Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިއުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 8)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 29, 2025 4 Mins Read
2 Comments

ކިފްލުގެ މެސެޖު ކިޔާފައި އަދާރާގެ އަނގަ ހުޅުވުނެވެ. ކިފްލު ހާދަ ކެރިގެން ބުނަން ބޭނުން އެއެއްޗެއް ބުނެލައޭ އަދާރާގެ ހިތަށް އެރިއެވެ. މިހާ އަވަހަށް ކިފްލު ފާޅުގައި، އޭނާއާއި ’ފްލާޓް‘ ކުރަންވެސް ފެށީ ހެއްޔެވެ؟ އަދާރާއަށް ވީ ގޮތް ފެނި ކިފްލު ގާތަށް އައީ ލާނެތް ހިންޏެކެވެ.

****

އަދާރާ ބުނާނެ އެއްޗެއް ނޭނގިފައި އިންނަން ފެށުމުން ކިފްލު އަނެއްކާވެސް މެސެޖެއް ލިޔަން ފެށިއެވެ.

’ދެން ހަމަ ނުދޭނަންތަ؟‘ ފަހަތަށް ’ޕަޕީ ފޭސް އިމޯޖީއެއް‘ ލަފާއި ކިފްލު ލިޔެލި މެސެޖް ފެނި އަދާރާ ކުޑަކޮށް ހިނިއައެވެ.މި ކިފްލު މިއީ ހާދަ ގޮތުގައި ހިފަހައްޓާ މީހެކޭ އޭނާގެ ހިތަށް އެރިއެވެ.

****

’އޯކޭ ފައިން.‘ ކިފްލު ކުރު ނުކޮށް ކިޔަން ފެށުމުން އަދާރާ އެންމެ ފަހުން އެއްބަސް ވިއެވެ.ކިފްލު ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލާފައި އޭނާގެ ފޯނު އަދާރާއަށް ދިއްކޮށްލުމުން އަދާރާ އޭނާގެ ނަންބަރު ސޭވްކޮށްފައި ކިފްލުގެ އަތަށް ފޯނު ދިނެވެ. ކިފްލު ވަގުތުން މެސެޖު ކުރަންފެށިއެވެ.

****

ކޮންމެ މެސެޖެއް ފޮނުވާފައިވެސް ކިފްލު އެއް މިޔަކަނުން ހީލަމުން އަދާރާގެ މޫނަށް ބަލައިލައެވެ. އޭނާ ބުނެލާ އެއްޗެހިން އަދާރާގެ މޫނުކޮޅު ދިޔައީ ރަތް ވަމުންނެވެ.ކިފްލު އެހެން ހުއްޓަކަސް އަަަސްލު ހާދަ ލާނެތޭ އަދާރާއަށް ހިތާ ހިތާ ކިޔައިލެވުނެވެ.

****

އިރުއޮއްސުމުން ޙުއްބާ ދެން ގޮސްލަނީއޭ ކިޔާ ތެދުވިއެވެ.ކިފްލު އިން ތަނުން ތެދުވީ ވެސް ޙުއްބާ ކިފްލުވެސް ހިނގާށޭ ބުނުމުންނެވެ.ކިފްލުގެ އެ އަމަލުން އޭނާ ގެއަށް ދާ ހިތް ނުވެފައި ހުރިވަރު އަދާރާއަށް އެނގުނެވެ. ކިފްލު ދަމުން ސިޔާމާއަށް ނުފެންނާނެ ހެން ތުންފިތައިލިތަން ފެނި އަދާރާގެ ގާތަށް ހިނިއައެވެ.

****

’ދާ ހިތަކުން ނޫން މިދަނީ…ކެން ވީ މީޓް ޓުނައިޓް…ތަންކޮޅެއް ލަސްކޮށްލާފައި…ހަލީމައްތަ މެން ގޭން މީހަކު ނުނުކުންނަހާ ލަސްކޮށްލާފަ.‘ ކިފްލު ނުކުންނަން ދަމުން މެސެޖް ކޮށްލިއެވެ.

’މިރޭވެސް އާދޭ ފާރުމަތިން ފުންމާލައިގެން ހަހަހަ‘ އަދާރާ ރައްދުގައި ބުނެލިއެވެ.މެސެޖް ކިޔާފައި ކިފްލުގެ ނިތައް ރޫ ގިނަވެލިއެވެ. އެކަމަކު ދެވަނަ ސިކުންތު  އަދާރާ އެ ކުރި މެސެޖާއި މެދު އެ ސިކުނޑީގައި  އުފެދުނު ހުރިހާ ސުވާލުތަކެއް އިސާހިތަކު ފުހެވިގެން ހިނގައްޖެއެވެ. ޚުދު ކިފްލުއަށް އެކަން ރެއަކާވެސް ނުލައެވެ.އެކަން އެ ގޮތަށް ވެގެން އެ ދިޔައީ އެހެން ބާރެއްގެ ނުފޫޒުން ކަމެއް އޭނާއަށް އެނގޭނީވެސް  ފަހެ ކިހިނަކުން ހެއްޔެވެ؟

’ތި އަދި މާ މޮޅު ގޮތެއް.‘ ކިފްލު ރައްދުގައި މެސެޖް ކޮށްލިއެވެ.

****

މެންދަމުގެ ވަގުތެވެ. ގަދަ ނިދީގައި އޮތް ކިފްލުގެ ހަށިގަނޑަށް އެރި ލޮޅުމާއި އެކު އޭނާގެ މެދު ހަށި އުފުލުނީ ހަމަ ކުއްލިއަކަށެވެ.ދެވަނަ ސިކުންތު އެނދުމަތީގައި އޭނާ ރޯ މަހެއް ތެޅޭހެން ތެޅެން ފަށައިފިއެވެ.އަތާއި ފައިގެ އިނގިލިތައް ބުޅިވެ މުޅި މީހާ އިދި ފުށަށް ދަމައިގަތެވެ. އޭރު އޭނާގެ އަނގައިން ފޮނު އަންނަން ފަށައިފިއެވެ. އެހުރިހާ ކަމެއް ހިނގަމުން ދިޔައިރު، ރަނގަޅަށް ނުލެއްޕި ފޭވެފައި ހުރި ކޮޓަރީގެ ދޮރާއި ދިމާލުގައި އެމަންޒަރު ބަލަން ކަޅު ހިޔަންޏެއް ހުއްޓެވެ.ބަލަ ބަލާ ހުއްޓާ އެ ހިޔަނި މަޑު މަޑުން ކިފްލުގެ ސިފަ ޖެހުނެވެ. އެހެނަސް ކިފްލުގެ މޫނު މަތީގައި އާންމުކޮށް އެ ހުންނަ ކަހަލަ އަސަރުތަކެއް އެ މޫނަކު ނެތެވެ. ދަތްކުނޑި ވިކި ކަތުރު ކަށިގަނޑަށްވެސް ވާންވެލާފައި ހުރި އިރު އެ މޫނުމަތީގައި ފާޅުވޭވޭ ހުރީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

****

’އެއީ އަހަރެން ވެސް ހިތް އެދޭ ލޯބި.ކަލެއަށް އަހަރެން ދޫކޮށްލާނީ ކިހިނެއް؟ އޭނާ ދެކެ ފުރަތަމަ ލޯބިވީ މީހަކީ އަހަރެން.ކަލެއެއް ނޫން!‘ އޭނާ މަޑު މަޑުން ބުނެލިއިރު އެ އަޑުގައި ހުރީ ހަރުކަށި ކަމެވެ.

’މިއާއޮ‘

ގޭތެރެއިން ޗަންކީގެ އަޑު އިވުމުން އޮލަ ދުންތަކެއް މައްޗަށް އަރައިގެން ދިޔަހެން ގޮސް އިސާހިތަކު ’އެ ކިފްލު‘ ޣައިބުވެއްޖެއެވެ.

****

އަދާރާއަށް ހޭލެވުނީ އޭނާގެ ކަންފަތަށް މީހަކު ފުމެލި ކަހަލަ އިހުސާސެއް ކުރެވިގެންނެވެ. އޭނާ ފުންމައިގެން ތެދުވެ ފޯނު ނަގައި ބަލައިލިއިރު އެލާމްވާން އަދި ދިހަވަރަކަށް މިނެޓް ހުއްޓެވެ. އަދާރާ ޗޮކެއް ކަނޑާލާފައި ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

****

އެހެން ރޭ ރެއެކޭ އެއްފަދައިން މިރޭވެސް އެހެންޏާ ހަމަ އެ އަންނަ ގަޑިއަށް ޗަންކީ އައެވެ.އަދާރާގެ  މުސައްލަ ކައިރީ އޮވެ އޮވެފައި ހަމަ އެހެން ރޭ ރޭ ހެން ދުވެފައި އެސޮރު ނުކުމެގެން ދިޔައީ ކުއްލިއަކަށެވެ. ޗަންކީ ދިޔަތާ މާ ގިނަ އިރެއް ނުވެ ބޭރުން އަޑު ފަށްގަނޑެއް އިވުނެވެ. އަދާރާގެ ތުންފަތް ދެމިލީ އެއީ ކިފްލުގެ ކަމެއްކަން އޭނާއަށް ޔަގީންވާތީ ހިނިތުންވެލި  ފަދައަކުންނެވެ.

****

އަދާރާ އަވަސް އަވަހަށް ކުޑަ ދޮރާއި ދިމާލަށް ދާން ތެދުވިއިރު ކުޑަ ދޮރު ބުޑުގައި، ދޮރު ކަނީގައި ދެއަތް އަޅުވާލައިގެން ހުރި ކިފްލު ފެނިފައި ސިއްސައިގެން ދިޔައެވެ.އެހެނަސް އެ ފިރިހެންވަންތަ އަޑުން އަދާރާއޭ ކިޔައި ގޮވާލުމުން އޭނާގެ މެއަށް ފިނިވެގެން ދިޔައެވެ.

****

ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްގައި ކިފްލު ހުރި އިރު ހީވަނީ ރީތި ކަމުން އެހެން ފަދަ ކަމެއް ހެންނެވެ.އެހެނަސް ކިފްލުގެ އޮއްސިފައިވާ މޫނު އަދާރާގެ ސަމާލުކަން އަތުލިއެވެ.

****

’އަދާރާ އަހަންނާ ގަޔާވޭތަ؟‘ އަދާރާ ގޮސް ދޮރު ކައިރިއަށް ހުއްޓިލުމުން ކިފްލު ފުރަތަމަވެސް ކޮށްލި ސުވާލަކީ އެއީއެވެ.

****

’އޭނ؟!‘ ކިފްލު ފުރަތަމައިނުންވެސް ކުރާނީ އެފަދަ ސުވާލެއް ކަމަކަށް އަދާރާ ހީވެސް ނުކުރެއެވެ.

’އަޅެ ބުނެބަލަ.ޑޫ ޔޫ ލައިކް މީ… ރޮމޭންޓިކަލީ‘ ކިފްލު އެހެން ބުނެލިއިރު އެ ދެލޮލުގައި ފާޅުވޭވޭ ހުރީ ބޭގަރާރުކަމެވެ.

’ކިފްލު…‘ އަދާރާ އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ.

’ޕްލީޒް އަދާރާ…ޓެލްމީ…އަހަރެން ދެން ގިނަ ދުވަސްތަކެއް ނުވެ އެކޮޅަށް ފުރަންވެސް ޖެހޭނެ… އަހަރެން އެނގެން ބޭނުން…‘ ކިފްލު އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

’އަހަރެން ކިފްލުއާ ލައިކްވޭ…‘ލަދުން އިސް އޮބައިލަމުން އާދާރާ ބުނެލިއެވެ.

އަދާރާގެ އެ ޖުމްލަ އިވިފައި ކިފްލު އުފަލުން ފޮޅުނެވެ.

’އަސްލުވެސްތަ. އަދާރާ ޕްލީޒް ބީީ މައިން ނައު.‘ ކިފްލު އަދާރާގެ އަތްތިލަ ގެންގޮސް އޭނާގެ މެއާއި ދިމާލުގައި ޖައްސައިލަމުން މަސްތީ ރާގަކަށް ބުނެލިއެވެ. އަދާރާގެ ހިތް ތެޅިގަތް ބާރު މިނުން  ހީވީ މޭ ފަޅާފައި ދެންމެ ދެންމެ ނުކުމެދާނެ ހެންނެވެ.

’އަހަަރެން ވިސްނާލާފައި މިރޭ ކިފްލު ދިއުމުގެ ކުރިން ޖަވާބެއް ދޭނަން…‘ ބުނާނެ އެއްޗެއް ނޭނގިގެން އަދާރާ އެންމެ ފަހުން ބުނީ އެހެންނެވެ. ކިފްލުގެ ދެލޮލުން އުންމީދުގެ ވިދުވަރެއް ފާޅުވެލިއެވެ.

’އަހަަރެންގެ ހިތް ހަލާކުކޮށް ނުލާނެކަމަށް އުންމީދުކުރަން‘ ކިފްލު ހިނިތުންވެލާފައި ބުނެލިއެވެ.

’އަދާރާ… އަހަންނަށް އިތުބާރު ކުރަންތަ؟‘ ކިފްލުގެ ދެވަނަ ސުވާލު އަދާރާއާއި އަމާޒުވީ ނިކަން އަވަހަށެވެ.ފުރަތަމަ އާނ އެކޭ ބުނަން ފަސް ޖެހުނު ނަމަވެސް ދެވަނަ ސިކުންތު އަދާރާ ބޯޖަހައިލިއެވެ.

’އެހެންވިއްޔާ އަހަންނާއި އެކު ތަނަކަށް ދާން ކެރޭނެތަ މިގަޑީ؟.އެއްވެސް މީހަކަށް ނުފެންނާނެ އައި ކެން ޕްރޮމިސް ޔޫ ދެޓް.އެންޑް ނޯ އަހަރެން އަދާރާއަށް ދެރައެއް ދޭކަށް ނޫން މިއުޅެނީ އައި ޖަސްޓް ވޯންޓް  ޓު ޝޯ ޔޫ ސަމްތިން.‘ ކިފްލު ހީވީ އަދާރާގެ ހިތަށް އެރިއްޔާ އެރި ސުވާލަކަށް ޖަވާބުދާރީވީ ހެންނެވެ.

’ކިފްލު ކިހިނެއްތަ އަހަރެންގެ މައިންޑް ތިހާ ފަސޭހައިން ތި ރީޑް ކޮށްލަނީ. އޯކޭ އަހަރެން ގޮސްފާނަން.އެކަމަކު މާ ލަސްނުކޮށް އަހަރެން ގެއަށް ގެނެސްދޭތި. ދެން މިކަން އެއްވެސް އިތުރު މީހަކަށް އެނގޭކަށް ވެސް އަހަރެން ބޭނުމެއްނޫން.‘ އަދާރާއަށް ބުނެވުނެވެ.އެހާ ފަސޭހައިން ކިފްލުއަށް އިތުބާރުކޮށް އާނބަސް ބުނެވުނީތީ ޚުދު އަދާރާވެސް ހައިރާން ވިއެވެ.މިއީ ހަމަ އޭނާގެ ހިތުގައި ކިފްލުއަށްޓަކައި އުފެދިފައިވާ އިހުސާސްތަކުގެ ބާރުގެ ގަދަކަން ބާއޭ އޭނާގެ ހިތަށް އެރި ވަރެއްގެ ޢަދަދުވެސް ނޭނގެއެވެ.

****

’އޯކޭ. އަދާރާ އެއްޗެހި ބަދަލުކޮށްލައިގެން ނުކުމޭ.ކަޅު ކުލައިގެ އެއްޗެއް ލިއްޔާ ވަރަށް ރަނގަޅު.އަހަރެން މިހުރީ މިތާ ކުޑަދޮރު ކައިރީ.ނިންމާފައި މި ދޮރުން ނުކުމޭ.ދެމީހުން އެއްކޮށް ގޮސް ދޮރު އަށިން ނުކުންނާނީ.‘ކިފްލު އިރުޝާދު ދިނެވެ.އަދާރާ ބޯ ޖަހާލައިފައި, އަލަމާރިން ހެދުމަކާއި ބުރުގާއެއް ނަގައިގެން، ގޮސް ފާޚާނާއަށް ވަނެވެ.

****

ކިފްލުގެ އެހީތެރިކަމާއިއެކު އަދާރާ ފައިވާން އަތުން ހިފައިގެން ކުޑަދޮރުން ބޭރަށް ފުންމައިލިއެވެ. އެވަގުތު ބިމުގައި ފައި އެޅުނު ގޮތަކުން ބެލަންސުން ނެއްޓިގެން ގޮސް  އޭނާ ލައްވީ ކިފްލުގެ މޭމަތީގައެވެ. ހިނދުކޮޅަކަށް ނަމަވެސް އަދާރާގެ ވަށައިގެން ދުނިޔެ ހިނގުން ހުއްޓުނުހެން އޭނާއަށް ހީވިއެވެ.އޭރު ކިފްލުގެ މޫނުވެސް ހުރީ އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ހާ ގާތުގައެވެ.ކިފްލު ބޭނުންކޮށްފައި ހުރި ސެންޓުން ދުވާ މީރު ވަހުން ވެސް އޭނާގެ ހިއްސުތައް މޮޔަކުރުވާ ވަރުވެއެވެ.

****

’އަދާރާ‘

ކިފްލުގެ މަސްތީ އަޑު އަދާރާގެ ކަންފަތުގައި ޖެހިލުމުން ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކިފްލުގެ ހޫނު ނޭވާތައް އޭނާގެ މޫނުގައި ބީހޭހާ ކިފްލުގެ މޫނު ކައިރިކޮށްލުމުން އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ ހިތާއިއެކު އަދާރާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

 

ނުނިމޭ.

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އަރޭންޖް މެރިޖް [2 ވަނަ ބަޔާ 3 ވަނަ ބައި]

Next

މަޢާފް އެދެމުން-2

Next
May 1, 2025

މަޢާފް އެދެމުން-2

Previews
April 29, 2025

އަރޭންޖް މެރިޖް [2 ވަނަ ބަޔާ 3 ވަނަ ބައި]

2 Comments!

  1. Your fav bab Your fav bab says:
    April 30, 2025 at 2:20 pm

    So mi kiflu no.2 akee ghost eh tha?
    Haadha varakah j vanee kiflu no.1 aa akee ulheythee😂😂😂
    This is a mystery thriller
    I’m so eager to know what’s gonna happen next!!!!
    Waiting impatiently
    Take care my lamtty darls💗💗💗
    Ly💋

  2. Lamtty Lamtty says:
    May 1, 2025 at 6:52 pm

    Hehe balama.
    Yes it is ❤️
    Happy you liked this part too.
    Much loves 😘

Comments are closed.

Next Episodeހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 9)←


All Right Reserved!