އެކްޓަރ (ޕާޓް 14)
ލަޔާލީ އެނބުރި އައިސް އިށީނީ އަހަރެމެން އެންމެންގެ މޫނުތައް ސުވާލު މާކު ތަކުން ފުރައިފައެވެ. އެންމެންވެސް ހީކުރީ ލަޔާލީ އުޅުނީ އެ ޒުވާނާ އަހަރެމެންނަށް ތައާރަފު ކޮށްދޭން ކަމަށެވެ.އެކަމަކު އޭނާ ހަމަ ގަސްދުގައި އަހަރެމެން އެންމެންގެ ހިތް ތަޅުވައިލީއެވެ.އެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ލާނެތް ހިނިތުންވުން އެކަމަށް ހެކި ދިނެވެ.
****
އެ ޒުވާނާ ހެލޯއޭ ބުނެލާފައި ގޮސް ތަންކޮޅެއް ދުރުގައި ހުރި ހުސް މޭޒެއްގެ ކައިރީ ހުރި ގޮނޑިއެއް ހިފައިގެން އައިސް ޝާއީއާއި ޖެހި ފިތިގެން އިށީނެވެ.އެހާ ހިސާބުން އަހަރެންގެ ބޮލުގައި ނުބައި ގޮތަކަށް ރިއްސާލަައިފިއެވެ.ވަގުތުން އެ ޒުވާނާ ދެކެ އަހަރެން ފޫހިވެސް ވެއްޖެއެވެ. އަހަންނަށް ވެސް ނުލިބުނު ޖާގައެއް އެ ޒުވާނާއަށް ލިބެންވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ. އޭރު ޝާއީ އިނީ ވަރަށް ލަދު ގެންފައިކަން އޭނާގެ މޫނުމަތީގެ ކުލަވަރުތަކުން ދޭހަވެއެވެ.އެ ޒުވާނާ ޝާއީ އާއި ދިމާލަށް ބަލައިލި ގޮތް ފެނިފައި ވެސް އަހަރެންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ.
****
’ހޭ ބޭބް‘ އެ ޒުވާނާ ވަރަށް ލޯބިން ޝާއީ އާއި މުޚާތަބުކޮށްލިއެވެ.އަދި އެ އެންމެންގެ ތެރޭގައި ޝާއީގެ އަތްތިލައިގައި ހިފާލައި ބޮސް ދިނެވެ. ޝާއީ ވަރަށް ރަކިވެފައި ތުންފަތުގައި ދައިގަތެވެ.
****
ލަޔާލީ ނޫން އެންމެންގެ މޫނު މަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ.ޚުދު އަހަންނަށްވެސް ލިބުނީ ސިހުމެކެވެ.އެއީ ފަހެ ކާކު ހެއްޔެވެ؟.އޭނާ ޝާއީ އާއި ދިމާލަށް ’ބޭބްއޭ‘ ކިޔަންވީ ކީއްވެގެން ހެއްޔެވެ؟އެ އަތްތިލައިގައި ބޮސް ދޭންވީ ކީއްވެގެން ހެއްޔެވެ؟އޭނާއާއި ޝާއީގެ ގުޅުމަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ މޫނުމަތީގައި ހީވީ މީހަކު ހޫނު ’ތައްޕަޑެއް‘ އަޅައިލި ހެންނެވެ.
****
އަނޫކްއާއި ދިމާލަށް ބަލައިލިއިރު އޭނާވެސް އިނީ އެ ފެނުނު ހައިރާން ކުރުވަނިވި މަންޒަރު ’ޕްރޮސެސް‘ ކުރުމުގައިކަން އަހަންނަށް އެނގުނީ،އޭނާގެ ތަންމިނަށް ބޮޑުވެފައި ހުރި ދެ ލޮލާއި ،މޫނުގައި އަތްތިލަ ހިންގައިލި ގޮތް ފެނިފައެވެ.އޭރު ލަޔާލީ އިނީ އެންމެނަށް ވެފައި ތިބި ގޮތް ފެނި ވަރަށް މަޖާވެފައި ހޭށެވެ.
****
’ގާއިޒް އައި ނޯ ވަޓް ޔޫ އޯލް އާ ތިންކިން. ހީ އިޒް އެކްޗުއަލީ މައި ބްރަދަރ. ލަޔަކް.ބަޓް ވީ ކޯލް ހިމް ލަކީ އެނގޭ.އެންޑް ޔެސް ދޭ ބޯތު އަރާ ދި ރިއަލް ލަވް ބާރޑްސް.ސަޕްރައިޒް!ސޮރީ ފޮރ ކޮންފިއުޒިން ޔާ އޯލް.‘ ލަޔާލީ ހީލަމުން ބުނެލިއެވެ.
****
ލަޔާލީގެ ބަސްތައް އިވިފައި އަހަރެންގެ ހިތަށް ހީވީ މީހަކު ތޫނު އެއްޗަކުން ހަމަލާއެއް ދިން ހެންނެވެ.މިވީ ކިހިނެއް ހެއްޔެވެ؟ތަގުދީރު އަހަންނާއި މި ކޮށްލީ ކޮން ފަދަ ސަމާސާއެއް ހެއްޔެވެ؟ޝާއީ ހަމަ އަސްލުވެސް އުޅެނީ މީހަކާއި ރައްޓެހިވެގެން ހެއްޔެވެ؟ އެހެން ވިއްޔާ އޭނާގެ އެ ސިއްރު ބެލުން ތަކުގެ މާނަައަކީ ކޮބައިހެއްޔެވެ؟. އެ ބެލުންތަކުން ނުބައި މާނައެއް މި ނެގުނީ ހަމަ އަހަންނަށް ކަންނޭނގެއެވެ.ގަޔާ ނުވެގެން އަހަންނަށްވެސް ތުނބުޅީގައި އަތް ހިންގައިލެވުނެވެ.
****
’ކުޑާ ބީ އެފްއެއް ހުންނަ ވާހަކަ ނުވެސް ބުނޭ!‘ ހިތްހަމަ ނުޖެހިފައި ހުރި ރާގަކަށް އަނޫކް ބުނެލިއެވެ. އޭނާއަކަށް އެއްޗެކޭ ނުބުނެ ނުހުރެވޭނެކަން އޭރުވެސް އަހަންނަށް އެނގެއެވެ.
****
’ ސޮރީ. ބުނަންށޭ ހުރީ…‘ ކުށްވެރި ވެފައި ހުރި ފަދަ ރާގަކަށް ޝާއީ ބުނެލިއެވެ.
****
އެންމެ ފަހުން ޝާއީގެ ރައްޓެހި ކުދިންކޮޅުވެސް ކާން ދޭން ޖެހޭނޭ ކިޔައިގެން އޭނާއާއި ދިމާ ކުރަން ފެށިއެވެ.
****
’ހާސް ނުވޭ އަދި ކާންވެސް ދޭނަމޭ.ދޯ ލަވް؟‘ އެމީހުންނާއި ވިއްދައި އެއްޗެކޭ ބުނީ ލަޔަކްއެެވެ. ލަޔަކް ނިކަން އަވަހަށް އެ އެންމެންނާއި ވެސް ގުޅާލައިފިއެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށް ލަޔަކްވެސް ވީ ހަމަ ލަޔާލީހެން ވަރަށް މީހުންނާއި ގުޅޭ މީހަކަށެވެ.އަހަރެން އަސްލު ހީކުރީ އޭނާއަކީ ވަރަށް ފޮނި ،ބޮޑާ މީހަކަށް ވާނެކަމަށެވެ. އެކަމަކު ލަޔަކްއަކީ އަންހެން ކުދިންގެ ހިތްތަކާއި ކުޅެލަން ދަންނަ ޒުވާނެއްކަން އޭނާގެ ކޮންމެ ހަރަކާތަކުން އެނގުނެވެ.އަހަރެންގެ ލޭ ކެކިގަތެވެ.ލަޔަކްއާއި މެދު ހަސަދަވެރި ވެވުނެވެ.މި ލަޔަކްއެއް ނައިނަމަ މާ ހިތަށް ފަސޭހަވީހޭ އަހަރެންގެ ހިތަށް އެރިއެވެ.
****
ދެކެވުނު ވާހަކަ ތަކުގެ ތެރެއިން ލަޔަކް ތޮއްޑޫއަށް އަންނަނީ ވަރަށް މަދުންކަން އަހަންނަށް އެނގިގެން ދިޔައެވެ. އަދި އޭނާއަކީ ގެސްޓު ހައުސްގެ ބިޒްނަސް ޕާޓްނާއެއް ކަމާއި، ގިނައިން އުޅެނީ މާލޭގައި ކަންވެސް އެނގުނެވެ.އެ ހުރިހާ ވާހަކައެއްގެ ތެރެއިންވެސް އަހަރެންނަށް އެންމެ ސަމާލުކަން ދެވުނީ, ލަޔަކް ޝާއީ ސެޓު ކުރަން އުޅުނު ގޮތް ލަޔާލީ ހީ ހީފައި ކިޔައިދިން އިރުގައެވެ. އަޑު އަހަން މާ ފަސޭހަ ނުވިޔަސް އަހަރެން އެވާހަކަތަކަށް ސަމާލުކަން ދީގެން އިނީމެވެ.
****
’އޮހޯ…ހާދަ ރޮމޭންޓިކޭ ދޯ. ޝާއީ ވަރަށް ނަސީބު ގަދަ އިނގޭ.އަހަރުންނަށް އަންހެން ކުއްޖަކު ސެޓު ކުރަން ފިރިހެނަކު ތިބުނިހެން އުޅޭތަން ފެންނަނީ ފިލްމުތަކުން އެކަނި.‘ ޝާއީގެ އެކުވެރިއެއް ކަމަށްވާ ހައިރިން ބުނެލިއެވެ.މިއޮތީ ވާކަމެކޭ އަހަރެންގެ ހިތަށް އެރިއެވެ.ޝާއީ ދޭތެރެއަކުން އަހަންނާ ދިމާލަށް ކަޅިއެއް އެއްލައެވެ.އޭނާ ރަނގަޅަށް އަހަރެންގެ މޫނަށް ބަލައިފިނަމަ އަހަރެންގެ އޮއްސިފައިވާ މޫނު ޔަގީނުންވެސް ފާހަގަ ކުރެވޭނެއެވެ.
****
’ހެހެހެ ޔާ. ޝީ އިޒް ވޯތް އިޓް! ކޭންްޓް ވެއިޓް ޓު މޭކް ހާރ މައި ވައިފް‘
ލަޔަކް ވަރަށް މަސްތީ އަޑަކުން ބުނެލިއެވެ. ލަޔަކްގެ އެ ޖުމްލައިން ޚުދު ޝާއީއަށް ވެސް ލިބުނީ ޝޮކެއް ކަން އޭނާގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރުން ހެކިދިނެވެ.
****
ލަޔަކްގެ އެ ޖުމްލަ އިވިފައި އަހަރެން ތުމުގައި ޖެހި ފެންތަށި ކުއްލިއަކަށް ތިރިކޮށްލެވުނެވެ.އަވަސް އަވަހަށް ފެން ފޮދު ދިރުވައިލެވުނު ގޮތަކުން އަހަރެން ކޮށި އެރިއެވެ. އަނޫކް ވަގުތުން އަހަރެންގެ ބުރަކަށި މަތީގައި ތަޅައިގަތެވެ.ޝާއީގެ ނަޒަރުވެސް އަހަންނަށް އަމާޒުވި އިރަށް އެންމެން އެކީ ކަހަލަ ގޮތަކަށް ތި ހެދީ ކިހިނެއް ހޭ އަހައިލައިފިއެވެ.
****
’އެކްސްކިޔުޒްމީ‘ ކޮށިއެެރުން ގަނޑު މައިތިރިވީއިރަށް އަހަރެން ބޭނުންވީ ވައި ކޮޅެއް ހޯދުމުގެ ބަހަނާ ދައްކާފައި މިނެޓަކަށް ނަމަވެސް އެތަނުން މަނާވެ ގަންނާށެވެ.އަހަރެން ތެދުވެގެން ހިނގައި ގަތުމުން އަނޫކްވެސް އަހަރެންގެ ފަހަތުން ތެދުވެގެން އައެވެ.
****
ލަޔަކް އެހެން ބުނި ވަގުތު އަހަންނަށް ހީވީ މީހަކު އަހަރެންގެ ހިތުގައި ހިފައި ބާރު ކޮށްލިހެންނެވެ. އަންހެން ކުއްޖަކަށް ޓަކައި އަހަރެންގެ ހިތުގައި އިހުސާސްތަކެއް އުފެދުނު މިއީ ފުރަތަމަ ފަހަރެވެ.އެހެނަސް މިހާ އަވަހަށް ޝާއީވެސް އަހަންނަށް ގެއްލެން އުޅޭ ކަމުގެ ރަތް ސިގުނަލް ތައް މިއޮއްގެން ފެންނަން ފެށީއެވެ.އަހަންނަށް ހަމަ އެއްވެސް ހިތްހަމަ ޖެހުމެއް މި ދުނިޔޭގައި ނެތީ ބާވައެވެ؟
****
’ބުރޯ… ދެޓް ގައި….ދެޓްސް ދި ގައި.އަހަންނަކަށް ނޭނގޭ އެއީ ލަޔާލީގެ ބޭބޭ ކަމެއް.އެދުވަހު ލަޔާލީ ގޮސް އެގޮތަށް އޭނާގެ ގައިގާ ބައްދައިލިތަން ފެނިގެން އަހަރެން ލަޔާލީ ދެކެ ނެއްޓީ.ހީކުރީ ލަޔާލީ ހަމަ އުޅެނީ ވަރަށް ފިރިހެނުންނާ ވެގެން އެ ފާޑަށޭ…އެއީ ފުރަތަމަ މަށަށް އެފިރިހެން ގޮލާ ފެނުނު ދުވަހަކީ…މަ މާ އަވަހަށް ލަޔާލީ ޖަޖް ކޮށްލީ..ޝިޓް ޝިޓް ޝިޓް.‘ އަނޫކް އައިސް ނިތުގައި ހިފަހައްޓައިގެން ހުރެ، އޭނާގެ ހިތުގައި އޮތްހާ އެއްޗެއް ބޭރުކޮށްލިއެވެ.
’އެންޑް ހީ އިޒް ޑޭޓިން ޝާއީ…‘
ގަބު ކައިފައި ހުރެ، އަހަންނަށް ބުނެވުނީ އެހެންނެވެ.އަނޫކް ކީ އެއްޗަކަށް އަހަންނަށް އެއްވެސް ސަމާލުކަމެއްދެވޭ ވަރަށްވުރެ އަހަރެންގެ ސިކުނޑި ތެރޭގައި ދައުރުވަމުން ދިޔަ ޚިޔާލުތައް މާ ގިނައެވެ.
’ވެއިޓް… ކަލޭ ހަމަ އަސްލުވެސް ކުޑާއަށް ހިތްކީތަ؟ އާރ ޔޫ އިން ލަވް ވިތް ހަރ؟!‘ އަނޫކް ދެލޯ ބޮޑުކޮށްލާފައި އަހަރެންްގެ ދެކޮނޑުގައި ހިފައިގަތެވެ.
’އަައި ޑޯންޓް ނޯ…‘އިސްޖަހައިގެން ހުރެ މަޑުމަޑުން އަހަރެން ބުނެލީމެވެ.
’ޒައިފް… ދޮގު ނުހަދާ ބުނެބަލަ….‘ އަނޫކް ސީރިޔަސްވިއެވެ.
’ނޭނގެ މިއަށް ކިޔާނީ ކީކޭ ކަމެއް.ލަޔަކް ގާތުގައި އެގޮތަށް ޝާއީ އެތާ އިނީމައި އަހަންނަށް ވަރަށް އެބަ އުނދަގޫވޭ…މީތަ ނަޔާން ލަޔާލީ އާ ފްލާޓް ކުރީމަ އަނޫކްއަށްވެސް ވާ ގޮތަކީ؟‘ މާޔޫސްވެފައި އަހަރެން އަނޫކް ކުރެން އަހައިލީމެވެ.
****
އަނޫކް ވަގުތުން އަނގަ ބަންދުވިއެވެ.ބުނާނެ އެއްޗެއް ނޭނގިފައި އޭނާ ހުރީ ފާޑަކަށް އަނގަ ސަކަރާތް ވެފައެވެ. އޭނާއަށް އެވީ ގޮތުން އަހަންނަށް މި ކުރެވުނީ ޚުދު އޭނާއަށްވެސް ޖަވާބެއް ލިބިފައި ނުވާ ސުވާލެއްކަން އަހަންނަށް އެނގުނެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Varah reethi maa sha allah.. interesting 👀
When next avahah genesdhehchey inge.. inthizaaruga hama mi iny..
Hehe Thank you ☺️
IA inge