Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 16)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 3, 2025 4 Mins Read
4 Comments

’ޝާއީ އާރ ޔޫ ޝުއަރ؟ އާރ ޔޫ ރިއަލީ އޯކޭ؟‘  އަހަންނަށް ފެނުނު އެއްޗެއްގެ ސަބަބުން އަހަރެން ދެވަނަ ފަހަރަކަށްވެސްް އަހައިލީމެވެ. ޝާއީ ނޭފަތް ދަމަމުން ބޯ ޖަހައިލިއެވެ. ޝާއީ ތެދަށް ނުބުނާނެކަން އެނގުމުން އަހަންނަށް ފާޑަކަށް ރުޅި އާދެވުނެވެ.

****

’އެހެންވިއްޔާ ހައު އާރ ޔޫ ގޮނަ އެކްސްޕްލެއިން ދޯޒް ބްރޫޒަސް އޮން ޔޯރ ރިސްޓްސް؟ ހާނ؟!‘ ދެ ދަތްޕިލަ ޖައްސައިގެން ހުރެ އަހަރެން ބުނެލީމެވެ.

****

ބިރެއް ފެނިގެން ބަލައިލިހެން ޝާއީ އެއް ފަހަރު އަހަންނަށް ދެވަނަ ފަހަރު އެނާގެ ދެ އަތުކުރިއަށް ބަލައިލިއެވެ.ދެވަނަ ސިކުންތު ދެލޯ ބޮޑުކޮށްލަމުން އޭނާގެ ދެ އަތް ތުވާލީގެ ތެރެއަށް ލައި ފޮރުވާލައިފިއެވެ. އަހަންނާ އެއްވަރަށް އޭނާއަށްވެސް ޝޮކު ޖެހުނުކަން އެ މޫނަށް ވެރިވި ކުލަވަރުން އަހަންނަށް އެނގުނެވެ.އެހާ އަވަހަށް ދެއަތް ނިވާކޮށްލި ގޮތުން ކޮންމެވެސް ކަމެއް އެބަ ފޮރުވާކަންވެސް އަހަންނަށް ޔަގީނާއި ގާތަށް އެނގުނެވެ.

****

’ސޮރީ ތަންކޮޅެއް ރޫޑްކޮށް ދޯ މި ބުނެވުނީ.ބަޓް ދެންމެ އައި ސޯ އިޓް ޝާއީ.ނޯ ނީޑް ޓު ހައިޑް ދެމް ފްރޮމް މީ.ކުރިއަކުން ނުދެކެން ޝާއީގެ އަތަށް ތިހާ އަނިޔާ ވެފައި ހުއްޓައެއް.އަހަރެން ފަހަރުގައިވެސް ޝާއީ ޖަޖު ކުރަނީކީ ނޫން ބަޓް އަމް ވޮރިޑް އެބައުޓް ޔޫ. ޕްލީޒް ބުނެބަލަ.ލަޔަކް ޝާއީ އަށް އަނިޔާ ކުރަނީތަ؟ ‘ އާދޭހުގެ ރާގެއްގައި އަހަރެން ބުނީމެވެ.

****

’އަމް ސޮރީ ޒައިފް ބަޓް މިއަކީ ޒައިފް އާ ބެހޭކަމެއް ނޫން. ސޯ ޕްލީޒް ކެން ޔޫ ސްޓޭ އައުޓް އޮފް އިޓް‘ ޝާއީވެސް ތަންކޮޅެއް ހަރުކަށި ރާގެއްގައި ބުނެލިއެވެ. އެހެނަސް އޭނާގެ ކަރުނުން ފުރިފައިވި ދެލޮލުން ބުނަމުން ދިޔައީ މުޅިން ތަފާތު ވާހަކައެކެވެ.

****

’ޝާއީއަށް އަނިޔާއެއް ވަންޏާ އަހަރެން ބެހޭނަން. އަހަންނަށް ޝާއީއަކީ ހަމައެކަނި އަހަރެންްގެ ބެސްޓް ފްރެންޑްގެ ކޮއްކޮއެއް ނޫނޭ.އައި ކެއަރ އެބައުޓް ޔޫ ޝާއީ.‘ އަހަރެންވެސް ގޮތުގައި ހިފެހެއްޓީމެވެ.

****

’ޒަައިފް ސްޓޮޕް އިޓް…ލީވް މީ އެލޯން… ޕްލީޒް‘މޫނު އަނބުރައިލަމުން ޝާއީ ބުނެލިއެވެ. އެވަގުތު އަހަންނަށް ކުރެވިގެން ދިޔައީ އަހަރެންގެ އިހުސާސްތަކުގައި އޭނާ ކޮޅުފައިން ޖަހައިލި ފަދަ އިހުސާސެކެވެ.

****

ހިތާ ދެކޮޅަށް އަހަރެން އެތަނުން ދުރަށް ދިޔައީމެވެ. މަސް ދަތުރު ނިންމައި، ރަށަށް ލެފެން ދެންވެސް ޝާއީއާއި ދުރު ދުރުން އުޅެވޭތޯ އަހަރެންް އަޒުމު ކަނޑައެޅީމެވެ.އެކަމަކު އެނާގެ ހަރަކާތްތަކަށް ނުބަލައެއް ހަމަ ހިލާ އަހަންނަކަށް ނުހުރެވުނެވެ. ޝާއީގެ ގާތަށް ލެފިލި ލަޔަކް އަށް އެކަން ފާހަގަ ކުރެވުނުކަން އަހަންނަށް އެނގުނީ، އަހަންނާއި ހަތަރުކަޅި ހަމަކޮށްފައި އޭނާ މެދު އިނގިލި އަރުވައިލިތަން ފެނިފައެވެ. އަހަންނަށް ދަތްކުނޑި ވިކައި ގަނެވުނެވެ. އެ މަންޒަރު އިތުރު މީހަކަށް ނުފެނުނު ކަން އެއީ ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ.މި ލަޔަކް މީ ހާދަ ވަރެއްގެ މީހެއްތާއެވެ. އެންމެ ދުވަހަކުން ވެސް އަހަންނަށް އޭނާގެ ހަގީގީ ކުލަވަރު ފެންނަށް ފަށައިފިއެވެ. ބޭރު ފުށުން އޭނާ އެ ދައްކާ ކުލަވަރަކީ ހުސް ދަޅައެވެ.އެ ނޫންނަމަ ލަޔަކް ދިފާއުކޮށްފައި،އެއީ ލަޔަކްގެ ފަރާތުން ޝާއީއަށް ލިބިފައި ހުރި އަނިޔާއެއް ނޫނޭ، ވަގުތުން ޝާއީ ބުނަން ވީނޫން ހެއްޔެވެ؟ އަނެއްކާ ލަޔަކް އެތާ ފެންނަން ހުރުމުން އެއްޗެކޭ ބުނަން ޖެހިލުންވެގެން،އޭނާ ނުސީދަލަށް އަހަންނަށް އެއްޗެއް އަންގައިދޭން މަސައްކަތް ކުރީ ނޫންބާވައެވެ؟ އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ.

****

މަސް ދަތުރު ނިންމާފައި ބާބެކިއު ޖެއްސުން ގެސްޓް ހައުސްގެ ބާބެކިއު އޭރިޔާގައި ބާއްވާ ގޮތަށް ހަމަ ޖެއްސީ ލަޔާލީއެވެ. ފިރިހެންވެރިން މަސްތައް ކަނޑައި،ސާފުކޮށް، ޅިޔަ ޖަހައި ހެދުމުން އަންހެންވެެރިން މަސްތަކުގައި މިރުސްލައި ފިހަން ތައްޔާރުކުރިއެވެ. އަލިފާންގަނޑު ތައްޔާރު ކުރުމާއި ހަވާލުވީ ލަޔަކްއެވެ. އޭނާ ވަކިން އެކަމާއި އުޅުނު ވަގުތު ޝާއީ އޭނާގެ ގާތަށް ދިޔަތަން އަހަންނަށް ފެނުނެވެ. ދެމީހުންގެ ހަރަކާތްތައް ހުރި ގޮތުން ކަމަކާ ދެބަސް ވާހެން އަހަންނަށް ހީވިއެވެ.

****

އެންމެން ހަމަ ޖެހިލައިގެން ކާން ޖެއްސި ވަގުތު އަނޫކް ކުއްލިއަކަށް ލަޔާލީގެ އަތުގައި ހިފައިގެން ކޮޅަށް ތެދުވެއްޖެއެވެ.މިފަހަރު އަހަރެން ނޫން އެންމެނަށް ޝޮކު ލިބުނެވެ.ޚާއްސަކޮށް ޝާއީއާއި ނަޔާންއަށެވެ.

****

’ ގައިޒް އަހަރެމެން އޮފިޝަލް އިނގޭ.‘ އަނޫކް ލަޔާލީގެ އުނަގަނޑުގައި ހިފައި ކައިރިކޮށްލަމުން ބުނެލިއެވެ.އުފާވި ވަރުން ލަޔާލީގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރާލިއެވެ.

****

’އޭ ތީ ކޮން އިރަކު ވީ ކަމެއް؟!‘ ނަޔާން ހައިރާންވެފައި ބުނެލިއެވެ.މާ ބޮޑު ތަފްސީލަކަށް ނުގޮސް އަނޫކް ވާހަކަ ހަމަޖައްސަައިލިއެވެ.ނަސީބަކުން ނަޔާންވެސް އެކަން ގަބޫލުކޮށް ހަތިޔާރު ބެހެއްޓިއެވެ.އެހެނަސް ޝާއީ ހީވީ އުފަލުން ގޮސް ދެންމެ ދެންމެ ރޯން ފަށައިފާނެހެންނެވެ.އޭނާގެ ހުވަފެން ހަގީގަތަކަށް ވީ ވިއްޔާއެވެ.

****

ބާބެކިއު ނިމިގެން ގެއަށް ދިޔައިރުވެސް ޝާއީ އަހަންނަކާ ވާހަކައެއް ނުދައްކައެވެ.އެކަމަކު މާމަ ގާތުގައި އޭނާ މޫދަށް ވެއްޓުނު ވާހަކަ އޮޅިގެންވެސް ނުބުނަން އަނޫކް ލައްވައި ހުވާ ކުރުވި އަޑު އަހަރެން އެހީމެވެ.އަނޫކް ގާތުގައި ޝާއީގެ ވާހާކަ ބުނާނަމޭ އަހަރެންްގެ ހިތުގައި އޮތެވެ.އެހެނަސް ފަހުން ޚިޔާލު ބަދަލުވިއެވެ.އޭނައާއި ލަޔާލީގެ ގުޅުން ތަންކޮޅެއް ރަނަގަޅުވެލި އިރަށް އެ ދޭތެރެއަށް ލަޔަކް ބޮޑު ފަނިގަނޑު ވައްދައިގެން އޭނާގެ ބޯ ހާސް ކޮށްލަން އަހަރެން ބޭނުން ނުވީއެވެ.

****

ތިން ދުވަސް ފާއިތުވެ ދިޔައިރު އަހަންނާއި ޝާއީ އާއި ދެމެދު ބީރައްޓެހިކަމުގެ ފާރެއް ލެވިއްޖެއެވެ. އަނޫކްއަށްވެސް އެކަން ފާހަގަވެގެން އަހަންނާއި އެވާހަކަ ދެއްކި އެވެ.އެކަމަކު އަހަރެން ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ؟

****

’ޖަޖް ކުރާކަށް ނުވާނެކަން އެނގޭ އެކަމަކު މަށަށް އެގޮލާ އެހާ ހެނެއް ހިއެއް ނުވޭ.ވަރަށް އަންހެނުން ގެންގުޅޭ ފާޑު ޖަހަނީ.‘އަނޫކް ބުންޏެވެ.އެެއްބަސް ވުމުގެ ގޮތުން އަހަރެން ބޯ ޖަހައިލީމެވެ.އަނޫކްވެސް ލަޔަކްއާއި މާ ގަޔާ ނުވާކަން އެނގުމުން އަހަރެންގެ ހިތަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

****

ރޭގަނޑުގެ ކެއުން ނިންމާފައި ފޮނި ފޯއް ޕެކެޓެއް ހުރި ގޮތަށް އަނގަޔަށް އަޅާލައިގެން އަހަރެން ނުކުތީ މަގުމައްޗަށެވެ.އަހަރެންގެ ފަހަތުން ޖެއްސުން ކުރަމުން އެ ނަޔާން އާއި އަައްޒާމުވެސް ނުކުތެވެ.އަނޫކް އެތެރެއަށް ވަނީ މާމަ ދުފާ ފޮށިން ރަނގަޅަށް ދުފާލަންވެއްޖޭ ކިޔައިފައެވެ.

****

އެމީހުންނާއި އަނގަތަޅަން ތިއްބާ އަންނަން ފެށީ މަންމަގެ ކޯލެކެވެ. ފޫހިވި ނަމަވެސް ފޯނު ނަގައި ހަލޯއޭ ބުނެލީމެވެ.

****

’ގާދިރު ހައްޔަރުކޮށްފި.ޑްރަގް ޕާޓީއަކުން ފިރިހެނުން ތަކަކާއި އެއްކޮށް ރެޑްކޮށް ހިފީ.ދޮންބެއަށާ ކޮއްކޮ މެނަށްވެސް އެކަން އެނގިއްޖެ މިހާރު. ކޮއްކޮމެން ވަރަށް ރުއި.މާދަން މިގެއަށް ޗޭންޖް ވާނަމޭ ބުނި.‘ މަންމަ ފައްޗަކަށް ކިޔައިލިއެވެ.

****

އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.ގާދިރަށް ގޮތެއްވެގެން މަންމަ ދެރަ ނުވިޔަސް,ޒަޔާއާއި ޒީވާ އެވަރަށް ރޮންޏާ މަންމަ ވަރަށް ވިސްނާނެ ކަން އަހަންނަށް އެނގެއެވެ.

****

’ދެން އެމީހުން މިހާރު ގަބޫލު ކުރޭތަ؟ އަހަރެންގެ ހަގީގަތް މަންމަ އެމީހުންނަށް ކިޔައިދިނިންތަ؟‘ އަހަރެން އަހައިލީމެވެ.

****

’ގަބޫލު ނުކޮށް ކީއް ކުރާނީ.ސޯޝަލް މީޑިޔާއަށް ޚަބަރުތައް އެރީމައި އެމީހުންނަކަށްވެސް ސިއްރެއް ނުވާނެ ދޯ. ދަރިފުޅު ނުދެކެންތަ ޚަބަރުތަކެއް؟ބިޒްނަސްއަށްވެސް ކިހާ ހުތުރު ނަމެއް އެ ލިބުނީ.އަގު ދޯ އެ ވެއްޓުނީ. އެހެންވީމައި ވިޔަފާރި އަހަރެންގެ ނަން މައްޗަށް ބަދަލު ކުރެވެންދެން މަޑު ޖައްސާލާނީ.ދެންް ޒައިފްގެ ހަގީގަތް ކިޔައިދީގެން އަނެއްކާ އިތުރަށް އެމީހުންގެ ހިތް ޒައިފްއާއި މެދު ނުބައި ކުރުވާކަށް އަހަރެން ބޭނުމެއް ނޫން.އެމީހުން މިހާރުވެސް ޒައިފްއަށް އެހާ ނަފްރަތު ކުރޭ. ދަރިންނަކަސް އަހަރެން ބުނާނަން މިހެން.މި ހަގީގަތް އެނގޭ ހިސާބުން އަހަންނަށް އެމީހުންވެސް ގެއްލޭނެ.ދަރިފުޅު ހެޔޮނުވާނެ މަންމައަށް މިކަން ސިއްރުކޮށް ދޭތި. އަހަރެން އެ ފާފައަށް ތައުބާ ވެއްޖައިން.އެހެންވީމަ ދެން އިތުރަށް އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ.‘ މަންމަ ބުނެލިއެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ސޯޝަލް މީޑިއާއާއި ދުރުގައި އުޅެވޭތީ އަހަންނަކަށް ކަމެއް ހިނގައިގެން އުޅޭކަމެއްވެސް ނޭނގެއެވެ. އެހެނަސް ކަން އެވީ ވާންވީ ގޮތަށް ކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ.

****

މަންމަގެ ކޯލު ނިންމާލާފައި އަހަރެމެން ދިޔައީ ކޮފީއަކަށެވެ.އެތަނުގައި އަނގަތަޅަން ތިބެފައި ގެއާއި ދިމާލަށް މިސްރާބު ޖެހުނުއިރު އެގާރަ ގަޑި ބައިވާން އުޅެއެވެ.އަހަރެމެން ގެއަށް އައުން ލަސްވެ މާމަ އަބަދު ކިޔާތީ އަނޫކްވެސް އަވަހަށް ގެއަށް އަންނަން ބޭނުންވީއެވެ.

****

އަހަރެން ނޫން އެންމެން އައި ގޮތަށް  ދިޔައީ ކޮޓަރިއަށެވެ.އެހާ ހިންގާލައިގެން ކޮންމެ ދުވަހަކުހެން އުޅޭތީ އެންމެންވެސް ތިބެނީ ވަރަށް ވަރުބަލި ވެފައެވެ.

****

އަހަރެން ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ ދޮރު އަށި ހުޅުވާލައިފައި ނުކުތްތަން ފެނުނީ ޝާއީއެވެ. އޭނާގެ މޫނުމަތި ފެނިފައި ވަރަށް ރޮއެފައި ހުރިކަން އެނގުނެވެ.އަހަރެން ފެނުމުން އަނބުރާލާފައި އެބާރު މިނުގައި އޭނާ ވަންނަން ދިޔައެވެ.އެހެނަސް އަހަރެން ޝާއީއޭ ކިޔާ ގޮވައިލުމުން މިފަހަރު އޭނާ މަޑުކުރިއެވެ.

****

’ކިހިނެއްވީ ޝާއީ؟މިފަހަރު ނުބުނާތި ހުރިހާ ކަމެއް އޯކޭއޭ.ބުންޏަސް އަހަރެން ގަބޫލެއްވެސް ނުކުރާނަން‘ އަހަރެން ބުނެލީމެވެ. ޝާއީ އަހަންނާއި ދިމާލަށް އެނބުރުނު އިރު އެ ދެލޯ އަނެއްކާވެސް ފުރި ބަންޑުންވެއްޖެއެެވެ.

****

’ހީ އިޒް ޗީޓިން އޮން މީ‘ ޝާއީއަށް ކިރިޔާ އެ ޖުމްލަ ފުރިހަމަ ކުރެވުނު ކަމެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ.

 

ނުނިމޭ.

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ޒެވިއަން 3

Next

އަބަދަށް-11

Next
May 3, 2025

އަބަދަށް-11

Previews
May 3, 2025

ޒެވިއަން 3

4 Comments!

  1. Your fav bab Your fav bab says:
    May 3, 2025 at 8:31 pm

    Mi part varah ves Salhi MA
    E layak cheat kuriyey kiyaafa shaaee dhen roakah nuvaanu!! Rangalhu meehaku liben hutta 😁😆😂
    When next?
    Stay safe
    Ly

    1. Lamtty Lamtty says:
      May 6, 2025 at 12:19 am

      Hehe thank you 😊
      Shaaee ah hama nuvisneni ey hehe.
      In Sha Allah tomorrow inge.
      Ly ❤️

  2. hassndy says:
    May 6, 2025 at 12:25 pm

    Oh no bro ! Hopefully in the end she will be his 😌

    1. Lamtty Lamtty says:
      May 7, 2025 at 8:33 pm

      Let’s see dho!

Comments are closed.

Next Episodeއެކްޓަރ (ޕާޓް 17)←


All Right Reserved!