާލީގެ ދެމެދުގައި ބަދަލު ކުރެވެމުން ދިޔަ ސިއްރު ހިނިތުންވުން ތައް އަހަންނަށް ފާހަގަ ކުރެވިގެން އަނޫކް އާއި އަހަރެން ދިމާކޮށްލީމެވެ. އަހަރެން ދިމާ ކުރާވަރުން ނުހުރެވިގެން އޭނާ އެންމެ ފަހުން ’ސައި ތަށި އޮއްސައިލިއެވެ.‘

****

’ރޭގައި އައި ކޮންފެސްޑް.އޭނާ ވަރަށް އުފަލުން ހުރީ. ނައު ވީ އާރ އޮފިޝަލީ ޑޭޓިން.މިރޭ ބާބެކިޔުގަ މި ގުރޫޕް ކައިރީ ބުނާނީ…ނުބުންޏަސް ނުވާނެ ސަލާމަތެއް ދެން ފެންނަ ފަހަރަކުން މަ ރޮލާ ކައިލާނެ ނޫނީ. އަނެއްކާ އެ އުޅޭ ނަޔާން ފަކީރަށް ވާނީ ކިހިނެއް ކަމެއްވެސް ނޭނގޭ.އެސޮރަށްވެސް އެނގުނީ މަގޭ ގާލް އާ ވިއްޔަ ޖައްސަން.‘ އަނޫކްގެ އަޑުގައި ވަނީ އުފާވެރިކަމެވެ.ވެފައި ހުރި ދެރަައާއި އެކުވެސް އެކުވެރިޔާއަށް ލިބުނު އުފަލުގައި އަހަރެން ހެޔޮ ހިތުން ބައިވެރިވީމެވެ. އެހެނަސް ނަޔާންއަށް ދެރަވާނެ ހެން އެއްޗެއް ނުބުނީ އެސޮރު ހަގީގަތުގައިވެސް ލަޔާލީ ބޭނުންވާނަމަ އަހަރެން ހެން އޭނާވެސް ދެރަވާނެ ކަން އިހުސާސް ވާތީއެވެ. އެހެނަސް އަނޫކް އާއި ވިއްދައި އެކަމަކަށް އަހަރެން އެއްޗެކޭ ނުބުނަމެވެ.

****

މަސް ބޭނުމުގެ ފޯރި އަރައިގެން ލަޔަކް މާ ވަރަކަށް ޝާއީއާއި ވެގެނެއް ނޫޅުނެވެ. މަސް ބޭނުމުގެ ކަންތައްތައް މާ ރަނގަޅަށް ނޭނގޭތީ ޝާއީ އިނީ ވެސް މީހަކު އެނާގެ އަތަށް ލައިދިން ނަނު ގަނޑެއް ހިފައިގެން ފޫހިވެފައެވެ. އަންހެންވެރިންގެ ތެރެއިން އެއްބަޔަކު ނަޔާން މަސް ބާނަން ހުރެގެން ދޭތެރެއަކުން އެ ލައްވާލާ ބަނޑި ބަނޑި ފެނި ފޯރި ދޭން ތިއްބެވެ.

****

އެންމެންވެސް ހީވަނީ އެމީހެއްގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބި ހެންނެވެ.ކަނޑު މެދުގައި މަޑު ކޮށްލައިގެން އޮތް ދޯނީގައި މީހުން ނަނު ދޫކޮށްގެން ތިބީ އެކި ދިހައިގައެވެ.އެއްބަޔަކު ދިރުނބާކޮޅުގައި ތިބިއިރު އެއްބަޔަކު ދޯނީގެ މެދުތެރޭގައެވެ.އަނެއްބައި މީހުން ދޯނީގެ ކޮޅުފަސް ކޮޅުގައެވެ.އެ އެންމެންގެ ތެރެއިންވެސް ތަންކޮޅެއް އެކަހެރިކޮށް އިން ޝާއީ ފެނި، ދަގަތްފާނަށް ދަގަނޑު ދަމާހެން އަހަރެންގެ ދެފައި އެދިމާލަށް ހަރަކާތް ކުރަން ފެށިއެވެ.

****

’ހޭއި‘ އަހަރެން ޝާއީގެ ފަހަތުގައި ހުއްޓި ގޮވައިލީމެވެ.

ޝާއީ ސިއްސައިގެން ގޮސް އަހަރެންގެ މަގަތަށް އެނބުރުނު ވަގުތު ފައި ހަމަ ނުކުރެވިގެން ގޮސް ކަނޑާއި ދިމާލަށް އޭނާ އަރި އަޅައިލިއެވެ.ޝާއިއަށް ހަޅޭއްލަވައިގަނެވުމުގެ ކުރިން ކަނޑައިލި ރުކެއްހެން އޭނާ ލޮނުގަނޑުގެ ތެރެއަށް ޖެހިއްޖެއެވެ.ބަލާކަށް ނުހުރެ އަހަރެންވެސް ފުންމައިލީމެވެ. އެ އަޑަށް ބައެއް މީހުންގެ ސަމާލުކަން ލިބިގެން  ކާކު ވެއްޓުނީހޭ ކިޔައި އެ ދިމާލަށް ދުވެފައި އައެވެ.

****

އަހަރެން ޝާއީގެ އަތުގައި ހިފުމުން އޭނާ އަހަރެންގެ ގައިގައި އެލިގަތް ގޮތަށް ފެށީ ރޯށެވެ. އަހަރެން އޭނާ ފެނުން މަތީގައި ބާއްވަން މަސައްކަތް ކުރަމުން އޭނާ މަސަލަސް ކުރެވޭތޯ ބެލީމެވެ. ޝާއީ ރޮމުން ދިޔަ ގޮތުން އޭނާ ފަތަން ނުދަންނަ ކަމާއި, އެކަމުގެ ސަބަބުން ބިރުގެންފައި ހުރި ވަރު އެހިސާބުން އަހަންނަށް އަންދާޒާ ކޮށްލެވުނެވެ. ކަނޑު ގަދަ ދުވަހަކަށް ނުވިކަން އެއީ ހަމަ ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ.

****

’ބޭބް ބޭބް‘

ޚަބަރު ލިބިގެން ލަޔަކް އަށް އާދެވުނު އިރު އަނޫކްގެ އެހީގައި ޝާއީ ދޯންޏަށް ނަގަނީ އެވެ.އަހަރެން ޝާއީގެ ގައިގައި ހިފަހައްޓައިގެން ހުރިތަން ފެނިފައި ލަޔަކް ހިތްހަމަ ނުޖެހުނު ހެން އަހަންނަށް ހީވީ ދެބުމަ ކައިރިކޮށްލާފައި, އޭނާ އަހަންނަށް ބަލައިލި ބީރައްޓެހި ގޮތުންނެވެ.އެހެނަސް އެވަގުތު އޭނާގެ ސަމާލުކަން ދެން ހުއްޓުނީ ޝާއީ އަށެވެ.ޝާއީ މާ ވަރަކަށް ރޯތީ ލަޔަކް އޭނާ އަތުލަފި ކޮށްލައިގެން ގެން ގޮސް, އިންޖީނު ފޮށިގަނޑު މަތީގައި ބޭންދިއެވެ.ލަޔާލީ އަވަސް އަވަހަށް އޭނާ ގެންގުޅުނު ’ޓޯޓް ބޭގުން‘ ’ބީޗް ޓޮވެލްއެއް‘ ނަގައިގެން އައިސް ޝާއީގެ ގައިގައި އޮޅައިލިއެވެ.

****

ލަޔަކް ޝާއީ މަސަލަސް ކުރަން ދެތިން އެއްޗެކޭ ބުނެލާފައި ނިކަން އަވަހަށް އެނބުރި ގޮސްފިއެވެ. އޭނާގެ އެ ޢަމަލުން އަހަރެން ވަރަށް ހިތް ހަމަނުޖެހުނެވެ.ޝާއީ ކިތަންމެ އޯކޭ ކަމަށް ހެދުނަސް ، އޭނާ އަދިވެސް އެ އިނީ ޝޮކެއްގައި ކަން އަހަންނަށް އެނގުނީ އޭނާ އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިން ގޮތް ފެނިފައެވެ.ލަޔަކްއަށްވެސް ޝާއީ އަށްވުރެ މަސް ބޭނުން މުހިންމުވީ އެވެ. އަހަރެން މީ ލަޔަކް ނަމަ ޝާއީ އެހާލަތުގައި އިންދާ ދޫކޮށްފައެއް ނުދާނަމެވެ.

****

ޝާއީ ގާތުގައި އިނދެ އިނދެފައި ލަޔާލީ ދުރަށް ޖެހިލުމުން ދަނޑިވަޅު ބަލާފައި, އަހަރެން ގޮސް ޝާއީގެ ކުރިމަތީގައި ހުއްޓުނީމެވެ.

****

’ޝާއީ ޔޫ އޯކޭ ނައު؟ ސޮރީ އިނގޭ އަހަންނާ ހެދި އެއްނު އަސްލު ޝާއީ ވެއްޓުނީ‘

އަހަރެން ވާހަކަ ދެއްކި އަޑު އިވިފައި އޭނާ އިސް އުފުލައި ބަލައިލިއެވެ. އެދެލޮލުގައި ފާޅުވޭވޭ ހުރި އަސަރުތައް ފަހުމުކުރާކަށް އަހަންނަކަށް ނޭނގުނެވެ.

’ ނޯ.އިޓްސް ނޮޓް ޔޯރ ފޯލްޓް…ތެންކިޔޫ ޒައިފް… އަހަރެން ސަލާމަތްކޮށްދިނީމަ…‘ ޝާއީ އެހެން ބުނެލިއިރު އޭނާގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. އަހަރެން މަރުހަބާއޭ ބުނުމުން އޭނާގެ ދެލޯ އިސާހިތަކު ބަންޑުން ވެއްޖެއެވެ.އެހެނަސް ނިކަން އަވަހަށް އޭނާ އަތުގެ ނުފުށުން އެ ކަރުނަތައް ފުހެލައިފިއެވެ.އެވަގުތު އަހަންނަށް ފާހަގަ ކުރެވުނު ކަމަކުން އަހަރެންގެ ނިތުގައި ރޫތައް ގިނަވެގެން ދިޔައެވެ.

 

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Your fav bab

    Mi part varah ves furihama MA
    Anekka shaaee layak aa ekee e ulheny eyna blackmail koh gen thr?? Or eyna ge gf ah vegan hure zaif dheke loabi vee tha🤔
    I’m totally so curious
    When next?
    Lysssm ❤️
    Tc

    1. Lamtty
      Your fav bab

      Thank you girl ❤️
      Let’s see alhe next part already posted
      Hope you like it 😌

  2. MadaRysh

    😩😩😩 eoh kiyaa hiyy vefa indhaa eh nimunyyy mi bai vs

    1. Lamtty
      MadaRysh

      Hehe next part already posted.
      Hope you like it girl ❤️

  3. hassndy

    It’s getting good 😃

Comments are closed.